ދުނިޔެ / އަގްސާ ތޫފާން

ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން (ވ) ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާގްއާ ވާހަކަ ދައްކަވަނީ: ޔޫކްރޭން މައްސަލައިގައި ކަންބޮޑުވެގެން އުޅުނު އެމެރިކާ އިން ފަލަސްތީނުގެ މައްސަލައިގައި ކަންބޮޑުވެގެނެއް ނޫޅޭ ---- ފޮޓޯ: އޭއެފްޕީ

01 ޑިސެމްބަރ 2023 - 09:30

10 comments

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ 24 ދުވަހާ ހަމައަށް، ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން ވަރުގަދަ ގަތުލުއާންމެއް ހިންގައި 15000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލީ މުޅި ދުނިޔޭގެ ކުރިމަތީގަ އެވެ. އދ.ގެ އާންމު މަޖިލީހުގަޔާއި ސަލާމަތީ މަޖިލީހުގައި އެކަމާ ބަހުސްކޮށް ގަރާރުތައް ފާސްކުރި އެވެ.

ނަމަވެސް، އިޒްރޭލު، ކަހާ ތަން ހިރުވައި ވެސް ނުލި އެވެ. އަރަބި އިސްލާމީ ގައުމުތަކެއްގެ މެދުގައި ވަށައިގެން ބެދިފައި އޮތް ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުކަން އެ ދަރަޖައަށް ދިޔަ އިރު، ބައިނަލްއަގުވާމީ މުޖްތަމައު އޮތީ ކިހިނެއްވެފައިތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އިޒްރޭލު ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖްތަމައު، ވަކިން ޚާއްސަކޮށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހުޅަނގުގެ ގައުމުތައް ނުކުޅެދިފައިވަނީ ކީއްވެތޯ ވެސް ސުވާލު ކުރެ އެވެ.

އޮކްޓޫބަރު 7 ން ފެށިގެން، މެދުނުކެނޑި 51 ދުވަސް ވަންދެން ހަމަލާ ދިނުމަށް ފަހު، ނޮވެމްބަރު 24 ގައި ހަމަލާތައް މެދުކަނޑައިލުމާ ހަމައަށް، އެންމެންނަށް ވެސް ފެންނަމުން ދިޔައީ އިޒްރޭލުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތު ކަމެވެ. އިޒްރޭލުގެ އެއްގަމާއި ވަޔާއި ކަނޑުގެ ސިފައިން ޣައްޒާ އަށް ހަމަލާތައް ދިން ނަމަވެސް ހަގީގަތުގައި، ޣައްޒާގެ އާންމުން ޝަހީދުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ނޭޓޯގެ ގައުމުތަކެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް: ގާޒާގެ ގަތުލުއާންމުގައި ނޭޓޯ އޮތީ ހިމޭނުން --- ފޮޓޯ: އޭއެފްޕީ

މަތިންދާބޯޓުތަކުގެ ހަރަކާތްތައް ބަލަހައްޓާ ވެބްސައިޓެއް ކަމަށްވާ ރާޑާ ބޮކްސް އިން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ނޭޓޯގެ ގައުމުތަކާއި އިޒްރޭލާ ދެމެދު ވައިގެ މަގުން 160 އަށް ވުރެ ގިނަ އަސްކަރީ ދަތުރު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިޒްރޭލަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ސާމާނު ހިފައިގެން ކުރި ދަތުރުތަކެވެ.

ނޭޓޯގެ ގައުމުތަކުގެ ތެރެއިން އެ މުއްދަތުގައި އެންމެ ގިނަ ދަތުރު ކޮށްފައި ވަނީ އެމެރިކާ އެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އެ މުއްދަތުގައި އިޒްރޭލަށް 35 ދަތުރު ކޮށްފައިވެ އެވެ. އިނގިރޭސި ވިލާތާއި ކެނެޑާ އަދި ޕޮލެންޑުން ކުރެ ކޮންމެ ގައުމަކުން 20 ދަތުރު ކޮށްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ދަތުރު ކުރީ ޖަރުމަން ވިލާތުގެ މަތިންދާބޯޓުތަކެވެ.

