ލ. ކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
16 އޯގަސްޓް 2025 - 20:48
ލ. ކައްދޫގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފި އެވެ.
އުމުރުން ދުވަސްވީ އަންހެނަކު މަރުވި އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން، 37، ކަމަށް ފުލުހުން މިއަދު "މިހާރު" އަށް ބުންޏެވެ.
އެއީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް މިއަދު ދީފައިވާ ކަމަށެވެ.
ރޭ 7:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހިހުރަހަކުން މަގުހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. ފިރިހެނަކު ދުއްވި އެ ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ މާމަ ދަރިއެއްގެ ގައިގަ އެވެ.
ލ. މާވަށު، އެތުމާ، މަރްޔަމް މޫސާ، 64، ނިޔާވީ އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
އެ ހާދިސާގައި އޭނާގެ މާމަ ދަރިފުޅަށާއި ސައިކަލު ދުއްވި މީހާ އާއި އެ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަަށް ވެސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
17 August 2025
ދުނިޔޭގެ ގައުމުތަކުގައި މިކަހަލަ ތަންތަން ހުންނަނީ މަތިން ދެވޭގޮތައް ބުރިޖު އަޅާފަ، ތިރިން ދުއްވާ އެއްޗިއްސައް ދެވޭނެ. ހިނގާފަ އުޅޭ މީހުން މަތިން ދާންވީ .
އޮނަރަބްލް އަފީފު ދީދީ
16 August 2025
މާލޭމީހުންގެ ކަށީގައިހިފާފައިވާ ފުލެޓްވައްކަމާއި ފުލެޓަށް ދައްކާންޖެހޭ ފައިސާނުދެއްކުމުގެ މައްސަލައަށް ހައްލުހޯދަން ފުރަތަމަ ފުލެޓާއި ގޯތި ޓެކްސް ފްރީކޮށް އޭނާ މިލްކްކުރާ ދެވަނަ ފުލެޓާއި ބިމުން %50 ޓެކްސް އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާން ކަޑައަޅާ މިކަމުގެ ހައްލަކަށް ސޯޝަލް ހައުސިންގ ފުލެޓް ތަކަށް ދޮގުމައުލޫމާތު ދިނުމާއި އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީ ކުށެއްކަމަށް ޤާނޫނުގައި ކަޑައަޅަން ޖެހިލުންވަނީ ކީއްވެގެންތޯ؟
ފުލެޓް ދޮންބެ
17 August 2025
މި އުޅެނީ މިހިރަ މީހާ އަތުން ދުވަސްވީ މީހެއް މަރުވެގެން. އަދި އެކްސިޑެންޓް ތަކުގައި މީހުން މަރުވެ އަނިޔާ ވަމުން ދާތީ، އޮނަރަބަލް އަފީފު ދީދީ ތިޔަ އުޅުއްވަނީ ފްލެޓާއި ގެން ސަލާމަތް ނުވެގެން .
ސަރުދާރުޖީ
17 August 2025
މިހިތާމަވެރި ހަބަރު ކިޔާފަވެސް ކަލޭ ތިދައްކާލަނީ ކަލޭގެ ހިތުގަ މާލޭ މީހުންނަށް އޮންނަ ނަފްރަތު! ކިހިނެއްތަ ކަލޭ ރޭގަނޑު ނިދަނީވެސް؟!
އައްޑޫ ޕަކަޗޭ
17 August 2025
އޮނަރަބްލް ވެއްޖެޔެއްނު އައްޑޫގަ ކަނދުފައްޗެއް އަޅައިގެން އޭގެމަތީގަނަމަވެސް ވެރިކަންކުރަން. ހިތުން ނޭގޭއެއްޗެއް ކަމެއްނެތް، އަސްލުގަ ކިޔޭނުކިޔޭއެއް ވާއެއްނުވާއެއްނޭގޭ.
