މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި (ކ-ވ) އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް. --- ފޮޓޯ: މިހާރު
ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ވާހަކައާ ގުޅިގެން އެ ޕާޓީގެ އެހެން ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ހޫނު ބަހުސަކަށް ހިނގައްޖެ އެވެ.
އާންމު އިންތިޚާބުގައި އެމްޑީޕީން 65 ގޮނޑިއާ އެކު ބޮޑު އަޣުލަބިއްޔަތެއް ހޯދި މަޖިލިހުގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އެމްޑީޕީގެ ފަސް ބޭފުޅެކެވެ. އެއީ ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
މި ފަސް ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވަނީ މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ވޯޓަކީ ސިއްރު ވޯޓަކަށް ވާން ޖެހޭނެ އެވެ. އެކަމަކު، އަނެއް ބަޔަކު ބުނަނީ އެ ވޯޓު ސިއްރު ވޯޓަކަށް ހަދަން ނުޖެހޭ ކަމަށެވެ.
ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ތަފާތު ބޮޑު ކާމިޔާބީއެއް ލިބުމުގެ އުފަލުގައި ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ހަރަކާތުގައި އެމްޑީޕީގެ ޓިކެޓުގައި ބައިވެރިވެ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފާ ފާޅުކުރައްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގާނެ ގޮތެއް އަދި ނުނިންމަ އެވެ. މީގެކުރިން، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ.
Qaumuge mathee maqaam thakah anna meehun hovan nagaa vote thah sirru kuraa sababaky nufoozun ekkibaave hure vote lumuge furusathu dhinumah. Hovey meeha, vote nudhey meehunnah thafaathukurumuge furusathu nudhinumah.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 17, 2019
ރޮޒެއިނާ ކުރެއްވި ޓުވީޓު.
ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރި މެމްބަރުންގެ މެދުގައި އެމްޑީޕީ ޕީޖީން ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރުން ވެސް ކަނޑައަޅަނީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
"މަޖިލިހުގެ ރައީސް ކަމުގެ ވާދަވެރިކަން ވަރަށް ބޮޑުވެފައި މިވަނީ. އެހެންވީމަ، އަޅުގަނޑު ގަބޫލު ކުރަނީ ޕީޖީގެ ތެރޭގައި ސިއްރު ވޯޓަކަށް މިކަމުގައި ދާން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ގައުމީ މަތީ މަގާމުތަކަށް އަންނަ މީހުން ހޮވަން ނަގާ ވޯޓުތައް ސިއްރު ކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެ، ހުރެ ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ. އެއީ ހޮވޭ މީހާ، ވޯޓު ނުދޭ މީހުންނަށް ތަފާތު ކުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އާއި މާލޭގެ މޭޔަރު ޝިފާ. --- ފޮޓޯ: މިހާރު
MDP PG in meege kurin kuri kameh ves noon e’ee Majilis Speaker kamah nameh propose kurumahtakai PG gai sirru vote negun. We should NOT let vote selling begin early in the day!
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) April 17, 2019
އިންތި ކުރެއްވި ޓުވީޓު.
ރޮޒެއިނާގެ ވާހަކަތަކާ ދެކޮޅު ހައްދަވައި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ނަމެއް ކަނޑައެޅުމަށް ޕީޖީގައި ސިއްރު ވޯޓެއް ނެގުމަކީ ކުރި ކަމެއް ނޫން ކަމަށެވެ. ސިއްރު ވޯޓު ނެގުމަކީ ވޯޓު ވިއްކަން ހުޅުވާލެވޭ ފުރުސަތެއް ކަމަށާއި އެމްޑީޕީގެ ޕީޖީގައި އެކަމަށް ޖާގަ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވައިގެން ނުވާނެ ކަމަށް އިންތި ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީން އެކުލަވައިލި "އެޖެންޑާ 19" އަންގައި ދެނީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ކަމަށެވެ. އެހެންވެ، އެމްޑީޕީން މަޖިލިހުގެ ރައީސްއަކާއި ނައިބު ރައީސަކު ކަނޑައަޅަން ވާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވިދާޅުވި އެވެ.
