މާވިން: އޭނާގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ވަނީ ނިންމާފައި
23 ނޮވެމްބަރ 2023 - 14:19
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ލަމްހާގެ މައްޗަށް އިތުރު ދެ ދައުވާއެއް ކުރެ އެވެ.
އެ މައްސަލާގައި މާވިން އާއި ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރު ކޮށްފައި ވަނިކޮށް ކޯޓުން މިއަދު ވަނީ ޝަރުތުތަކާ އެކު ތިން މަސް ދުވަހަށް ލަމްހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. ނަމަވެސް ކޯޓުން މިއަދު ނިންމީ މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށެވެ.
ލަމްހާ ދޫކޮށްލީ ރޭގަނޑުގެ ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުނިކުތުމާއި މާލެއިން ބޭރަށް ދާނަމަ ހުއްދަ ހޯދުމަށް ޝަރުތުކޮށްފަ އެވެ.
އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުރު މާވިން
24 November 2023
ދިވެއްސަކަށް ނުވާތީ ދޫ ނުކޮށްލީ.......... މަށަށް ވެސް ވޯޓު ލެވޭނަމަ ދޫކޮށްލާނެ ކަން ކަށަވަރުތާ!!
އއއމމމ
23 November 2023
މުޖްތަމައަށް ބޮޑު ނުރައްކަލެއް. މިރޭ ނިދަން އޮއްވާ ހުވަފެނުން ވެސް ފެންނާނީ އިންޖެކްޝަނެއް ހިފައިގެން ހުރި ބިރުވެރި ނަރުހެއް.
އިހްސާސް
23 November 2023
ލަމްހާއަށް މިސޮރާ އިނދެވޭލެއް ހައްތަހާ ލަސްދޯ މިވަނީ..
ޕީޖީ ފެއިލް
23 November 2023
ސަދޫމްގައި މިއަށް ވުރެއް އިންސާފު ރަގަޅުވާނެ. އެކަކަށް ލުއިދީފައި އަނެކަކަށް ލުއި ނުދިން. އިސްތިއުނާފްވެސް ނުކުރާނެ ޕީޖީ އިން ކަޓް ލިބޭނެތީވެ
އިއްސޭ123
23 November 2023
މީހަކު މެރި މީހުން ވަކި ސަރުތަކާ އެކީ އެހެން ދޫ ކޮއްލެވޭތަ ؟ ސަރުތަކީ ދެން އިތުރު މީހެއް ނުމެރުންތަ ؟ ކަލޭމެން ހުކުމް ތިޔަ ކުރަނީ ހާދަހާވާ ނުބައި ކޮށޭ !!
ޒައިލް24
24 November 2023
ނެރިލަމަށް ވާނި އެކަން ސާބިތުވެ ހުކުމް ހުކުރީމަ.. މިހާރު އެ ހުރީ ތުހުމަތެއްކުރެވިގެން ބަންދުކޮށްފަ..
އަބްޑޫޅް +
23 November 2023
މާވިން އުމުރަށް އަރުވާލަން ހުކުންކޮށްފަ، ޕިލިޕީން އަށް ފޮނުވާލާ.
ބޞޒ
23 November 2023
ހަތިޔާރު ގެނައި ފަރާތް ދޫކޮށްފައި ބޭނުންކުރިފަރަާތް ބަންދު. އިންސާފުތޮ؟