30 ނޮވެމްބަރ 2023 - 14:31
އެޕާޓްމެންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއް އުޅެމުން އަންނަ ކަމުގެ ތުހުމަތު އޮތް، ހަސަން މަމްދޫހު (މަންޑޭ) އާއި އޭނާގެ އަންހެނުން ފާތިމަތު ޝަހުދާގެ އަގުބޮޑު ޕެންޓްހައުސް ފުލުހުން ފާސްކުރި އިރު، އެ ތަނުގައި އަގުބޮޑު 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް ޕީޖީ އޮފީހުން މިއަދު ވަނީ މީޑިއާ އަށް ތިލަކޮށްދީފަ އެވެ. އަދި ހިފެހެއްޓި އަގުބޮޑު މުދާތަކުގެ ފޮޓޯތައް ވެސް ވަނީ ދައްކައިފަ އެވެ.
ޝަމީމް ވިދާޅުވީ، މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އެކަނި ވެސް އަށް މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާ އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުދާތަކުގެ ތެރޭގައި، ކަނޑާފައި ހުރި، 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ ތެރޭގައި، އެންމެ އަގުބޮޑެތި ސެންޓު ވެސް ހިމެނެ އެވެ.
ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މަންޑޭގެ ޕެންޓް ހައުސް ވެސް ވަނީ ފުލުހުންގެ ތަހުގީގަށް ހިފަަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫގަލްމޫ
30 November 2023
މަންޑޭ އެޕާރޓްމަންޓުން ފެނުނު ސެންޓުން ދިދަޔަށް ސެންޓް ބުރުވައި ވަސްމީރު ފަތުރާށެވެ. އެއީ މިޤައުމުގެ ހައިބަތު ދެއްކުމަށެވެ. އިސާހިތަކު ރައްޔިތުންނަށް ދިދަޔަށް ވޯޓްދިނީ ރައީސް ޔާމީނަށް ލިބޭ އަނިޔާއިން ސަލާމަތްކުރުންކަންވެސް ހަދާންނެތިދާނެއެވެ. ދިދައިގެ ވަސްމީރުކަން ކޮޕް ސަމިޓާއި ހަމަޔަށްވެސް ފެތުރިދާނެއެވެ.
5789ހ
01 December 2023
އިނޑިޔާ މީހެއްތަ ތިއީ؟ މިގައުމުގެ މިނިވަންކަމަށް ހާދަ ހަސަދަވެރިވަނީ. ކަލޭ ކަލޭގެ ގައުމުގެ ކަ ްކަމާ ބެހިބަލަ
ވޯލް
30 November 2023
އަދީބުގެ ދުރިއުޅުމުގެ ތަފްސީލް ކީެއްވެބާ ނުގެނެސްދިނީ ޕީޖީ. އިރި އިރު ކޮޅާ ސިންގަޕޫރަަށް ބޭސްކުރަން އެދަނީ. އނަބިގޮއްޔައާއި ކައިވެނިކުރަން ދިޔައީ ފްލައިޓެއް ޗާރޓަރުކޮށްގެން. މިހާރު އެހެރީ މިނިވަންވެފް. އިބޫ މީ ދައުވާކުރަންޖެހެ މީހެއް ކޮރަޕްޝަންްގެ.
ލޮއްލަ
30 November 2023
“ތާޒާ” ބްރޭންޑްގެ އަގު ބޮޑު އޮރިޖިނަލް ފުޅިއެއްވެސް އެބައިން. އަދި ކިރިޔާ މި އެނގުނީ ރާއްޖޭގަ މަމެން ބޯން މިގެންގުޅޭ ތާޒާ ފެން ފުޅިއަކީ ކޮޕީ ފޭކެއްކަން.
ކިއުންތެރިޔާ
30 November 2023
"އެ މުދާތަކުގެ ތެރޭގައި، ކަނޑާފައި ހުރި، 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ." އެކަމަކު އަޅުގަނޑަށް އަޑު އިވުނީ ނުކަނޑާ ހުރި 200 އަށްވުރެ ގިނަ ސެންޓުފުޅި ހުރިވާހަކަ ވިދާޅުވި އަޑު. ޓީވީ އިން އަންނައިރު އަނެއްކާ ބުނާ އެއްޗެއް އަނެއްކޮޅަށް އެނބުރެނީތޯ؟
ރަންނަ
30 November 2023
ތީގަ ނެތޭ މައްސަލައެއް. އެންމެ ގިނަވެގެން 5 އަހަރު ޖަލުގަ އޮންނާނީ. 20 ހާސް ރުފިޔާލިބޭ ވަޒީފާއެއްގަ 5 އަހަރު ގަނޑެތެޅުނީމަ ލިބެނީ 1.2 މިލިއަން. 7 މިލިއަން ނަގައިގެން 5 އަހަރު ޖަލުގަ މަޑުކޮށްފަ ނުކުމެ ދުނިޔެމަތީ އުނދުހެން ހަމަ ވޯތް.
