ޚިޔާލު

މަޖިލީހުގައި ކުރީ ފުރައްސާރަ، ކުއްލި މައްސަލައެއް ނޫން!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު: އެމްއެފްޑީއޭއަށް އެކަމަނާ ހިދުމަތް ކުރައްވާ ގޮތަށް ހެދި ކޮންޓްރެކްޓް ބާތިލްކުރަން މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި. -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިގެން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސްގައި ހިދުމަތް ކުރެއްވުން ހުއްޓުވުމަށް ވުރެން މުހިންމު ކަމެއް ހަމަ ނެތީ ހެއްޔެވެ؟ މުޅި ގައުމުގެ ސަމާލުކަމަށް ގެންނަން ބަހުސްކޮށް، އަވަހަށް ހައްލު ހޯދަން ޖެހޭ އެހެން މައްސަލައެއް ވެސް ރައްޔިތުންގެ މަންދޫބުންނަށް ހަމަ ފެނިވަޑައިނުގަތީ ހެއްޔެވެ؟

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފެނުނީ ކުއްލިއަކަށް ކުރިމަތިވި ގާނޫނީ ހައްލެއް ހޯދަން ޖެހޭ މައްސަލައެއްގައި، ފިކުރުގެ ގޮތުން ހުރި ހިޔާލު ތަފާތުންތަކެއްގައި އަންހެނަކަށް ފުރައްސާރަ ކުރި މަންޒަރެވެ. އަދާކުރެއްވަމުން ގެންދެވި ވަޒީފާގައި، ހިލޭސާބަހަށް ދެމިހުންނަވަން އެދިވަޑައިގަތުމުން، ފަސްޓް ލޭޑީ ބަދުނާމުކުރި ތަނެވެ. އެ ތިއްބެވި ފިކުރެއްގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ކޮންމެ ކަމަކާ ވެސް ދެކޮޅު ހެއްދެވުން ކަަމަށް ދެކެވަޑައިގެން، ޒާތީ ގޮތުން ދިމާކޮށްލައި ބައެއް މެމްބަރުން ވާހަކަ ދެއްކެވި ތަނެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވެސް އަންހެނަކަށްވީތީ ފުރައްސާރަ ކުރިމަތިވީ އެވެ! ދައުލަތުގެ މަތީ މަގާމަކަށް އަންހެނަކު އައްޔަންކުރަން ނިންމުމުން، ބެލުމެއް ކަމެއް ނެތި ހިތުހުރި މިންވަރަކަށް އަމުނައި އެ ކުރިމަތިކުރުވާ ފާޑުކިއުން ނުވަތަ އެކި ދާއިރާތަކުގެ މަތީ މަގާމްތަކުގައި ތިބި ނިސްބަތުން ގުނާލެވޭ މަދު މީހުންނަށް ކުރަމުންދާ ފުރައްސާރަ މަޖިލީހުން ވެސް ނުހުއްޓުވޭނެ ކަން އަންގައިދިނީ އެވެ. ރައްކާތެރިކަމާއި ހިމާޔަތް އަދި ކުރިއަށް ދިއުމުގެ ހިތްވަރާއި އިތުބާރު ބޭނުންވެފައި ތިބި އަންހެނުން ފަހަތަށް ޖެހޭ ގޮތަށް މަޖިލީހުގައި ކަން ހިނގައިދިޔައީ އެވެ.

ސާޖިދާއަކީ ސިވިލް ސާވިސްގެ ޚިދުމަތުގައި އުޅުއްވަނިކޮށް ގައުމުގެ ފަސްޓް ލޭޑީއެއްގެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަތް ފުރަތަމަ ބޭފުޅާ އެވެ. އެ މަގާމާ އެކު އެކަމަނާ އަދާކުރެއްވި ހިދުމަތުގައި ދެމި ހުންނަވަން ގާނޫނީ ހުރަހެއް ނެތެވެ. ސިވިލް ސާވިސްގެ ގާނޫނު ހެދިއިރު، ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވިވަޑައިގަންނަވާ ބޭފުޅެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން ސިވިލް ސާވިސްގައި މަސައްކަތް ކުރައްވަން އުޅުއްވަފާނެ ކަމަށް އަންދާޒާ ކޮށްފައެއް ނެތެވެ.

