ޖޭއެސްސީއަށް ރައީސް ކަނޑައަޅުއްވާ މެމްބަރުގެ މަގާމަށް އައްޔަން ކުރެއްވި ސަމީރު: އޭނާއަށް މިއަދު ވަނީ މަގާމުގެ ފަތްކޮޅު އަރުވާފައި --- ފޮޓޯ/ރައީސް އޮފީސް
23 ނޮވެމްބަރ 2023 - 14:46
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމަށް މުހައްމަދު ސަމީރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް އައްޔަން ކުރެއްވި ސަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައި، ފަތްކޮޅާ ހަވާލުވެ ވަޑައިގެންފަ އެވެ. އޭނާއަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ސަމީރު ކުރިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަމިއްލަ ލޯ ފާމްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ އިތުރުން ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި އާންމުންގެ ތެރެއިން މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރެއް އަދި ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން ތިއްބަވާނެ އެވެ.
ރައީސްގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އެންމެ ފަހުން ހުންނެވީ ވަކީލް މަސްތޫރު ހުސްނީ އެވެ. އޭނާ މިދިޔަ ހަފުތާގައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސް މިއަދު ވަނީ އާ ބަންޑާރަ ނައިބު އަހްމަދު އުޝާމް ވެސް ޖޭއެސްސީއަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނަށްދިންއޮޑި
24 November 2023
ޖޭއެސްސީ އަކީ ކަމުގެ ތަޖުރިބާ ހުރި ރިޓަޔާޑް ފަޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ތަނަކަށް ހަދަން އެބަޖެހޭ އެއިރުން ހަގީގީ މާނައިގައި އެތަން މިނިވަންވެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ.
ޔަނާލް
24 November 2023
ސަމީރު އަކީ މިހާތަނަށް ތަފާތު ދައްކާފަ ހުރި މީހެއް. އިތުބާރު ކުރެވޭ ވަރު މީހެއް ހަމަ. ޑރ.މުއިއްޒު ކަޑަ އެއްޗެއް ނުހަދާނެ.
ކިފް
24 November 2023
ކޮރަޕްޓް ހުރިހާ އެންމެން ތަންތަނުން ބޭރު ކޮށްލާ. ޖުޑީޝަރީ އެބަ ޖެހޭ ވަރަށް ރަނގަޅު ކުރަން.
ދާއިން
24 November 2023
މަސްތޫރު ހުސްނީ ތީ އެއްވެސް ވަރަކަށް ކަމުދާ މީހެއް ނޫން. ސަމީރު ތީ ހަމަ ރަނގަޅު މީހެއް މަޤާމަށް.
ތާލިބު
24 November 2023
ސަމީރު މެން ކަހަލަ ދެތިން މީހަކު އަހަރުން ބޭނުންވަނީ. ސަތޭކައިގެ ޗޮއިސް އެއް ހަމަ
ޔޫނުސްް
24 November 2023
ފެންނަމުން ދާނީ އުންމީދީ ވެރިކަމެއް. ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރެއް.
ދާއިން
24 November 2023
ހުރިހާ ތަނަކަށްވެސް އައްޔަންކުރެވިގެން ދާނީ މުއިއްޒު ދުވެލީގަ މަސައްކަތް ކުރެވޭފަދަ ޤާބިލް ބޭފުޅުން.
ލޫކު
24 November 2023
މުއިއްޒުދުވެލީގަ ކަންކަން ހިނގާނެ ކަމަށް އުންމީދު ކުރަން ސަމީރު ފަރާތުންވެސް. ޤާބިލް މީހެއް ސަމީރު އަކީ. އެހެންވީމަ ތަފާތު ފެންނާނެ ކަމަށް އުންމީދުކުރަން.
ޝާފިއުު
24 November 2023
މުއިއްޒުގެ ނިންމުން ވަރަށް ރަގަޅު. އިރާދަކުރެއްވިޔާ ޖޭ އެސް ސީ ވެގެންދާނީ ރައްޔިތުންގެ އިތުބާރު ހިފޭ ތަނަކަށް.
ސަނާާ
24 November 2023
ޖޭ އެސް ސީ އަކީ ކޮރަޕްޝަނާ ދުރުތަނަކަށް ހައްދަވަން ރައީސް މުއިއްޒު ތިކުރާ މަސައްކަތަށް ޝުކުރު ދަންނަވަން.