ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް --
03 ޑިސެމްބަރ 2023 - 17:12
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވާދަކުރައްވާ ގޮތަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ސިއްރު ވޯޓަކުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ޝައުގުވެރިކަން ދެން ފާޅުކުރެއްވީ ސަލީމްގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި މިއަދު ހަވީރު ނެގި ސިއްރު ވޯޓުގައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ 55 މެންބަރުން ވޯޓު ދެއްވި އެވެ. ސަލީމަށް ވޯޓު ދެއްވީ 26 ބޭފުޅެކެވެ.
ހަނި ތަފާތަކުން ބަލިވި ރޮޒައިނާއަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ޖާބިރަށް ހަތަރު ވޯޓު ލިބިވަޑައިގެންނެވިއިރު، ދެ މެންބަރުންގެ ވޯޓު ބާތިލެވެ.
މަޖިލިހުގެ އާ ނައިބު ރައީސް އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ އަށެއް ޖަހާއިރު އެވެ. މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަނިކޮށް، ގަރާރަށް ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހީން
03 December 2023
ސައްލޭ ތިކަމާ ނޫޅޭ، ތިއީ ފޭސްލެސް މަގާމެއް
ގުދޯގުދޯހަތްގުދު
03 December 2023
ތިޕާޓީ މެމްބަރުންތެރޭ އަންހެނުން ހުސްވީތަ؟ އަންހެނުން މަދޭކިޔާފަ ހަޅޭއްލަވާގުރޫޕަށްވެސް ވާވަރުމީ.
ޒީކް24
03 December 2023
ދެން ތިބި ޕާޓީތަކުގަ އަންހެނަކު ނެތީތަ މަޖިލީހަށް ނުހޮވުނީ؟؟
ރަޒީނާ
03 December 2023
ރަނގަޅު. އަންހެނުން ބާރުވެރި ކުރުވުމަށް މުހިއްމު ފިޔަވަޅެއް. މަރުޙަބާ ސަލް
ކިއުންތެރިޔާ
03 December 2023
މަރުޙަބާ ސަލީމް. މަރުޙަބާ އެމްޑީޕީ. މަދު ދުވަސްކޮޅަކު ނަމަވެސް މަޖިލީހުގެ ރައީސް އަސްލަމްގެ ރިޔާސަތުގެ ދަށުން ޖަލްސާތައް ގެންދަންޖެހޭ ގޮތުގެ ފުރިހަމަ ނަމޫނާ ދައްކަވައިދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް.
ހޯރަބޭ
03 December 2023
މަރުހަބާ ސައްލެ. ސައްލެއަކީ ގާބިލު އިލުމީ މޮޅު ވާހަކަ ދެށްކުންތެރިއެއް.
ޓެރޭސްސް
03 December 2023
މީނަ ބުނީ ސިވިލްސާރވިސް މުއައްޒަފުންނަކީ ވާހަކަ ނުދެއްކޭ ބައެއްކޭ
އިލްމުމޭ
03 December 2023
އެ ހަމަ ރަނގަޅު ވާހަކައެކޭ.. އެއީ މުޅި ދުނިޔޭގަ ވެސް އެކަން އޮންނަ ހަމަ.. ގޫގުލް ސަރޗްކޮށްގެން ކުޑަ ރިސަރޗެއް ހަދާލަބަލަ ދޮގެއްތޯ.. ޢިލްމުގެ އަހުލުވެރިން ދައްކާވާހަކަ ނުކިޔަވާ މީހުން މާނަަ ކުރަންވީމަ ތިޔަ ކަހަލަ ފިތުނަވެރި ކިތަންމެ ވާހަކައެއް އުފަންވާނެ..
ސިމު
03 December 2023
ރޮޒޭ އައް ދޯކާދިނީ
މީނަ ކަމަކުނުދޭ
03 December 2023
ތީ އެއްގޮތަކަށްވެސް ކަމުދާ މީހެއްނޫން ތިކަމަށް.
ޒައިކް24
03 December 2023
ކަލެއަށް ކަމުދާކަށް ނުވެސް ޖެހޭނެ.. އޯކޭ..
މުހައްނަދު
03 December 2023
ޒައިކު ބުންޏަސް އޭނަ އަށް ވެެސް ކަމުދާން ޖެހޭނެ