އެހެންކަމުން ގާނޫނު ހެދިއިރު އެކަމަށް ވިސްނައި އެކަން ހިމަނާފައި ނެތުމަކީ، ފަސްޓް ލޭޑީ ސާޖިދާގެ މައްސަލައެއް ހެއްޔެވެ؟

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ ގޮތުުގައި ހުންނެވި އެކަމަނާ ދައުލަތަށް ހިދުމަތް ކުރައްވާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކާބޯތަކެތީގެ ކޮލިޓީ އާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ތައުލީމާއި ތަޖުރިބާ ރާއްޖޭގައި ލިބިވަޑައިގެން ތިއްބެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން، ކުރައްވަމުން ގެންދެވީ މުުހިއްމު މަސައްކަތްތަކެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ފަސްޓްލޭޑީ މަސްވެރިންގެ ދުވަހުގެ ޖަލްސާގަައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ފަސްޓްލޭޑީގެ ޒިންމާތަކާ އެކު އެ ދާއިރާ އަށް ހިދުމަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށް ސިވިލް ސާވިސް އަށް ހުށަހެޅުއްވުމުން އެ ކޮމިޝަނުން އޮތީ އެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެކަމަނާ ހުށަހެޅުއްވީ މުސާރަ ނުނަންގަވައި، ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވުމަށެވެ.

އެކަމަކު ސިވިލް ސާވިސްގެ ގާނޫނު ތަން ނުދޭތީ، ކޮމިޝަނުން ކަނޑައެޅީ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ދިނުމަށެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށް ވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ. އެއީ މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް ދޭ މުސާރައެކެވެ.

އެކަަމަކު މި މުސާރަ ނުނަންގަވަން ފަސްޓް ލޭޑީ ވަނީ ނިންމަވައި އެކަން ސިވިލް ސާވިސް އަށް އަންގަވައިފަ އެވެ.

މިކަން ފުރަތަމަ ހުށަހެޅީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ. އެތަނުގައި ކޮމިޝަނުގެ މެމްބަރުން ތިއްބަވައި އުސޫލްު ސާފުކޮށްދީފައި ވަނިކޮށް، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ހެލްތު މިނިސްޓްރީ އާއި ސާޖިދާއާ އެކު ވެފައި އޮތް އެއްބަސްވުން ބާތިލްކުރަން ގޮވާލަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޒިންމާއަކީ އެފަދަ ފުށުއެރުންތަކަށް އެކަމަށް ހައްލެއް ހޯދައި ދެއްވުން ކަމަށް ވިޔަސް މި މައްސަލާގައި އެމްޑީޕީ މެމްބަރުން ގެންގުޅުއްވާ ވިސްނުން ތަފާތެވެ.

ސިވިލް ސާވިސްގައި އަދި ސިޔާސީ އިސް މަގާމުތަކުގައި އަންހެނުން ކުރިއަރައިދާން ހުރި ހުރަސްތައް ނައްތާލަން އެންމެ މަސައްކަތް ކުރަން ޖެހޭ ތަނަކީ މަޖިލީހުން ނައްތާލަން ޖެހޭއިރު، ހިތްވަރު އެލުވާލައި ބަދުނާމު ކުރުމުގެ އަމަލު އިއްޔެ ފެނުނީ މަޖިލީހުގެ ތެރެއިންނެވެ. މަޖިލީހުގެ ބައެއް މެމްބަރުން ވެސް މި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ އެމްޑީޕީން އެ މައްސަލަ ހުށަހެޅީ، އެކަމަނާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގާނޫނާއި ގަވާއިދާ ޚިލާފަށް ހަތަރު އަހަރުގެ ނޯޕޭ ލީވްގައި ހުންނެވުމަކީ ސިވިލް ސާވަންޓުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެއްވެސް މިނިސްޓްރީއެއްގައި މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ފުށުއަރާނެ ކަމަށް ބުނެ އެވެ. ކުއްލި މައްސަލައިގައި އެދުނީ ހެލްތު މިނިސްޓްރީއާ ފަސްޓް ލޭޑީއާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްދޭން އެދި އެވެ.

އެކަމަނާ އަށް ހަމަޖެއްސެވި ނޯޕޭލީވްގެ އުސޫލަކީ، ސިވިލް ސާވިސް ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައި ވެސް ބުނެފައިވާ ގޮތުގައި، އެ ކޮމިޝަނުން އެހެން މުވައްޒަފުންނަށް ވެސް ހަމަޖައްސައިދޭ، އުސޫލެކެވެ. ފަސްޓް ލޭޑީ އަށް ހެދި ވަކި ޚާއްސަ އުސޫލެއް ނޫނެވެ.

"ގެންގުޅެނީ ހައްލު ހޯދުމުގެ ވިސްނުމެއް ނޫން!"