އޭގެ އިތުރުން އެ މުއްދަތުގައި ވައިގެ މަގުން އިޒްރޭލަށް އަސްކަރީ ދަތުރުތައް ކުރި ގައުމުތަކަކީ، ޗެކް ޖުމްހޫރިއްޔާ، ފަރަންސޭސި ވިލާތް، ޑެންމާކް، އިޓަލީ ވިލާތް، ލިތުއޭނިޔާ، ސްޕެއިން، ހޮލެންޑް، އޮސްޓްރޭލިޔާ، ބެލްޖިއަމް، ރޮމޭނިއާ، އަދި ނޯވޭ އެވެ. އެހެންކަމުން ނޭޓޯގެ ޖުމްލަ މެމްބަރު ގައުމުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ގައުމުތައް މި ދަތުރުތަކުގައި ބައިވެރިވެފައިވެ އެވެ.

އޭގެ ތެރެއިން އިޒްރޭލާ ދެމެދު އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ ގްރީސް އާއި ސައިޕްރަސްގައިވާ ވައިގެ ބަނދަރުތަކާއި އަސްކަރީ މަރުކަޒުތަކުންނެވެ. އެ ގޮތުން އެ މުއްދަތުގައި އިޒްރޭލަށް އެންމެ ގިނަ ދަތުރު ކޮށްފައިވަނީ ސައިޕްރަސްގައި އޮންނަ އިނގިރޭސި ވައިގެ ސިފައިންގެ މަރުކަޒުންނެވެ. އެއަށް ފަހު، ގްރީސްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުންނާއި ގްރީސްގެ ރަށެއް ކަމަށްވާ ކްރީތުގެ ވައިގެ ބަނދަރުންނެވެ.

އޭގެ އިތުރުން އެންމެ ގިނަ ދަތުރު ކޮށްފައިވަނީ ޖަރުމަން ވިލާތާއި އިޓަލީ ވިލާތުގައިވާ އަސްކަރީ މަރުކަޒުތަކާއި އިޒްރޭލާ ދެމެދު އެވެ. އޭގެ ތެރޭގައި ޖަރުމަން ވިލާތުގައި އޮންނަ އެމެރިކާގެ ވައިގެ ސިފައިންގެ މަރުކަޒު ރަމްސްޓެއިން ވެސް ހިމެނެ އެވެ.

މިއީ ބައިނަލްއަގުވާމީ ރާޑަރުތަކަށް ފާހަގަކުރެވޭ ގޮތަށް ކޮށްފައިވާ ދަތުރުތަކެވެ. ނަމަވެސް ރާޑަރުތަކަށް ނުފެންނަ ގޮތަށް ކޮށްފައިވާ ދަތުރުތަކާ އެކު، އެ އަދަދު އެއަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެމެރިކާ އާއި ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގެ ގިނަ ދަތުރުތަކަކީ ރާޑަރުތަކަށް ނުފެންނަ ގޮތަށް ކުރާ ދަތުރުތަކެވެ.

ޔޫކްރެއިންއާ ބެހޭ ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލެޓްވިއާގެ ހާރިޖީ ވަޒީރު ކްރިސްޖާނިސް ކެރިންސް (ވ) އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން (ކ) އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އޭއެފްޕީ

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމާ އެކު، އެކަމުގައި އިޒްރޭލަށް މަދަދު ފޯރުވާނެ ކަމަށް އިއުލާން ކުރި ފުރަތަމަ ގައުމަކީ އެމެރިކާ އެވެ. އިޒްރޭލުން އެހީތެރިކަމަށް އެދުމުގެ ވެސް ކުރިން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ، އަމިއްލަ ނަފްސު ދިފާއު ކުރުމަށް އިޒްރޭލުން އެމެރިކާގެ އެހީތެރިކަމަށް އެދޭނެ ކަމަށާއި، އެކަމުގައި އެމެރިކާގެ ހުރިހާ އެހީތެރިކަމެއް އިޒްރޭލަށް ދޭނެ ކަމަށެވެ.

މި ކަންކަމަށް ބަލާއިރު، ޣައްޒާގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމަ ކުރަމުން ދަނީ އިޒްރޭލު އެކަންޏެއް ނޫނެވެ. އެ ހަނގުރާމައިގައި އިޒްރޭލާ އެއް މިންވަރަކަށް ނޭޓޯގެ ގިނަ ގައުމުތަކެއް ބައިވެރިވެ އެވެ. ވީއިރު، އިޒްރޭލުން ފެށި ހަނގުރާމަ ހުއްޓުވަން އެ ގައުމުތަކުން އެއްވެސް ކަމެއް ކުރާނެ ކަމަށް ދުށުމަކީ ވެސް މޮޔަ ކަމެކެވެ.

އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ ފަލަސްތީނުގެ 15000 އަށް ވުރެ އާންމުން ޝަހީދުކުރުމުގައި ބައިވެރިވި އެއްވެސް ގައުމަކުން، ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައިފައެއް ނުވެ އެވެ. އަދި އެކަމަށް އިޒްރޭލަށް އެއްވެސް މިންވަރަކަށް ފިއްތުމެއް ވެސް ކުރިމައްޗެއް ނުކުރެ އެވެ.

10 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޒް

04 December 2023

ވަރަށް ސިންޕަލް.. މިކަން ހުއްޓުވަން ބޭނުންނަމަ ހުރިހާ އަރަބީ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކޮއްލާ.. އިޒްރޭލަށް ވަރަށް ބޮޑަށް ދަތިވާނެ.. ދެން ތެޔޮ އަދި ސޭސް އުފައްދާ މިންވަރު ދައްކޮއްލާ.. އޭރުން ތިކަނ

The name is already taken The name is available. Register?

ތުރުކީ

03 December 2023

ތުރުކީ އަކީ ނޭޓޯގެ އިސްގައުމު

The name is already taken The name is available. Register?

ޖާހިލުން ގިނައީ!

03 December 2023

ތަފާސް ހިސާބުތައްބަލާއިރު، އެވަރެޖް އައިކިޔު، ނޫނީ ތޫނުފިލިކަން ހުޅަނގުގެ ގައުމުތަކުގަ 110-95 ދެމެދުގަ، އެކަމު މުސްލިމް ގައުމު ތަކުގަ އުޅެނީ 85-65 ދެމެދުގަ! ވިއްސަކައް ދަރަޖަ އެވަރެޖް ކޮން ދަށުގަ. ހުޅަނގުގެ ވިޔަފާރިވެރިން ވެރިން ޖެހިހާ ބެރަކައް ނަށަން ގެންގުޅޭ ގޮވާން ދަނޑުތަކެއް! ފުރަތަމަ ކަމަކައް ހިސާބުކިތާބް ތަކުން ފެންނަ އެއްޗެއްގެ މައްސަލަ ހުރިކަން ދެނެގަނެގެން ނޫނީ ދެންވެސް ކުރިއައް ދާންވި ގޮތެއްވެސް ނޭގޭނެ! ބައިބޮލަސް އީޖާދުތައް ދަށީކީއްވެ؟

The name is already taken The name is available. Register?

ސަންތިމަރިޔަބު.

03 December 2023

އަހަރުމެން ވެސް މިދައްކަނީ ތިއަވާހަކަ. ސުކޫލްތަކުގައި ކިއަވައިދޭ ފޮތްތަކުގައި އޮންނަގޮތުން ހިސާބު ފިޒިކުސް ބައިލޮޖީ ކެމިސްޓުރީ ބޭސްވެރިކަމާއި ފަޒާޔާ ބެހޭ ޢިލްމު މިހެންގޮސް ނަން ހުސްކޮށް ހުރިހާ ޢިލްމެއް އުފެއްދީ އިސްލާމުންނޯ. ގުދުރަތީ ހުރިހާ މައުދަނާއި ތެލާއި ގޭސް ވެސް އޮތީ މުސްލިމުން އަތުގަ. ދެން ކީއްވެހޭ ނޭޓޯ ކަހަލަ އަސްކަރީ ފައުޖެއް ނުއުފެއްދީ. ކީއްވެހޭ މިހާ ނިކަމެތިވީ. ދީނީ ޖަޒުބާތަކީ ބައެއްފަހަރަށް މީހާގެ ލޯ ކަނުވާކަމެއް.

The name is already taken The name is available. Register?

ބުހާރީ

02 December 2023

އަހަރެމެންނަށް ފެންނަގޮތުގައި ފަލަސްތީނު ވަށައިގެން އެތިބެ އަރަބި ގައުމުތަކުގެ ރަސްކަލުންގެ އަނިޔާވެރިކަންވެސް މާބޮޑު. އެރަސްކަލުން އެތިބީ ފަލަސްތީނު ރައްޔަތުން ސަހީދުކުރުމަށް ނިއޯނާޒީ ޑްރަކިއުލާތަކަށް ވާގިދީގެން.. ފަލަސްތީނު މިނިވަންވާނީ އަރަބި ރަސްކަން މުލުން ލުހެލެވުނު ދުވަހަކުން.

