މަންޑޭ: އޭނާއަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ ހޮނިހިރު ދުވަހު އިއްވަން ވަނީ ހަމަޖައްސާފައި
25 ޑިސެމްބަރ 2025 - 12:37
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުނުވުމުން އެ މައްސަލާގެ ހުކުމް އިއްވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.
ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އަދި "މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދުނު ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އެހެންވެ، ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކޭ ޕާކް މައްސަލާގައި ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް ގާޒީ މިއަދު ނިންމެވި އެވެ. އަދި އެ ދައުވާގައި ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، އެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަން ގާޒީ އަމުރުކުރެއްވި އެވެ.
މަންޑޭ މިއަދު ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް މަންޑޭ ކޯޓަށް ހާޒިރު ނުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލާގައި މަންޑޭގެ އެޕާޓްމެންޓާއި އޭނާގެ ގޭގައި ހުރި އަގު ބޮޑެތި ސާމާނުތަކެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
25 December 2025
ވަރަށް ބޮޑު ވައްކަމެއް ކޮށްފައި ހުރި މީހެއް.. ޙައްޤު އަދަބު ލިބެން ޖެހޭ. ވަރަށް މުއްސަނދިކޮށް އުޅުނީ މީހުންނަށް މަކަރު ހަދައިގެން
ރަދީފްއޮފިޝަލް /
25 December 2025
އަޑުއެހުން ކެންސަލްކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އަދި "މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދުނު ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. "ވަރަށް މޮޅު ލައިންތަކެއް.
ކޭ މާޓް
25 December 2025
ތިނަން އަޑު އިވުމުން ނުކާ މީހަކުވެސް ކާނެ. ކޭ ޕާކު.
ޖޭޑް.
25 December 2025
މަންޑޭ ނުވިކަމެއް ޓިއުޒިޑޭ ވާނެބާ
ކޮރަލް
25 December 2025
އުޅެނީ ފަގީރަކަށް ވެގެންނެވެ. މީހުން ކައިރީ ކޮފީ ދޭން ވެސް ބުނެ އެވެ.
ޕިސް
25 December 2025
އަސްލުވެސް ތެދެއް!! ވެގެން އުޅެނީކީއެއް ނޫން! mihaaru އަތުގަ މުކޮސް ވެސް ނެތް ހެން ހީވަނީ!! ޕެޓްރޯލް އަޅަން، ކޮފީ ހޯދަން މީހުން ކައިރީ ކިޔާނީ އެހެންވީމަ ދޯ؟؟!!
މުރަކަ
25 December 2025
އަމީނީ މަގު މާރުކޭޓް ކާރީގަ ހުރި ކޮފީ ސްޕޮޓްތަކުން ވަރަށް ފެނޭ.
ނާގިތު
25 December 2025
މަންޑޭ ޖެހިގެން އައްނާނީ ޢަންގާރަ ދުވަސް. ހޮނިހިރެއްނުން
ނަނަނަ
25 December 2025
އަންހެނުން ބަލާލީމަ އަދިވެސް އަތްމަތީ އެ ލާރިގަނޑު އޮތްކަން އެނގޭ..
ކީއްވެ
25 December 2025
ބަންދުގައި ބަހައްޓައިގެން ބަލަން ޖެހޭ މައްސަލައެއްކަމަށް ދެކެން. މި ކަހަލަ ބޮޑެތި ކުއްވެރިން ދޫކޮށްލާފައި ތިބޭތީ ކަންކަން ގޯހުން ގޯހަށް ދަނީ. އެތައް ނިކަމެތި ރައްޔިތުންނާ ދޮގުހަދާ މަކަރު ހަދާ ބޮޑެތި ވައްކަންކުރާ މީހުން މިނިވަންކަން މަތީ މިއުޅެނީ.
ކޮންވައްތަރު
25 December 2025
މިކަހަލަ ސޮހަލުން މިއުޅެނީ، ކަންކަމާކުރިމަތިލާކަށްނުކެރޭ، ކެރެނީ ވަގުހަދަން އެކަނި. އަލްހާނުވެސް މީހަމަ އޭގެ މީހެއް. ސީލައިފްވަގުވެސް ހަމައެއްވައްތަރު.
ފަހުދު.
25 December 2025
ސަޓަޑޭގައި ނުދެވޭނެ