ލަމްހާ: އޭނާ ބަންދުން ދޫކޮށްލަން ކޯޓުން ވަނީ އަމުރު ކޮށްފައި
23 ނޮވެމްބަރ 2023 - 12:08
އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ކުށުގެ ތުހުމަތަށް ހައްޔަރު ކުރިތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލަން ކޯޓުން މިއަދު ނިންމީ ޝަރުތުތަކާއެކު ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އެއީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
ލަމްހާ ދޫކޮށްލަން ކޯޓުން މިއަދު އަމުރު ކުރިއިރު، އެންމެ ފަހުން އޮތް އަޑުއެހުމުގައި، އޭނާގެ ފަރާތުން އެދިފައިވަނީ ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށް ދިނުމަށެވެ. ނަމަވެސް ކޯޓުން މިއަދު ލަމްހާ ދޫކޮށްލަން ނިންމުމުގައި ޓެގް އެޅުވުމާ މެދު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
Mary's murder
The most trusted news source in the Maldives
Mihaaru
މޭރީގެ މަރާ ގުޅޭ ލިޔުންތައް
ދައުލަތުން ކުރީގެ އަޑުއެހުމުގައި ބުނެފައިވަނީ އެ މީހުން ބަންދުކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެހެންވެ ލަމްހާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ ފަރާތުން ބުނެފައިވަނީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ކަންކަމަށް ޖަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އެ މައްސަލާގައި ގިނަ އަދަދެއްގެ ހެކިން ދައުލަތުން ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ލަމްހާގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ ގޮތުގައި މޭރީ މަރާލުމުގައި މާވިން އަށް ލަމްހާ އެހީތެރިވެފައިވެ އެވެ. އަދި މޭރީ މަރާލި ވަގުތު ލަމްހާ އެ ގެޔަށް ދިޔަ ކަމަށާއި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދައްކަން ސީންއެއް ހެދި ކަމަށް ވެސް ތުހުމަތުކުރެ އެވެ. މޭރީގެ މަރަށް ފަހު ހެދި ޓެސްޓުތަކުން، ބާރުގަދަ އިންޖެކްޝަންތަކެއްގެ އަސަރު ލެއިން ފެނިފައި ވާއިރު އޭގެ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމީރު
27 November 2023
ޓެރެރިޒަމޭ ކިޔާފަ ކުށެއް ނުކުރާ އެތަށް ބަޔަކު ދައުވާ ވެސް ނުކޮށް ޖަލުގަ ބައިތިއްބާފަ މި ކަހަލަ މީހުން މަރާ ކުއްވެރިން ދޫކޮށްލަނީ މި
ޖުހާ ޔޭޔޭ
27 November 2023
މާދަން އަމިއްލަ ބޭނުމަށް އެހެން މިހެއް ގަޔަށް އިންޖެކްޝަނެއް ޖަހާފާނެ.
ބާބޫ
23 November 2023
ނަޖީބް މަރާލުމުގަ ބައިވެރިވި ހަނާ ވެސް ދުކޮއްލަން ޖެހޭނެ
ގެދާނޯމޮސް
23 November 2023
ރައީސް ޔާމިންގެ ޙުކުމާ ގުޅުވައިގެން ޝަރުޢީދާއިރާ ގެ ވާހަކަ ނެގީމާ މިހީވެގެން ދިޔައީ ޝަރުޢީ ދާއިރާ އަށް ބާނަން އެހާދިގު ހިރުނދު ދިއްގާ ދަންޑި ގަސް ރައީސްއޮފީހުގެ ފާރުތެރޭގައި މީގެ ފަހަުން ނުހައްދަން ނިންމީ ސައިޒުގެ ގޮތުން ބޮޑުވީމާ ކަމުގަ އެބަވެއްޖެއެވެ.
ހަމަ މަކޮސް؟؟؟/
23 November 2023
ހިތުހުރި ގޮތެއް މިހަދަނީ..... ޖަލައްލާފަ ތިބި އެންމެންނާއި، ތުހުމަތު ތަކުގައި ބަންދު ކޮށްފައި ތިބި އެންމެން ވެސް ވަގުތުން ވަގުތަށް ދޫކޮށްލާން ގޮވާލަން......
ބޭއިންސާ
23 November 2023
ހިންމަވަރު މީހެއް ވީމާ ދޫކޮށްލީ ........
ބޮޑުމީހާ
23 November 2023
ޔާމީނު ގައުމުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި މީހާ ގޭގަ، އަދީބު ކޮރަޕްޝަން ހިންގައި ލޯންޗް ގޮއްވާލީމާ އެހުރީ މިނިވަންވެފައި، ލަމްހާ އެހުރީ ގޭގައި. ޖަލުގައި ތިބީ ހުސް ޕާޓޭ ކުދިން. މި ގައުމުގެ ހާލަތު.
ޝަކަމޯލް
23 November 2023
ހީވަނީ ޖަލުގައި ހުރި ހާއްސަ އިމްތިޔާޒުތަކެއް (ވެރިކަން ބަދަލުވުމުން ނަމަވެސް) ގެއްލިގެން ގެޔަށް ދޫކޮށްދޭން އެދިފައި އޮތްހެން
ރަދީފްއޮފިޝަލް
23 November 2023
އިއްދައިން ކެނޑިފައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރާލި މީހަކު މިހެން މިނިވަން ނުވާނެ.
ލޮއްލަ
23 November 2023
ވެރިކަމަށް ހުވާ ކުރިޔާ މާދަމަޔަށް އަދި ހަފްތާއެއްވާމީ. ބޮޑެތި ގިނަ ކުށްވެރިން މިހާރު މިނިވަން ވެއްޖެ. 2 އަހަރު ފަހުން މީހުން މެރުމާއި ބޮޑެތި ވައްކަން ކުރުން ހުއްދަވާ ހިސާބަށް ދާނެ. ޔައުނީ އަދަބެއް ނެތި މިނިވަންކަން މަތީ ކުށްކުރުމުގެ މަގު ހުޅުވާލެވޭނެ. ޝުކުރިއްޔާ މުއިއްޒު
އަފްރާސިޔާބު
23 November 2023
ކީއްކުރަން ދެ އަހަރު ހުސްކޮށް ދުއްވާލަންވީ.
ޙގގނ
23 November 2023
އެއީ މުއިއްޒު ކުރިކަމެއްތަ. މުއިއްޒުލައިފަތިބި މީހުނެއްނޫން ކޯޓުތަކުގައާ ތަންތާތިބީ. ތީ ހިންނަވަރު އަންހެނެއް