The name is already taken The name is available. Register?

ބަރީސް

02 December 2023

މިދިޔަ މަހު އޮސްޓްރޭލިއާގެ މިލިޓަރީ ބޯޓެއް ވެލާނާއިންޓަނޭޝަނަލްއަށް ޖައްސާފަ ތެޔޮއަޅައިގެން އެސަރަހައްދަށް ގޮސްފައިވޭ. ބޮޑަށް ބެލެވެނީ ޔަހޫދީންނަށް އެހީހިފައިގެން ކަމަށް ދިޔައީ. ދެން މިމީހުން މި ބުނަނީ ފަލަސްތީނާއެކުއޭ މިތިބީ.

The name is already taken The name is available. Register?

އިބުރާ

02 December 2023

ޣާޒާގެ އެތަކެއް މުސްލިމް އަޚުންނާއި އުޚުތުން ޝަހީދުކުރުމުގައި މަދަދުވެރިވި ނުބައި ފިރުއައުނުންނަށް ދެދުނިޔޭގައި ވެސް ދަތިތަކާއި ތުރާތައް ދައްކަވައި ފަޟީހަތް ކުރައްވައި އިބަރަސްކަލާނގެ ގަދަ ފަދަ އަޒާބުން އަޒާބު ދެއްވާނދޭވެ!

The name is already taken The name is available. Register?

އަޙްމަދު ނ

02 December 2023

އެކަލާނގެ ދެއްވި މަދުމިންވަރެއްގެ އިލްމެއްގެ ޒަރިއްޔާއިން މިދުނިޔެމަތީގައި ހޯދިފައި މިވާ މާއްދީ ވަސީލަތްތަކާ ކުރިއެރުން ތަކަކީ ވަރަށް ބަލިކަށީ ދެރަ އެއްޗެއް. ޤުދުރަތީ ޤާނޫނުގެ ތެރެއިން އެކަލާނގެ މެދުވެރިކުރައްވާ ކުޑަކަމަކުންވެސް މިތަކެތި ނެތި ހަލާކުވެދޭ.

The name is already taken The name is available. Register?

އަޙްމަދު ނ

02 December 2023

މުޅީދުނިޔެ އެކުވި ނަމަވެސް ނަސްރު ނުހޭދޭނެކަން މީގެން މިދޭހަވަނީ. މާތްﷲ އީ ބައިގިނޔަ ކާފިރު ލަސްކަރުތަކުގެ މައްޗަށް ބައިމަދު މުސްލިމް ލަސްކަރަށް ނަސްރު ދެއްވާ ރަސްކަލާނގެ. އެކަލާނގެ އަދުވުންގެ ލޯތަކަށް، އެކަލާނގެ މަގުގައި ޖިހާދުކުރާ މުސްލިމް މުޖާހިދުން ސިއްރުކޮށްދެއްވާ ވަންޙަނާ ކޮއްދެއްވާ! ކާމިޔާބީއަކީ ބިންގަޑުން އަރަމުންދާ ދުންގަޑުން ވަޒަންކުރާ އެއްޗެއްނަމަ މިހާރު ހަނގުރާމަ ނިމިއްޖައީސް.

The name is already taken The name is available. Register?

ދީމުގުރާތުސް

01 December 2023

ޔޫރަޕާއި އެމެރިކާއަށް ހަޖަމުނުކުރެވޭ ދެކަމެއް އޮވޭ: 1- މެދުއިރުމަތީގެ ސުލްހަމަސަލަސްކަން. އަރަބިންނަކީ ތެލުގެ (އެނާޖީ) މުއްސަދިކަން އިންތިހާއަށް އޮތްބައެއް. މިފަދަ ރިސޯސްއެއްގެ ކޮންޓްރޯލު ހުޅަގުން ގެއްލުން އެއީ ނޯނޯ 2- އިރުމަތީއޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ، އަސްކަރީ ކުރިއެރުން. ޗައިނާ ވައްޓާލަން ކިތަންމެ މަޅިތަކެއް މިހާރުވެސް ޖަހާ. ދުނިޔެއިން ހުޅަގުގެ ބާރު ނެތޭކަން އަދިވެސް އެކްސެޕްޓެއް ނުކުރެވޭ. ހަގުރާމަތަކުން ބިލިއަނުން ފައިދާ އެމީހުނަށްވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454