ލ. ލިންކު ރޯޑުގައި މިއަދު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ހޮޅި ދަނޑިއެއް ވެއްޓިފައި -- ފޮޓޯ: ސޯޝަލް މީޑިއާ
10 ފެބުރުއަރީ 2017 - 19:26
ލ. ގަމާއި ފޮނަދުއާ ދެމެދު އޮންނަ ލާމު ލިންކް ރޯޑުގައި މިއަދު ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 27 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.
މިއީ ލާމު ލިންކް ރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި މިދިޔަ އަހަރުގެ ޖުލައި ހިސާބުގައި ބޭނުންކުރަން ފެށި ފަހުން، އެ މަގުގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފުރަތަމަ މީހާ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ ސައިކަލް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި ހިމެނޭ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:30 ހާއިރު ކަމަށް ވެ އެވެ. ލިންކް ރޯޑުގެ ކުރިހިންނެ ހިސާބުގައި ހިނގި އެކްސިޑެންޓްގައި މަރުވީ މުހައްމަދު ރިފްޝާން ކިޔާ މީހެކެވެ. އެކްސިޑެންޓް ހިނގިއިރު، ރިފްޝާން ސައިކަލްގެ ފަހަތުގައި އަންހެނަކު އިނެވެ. ނަމަވެސް އޭނާ އަށް މާ ބޮޑު އަނިޔާތަކެއް ނުވާ ކަމަށްވެ އެވެ.
ލ. ލިންކު ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓްގައި ހޮޅިދަނޑިއެއް ވެއްޓިފައި -- ފޮޓޯ: ސޯޝަލް މީޑިއާ
އެ ހާދިސާގައި އެކްސިޑެންޓްވި ދެވަނަ ސައިކަލް ދުއްވަން އިން މީހާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ހައިވޭއެއްގެ ގޮތަށް ހަދާފައިވާ ރާއްޖޭގެ އެންމެ ދިގު މަގުގައި އެންމެ ބާރަށް ދުއްވޭނެ ސްޕީޑްތައް ކަނަޑައަޅައި ބޯޑުތައް ހަރުކޮށްފައި ހުރި ނަމަވެސް، ހެލްމެޓް އެޅުން މަޖުބޫރެއް ނޫނެވެ. އެހެންވެ ލާމު ލިންކް ރޯޑްގައި ހެލްމެޓް އަޅައިގެން ދުއްވާ ތަނެއް އާންމުކޮށް ނުފެނެ އެވެ.
ލާމު ލިންކުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ މައްސަލާގައި ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލް އަދި ލ. އަތޮޅު ޕޮލިސް ސްޓޭޝަނުން ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު މިހާތަނަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަޅާފައެއް ނެތެވެ.
ލާމު ލިންކް ރޯޑް ބޭނުންކުރަން ފެށި ފަހުން މިހާތަނަށް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ މަގު މިދިޔަ އަހަރުގެ ޖުލައި 26ގެ ބަންދުގެ ތެރޭގައި ބޭނުންކުރަން ފެށިތަނާ ކަހަލަ ގޮތަކަށް ފުރަތަމަ އެކްސިޑެންޓް ހިނގީ ކައްދޫން ފޮނަދު އަށް އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުއްޖަކު ދިޔަ ސައިކަލެއް، ކޯޒްވޭ އެއް ފަރާތުގައި ހުރި ގާތަކެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލްގައި ތިބި ދެ ކުދިން ވިއްސައިގެން ގޮސް މޫދަށް ވެއްޓި، އެކެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔަ އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ބޮޑު އީދު ބަންދުގެ ތެރޭގައި ކައްދޫން ގަމަށް ދަތުރުރުކުރި ތިން ކާރެއް ޖެހި، އެއިން ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ. މީގެ އިތުރުން މާންދު އަށް ދުއްވާފައި ދިޔަ ޖިޕެއް ވެސް ބޮޑު އީދު ބަންދުގައި ފުރޮޅައިލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސަޅުގެ ދުވެލި
11 February 2017
ރާއްޖޭގައި ހަދާފަހުރި ލިންކްރޯޑު ތަކުގައި ސަލާމަތީ ކަންތައްތައް 48 ގަޑިއިރުތެރޭގަ ރަނގަޅު ނުކުރެޥެނަމަ ކީއްކުރަން ޓެކްސް ބޮޑުކުރީ 3% އިން 6% އަށް ރޮކެޓްސްޕީޑް ދަށްކުރޭ
ިްއިބްރާހީމު
