މަންޑޭ
27 ޑިސެމްބަރ 2025 - 00:19
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތަށް އޭނާ ބަންދުކޮށްގެން ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުންގެ ބަންދުގައި ބަހައްޓައިގެން މިއަދުގެ މެންދުރު ދޭއް ޖަހަންވާއިރަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނީ އެ ދުވަހުގެ ޝަރީއަތަށް ވެސް އޭނާ ނުދިއުމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށެވެ. "މާތް ﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދިފައިވާ ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވެފައި ވެ އެވެ.
އެކަމަކު، މަންޑޭ ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.
ކޭ ޕާކް މައްސަލާގައި ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް ގާޒީ މިދިޔަ ބުރާސްފަތި ދުވަހު ނިންމެވި އެވެ. އެ ދައުވާގައި ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، އެ މައްސަލަ ނިމެންދެން ޖައިޝާން ބަންދުކުރަން ގާޒީ އަމުރު ކުރެއްވި އެވެ.
މަންޑޭ ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
28 December 2025
މިއީ އުމުރު ދުވަހު ޖަލުގައި ބަހައްޓަންޖަހޭ ކަހަލަ މީހުން. އަދަބު ލުއި ކުރަން ބޭނުންވާ ނަމަ އޭނާ ނެގި ފައިސާ އޭގެ ހައްޤު ވެރިންނަށް އަނބުރާ ދައްކާ ހާލަތުގައު ލުއި ދިނުން އެންމެ ރަގަޅު. އެކަމަކު ރާއްޖޭގައި ފައިސާ ނަގާގަނެް ޖަލުގައި 2 ވަރަށް އަހަރު ހުރެފަ ދެން އަންނަ ރިޔާސީ އިންތިހާބެއްގައި މާފު އެބަ ލިބޭ ވިއްޔަ. ރައްޔިތުްނާ ދައުލަތުން ވައްކަން ކުރާ މީހުންނަށް ޕޭރޯލް އާ ކްލެމެންސީ ނުދެވޭނެހެން ހަދަންޖަހޭ.
ގޮނުއަނގަ
28 December 2025
މާތްﷲ އަށްޓަކައި ޝަރީޢަތް ކެންސަލް ކުރަންވާނީ އެކަލާންގެ އެންގެވި އެހެން މީހުންގެ ޙައްޤުތައް ފުރިހަކޮށްދެވިފައި ވާނަމަ ނޫންތޯ. ތިމާ މީހާއަކީ ﷲ ގެ ޙަޞްރަތުގައިވެސް ކުށްވެރި ޔަކަށް ވެހުރެ އެކަލާންގެ ނަންފުޅު ގެނެސް ތިކަހަލަ އާދޭސް ދެންނެވުމަކީ ހާކިމުމް ބަލައިގަނެގެން ވާނެ ކަމެއްކަން ނޭގޭ ވަކީލުންގެ ވަކާލާތު ކުރުމުގެ ހުއްދަވެސް ބާތިލުކުރަން ޖަހޭނެ.
މަބުނީ
27 December 2025
ކޮންތާކު ފިލާއޮއްވާތޯ ދަމާ ނެރުނީވެސް ލިޔެލި ނަމަ..
ކޮން މަންޑޭއެއްތަ؟
27 December 2025
މީނާ އާއި އެކީ ދެން މި މައްސަލައިގައި ކުއްސާބިތުވާ ޖައިޝަންގެ ފުރިހަމަ ވަނަވަރު ކޮންމެ ފަހަރަކު މިމީސްމީހުންގެ ޚަބަރު ލިޔާއިރު ގެނެސްދޭއިރު، މީނާގެ ފުރިހަމަ ވަނަވަރުވެސް ދިވެހި ރައްޔިތުންނަށް އެނގެންޖެހޭކަށް ނުވޭބާ؟
ޝަޖޫ
27 December 2025
މަންޑޭފަކީރު ހެކިބަސް ނަގާ ނިމުނީމަ ދޫކޮށްލަންވާނެ. ބަންދުގަ ބަހައްޓާ ވަރަށްވުރެން ބޮޑުކޮށް ތިއޮތީ ވައްކަން ކުރެވިފަ. ކުރީގެ ރައީސް އައިއްސިޔާ އަފުއާމެއްވެސް ލިބުން ގާތް. ހިތްހެޔޮ ކުރާތި.
ބޭނަޒީރު މެން
27 December 2025
މަންޑޭ ގެ ފަހަތުން ކުރިން ބާސްކެޓް ގަ ގެން ގުޅުނު ސުޕުން ވެސް ފުލުހައް ގެންދަންޖެހޭ
ޑރ. ބަނީނޯ
27 December 2025
މަންޑޭވެސް އުޅޭ ފާޑެއް.
ޢަހި
27 December 2025
މަންޑޭ ބަންދު ކުރިއްޔާ ދޫކޮއްލަންދެން ހަފްތާއަކު އަންނާނީ ހަ ދުވަސް.
ދޮޅި ހުސޭނު
27 December 2025
ސަޓަޑޭގަ ހުކުމް ކޮށްފަ ދެން އަންނަ ހަފްތާގެ މަންޑޭގަ މަންޑޭ ދޫކޮށްލާނެ. މަންޑޭ ވީމަ މަންޑޭގަ ދޫކޮށްލާނީ!! ސަންޑޭ ނަމަ ސަންޑޭގަ ދޫކޮށްލާނީ!!
ކުނބުރު
27 December 2025
މަންޑޭ ދެރަނުވޭ.. މަންޑޭވެސް މިންޖުވާނެ ދުވަސްކޮޅަކުން މިޤަޢުމުގަ ކުރިމަގުއޮތީ ވަގުންނަށް. ފަޒޫލު، އެޕޯލޯ ބްރަދާސް، ޝަމްއާން، އަދީބް، ބައްސާމް... މިހުރިހާ ހީރޯއިންވެސް މިހާރު އެތިބީ މިނިވަންވެފަ!
އަޅިބުރުން
27 December 2025
ތިޔަ ލިސްޓުން މައުސޫމް ޝަމްއާން ނަގަން ގޮވާލަން. ބާކީ ދެން ތިޔަ ތިބީ ހުސް ވަގުން.