ޝަރީފާ.
06 ޑިސެމްބަރ 2023 - 14:03
އައިޖީއެމްއެޗަށް ސިއްހީ ސާމާނު ފޯރުކޮށްދޭ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން އުފެއްދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގައި ނުވަ ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރެއިން، ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެއްގެ ގޮތުގައި އެ ބޯޑަށް ހަމަޖައްސާފައި ވަނީ، އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނެރަލަކަށް މަސައްކަތްކުރެއްވި ހ. އޮށްކަފަގޭ ޝަރީފާ އާދަމް މަނިކެވެ.
އާ ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު އުފެއްދި ބޯޑުން ހިންގާނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލެވެ.
އެނގިފައިވާ ގޮތުގައި، ޝަރީފާއަކީ، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގެ ލެބޯޓަރީ އަށް މެޝިނާއި ރީއެންޓު ފޯރުކޮށްދޭ "ޕްރޯ ސައިނާޖީ މެޑިކަލް ސިސްޓަމްސް" ނަމަކަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އެ ކުންފުނީގެ ބޯޑުގައި ދެން ތިއްބަވަނީ މުހައްމަދު ޖަލާލާއި އަލީ މުހައްމަދެވެ. ހުޅުމާލެ 2 ގައި ކްލިނިކެއް ހިންގަން ޕްރޯ ސައިނާޖީ ކުންފުންޏަށް ދީފައިވެ އެވެ.
އެ ކުންފުނީގައި ދެން ހިމެނިވަޑައިގަންނަވާ އަލީ މުހައްމަދަކީ ޝަރީފާގެ ފިރިކަލުންނެވެ. އޭނާއަކީ މިދިޔަ ދައުރުގައި ހޮޅުދޫ ދާއިރާގެ މަޖިލިސް މެމްބަރެވެ.
އޭގެ އިތުރުން، 2019 ވަނަ އަހަރު ރަޖިސްޓްރީކުރި "ލެބް މޯލްޑިވްސް" ނަމަކަށް ކިޔާ ކުންފުންޏެއްގައި ވެސް ޝަރީފާގެ ހިއްސާ އޮވެ އެވެ. އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި މައިކްރޮބަޔޮލޮޖީ ޓެސްޓު ހަދާ މެޝިން އަދި އެއަށް ބޭނުންވާ ރީއެންޓު ފޯރުކޮށްދެނީ ޝަރީފާގެ ހިއްސާ އޮންނަ ލެބް މޯލްޑިވްސް އިންނެވެ.
އޭނާ ހިންގާ ޕްރޮ ސައިނާޖީ ކުންފުނިން ފޯރުކޮށްދެނީ ބްލަޑް ބޭންކުގެ މެޝިނާއި ރީއެންޓެވެ. އޭގެ އިތުރުން ހއ. ދިއްދޫ، ރ. އުނގޫފާރު، ލ. ގަން އަދި ގދ. ތިނަދޫ ހޮސްޕިޓަލުގައި އިމިނިއޮކެމިސްޓްރީ އަދި ބަޔޮކެމިސްޓްރީ އާއި ބްލަޑް ބޭންކް މެޝިން އަދި އެއަށް ރީއެންޓު ފޯރުކޮށްދެނީ ޕްރޯސައިނާޖީންނެވެ.
މިކަންކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، 2012 ވަނަ އަހަރު ރަޖިސްޓްރީކުރި ޕްރޯސައިނާޖީ ކުންފުންޏާ ޝަރީފާ ރަސްމީކޮށް މި ފަހުން ގުޅިވަޑައިގަތް ނަމަވެސް، އެ ކުންފުނި ފުޅާވެގެން ދިޔައީ އޭނާ އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނެރަލްއަކަށް ހުންނެވި އިރެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ ކުންފުނި ރަނގަޅަށް ހިނގައިގަންނަން ފެށުމުން، މީގެ ދެތިން އަހަރު ކުރިންނެވެ.
އޭނާ ބުނިގޮތުގައި އެ ކުންފުނިން ގެންނަ އޯތޯ ކްލިނިކަލް ޑައިގްނޮސްޓިކް ލެބޯޓްރީ ބްރެންޑުގެ މެޝިނާއި ރީއެންޓު، ރާއްޖޭގައި ދެން މެޝިނާއި ރިއެންޓު ފޯރުކޮށްދޭ ކުންފުނިތަކުން ގެންނަ ތަކެއްޗަށް ވުރެ އަގުބޮޑު އެއްޗިއްސެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ލެބަށް ވެސް އެ ކުންފުނިން ރީއެންޓު ފޯރުކޮށްދޭތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"ހުޅުމާލެ ހޮސްޕިޓަލްގެ ލެބޯޓްރީގެ ގާތްގަނޑަކަށް 85 ޕަސެންޓަކީ ޕްރޮ-ސައިނާޖީން ފޯރުކޮށްދޭ ތަކެތި. އެ ތަނުގެ ވޮލިއުމް ވެސް އެއް އަހަރުން އަނަށް އަހަރަށް އިތުރުވަމުން ދިނީ. ހުޅުމާލެ ހޮސްޕިޓަލްގެ ލެބުން އެކަނި ވެސް އެ ކުންފުނިން 25 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި އެ ކުރަނީ،" އޭނާ ބުންޏެވެ.