ކުއްލި މައްސަލައަށް އިއްޔެ ބަހުސްކުރި ބައެއް މެމްބަރުން ވެސް ވިދާޅުވި ގޮތުގައި، ގައުމުގައި ބައިވަރު ބޮޑެތި މައްސަލަތައް ހުއްޓައި ފަސްޓް ލޭޑީގެ މައްސަލަ ވެއްދީ އަނެއްކާވެސް "ކޮންމެވެސް އަންހެނަކާ އަޅައިގަނެގެން" ނެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ސިފަކުރެއްވި ގޮތުގައި، އެއީ ފަސްޓް ލޭޑީއާ ފޮށެން ހުށެހެޅި މައްސަަލައެކެވެ. މަޖިލީހުން ކުރަން އެއަށް ވުރެން މާ މުހިއްމު ކަންކަން ހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސިވިލް ސާވިސްގެ ގަވާއިދާ ޚިލާފަށް ކަމެއް ކޮށްފިއްޔާ މި މަޖިލީހުން ވަރަށް ފަސޭހަ އިން ނިންމޭނެ ގޮތްތައް އެބައޮތް. މިހާރު އެހެން ނަމަވެސް މިކަން މިދަނީ ސިޔާސީ ގޮތުން ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒާ އެކު ސާޖިދާ: އެމްއެފްޑީއޭގައި ސާޖިދާ މަސައްކަތް ކުރުން ހުއްޓުވަން މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި.

ސިވިލް ސާވިސް ކޮމިޝަނަށް ހައްލެއް ހޯދިފައި އޮއްވައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ސަބަބާ މެދު ބޮންޑޭ ސުވާލު އުފެއްދެވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަނިކޮށް މުޅި ގައުމުގެ ސަމާލުކަމަށް އަންނަން ޖެހޭ ވަރުގެ މައްސަލައެއްގެ ގޮތުގައި ތަޅުމަށް ހުށަހެޅި ސަބަބާ މެދު ސުވާލު އުފައްދައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވިދާޅުވީ އެ މައްސަލައަކީ "ކަނޑައެޅިގެން ވަކި މީހަކާ ސީދާ ޒާތީ ގޮތުން ފުރައްސާރަ ކުރުން" ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ގޮތުގައި މުޅި އުމުރު މަސައްކަތް ކުރަމުން އައި އަންހެނަކު އޭނާ ކުއްލިއަކަށް މަސައްކަތް ކުރުން ނިންމާލާފައި ނުވަތަ ނިންމާލަން ޖެހުނީމާ ނުވަތަ މެދު ކަނޑައިލާން ޖެހުނީމާ ކުޑަ އުނދަގުލެއް ހުރެދާނެ. އަދި ދެން ކުރިއަށް ދާނީ ކިހިނަކުންތޯ، ފަސް އަހަރުގެ މުއްދަތަކަށް ފަސްޓްލޭޑީއަކަށް ވުމާ އެކު މެދުކަނޑާލަން ޖެހުނީމާ ތާއަބަދަށް އެ ވަޒީފާ ގެއްލެންވީތޯ؟ އެއީ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް. އެހެންވީމާ ނޯޕޭ ލީވެއް ދޭންވީތޯ؟ އެ މަގާމާއި ވަޒީފާ އެ ވަގުތަށް ސަސްޕެންޑްވާން ވީތޯ؟" އީވާ ސުވާލު ކުރެއްވި އެވެ.

"އެކަމަކު މިތަނަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެމްޑީޕީގެ 55 މެމްބަރުން ތިބޭއިރު މިއޮތް ބޮޑު މެޖޯރިޓީ އޮތް އިރު، ކުރަން ހުރި އެތައް މަސައްކަތެއް އޮއްވައި މިތަނަށް މި މައްސަލަ މި ގޮތަށް ލައިގެން މިކަން މިކުރަނީ، ކަނޑައެޅިގެން ހަމަ ފަސްޓްލޭޑީއަށް ހަމަ މިވަގުތު ފުރައްސާރަކުރުން ނޫން ގޮތެއް ކަމަކަށް އަޅުގަނޑަކަށް ހަމަ އެއްގޮތަށް ވެސް ސިފައެއް ނުވި."

"ގާނޫނާ ޚިލާފު ލުޔެއް ނޫން"

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ، ދާއިމީ ވަޒީފާއެއްގައި ހުންނެވި މުވައްޒަފަކަށް އެހެން މުވައްޒަފުންނާ ތަފާތުވާނެ ގޮތަށް ލުއި ހަމަޖައްސައިދީފައި ނުވާނެ ކަމަށެވެ. ފަސްޓްލޭޑީ އެދިވަޑައިގަތް ލުއި ހަތަރު އަހަރަށް ހަމަޖައްސައިދިނީ، މުސާރަ ނުލިބޭ ގޮތަށް ވީއްލުމަށް ފަހު ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަން ގަވައިދު ތަންދޭތީ އެގޮތަށް ކަމަށާއި ސިވިލް ސާވިސް ކޮމިޝަނުން އަމަލުކުރަން ލަފާދީފައި އޮންނާނީ ވެސް އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"[ހެލްތު މިނިސްޓްރީ އާއި ސާޖިދާއާ ދެމެދު ހެދި] ކޮންޓްރެކްޓްގައި ފަންނީ ލަފަ އާއި މުވައްޒަފުން ތަމްރީންކުރުމާއި ގަވައިދުތަކާއި އުސޫލްތައް ހެދުމުގެ މަސައްކަތުގައި އެހީތެރިވެދިނުން ކަމަށް އޮތީ. އެގޮތުގެ މަތިން މަހަކު 40 ގަޑިއިރު މަސައްކަތް ކުރައްވާ ގޮތަށް،" ނާސިހް ވިދާޅުވި އެވެ.

