ަކައްދޫގައި މިރޭ ހިނގި އެކްސިޑެޓުންޓުގައި މަގުމައްޗަށް ވެއްޓިފައިވާ މީހުންނަށް އެހީތެރިވަނީ.
15 އޯގަސްޓް 2025 - 21:15
ލ. ކައްދޫ އެއާޕޯޓު ކައިރިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލުން ޖެހި މިރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަޔަކަށް ފަރުވާދޭނެ ފަށައިފި އެވެ.
މާވަށު ކައުންސިލް ރައީސް އަހުމަދު މޫސާ "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިރޭ އިޝާ ނަމާދު ވަގުތު ވާން ކައިރިވެފައި ހުއްޓާ ކަމަށެވެ.
"އެއީ ކައްދޫން އުމްރާ އަށް ދިޔަ ބައެއް. އެއާޕޯޓުން އައިސް މަގު ހުރަސް ކުރަނިކޮށް އައި ސައިކަލެއް ޖެހި މި އެކްސިޑެންޓު ހިނގީ،" އޭނާ ވިދާޅުވި އެވެ.
މަގު ހުރަސް ކުރަން އުޅުނު އުމުރުން ދުވަސްވީ އަންހެންމީހާ އާއި މާމަ ދަރިފުޅުގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ އަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އަހުމަދު މޫސާ ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހާ އަށް ބޮޑުވަރު ވެފައި އޮތް ކަމަށް މައުލޫމާތު ލިބެނީ. އެ ކުއްޖާ އާއި ހަތަރު މީހުންނަށް ވެސް ފަރުވާދެނީ ހޮސްޕިޓަލުގައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ މީހުން އުމުރާއި ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދު
15 August 2025
ގަން ފޮނަދޫ ފުލުހުން ލިންކްބޭނުންކުރާ ފަރާތްކަކަށް މާބޮޑު ސަމާލް ކަމެއް ނުދޭ. ސަރުކާރު ޒިންމާތަކުގައި ތިބޭ ފަރާތްތައްވެސް މާބޮޑު ސަމާލްކަމެއް ނުދޭ ލިންކްބޭނުންކުރުމުގައި ޓްރެފިކްގަވާއިދަކަށް. ކައްދޫގައި ގާއިމްވެތިބޭ ސިފައިން އެންމެގިނައިން ހެލްމެޓް ނާޅާ ބާރު ސްޕީޑްގައި ދުއްވަނީ ދެން ކައްދޫ ވަޒީފާގައި ތިބޭ ފޮނަދޫ މީހުން ހެލްމެޓްނާޅާ ދުއްވަނީ. ކަމެއްވާންހުރިއްޔާވެދާނެ. ޢިންނާއިލަހި ވައިންނާ އިލާހި ރާޖިއޫން.
raajje
15 August 2025
ލ.ގަން ފޮނަދޫ ކަށްދޫގައިވެސް ފުލުހުންގާއިމުވެތިބޭއިރު ޓުރެފިކުބެލެހެއްޓުން އޮންނަނީބޮޑުޖޯކެއްހެން، ޖޯކަކަށްވާގޮތަކީ ލ.ލިންކުރޯޑުގައި ހިމެހޭ ކަށްދު އާއި ފޮނަދޫ ގުޅުވައިދޭ ފާލަންމަތީގައި މަސްބާނަން ދޮށިއަޅަންތިބުން އޯކޭ! (ފާލަމަކީލިންކުރޯޑުގެބައެއް) ލިންކުރޯޑުގެ ވަކިހިސާބަކުން ސައިކަލުދުއްވެނީ ހެލްމެޓުއަޅައިގެން، ބައިސްކަލް ހަމަ ހޫރެމުންވެސްދުއްވުން އޯކޭ، ބަގީދުއްވަންވެސް ހެލްމެޓުއަޅަންޖެހޭ، މިކަންކަން ޖޯކަކަށްނުވަންޏާ މިގަވައިދުގެލޮޖިކަކީކޮބާ؟
raajje
15 August 2025
ލ.ގަން، މާންދޫ، ކަށްދޫ ފޮނަދޫ ގުޅިފައިއޮންނަ ލިންކުރޯޑުން ކަށްދޫހުރަސްކުރާއިރު އަޅުގަނޑު ސުޕީޑުދަށްކޮށްލަން، ކަށްދޫގެ ބީޗަށް ނުވަތަ ބަނދަރަށް ދެވޭނީ ކުރިންމިބުނި ލިންކުރޯޑު ހުރަސްކޮށްފަ، މީހުންއެތަނުން ހުރަސްކުރަނީ މާބޮޑުބެލުމެއްނެތި، އެއީ އެމަގަކީ އަނެއްހެންބިޒީމަގެއްނޫންވީމާކަމަށްވެދާނެ، ނަމަވެސްބައެއްމީހުން އެމަގުންދުއްވާ ސުޕީޑަކީ ލޮލުކޮޅަށްސައިކަލުފެނުމާ އަޑުއިވިލުމާ އަރާހަމަވުމާ އެކުއެކީގައި ނިމިގެންދާބާރުމިން، ހުރަސްކުރުމުގާސަމާލުވާންޖެހޭ
ޝޫޓިންގ ސްޓަރ
16 August 2025
ތިޔަ ބުނާ ގޮތަށް ޝޫޓިންގ ސްޓާރއެއް ހެން ދުައްވުން ހުއްޓޭނީ ކިތައް ފުރާނަ ދިޔައިމަތަ؟؟ ކިތައްމެ ވަރަށް ބަލާފަ ނޫނީ ދުރުމި އަޅާފަ ބެލިޔަސް ދުއްވާ މީޙުން މަޑުން ނުދުއްވާ ހިދަކު އެކްސިޑެންޓްތައް މަދެއް ނުވާނެ.