Nazaahaaiytheri majlis eh ufedhdhumah alhuganduge vote dheynee sirrakun noon. faalhuga. Raees kamah @aslamdp adhi Naib raees kamah @evattey #Majlis19 pic.twitter.com/v7AMdrhBEL
— Waddey (@waddey_) April 17, 2019
ވައްޑެ ކުރެއްވި ޓުވީޓު.
"މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރީ. މަޖިލިހުގައި ކަމެއް ފާސް ކުރުމުގެ ކުރިން (އެމްޑީޕީ ތެރޭގައި) ސިއްރު ވޯޓެއް ދުވަހަކު ވެސް ނުނަގާ،" އީވާ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވިދާޅުވީ ނަޒާހަތްތެރި މަޖިލިހެއް އުފެއްދުމަށް އޭނާ ވޯޓު ދެއްވާނީ ސިއްރުން ނޫން ކަމަށެވެ. އަދި ފާޅުގައި މަޖިލިހުގެ ރައީސް ކަމަށް އަސްލަމް އަދި ނައިބު ރައީސް ކަމަށް އީވާ އަށް ވޯޓު ދެއްވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޞޮބާހާ
18 April 2019
ގާސިމުގެ ވާހަކަ ދެއްކީ ތިޔަތާ ތިބި މީހުންގާގައި އެވަރުގެ މުރާލި ކަމާއި ކުލަދާނަ ކަމާއި އުރައްޕެއް ވެސް ނެތީމަ. ގާސިމަކީ ހޮނަސް ޑޮކްޓަރޭޓެއް. އަސާސީ އޭކިޔަން އެގުނީ ގާސިމު މެން ކަހަލަ ބޭފުޅުންގެ ހީވާގި ޚިދުމަތުގެ ސަބަބިން ލަދު ކޮބާ
ީިއިބްރާ
18 April 2019
ހިފައި ގަނޭ
އަހުމަދުބޭގެ ސަރީފް
18 April 2019
މިހައްތާވެސް ވެރިކަމައް ފާނަގާމީހުން ކުރިއައް ރައީސްގެނަން
ޓްވިޓާ
18 April 2019
އެކަމް މުޅި ޓްވިޓަރުގަ އޮންނަނީ އަަސްލަމް އައް ރައީސްކަން ދީފައި..
ބެޔަ
18 April 2019
ރޮޒޭ އަދިވެސް މިހުންނަނީ ބޯދާ ޑީއާރުޕީ ހިޔާލު. މީނަޔަކީ މައުމޫނު މަޖިލީހައް ވެއްދި މައުމޫނުގެ މެމްބަރެއް. އެއްމެ ފަހުން މައުމޫނައް ދޯކާ ދީފަ އެޕާޓީ އިން މި ޕާޓީ އައް ބަދަލު ވަމުން ގޮއްސަ އެމްޑީޕީ އާ ގުޅުނު މީހެއް. އިހުލާސް ތެރި ކަމެއް ނެތް. އަސްލަމަކީ ފެށުނީއްސުރެ އެމްޑީޕީ ގެ މުގުލެއް. ހޔތ ކޑ ކަމުން އަސްލަމް އާ ނަޝީދާ މީނަ ޗެލެންޖު ކުރަނީ.