ޝަރީފާގެ ޕްރޯ ސައިނާޖީގެ ދަށުގައި ސައިނާޖީ ކެއާ ކްލިނިކް، މެޑިޒާވް ފާމަސީ އަދި މެޑްސް ފާމަސީ ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ މިއިއްކޮށް
08 December 2023
ސާޖީގެ ސެލެކްޝަނެއް، ސޯ މަށަށް ނޯޗޮއިސް ދޯ
ހަގީގަތް_
07 December 2023
ބޭނުންވަނީ ކައިގެންވެސް ހިންގަން އިގޭ ބައެއްތަ ނުނީ ނުކައި ނާގާބިލް ބައެއްތަ؟ ގާބިލްވީ ވަރަކަށް ކާންބޭނުންވާވަރުވެސް ގިނަވާނެ. މި އީކުއޭޝަން އިން ކޮރަޕްޝަން އެއް ފޮހެނުލެވޭނެ. އެޔައްވެސް ރިޔާޔަތް ކޮތް ކަންކަން ނިންމަންވާނި. ވިސްނުންތޫނު ވެރިން ނަކީ މިއެންމެންނާވެސް އެކީ މަސަތްކަތް ކުރެވޭނެ މީހުން. އެފަދަމީހުން ވަކި ހުދޫދެއްގެ ތެރެއިން ކޮންޓްރޯލް ކޮއްގެން. ތިބުނާ ނަޒާހާތްތެރި އަލިފުންނެތް މިތާކު މިހާރުނެތް!
އަފްރާސިޔާބު
07 December 2023
ބޭނުންވަނީ ކާނެވަރަކަށް 5 އަހަރު ވާންދެން ކާން ކޮރަޕްޓް މީހުންނަށް ރައްޔިތުންގެ ފައިސާ ހިބައިން ދިނުން. ކޮންމެ ސަރުކާރެއް އަޔަސް ވެރިމީހާގެ ކިބައިގާ މަކަރާޖަހައިގެން ރައްޔިތުންގެ ފައިސާ 5 އަހަރު ވާންދެން ލޫޓުވީމާ އެމީހަކީ މާ ހިންގުންތެރި މީހެއް ކަމަށް ރައްޔިތުން ދެކޭނެ. ހަގީގަތަކީ ކޮރަޕްޝަން އިންތިހާއަށް ސަރުކާރުގެ ތެރޭގައި ފާޅުގައި ކުރާއިރު އެއްޗެއް ނުބުނެ ހުރުން.
އަލި
07 December 2023
މިބޭފުޅާ އަމިއްލަ އަށް އިސްތިއުފާދޭން ފެނޭ. އަމިއްލަ ކުންފުނިން ތަކެތި ސަޕްލައިކުރާ 2 ހޮސްޕިޓަލްގެ ބޯރޑްގައި އިނުމަކީ ނަޒާހަތްތެރިކަން ގެއްލޭނެ ކަމެއް.
ސަޖިކޯ
07 December 2023
އެކަމު އިހައްދުވަހު ނިއުސްކޮންފަރެސްގައި ވިދާޅުވީ، ތަންތަނަށް މީހުން އެޕޮއިންޓް ކުރައްވާއިރު ވަރަށް ރަގަނޅަށް ބައްލަވާނެކަމަށް. މިއީ ހަމަ ވަކިބަޔަކަށް ފައިދާވާގޮތަށް ހިންގާ ޖަރީމާއެއް. އެސްޓީއޯ އަކީ ރާއްޖޭގައި ޢާއްމު ރައްޔިތުންނަށް އަސާސީ ޚިތުމަތްތަށް ހެއު އަގުހައި ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ކުންފުނި. މި ތަނުގެ ޗެއަރމަނަކަށް އެލެއްވި އާމިރު މަންސޫރަކީ އެސްޓީއޯގެ ކޮމްޕެޓިޓާއެއްކަމަށްވާ ލިލީ އިންޓަރނޭޝަނަލްގެ މައި ހިއްޞާދާރު. ކީކޭ ބުނާނީ!