11 February 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
މީހާ
11 February 2017
އުމަރުގެ ނަމުގައި ކޮމެންޓްކުރި ބޭފުޅާއަށް ދަންނަވާލަން. އަހަރުމެންނަށް މާތްﷲ ބުއްދިދެއްވީ އޭތި ހެޔޮގޮތުގައި ބޭނުންކުރަން. ދަރިން ދެއްވަނީ ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރަން. މަގެއް ރީއްޗަށް ހެދިޔަކަސް ނުވަތަ ކެފޭއެއް ހެދިޔަކަސް ސަރުކާރުން، އަޅުގަނޑަށް ހިޔެއްނުވޭ، ކުރަންޖެހޭ ކަމެއްހެން އެއީ ދުއްވަނީ ގަވާއިދުންތޯ ބަލަން، ނުވަތީ ކަނީ ބަޑުފުރެންދެންތޯ ބަލަންޖެހޭނެހެން. އިންސާނާގެ ބުއްދީގެ ބޭނުންކޮބާ؟ އަނެކާއާމެދު ވިސްނާމީހެއް މިގައުމުގަ ކޮބާ؟ އަހަރުމެން އެންމެންގެ ރީތި ދިވެހިރާއްޖެ އެކަމު؟
މނ
11 February 2017
އެއީ ޒުވާނުން ކޮއިފުޅަ
މުހަންމާ
11 February 2017
މިފަދަ މަގުތައް ހަދާފަ ރައްޔިތުން ބޭނުންކުރަން ދޫކޮށްލުމެކުރިން ރައްޔިތުން ހޭލުންތެރިކުރުވާ މަގުތަކުގައިވެސް އަބަދުފެންނަގޮތަށް ސައިންބޯޑްތަކާއި މަޑުން ދުއްވުމަށް ހިތްވަރުދީ އެކަންކުރަންޖެހޭ ސަބަބު ފެންނަންހުރުމަކީ މީހުންހޭލުންތެރިވާނެކަމެއް ހަގީގީތަރައްގީއައީ މިކަހަލަ ކޮންކްރީޓެއްނޫން އެއީ އިންސާނާގެ ހިތް އެ ހިތް ތަރައްގީނުކޮށް ކޮންކްރީޓްއަކީ ތައްގީކަމަށް ބަލައިގެން އުޅެންޖެހުނީމާވާގޮތްމީ ރާއްޖޭގެ ރަށެއްގައި އުޅެނީ ގިނަވެގެން 5000 އެއްހާމީހުން މަދުވެގެން 500އެއްހާ މީހުން އެހާކުޑަކުޑަ އާބާދީއެއް ހޭލުންތެރިކޮށްލާ ރަނގަޅުގޮތް ކިޔައިނުދެވޭސަރުކާރަކީ ފޭލްވެފައިވާ ސަރުކާރެއް ރައްޔިތުންގެ ސަލާމަތާރައްކާތެރިކަމަށްވުރެ ކޮންކްރީޓްމުހިއްމުވީމާ ވާނީ މިހެން ދެން އޮންނާނީ އައްޑޫލިންކްރޯޑްގޮތަށް ދުވާލަކު އެއްފަހަރު ލ.ލިންކްރޯޑުން މީހަކު މަރުވުން ދިވެހިން ހަމަ ދިވެހިންގެ ގޮތުގައި ގަމާރުކަންތަމީ އުމުރުދުވަހު ތިބޭނީ
މަރު
11 February 2017
މިއީވެސް ކޮންމެސް މިނިސްޓްރީއަކާ ގުޅިފައިވާ ކަމެއް. ހެލްމެޓު އަޅަން މަޖުބޫރުކޮށް އެކަން ބެލުމަކީ ކޮންމެވެސް ބައެއްގެ ޒިންމާއެއް. އެ ޒިންމާ އަދާނުކުރުމަކީ އިހުމާލެއް. އެހެންވީމަ އެބަޔާކާމެދުވެސް ދައުވާ އުފުލަން ޖެހޭނެ. އިބްތިހާލުގެ މަރުގަވެސް ދައުވާ އުފުލީނު
ހަމަ ހަމަކުރޭ ބޮކިފަތި 3 އަހަރު
11 February 2017
ޓްރާންސްޕޯޓް މިނިސްޓްރީ އެއް ނެތް މިރާއްޖޭގައި. އެމް.އެމް.ޕީ.އާރ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީވެސް ގެއްލުނީ. އެހެންވީމަތާ ސޯސަންމަގު/ މަޖީދީމަގު ޓްރެފިކްލައިޓް ދިއްލާތަނެއް ނާދެ. ސޯސަންމަގު ގައި ދެފަރާތުން ކާރު ޕާކްކޮށްފައި. ދެންސްކޫލްދޮށަށް ކުދިން ގަވައިގެންދާގަޑިވެސް އެހެން ގަނޑިތައްވެސް މިހާރު މަޖީދީމަގަށް ވުރެ ސޯސަންމަގު އުދަގޫ. ކާކުބަލާނީ. ވެލާނާގެކައިރީގައި ސައިކަލު 2 މިނިޓަށް ބެހެއްޓިއަސް އިސްޓިކާ ޖަހާލާ. ބައެއް މީހުންނަށް ބައެއްކަންކަމަށް ޤާނޫން ބޭނުންކުރާނީ
މަޖީދު
11 February 2017
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ބޮކިފަތި 3 އަހަރު
11 February 2017
ރައްޔިތުންގެ ސަލާމަތަށް ވިސްނަނީ ކާކު
އަޒާ
11 February 2017
ރައްޔިތުންގެ ސަލާމަތަށް ވިސްނަންޖެހެނީ މަގު. ދެން އެ ރަށް، ދުއްވާ މީހާ ނުޖެހޭނެ އޭނަގެ ފުރާނަޔަށް ވިސްނާކަށް، އޭނަ ދާންވީ ބޮލަށް ތެޔޮ އަރައިގެން، ހޭކުޑަ ކޮށްފައި..
ޙަސަން
10 February 2017
ތިކަމުގެ ސަރުކާރުގެ މަސަލަޔެ ނެތް.. މަގު އޮތީ ފެނަވަރުގަ ހަދާފަ.. އެކަމް އައްޑޫ މަގު އޮތީ އިސްތައްޓެއް ވަރަ ހިމަކޮއް ދެފަޅި ވަކިނުކޮއް ހަދަފަ..
ބޭރުވެލާ
10 February 2017
ދިވެހިން ފިޔަވަޅު އަޅާނީ އެކަމެއްވެ ނިމުނީމަ