ކަފި
16 August 2025
ދިވެހީން 25 ކިލޯމީޓަރަށް ދުއްވަނީ ކާކު؟ އެހެން ނޫނަސް ކަފިހުރަހޭ ކިޔާފަ ޓަސްލާފަ މަގުހުރަސް ކުރީމަ ކުއްލިއަކަށް ހުއްޓާނީ ކިހިނެތް ދެން ދުއްވާމީހާ ބަލާނީ އެމީހުން ގައިން ކަޓުވާލާފަ ދެވޭތޯ އެކަމަކު ހުއްދަ އޮވެގެން ހުރަސް ކުރާމީހާ މަޑުކުރުމުގެ ބަދަލުގައި ގޮސް މިވަންނަނީ ދަށަށް. ކޮންމެ ކަފިހުރަހަކަށް 10 މިޓިޓް މަޑުކުރަން މަޖުބޫރުކުރޭ
ސަލީމު އިދުރީސް
17 August 2025
ތިފަދަ މީހުން ދުއްވާއެއްޗެތި ދުއްވާނަމަ މިކަހަލަ ހާދިސާތައް ހިގާނެ!ފުރަތަމަ ތިއޮތީ ކަފިލި ހުރަހުގެ ބޭނުން ނޭގިފަ! ތީގެން އެގެނީ ދުއްވާއެތީގަ ތަންދޭން ޖެހޭ ފަރާތް ނެގޭކަން! ކަފިލި ހުހަރަހަކާ މީހަކު ކައިރިވާނަމަ ހުރަސް ނުރިއަސް ސުޕީޑު ދައްކޮން ދުއްވާއެތި ކޮންޓުރޯލު ކުރެވޭ ހާލަތެއްގަ ހުންނަން ޖެހޭނީ!މިގައުމުގަ ކަފިލި ހުރަސްމަތީގަ މީހަކު ހުއްޓަސް ދެކައިރިން އެއްޗެތި ދުއްވާ!ކަފިލި ހުރަސް މަތީ މީހަކުހުއްޓަ ދިއުމަކީ ފުރާނައައް ނުރައްކާ ވާގޮތައް ދުއްވުން
ބޭޗާރާ
17 August 2025
ދިވެހިން 25 ކިލޯމީޓަރަށް ވުރެން ބާރަށް ރަށުތެރޭ ދުއްވަންޖެހޭތަ؟ ލައިނުގަނެގެން ކޮންތާކަށް ދާންބާ ބާރަށް ދުއްވަންޖެހެނީ؟ ޕާކުކުރުންވެސް އޮންނަނީ ހިތުހުރިގޮތަކަށް އަނެކާއަށް އުދަގޫވާގޮތަށް. ދެވޭނަމަ ފާހާނަޔާ ހަމައަށްވެސް ދާނީ ސައިކަލުގަ. ސައކަލުގެ މަޑިމަތިން ތަށިމައްޗައް ހިނގާލަށް ކަންނެއްވެފަ.
ހުރަސް
17 August 2025
ކަފިހުރަހޭކިޔާފަ މަގުގަ ރޮނގު ކުރެހިޔަސް ކަމަކު ނުދާނެ. އެގޮތަށް ކިޔަޔާފަ ކުރަހާރޮގުހުރަސްކޮށް ނުވަންނަނީ ޖިންނި ޝައިތާނުން ... ރޮގުދަމާފަ ލައިޓްވެސް ޖަހާ ނުވަތަ ޓްރެފިކް މީހަކު ބަހައްޓާ.
މުންޖޭ ނުކިޔާ
17 August 2025
ކަފި ހުރަސް ފެނުނީމަ ދުވެލި މަޑުކުރުމެއް ނޯވޭތޯ. ބޮލަށް ތެޔޮއަރައިގެން ދުއްވަން ޖެހެނީ. މިހާރު ކަފި ހުރަސްމަތިން ހުރަސްކުރުން ވެސް ސޭފް އެއް ނޫން މިކަހަލަ ސިކުނޑީގައި ތެތްކަން ނުހުންނަ މީޙުންނާހެދި.