ވޯތްވެފައޮންނާނީ
30 November 2023
އުމުރަށް އޮންނާނީ ބިޔަ ކުށުގެ ރިކޯޑެއް ހޯދިފައި. އެކަމާ ހެދި ރަގަޅު ވަޒީފާއެއް ހޯދަން އުޅުނަސް ނުލިބޭނެ. އެތައް ކަމެއްގެ މަގު ބަންދުވާނެ. އަބަދަށް ލޭބަލްވެފަ ހުންނާނީ އެއީ މިވެނި ކަހަލަ މީހެއްކަން. އޭރުން އެނގިދާނެ ކިހާ ވޯތްކަމެއްކަން އެކުރެވުނީ.
ސެލްމާ
01 December 2023
ވަޒީފާ އެއް ބޭނުމެއް ނުވާނެ ދެން ކާފަ އަދި މުނި ކާފަ ދަރިންނަކަށް ވެސް. މޮޔަ ވީތަ؟
ޖަންގަލީސޮރު
30 November 2023
މަންޑޭ ގެ އިން ނެެރުވަރައް ކުރީ ސަރުކާރު ގެ މިނިސްޓަރުން ގެ ގެއިންނާއި ކުރީ ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިބި އިއްޒަތްތެރިން ނާއި އަދި މަޖްލީސް މެންބަރުން ގެ ގެތައް ބަލާ ފާސް ކުރުމުން ތިޔަކަހަލަ އެތައް މަންޑޭ އެއްތިލަވާނެ އެވެ.އަދި އެފަަދަ މަގާމުތަކުގައި ތިބި ބޭފުޅުން ބޭރު ގައުމުތަކުން ގަނެފައި ހުރި ތަންތަންވެސް އިނގިގެންދާނެ އެވެ،
އައިސާދިޔެ
30 November 2023
ދެންކާކަށް ވަސްދުއްވަން އެވަރަށްގިނަ ސެންޓުހޯދަނީ؟؟؟
ވެދާނެތާ
30 November 2023
އެވަރަށް ސެންޓުނުޖަހާނަމަ އެހެން މީހަކަށް ކައިރިވާން ނުކެރެނީ ކަންނޭނގެ.
ކިލެގެ
01 December 2023
މަށަށޭކިޔާއަޑުއިވޭ
ސަނީސައިޑްބޮންޑް
30 November 2023
އާންމުކޮށް މަންޑޭ ބޮއިއުޅުނީ ގުޗީ، ޖޮނީވޯލކަރ، ލުއީވުޓޯން ބްރޭންޑުގެފެން. އެވަގުތު ފުލުހުންއައީމާ ފެންބޮވާފަހުރިވަރުން އޮޅިގެން ތާޒާފުޅިން ބޯލެވުނީ. އެކަމާހެދި މިހާރުއުޅެނީ ބޯނުބައިވެގެން.
ގފތ
30 November 2023
ތިހެން ފޮނު އަރުވާނެ. މަންޑޭ އަށް ވެސް އަދީބް ދަތުރު ކުރި މަގު ފެންނާނެ.މީ ގައުމެއްތަ.
ތެފައާސާ.
30 November 2023
މާންޑޭގެ އަންހެނުންނަށް ގަނެދީފައި މިހުރި އެތައްބައިވަރު ސެންޓުފުނި ފެނި އެކަމުގެ ސަބަބުން ދިވެހީ އާދައިގެ ދެމަފިރިންގެ ދޭތެރޭގައި ޖެހިދާނެ މައްސަލަތަކާއި ގެއްލިގެން ހިނގައިދާނެ މަސްލަހަތުތަކަށް ބަލައި، މާންޑޭގެ މައްޗަށް "ދިވެހި ކަނބަލުން ސްޕޮއިލް ކުރުމުގެ ދައުވާ" ވަކިދައުވާއެއްގެ ގޮތުގައި ކޮށްދިނުމަށް އޮނަރަބަލް ޕީޖީގެ އަރިއަހުން އަދަބުވެރިކަމާއެކު އެދެމެވެ.