ފައިސް
07 December 2023
އޭއި މިހިރަ ދިދަޔާ. ނިކަން ފެނޭތަ؟
ދިދަ ކަޅުބެ
06 December 2023
ގައިގަ ދިދަ އޮޅައިގެން ގައުމީ ސަލާމް ކީމަ މަސްލަހަތު ފުށެއް ނާރާނެ!
ސަނީސައިޑްބޮންޑް
06 December 2023
ރައީސް މުއިއްޒުއަށް ހަމައައްސަރިބަހުން ސާބަސް! ކޮރަޕްޝަނާއި ނެޕޮޓިޒަމް މިހިރީމިޤައުމުން ނައްތާލެވިފަ.
ޑޮކްޓާރ. ބަނާނާ
06 December 2023
މިފަދަ މީހުން ހިސްޓްރީ މިގޮތައް ލިޔެލުމުން މަހުޖަނުން ނަށް ވާގޮތް ފެނޭ ! ޢެސްޓީއޯ އަކީ ވެސް ވަކި އާއިލާ އެއްގެ މެމްބަރުން މަހުޖަނުން ނަށް ހެދުމަށް ސަރުކާރުން ހިންގާ ތަނެއް! މިގައުމު މިގޮތަށް ވަކިބައެއް ޖީބުތެރޭ ގެންގުޅެ ކައިހުސްކުރުމުން ތަކެތީގެ އަގުބޮޑުވެ މިއަދު މިއޮތީ މިތާ ނޫޅެވޭ ވަރުވެފަ! ޢާސިމާގެ މިދިރާސާ ލިޔުމަށް 100 ދެން.! ޝުކުރިއްޔާ މޭމް !
ދިރާސާމޭން
06 December 2023
އިމްލާކުށް ގިނަ. މެޑިކަލް ބަސްތައް ނުބައިކޮށް ކިޔެފައި ހުރިކަން ފާހަގަ ކުރެވޭ.
ޢަށްޑަބިޔާ..
08 December 2023
ތިޔާ މަންސޫރަކުން އެސްޓީއޯ ސަލާމަތް ވާވަރު ނުވޭ.. ދެއްތޯ؟ ސަރުކާރުގެ ކޮންމެ ވުޒާރާއެއް އަދިކުންފުނިތަކުގެ ވިޔަފާރިއަކީ ކޮންމެވެސް ޢާއިލާއެއްގެ މެމްބަރުން ނަށް ވާރުތަ ވާ މުދާގަޑެއްހެން ހަވާލު ކުރެވޭ ތަންތަން.
އޮޅުންސުވާލި
06 December 2023
ކޮންމެއަކަށް ސިއްހީދާއިރާގެ ތަޖުރިބާކާރުންގެ ތެރެއިން ބޯޑަށް އައްޔަންކުރެއްވި ދާއިރާގެ ތަޖުރިބާކާރަކަށް ވެފައިތިއޮތީ.
ހިޔާ ރައްޔިތް
06 December 2023
ތިޔަ ކުންފުނީގެ ޑިރެކްޓަރެއް އިންނެވި ނިމިދިޔަ ދައުރުގެ އެޗް.ޑީ.ސީ ބޯޑުގަވެސް. ކްލިނިކް ހިންގަން އެޗް-6 އިން ޔުނިޓެއް ލިބުނު ގޮތާއި ހޮސްޕިޓަލްގެ ކޮންސިއުމަބަލްސްގެ އޯޑަރުތައް އެ ކުންފުންޏަށް ލިބެމުން އަންނަ ގޮތް ސާފުވެއްޖެ ކަމަށް ހީކުރަން
އަފްރާސިޔާބު
06 December 2023
ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ދެވޭނީ. މީ ރާއްޖެއަކީ މާގިނަ ބަޔަކު އުޅޭ ތަނެއްނޫން. އެހެންވީމާ އެޗްޑީސީގެ ބޯޑުގައި އިނދެ ދާނެ ގެދޮރު ހަދައި ކުއްޔަށްދޫކުރާ ކުންފުންޏެއްގެ ވެރިއަކުވެސް. ދެން ހޮސްޕިޓަލުގެ ކޮންޒިއުމަބްލް ފޯރުކޮށްދޭ ކުންފުންޏެއްގެ ވެރިއަކަށް ނުއިދެވެންވީ ކީއްވެ. އެތަނުގައި އިން ކޮންޕިއުޓަރު ޕްރިންޓަރު ދޫކުރާ މީހަކުވެސް. ގަންނައެއްޗެހި އޭނާއަށްވުރެ އަގު ހެޔޮ ނުވަންޏާ އޭނާ އަތުން ނުގަންނަންވީ ކީއްވެ؟ މަސްލަހަތު ފުށުއަރާނީ އަގުބޮޑުވީމާ