ކަލޭމެންނަށް ކެރޭނެތަ ލިއަން
18 April 2019
ގާސިމް ބުނީމަ މީޙަކު ހޮވުމެކޭ އަންނި ބުނީމަ ހޮވުމެކޭ ޔާމީނު ބުނީމަ ހޮވުމެކޭ ކޮބާ ތަފާތެއް. އަދިވެސް ދިވެހި ސިޔާސީ މީހުން މި ރުހާނީ ލީޑަރުންްގެ ކިބައިން މިނިވަނެއް ނުވޭދޯ. ހޮވަނީ 88 މީހުން. މިނިވަން 88 މީހުންކަަމަށް ބަލއިގެން. އެކަމަކކު މިމީޙުން އެބުރެން މިޖެހެނީ މާލެ 2 ބޭފުޅޫންނާ ބޮޑު މުއްސައްޖެއްގެ ވަށައިގެން. ހައިކޮމާންޑުން އާންމު މެމްބަރުންގެ ވިސްނުންތަކަށް ނުބަލާ މިއީ މަށަށް ފެންނަ މީހާ ކިޔާ ދެއްކުން ފުރަތަމަވެސް ގޯސް. ގާސިމް ނަންވަނީ
ބެޔަ
18 April 2019
ޕާޓީ ސިސްޓަމް ވޯކު ކުރާ ގޮތް ބުރޯ އަކައް ނޭގޭ ދޯ. އައްނިޔަކީ ރައްޔިތުން ބަލާގެންފަވާ ރައްޔިތުންގެ ލީޑަރު. އަނެއްކޮޅުން އެއީވެސް ހަމަ އާދައިގެ އިންސާނެއް. އޭނަވެސް ކޮންމެސް އެކަކައް ސަޕޯޓު ކުރާނެ ހަމަ ބުރޯ ފަދައިން. ޔާމީނާ ތަފާތަކީ ނަޝީދު އެއްވެސް މީހަކައް މަޖުބޫރު ނުކުރާނެ ވަކި މީހަކައް ވޯޓު ލާން ޔާމީނު ހެދި ގޮތައް ހުރިހާ މެމްބަރުން ކޮޓަރިއަކައްލާ ތަޅުލާގެން. އިހުލާސް ތެރި ކަމާ އެއްކޮއް އެދޭނީ. އެމީހެއްގެ ކަމެއް ދިނުމާ ނުދިނުން. ތަފާތު ދަސްކުރޭ
ނެގުނުކަތީބު
18 April 2019
މަށަކާއި ވާބެހޭކަމެއް ނޫން! އެކަމަކު ރޮޒއިނާ އެ ދައްކާވާހަކަ ގަބޫލުކުރޭ.
މަގޭޚިޔާލު
18 April 2019
ކުދިންނޭ، ޑިމޮކްރަސީއަކީ އެއްބަޔަކު އަނެއްބަޔަކާއި ޒުވާބުކޮށް މަސްލަހަތު ނަގާލުމެއް ނޫން. އެންމެންގެ ޚިޔާލާއި މަޝްވަރާއަށްވެސް ފުރުޞަތު އޮންނަންވާނެ. ސިއްރުވޯޓަކަށް ދާން ބޭނުންވާބަޔަކު ތިބި ނަމަ އެކަމާއިމެދުވެސް ވޯޓެއް ނަގަންވީ ނޫންތޯ. އޭރުން އެއޮތީ މައްސަލަ ހައްލުވެފައިތާދޯ.
މަޖިލިސް
18 April 2019
ތިޔަ ދައްކަނީ ޕާޓީތެރޭގައި ތިޔަ މީހަކު ހޮވާނެ ގޮތެވެ. މަޖިލީހުގެ ރައީސް ހޮވާނެގޮތް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. އެއީ ސިއްރު ވޯޓެކެވެ. ޝުކުރިއްޔާ!
ދިހި
18 April 2019
ރ ނަޝީދުު ވަކިބޭފުޅަކު އެއްމެ ރަގަޅުކަމަށްް ވިިދާޅުވުމަކީ ވޯޓު ސިއްރުކުރަންޖެހޭ ބޮޑުސަބަބު.. މަޖިލީސްްތެރޭ ނަގާ މިޒާތުގެ ވޯޓުތައް ސިއްރުކުރުމުގަ އެމްޑީޕީ ވ އަވަދިިނެތިއުޅެ،،، ހާއަސަކޮށްް އެކަމުގަ ތި އީވާގެ ދައއުރު ބޮޑު..