އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް.-- ފޮޓޯ: ފޮރިން މިނިސްޓްރީ
16 ނޮވެމްބަރ 2023 - 21:03
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން މިރޭ ރާއްޖެ އަށް ވަޑައިގެންފި އެވެ.
ރައީސް ކަމުގެ މަގާމުގެ ހުވާ މުއިއްޒު ކުރައްވާ ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ލަންކާގެ ރައީސް ރަނިލް އެވެ.
ރަނިލް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ޒަމީރަކީ މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރައްވާނެ ބޭފުޅާ ކަމަށް ބެލެވެ އެވެ.
President Solih meets Sri Lankan President Ranil Wickremesinghe
— The President's Office (@presidencymv) November 16, 2023
https://t.co/wCjjsBdQir pic.twitter.com/YjALJSDky2
ރަނިލް ވަނީ މިރޭ ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގެ ލަންކާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. އަދި އެ ގައުމުގެ އިގުތިސާދު ކޮޅަށް ޖެހުމަށް ކުރައްވަމުން އަންނަ ކަންކަން ވެސް ރަނިލް ރައީސްއާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ލަންކާ ސަރުކާރުން ރާއްޖެއާ އެކު އަބަދުވެސް ބާއްވާ ގާތް ގުޅުމަށާއި އެ ގައުމަށް ރާއްޖެ ފޯރުކޮށްދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް މާދަމާ ހަވީރު 4:30 ގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެކި ގައުމުތަކުގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވަން ވަނީ ފައްޓަވައިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ބުނި ގޮތުގައި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިގެން 46 ގައުމަކުން ގިނަ އަދަދެއްގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގީރުކޮއެ
17 November 2023
ދެމަފިރިކަނބަލުންނަށް މަރުހަބާ
ސަލީމްބައި
17 November 2023
ލަންކާ އަކީ ހަގީގީ އެއކުވެރިއެއްް.ކޮންމެ ސަރުކާރެއް އޮތަސް އެ ގުޅުންބަލާ .އިންޑިއާގެ ހިންދޫ ޕާޓީ ވެރިކަމަށް އައިފަހުން އެކަނަބަދަލުވެ އަޅުވެތި ކުރުމުގެ ވިސްނުން ގެންގުޅެން ފެށި . ޢެހެންވީމަ އަހަރުމެން މި ކިޔަނީ އިންޑިއާ އައުޓް
2023
17 November 2023
ޢަބްޑޫ ރޯބޮޑިއެއްކަހަލަ ފޮންޓުން ލިޔުނީމާ އަފުނަކަށްނޭގެ..... ބޮއިހަލަކި
އަބްޑޫޅް +
17 November 2023
އަލްފާލިލު ވިކްރަމަސިންހަ އަކީ 1948 ވަނަ އަހަރުގެ ފަހުން، ތިއްބެވި ސިރީލަންކާގެ ވެރީންގެ ތެރެއިން އެންމެ އަހުލާގު ރިވެތި، މާތްވެރިޔާ. މި މާތްވެރިޔާ ގެ ދަކަނބަލުން، ރާއްޖެ ވަޑައިގަތުމަކީ ދިވެހީންނަށް ލިބޭ ނުހަނު ބޮޑު ޝަރަފެއް. ސިންގަޅައިންނަކީ ދިވެހިންގެ ބޭބެއިންނާއި ދައްތައިން. "ވިކްރަމަސިންހަ މަހަތާ، މާލަދިވަޔިނަޓަ ސާދަރެޔެން ޕިލިގަނިމު." .වික්රමසිංහ මහතා මාලදිවයිනට සාදරයෙන් පිළිගනිමු
އޮނަރަބްލް އަފީފު ދީދީ
16 November 2023
ރައްޔިތުންނަށް ކަމުނުގޮސްގެން ވޯޓުން ތަޅާ ބަލިކޮށް ވައްޓާލި ސަރުކާރެއްގެ ވަޒީރުން މިފަދަ އިއްޒަތް ތެރިންނަށް މަރުޙަބާ ދަންނަވާ އެބޭފުޅުން ރިސީވް ކުރަން ވަޑައި ގެންނެވުމަކީ އެފަދަ އިއްޒަތްތެރިންނަށް އިޙްތިރާމް ކުޑަކުރުން ފަދަ ނޭއްގާނި އަމަލެއް. # މިފަދަ ވަގުތެއްގައި ރައްޔިތުންގެ މަޖިލިސް ރައީސަކަށް "ކަންނެތް މީހަކު ހުރުމުގެ ބަދަލުގައި" ހީވާގި ޙަރަކާތް ތެރި އަދި ފަތިހު ހޭލައިގެން ކަންކަމުގައި އުޅެވޭ މުރާލި މީހަކު ހުންނާންޖެހެނީ މިހެންވެ.
ޒިހާނިއޯ
16 November 2023
ބަލަ ރިޔާސީ ދައުރު ހަމަވެ ވެރިކަން ބަދަލު ވަނީ މާދަން އިނގޭތޯ. އަދި ދިވެހިރާއްޖޭގެ ރައީސަކީ އިބޫ ހަޖަމުކޮށްލާ
އިބިރަހިމާ
16 November 2023
ކަލޭ މޮޔަވީތަ؟
އަބްޑޫޅް +
17 November 2023
ހޮން އަފީފު ދީދީ، ސެސޭލުގެ ނައިބުރައީސު، އެޅެދީދީގެ އައްލާދީދީގެ އަބުދުއްލާހި އަފީފު ދީދީގެ އަހުމަދު އަފީފު ދީދީ އަށް މަރުހަބާ ކިޔަން ބޭއްވުނު ބޭންޖެހުމަށް. ހޮން އަށް ދައުވަތު ދިންތަ؟ ތިމާގެކުދިންނާ ސަލާންކޮށަލަންވާނެނުން؟