ލ. ލިންކު ރޯޑުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ތިބި ސައިކަލް.---ފޮޓޯ: ޕޮލިސް
08 ޖޫން 2025 - 12:13
ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންގެ ތެރެއިން އެކެއްގެ ސާޖަރީ ހެދުމަށް މާލެ ފޮނުވާލައިފި އެވެ.
ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ރޭ 7:00 ހާއިރު ހިނގި އެކްސިޑެޓުގައި އަނިޔާވީ ސައިކަލުގައި ތިބި ދެ މީހުންނަށެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަނިޔާ ލިބުނު ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް، ފައިގައި ފްރެކްޗާއެއް ހުރި ކަމަށެވެ. އެކަމަށް އެ ހޮސްޕިޓަލުން ފަރުވާ ދީ އަދި ސީޓީ ސްކޭނެއް ހަދައި ސިކުނޑިއަށް އަނިޔާ ނުލިބޭކަން ކަށަވަރު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
ދެން އަނިޔާ ލިބުނީ 44 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ، ކޮނޑުހުޅާ ދިމާލުން ވަނީ ބިންދައިގެން ގޮސްފަ އެވެ.
އޮފިޝަލު ވިދާޅުވީ އެ މީހާގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ.
"އެ އެންމެންގެ ހާލު ސްޓޭބަލް." އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
08 June 2025
މީފަދަ އެކްސިޑެންޓުތަކުގައި ފަރުދީ ޒިންމާ ބޮޑު.އަދިމުއައްސަސާ ތަކުގެ ޒިންމާވެސް އެހާމެ ބޮޑު. ލާމު ލިންކު ރޯޑުގެ ގިނަ ހިސާބުތައް ވަރަށްބޮޑަށް އަނދިރި. ކައުންސިލުން ވެސް މިކަމަށް ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެފެން.
ލަތީފާ
08 June 2025
އަދިވެސް ރޭސް ޖަހާ! ފޯނުގަ ތިބެގެން ދުއްވާ! ދަރިން އުޅޭ ނޫޅޭގޮތް ނުބަލާ ޓީވީ ޑްރާމާތަކަކާއި ސޯޝަލް މީޑިޔާގެ ޓޮކްސިކް ދިލަކަމުގަ ތާށިވެ ތިބޭ! ބޯހަލާކު
ޝިމާއު
08 June 2025
އިންޖީނުލީ އުޅަނދު، ތިއަށްވުރެ ބޮޑަށް ބަލައިގެން ދުއްވާނަމަ ތިޔަހާ ބޮޑެތި އަނިޔާ ނުލިބޭނެއެވެ. މިހާރަށްވުރެ ބޮޑަށް ހޭވެރިވާން ވެއްޖެއެވެ.