މަންޑޭ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދޭން ޖެހެނީ އަމުރުގައިވާ ގޮތުން މާދަމާގެ މެންދުރު 2:00 އަށް. އެކަމަކު އަދިވެސް އޭނާ ނުފެނޭ.
މަންޑޭ: އޭނާގެ މައްޗަށް ހުކުމް އިއްވަން މާދަމާ އަށް ކަނޑައަޅާފައިވީ ނަމަވެސް ނުފެނިގެން އަންނަނީ ހޯދަމުން.
26 ޑިސެމްބަރ 2025 - 17:09
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތް ބާއްވަން މާދަމާ އަށް ކަނޑައަޅާފައިވާއިރު އޭނާ ނުފެނިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށެވެ. "މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދިފައިވާ ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް އިއްޔެ ވިދާޅުވެފައި ވެ އެވެ.
އެކަމަކު، މަންޑޭ ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ އިއްޔެ ވިދާޅުވި އެވެ.
މަންޑޭ ކޯޓަށް ހާޒިރު ނުވާތީ، ކޭޕާކު މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ފަސްކޮށްފައިވާއިރު، އޭނާ ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އިއްޔެ ވަނީ އަމުރެއް ނެރެފަ އެވެ.
ބަންދުގައި ބަހައްޓައިގެން މަންޑޭ ކޯޓަށް ހާޒިރު ކޮށްދޭން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހާޒިރު ކޮށްދޭން ޖެހެނީ މާދަމާގެ މެންދުރު 2:00 އަށެވެ.
މަންޑޭ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު މިހާތަނަށް ކާމިޔާބު ނުވާ ކަމަށް ވެ އެވެ.
ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.
ކޭ ޕާކް މައްސަލާގައި ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް ގާޒީ އިއްޔެ ނިންމެވި އެވެ. އަދި އެ ދައުވާގައި ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، އެ މައްސަލަ ނިމެންދެން ޖައިޝާން ބަންދުކުރަން ގާޒީ އަމުރު ކުރެއްވި އެވެ.
މަންޑޭ އިއްޔެ ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތެއް ޖަލު ހުކުމެއް މަންޑޭ އަށް އަންނާނެ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދީން
26 December 2025
މިތާމައްސަލައިގެ ސީރިއަސްކަން ދުއްވާލަން މަޖާވެގެން ކޮމެންޓުކުރާއިރު އެހެން މުސްލިމެއްގެ މުދަލާ ފައިސާ އެގޮތަށް ކެއުމަކީ ފޭރުން. ބޮޑު ފާފައެއް!
ސަދޫމް ރަސްގެފާނު
26 December 2025
މިޤަޢުމުގަ ވަގުން ވެރިކަންކުރާއިރު ކުރެވޭ އެންމެ ކަމެއްވެސް ނެތްއިރު ސީރިއަސްވެގެން ވާނެ އެއްކަމެއްވެސް ނޯންނާނެ މިހިރަމީހާ
ސާބަ
27 December 2025
މިތާ މާސިރިއަސްވެެގެން އެއްބަޔަކު ކޮމެންޓްކުރިޔަސް ޖޯކް ޖަހާނެ ބަޔަކު ޖަހާނެ ސުރުހީ އަޅާއިރު މީހާގެ ވަނަން ޖަހަންޏާ
ވަގުންގެ ބާރު
26 December 2025
ފުލުހުންނަށް މިހާ ހާމަކޮޢް ބޮޑުކޮށް މާލެތެރެ އުޅޭ މީހަކު ނުހިފެންޔާ ރައްޔިތުން ނެރެންވީނު؟ ހާދަ ރައްޔިތެއްގެ ހައްގު ފޭރިގެން ހުރި މީހެކޭ …
ހުސް ބުޅި
27 December 2025
ގަމާރު ކަން ބޮޑީ.
ޓިއުސްޑޭ
26 December 2025
މަންޑޭ ދިޔައީ ސަންޑޭ ފަހަތުން. ސަންޑޭ ދިޔައީ ސަޓަރޑޭ ފަހަތުން.
ހަންބޯ ކުންފުނި
26 December 2025
މަންޑޭއަށް ނުވިސްނުނީ އެއީ ކިހާ ހަންބޯ ބައެއްކަން
މުންޑޭ
26 December 2025
ކޮން މަންޑޭއެއްތަޅެ ތިހޯދަނީ...
ހިޔާނަތްތެރި ވަގު
26 December 2025
އެތައް ދިވެހިންނެއްގެ ހަލާލު ފައިސާ މިލިއަނުން މަޅާލާ ފިލައިގެން އުޅޭ މަންޑޭ. ގެޓު ވެއްޖެ؟ މާ މަޖާ ކަމެއްނޫ އެޔަކީ ކަލޯ.
ޖޯކުސްތާނު
26 December 2025
ކޮބާ ހަވަރު ނިކުންނަންވީތަ މަންޑޭ ހޯދަން. ޔަޤީނުންވެސް ސަޓަޑޭ އަދި ސަންޑޭގެ ފަހުން މަންޑޭ އަންނާނެ!
މަންޑޭ
26 December 2025
ތިޔާރާވައިގެން ކޮށްގެން އުޅޭކަމެއް
މުރާސިލް
26 December 2025
މީހުން، އެމީހުންގެ ބުރަމަސައްކަތުން ފައިސާ އެއްކޮށް އެފައިސާއިން ބޯހިޔާވަހިކަމަށް އިންވެސްޓްކުރި ފައިސާއަށް ޚިޔާނާތްތެރިވެފައި ތިޔަހެން ކޯޓަށް ފިލައިގެން މިދުނިޔޭގައި އުޅެވިދާނެއެވެ. ތިޔަ ފައިސާދެއްކި ފަރާތްތަކުން އެމީހުންގެ ފައިސާގެއްލި ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން މިވީހާ ދުވަހު އެޅި ކަރުނައާއި އުފުލަމުންދާ ވޭނުންގެ ޝަޒާ އެފާއިސާއަށް ޚިޔާނާތްތެރިވި ފަރާތަށް ނުލިބި ނުދާނެކަން ދިރިތިބީން ދަންނާނެއެވެ.
އަބްދުﷲ
26 December 2025
("މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދިފައިވޭ) ނިކަމެތި މީހުން އުމުރު ދުވަހު މަސައްކަތް ކޮށްގެން އެއްކުރި ފައިސާކޮޅު ކަޅާކޮށްލައިފައި މާތްﷲ ގެ ކަލިމަ ލައިގެން ކޯޓުގައި މިއެދެނީ ޝަރީއަތް ފަސްކުރަން. މީނައަށް ޖެހެނީ 100 އަހަރުގެ ހުކުމެއް ކުރަން.
އުދުހޭ
26 December 2025
ބްރޯ މީ ފްރައިޑޭއޭ. މަންޑޭ އަންނަންދެން ކެއްލަވާބަލަ.
ކަލަކުވޭ ބިރުވެތިވޭ
26 December 2025
މަޖަލެއް ނޫން ކަލޯ. އެތައް ބައެއްގެ ހައްގު ފޭރި އޭގެން އަމިއްލަ ޖީބު ފުރީ