14 ޑިސެމްބަރ 2023 - 11:32
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައްދަލުވުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެ މެމްބަރުންގެ ކަންބޮޑުވުން އައީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރުމަށް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހު އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ބޭރުކޮށްލި ކަމަށް ހިސާން ވިދާޅުވުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ވިޕާ ހިލާފު ނުވާން އެ އިސްލާހުތައް އަނބުރާ ގެންދެވީ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ބަޖެޓު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ބަޖެޓް ކޮމިޓީގެ މަސައްކަތް ފެށުމުގެ ކުރިން ހުރިހާ މުއައްސަސާއަކަށް ވެސް ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ސިޓީއެއް ފޮނުވާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ވެސް ހުށަހެޅުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
- ޖުޑިޝަލް އެކެޑަމީ އަށް 15 މިލިއަން
- ސިވިލް ކޯޓުގެ މަސައްކަތަކަށް އެއް މިލިއަން
- އާކައިވްސް އަށް ފަސް މިލިއަން
- އިންޓަގްރޭޓަޑް ކޭސް މެނޭޖްމަންޓް ސިސްޓަމް 1.8 މިލިއަން
- ކޮމިއުނިކޭޝަން ސްޓްރެޓަޖީ އަށް ދެ މިިލިއަން
- ކޯޓުތަކުގެ ގަވައިދުތައް ހާމަނައިޒް ކުރުމަށް ދެ މިލިއަން
MDP Parliamentary Group today decided to reject my proposed budget amendments to increase the salary for @judiciarymv and @MaldivesJSC staff. These amendments would have paved way to prioritize pay increase for the staff of the judiciary in line with State pay harmonization… pic.twitter.com/8Gk6hGGDty
— Hisaan 🎈؟ (@hisaanhussain) December 13, 2023
- ނިއު އިނީޝިއޭޓިވް ބަޖެޓަށް ބޭނުންވާ 480،000ރ.
- ކްރިމިނަލް ކޯޓުގެ ފެސިލިޓީ ބަދަލުކުރަން 10 މިލިއަން
ނާޝިޒު ވިދާޅުވިގޮތުގައި، ދެ މުއައްސަސާގެ ފަރާތުން އައި އެއްވެސް ހުށަހެޅުމެއްގައި މުއައްޒަފުންގެ މުސާރަ އިތުރު ކުރުމުގެ އެއްވެސް ވާހަކައެއް ނެތެވެ.
ނަމަވެސް ބަޖެޓުގެ ތެރޭގައި ޕޭ ހާމަނައިޒޭޝަނަށް ހާއްސަ 500 މިލިއަންގެ ކޯޑެއް އޮތް ކަމަށާއި އޭގެ ތެރޭގައި ޖުޑިޝަރީ އާއި އެހެން މުއައްސަސާތައް ވެސް ހިމެނޭ ކަމަށް ނާޝިޒު ވިދާޅުވި އެވެ.
އެ ކޯޑަށް އިތުރު ކޮށްފައި ވާނީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ ފަރާތްތައް ކަމަށާއި އެ އިސްލާހުތަކާ އެކީ ބަޖެޓު ފާސް ކޮށްފައިވާ ކަމަށް ނާޝިޒު ވިދާޅުވި އެވެ.
"މިހެން މިކަން އޮއްވައި ބަޖެޓުގެ މަސައްކަތް ނިމުނު ފަހުން ރައްޔިތުންގެ މަޖިލީހަށް އެ ހުށަހެޅުއްވީ،" ނާޝިޒު ވިދާޅުވި އެވެ.
ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ހިސާންގެ އެ ހުށަހެޅުން އައުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ ހެނދުނު ޕީޖީ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އެއީ ބަޖެޓުގައި މި މަސައްކަތް ކުރިޔަށް ގެންދިޔަ ގޮތާއި ޝަރުއީ ދާއިރާގެ މުއައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް މެންބަރުންނަށް ސާފުކޮށްދީ، އެކަމާ ގުޅޭ ގޮތުން ވޯޓެއް ނަގައި ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ނަމަވެސް އެ ބައްދަލުވުމަށް ހިސާން ވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ސޯލިހު ވެސް 11 ނޮވެމްބަރުގައި ވާހަކަ ދެއްކެވި އިރު ވިދާޅުވެފައި އޮންނާނެ އެ ދާއިރާތަކުގެ މުސާރަ ބޮޑު ކުރަން ބަޖެޓުގައި ހިމަނާ ވާހަކަ. އޭތި އެ އޮތީ އެގޮތަށް ހިމަނާފައި. އެ ތަފްސީލް ދެއްވި ޕީޖީ މީޓިން އަށް ހިސާން ވަޑައެއް ނުގަންނަވާ،" އިސްމާއިލް ވިދާޅުވި އެވެ.
އެ މައްސަލާގައި ހިސާންގެ ބަހެއް ހޯދަން ގުޅި ނަމަވެސް ފޯނެއް ނުނަންގަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުޑީޗަރީ ޕޮންޑިޗަރީ
14 December 2023
ހިސާނު އެއީ މުޅި ޖުޑީޝަރީ ފުނޑާލި މީހާ. ޑީޖޭ އޭ ހިންގަން ހުރި ރިޒްނާ އަކީ ކަމެއް ވާ މީހެއްނޫ. ކުރީގެ އޭޖީ އާއި ހިސާނުވެގެން މައްސަލަ ބަހާލައިގެން ލޯފާމު ހިންގީ. ފަނޑިޔާރުގެ އެއްވާ ނެތް. ޖުޑީޝަރީ ފުނޑާލީ އެމްޑީޕީ ވެރިކަމުގަ. އެކަމެއް އޮޅުވައެއް ނުލެވޭނެ. ދެން އަދިވެސް އެބުނާ މުޙައްމަދު ހުރީ ވެރިކަމުގަ. ރިޒްނާއަށް ވުރެ މާރަނގަޅަށް މުޙައްމަދު ހިންގާނެ ޑީޖޭއޭ.
އޮފިސަރް
14 December 2023
ޖޭއެސްސީއަށް ހިސާނުއަށްވީ ކަމަކީ ބޭނުންވާ ވަކި ބަޔަކު މަގާމުތަކަށްލާފަ އަނެއް ބަޔަކަށް ހަސަދަފިލުވާލީ. އެތައް ޝަކުވާއެއް އަބަދުކުރެވޭ މައްސަލަތައް ލަސްވާތީ. އެކަންވާ ސަބަބު ނޭންގިއެއްނޫން މައްސަލ ހައްލުނުވެގެން އުޅެނީ. ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައްވެސް ނުލިބޭ. އަނެއްކާ ފާހަގަ ވާނެ ބައެއް ފަނޑިޔާރުންގެ މަސައްކަތް ބޮއްސުންލާފަ ހުރިކަން. މުވައްޒަފުން ގާނުވާ ހަލާކުކޮށްގެން މަސައްކަތްކުރަނީ ހަރާމުން ހަރާމް ފަނޑިޔާރު އަމިއްލައަށް ބިސްމި ލިޔާނަމަވެސް
ޢައަޔ
14 December 2023
ޒިންމާ އަދާ ނުކޮށް ރެކިގަންނަން ހިސާން ތި އުޅުއްވީ
ފަސް ފަހަތް
14 December 2023
މައްސަލަ ލަސްވާ ވާހަކަތައް ލިޔާއިރު ކާކުތޯ ދެނެހުރީ އަލަށް ފާސްވި ޤާނޫނުތަކާއި ޤަވާއިދުތަކުން އިތުރުވި ޒިންމާ އުފުލަންވެސް ތިބީ މީގެ 20 އަހަރު ކުރިންވެސް ތިބިވަރަށް މުވައްޒަފުން. ފަނޑިޔާރުންނަށްވެސް hukuma Liye hukuma ކުރެވޭނީ އިދާރީ މުވައްޒަފުންގެ ފަރާތުން ވަރަށް Gina އިދާރީ މަސައްކަތްތައް ފުރިހަމަކޮށްގެން. އިންސާނީ ވަސީލަތާ އެއްވަރަށް އެހެން ނުނީ މަސައްކަތްތައް ހަވާލުކުރޭ!!