ލެއްގިކޮމިޝަނަރ
17 August 2025
އަހަރެންވެސް ސައިކަލް ދުއްވާތާ ވެދާނެ 20 އަހަރުވަރު. ޑުވަހަކުވެސް އެކްސިޑެންޓެއްނުވޭ. އަހަރުމެން ދުއްވަނީ ހޭކެޑެގެނެއްނޫން. މިއުޅޭ ޒެންޒީންތަކަށް ސައިކަލަކަށް އެރިއްޖެޔާ ހީވަނީ ޅަމިޔަރުތަކެއް ޝިކާރައަކަށް ނިކުމެ އުޅޭހެން. ޅައިސެންސް އޮތަން ނެތަސް ހިތުހުރިގޮތަކަށް ދުއްވަނީ ފިޔަވަޅު އަޅަން ނުކެރޭތީ. ފިޔަވަޅު ނާޅާނަމަ ޒިބުރާ ކުރޮސްގެ ދެފަރާތުގަ އެއްފޫޓްގެ އުސްމިނުގަ ސްޕީޓް ބުރޭކަރު ހަދާފަ ބަހައްޓަބަލަ. ޔަގީނުންވެސް އޭރުން ތަންކޮޅެއް މައިތިރިވާނެ
ވޭޕްބޯއި އެންޑް ސިގްމޭން
16 August 2025
ވަގު ވިޔަފާރީގެ ބޭނުމުގައި ގިނަ އަދަދެއްގެ ވޭޕް ސުމަގުލު ކުރި ފަރާތްތައް ހައްޔަރުކޮށް ތިޔަހެން ނޫހުގައި ފޮޓޯޖަހާނެ ކަމަށް އުންމީދު ކުރަން!
ކަޅުބެ އަލީ
16 August 2025
60 ކިޅޯމީޓަރު ބާރުމިނުގަ ދުއްވާ މަގެއްގެ މެދުގަ ކަފިހިހުރަސް ލަންޏާ އޭގެ ދެކޮޅުން ސްޕީޑް ބްރޭކަރު ލާންޖެހޭ. ނޫނީ ކަފިހިހުރަސް ނުލާ. ނޫނީ މަގުން ދުއްވޭ ސްޕީޑް 30 އަށް ދަށްކުރޭ..
ކަޅުބެ އާދަނު
17 August 2025
އޭރުން ދުންޖަހާފައައިސް ސްޕީޑްބްރޭކަރުގަޖެހިފަ އަރައިގެންދިޔައީމަ ބުނާނެ ކޮންބުރާންޗެއްހޭ ހައިވޭގަ ސްޕީޑްބްރޭކަރލީ؟. 60ގަ ހައިވޭގަ ދުއްވޭނޭ އޮތީމަ އެބުނަނީ 60ގަ އެއަރޕޯޓަށް ވަންނާށެކޭނޫން.
ސުވާލު ސުލޭމާނު
16 August 2025
މަގޭ ސުވާލަކީ 60 ކިލޯމީޑަރުގެ ބާރު ސްޕީޑްގައި ދުއްވަން ހުއްދަ އޮންނަ މަގެއްގެ މެދުގައި ކަފިހުރަސް ހަދަން ހުއްދަދޭނީ ހަމަ ބުއްދީގަ ހުރި މީހެއްބާއޭ ؟ މިއީ ބްރީޖް މަތީ ކަފިހުރަސް ހެދުން ކަހަލަ ކަމެއް. ވަރަށް ސާފުކޮށް އެބަހުރި ބޯޑް ޖަހާފަ 60 ކިލޯމީޑަރުގެ ދުއްވޭނެ ކަމަށް. - މިކަމުގަ އިހުމާލު ވީ ފަރާތްތަކާއި ހުއްދަދިން ސިޔާސީ ބޮޓް ހައްޔަރު ކޮށްދެއްވާ.
ކަޅިހުރަސް
16 August 2025
އެއަރޕޯޓުކާރިޔަކު ނުހުންނާނެ 60ކިލޯމީޓަރަށް ދުއްވަން ބޯޑުޖަހާފައެއް. ކީއްވެބާ 60 ކިލޯމީޓަރގަ އެއަރޕޯޓަށްނުވަނީ ހައިވޭގަ ދުއްވަން ޖަހާފަހުރި ބޯޑެއްފެނިފަ؟.