ކަންނެތް
14 December 2023
އަމިއްލައަށް ހުކުމް ނުލިޔާ ފަނޑިޔާރުންވެސް އުޅޭ. އެކަން ކުރުވަނީ މުވައްޒަފުން ލައްވާ. އެހެންވީމަ އެފަނޑިޔާރުންނަށް ބޭނުންވާނެ އިތުރު މުވައްޒަފުން. އެމީހުން ތިބޭނެ ކޮފީގަ
ހަސަނު
14 December 2023
ހިސާނުގެ ފަރުވާކުޑަކަން މީގެ އަސްލަކީ.... ވަރަށް ގިނަ ބައެއްގެ ހަގު އެ ގެއްލުނީ...
ހޭނެތިދާނެބާ
14 December 2023
ވެރިކަމަށް އައުމަށް ދެއްކީ އިންސާފުގެ ވާހަކަ. ކޯޓުތަމުގެ މައްސަލަ ލަސްވާ ވާހަކަ. ހައްޤު ނުލިބޭ ވާހަކަ. ދިވެހިންގެ ތެރެއިން ކިތަން މީހުން ގަބޫލުކުރޭތޯ ކުރި އެވަދުތައް ވޭތުވި 5 އަހަރުގައި ފުދިފައިވާކަމަށް؟
ފެންވެހޭ ކައިވެނި ކޯޓު
14 December 2023
ނުކުރާނެ. ގަޒީންނަށް އެތި ކޮޅު ބަހާ ބަހާ ތިބޭނީ. މުވައްޒަފުންނަށް ނުކުރާނެ މުސާރަ ބޮޑެއް ގެރެންޓީ.
ކޭޕާކް ނުކާޕާކް
14 December 2023
4 އަހަރު3އަހަރު ސަރިއަަތް ނިމެންދެން ޖަލުގަ. ޜާއްޖެ އާއި ބޭރުގެ 300އައްވުރެ ގިނަމީހުން. ސަރީއަތް ކެންސަލް ކުރުން ސެޑިއުލް nukuraa އެތަކެއް ސަތޭކަ. ޑރ Muiz އިނސާފްވެރިވާނެ ޢިންސާއައްލާހް.
އައިން !
14 December 2023
ކޮން ކުއްޖެއްތަ ފިލާވަޅު އަޑުނާހާ ފޯނާ ކުޅެން އެ ހުއްޓޫ ؟.
ތެޅުވުމެއް
14 December 2023
5 އަހަރުވަންދެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހުރިއިރު މީނާއަކަށް މުވައްޒަފުން ތިބި ކަމެއް ނޭނގުނު. އަދި މިއަހަރުގެ ބަޖެޓް ހުށަހަޅައި ބަޖެޓަށް މަޝްވަރާކޮށް ނިމުނުއިރުވެސް މުވައްޒަފުން ތިބި ކަމެއް ނޭނގުނު. ބަޖެޓް މަޖިލީހުގެ ތަޅުމަށް އައުމާއެކު މިވާހަކައެއް ބާރުބާރުލާފައި ތަޅުމުގައި ދައްކަން މިފެށީ ކޮން ބަޔަކަށް ދައްކަންތަ. މުވައްޒަފުން މިތިބީ މޮޔަވެފައެއް ނޫން. ތީ މުވައްޒަފުންގެ ހައްގުގައި ކަމެއް ކުރި މީހެއް ނޫން.