މިއީ ފަސްޓްލޭޑީއަށް ވުމުން ހާއްސަ އުސޫލެއްގެ މަތިން ހަމަޖެއްސި ކަމެއްތޯ ސުވާލު އުފައްދާތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެ ކަންބޮޑުވުމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ޖަވާބު ދިނެވެ.

"އެހެނެއް ނޫން އިނގޭތޯ، ސިވިލް ސާވިސްގެ ތެރޭގައި އެހެން މިނިސްޓްރީތަކުގައި ވެސް މި އުސޫލުން މަސައްކަތް ކުރެވޭ. މިނިސްޓްރީތަކުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުން އެ މިނިސްޓްރީގެ ޕްރޮޖެކްޓްތަކުގައި މުސާރަ ނުލިބޭ ގޮތަށް ވީއްލާފައި އެބަހުރި، ފިނޭންސްގައި 2018 އިން ފެށިގެން މިހާތަނަށް 5 މުވައްޒަފަކަށް އެ ފުރުސަތު ދީފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ސާޖިދާއަށް މިހާރު ހަމަޖައްސައިދީފައިވާ ލުއި ނޫން ގޮތަކަށް، ކަންކަން ކުރެވޭނީ ގާނޫނަށް ބަދަލު އައިސްގެން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންކަމުން ކޮމިޝަނުން ވެސް ކޮމިޓީގައި ނެގީ އެއީ ގާނޫނީ ހައްލެއް ހޯދަން ޖެހިފައި އޮތް މައްސަލައެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓުވަން ވެސް ކުއްލި މައްސަލައެއް ހުށަހަޅަން ވެއްޖެ އެވެ. އަންހެނަކު މަގާމަކަށް އައްޔަން ކުރަން ނިންމައިފި ނަމަ، ޒާތީ ގޮތުން ދިމާކޮށްލުމާއި ފެންވަރާ މެދު ސުވާލު އުފެއްދުމާއި ފުރައްސާރަކުރުން އޮތީ އިންތިހާގަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނާ މަތިކޮށް، ފަސްޓްލޭޑީ ހިދުމަތް ކުރުން ހުއްޓުވަން މައްސަލަ ހުށަހެޅިއިރު މެމްބަރުން ހޮވި ދާއިރާތަކުގެ ރައްޔިތުން އެކި ކަންކަމާ ގުޅޭ ގޮތުން ކުރާ ޝަކުވާތައް ވެސް މަދެއް ނޫނެވެ. ފަސް އަހަރަށް ހޮވާ މެމްބަރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ދާއިރާގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ނަމަ މަގާމުން ދުރުކުރަން ޖެހޭތޯ ކުރާ ބަހުސަކީ ވެސް މަޖިލީހާ ހަމައަށް ގެންދަން ޖެހިފައި އޮތް ކަމެކެވެ.

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 87 މެމްބަރުން އިންތިހާބުކުރި މަޖިލީހުގައި 27 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވައި ކުއްލި މައްސަލަ ހުށަހަޅުއްވައި ބަހުސްކުރައްވަން ވީ އުޖޫރައަކާ ނުލައި ފަސްޓް ލޭޑީ ސިއްހީ ދާއިރާ އަށް ހިދުމަތެއް ދެއްވަން ބޭނުންފުޅުވުމުން އެކަން ހުއްޓުވުމަކަށް ނޫނެވެ. މައްސަލަ ހައްލުކުރަން ބޭނުން ނަމަ އެ ނޫން ގޮތަށް ވެސް އެކަން މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދެވެން އެބައޮތެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓުވަން ވެސް ކުއްލި މައްސަލައެއް ހުށަހަޅަން ވެއްޖެ އެވެ. އަންހެނަކު މަގާމަކަށް އައްޔަން ކުރަން ނިންމައިފި ނަމަ، ޒާތީ ގޮތުން ދިމާކޮށްލުމާއި ފެންވަރާ މެދު ސުވާލު އުފެއްދުމާއި ފުރައްސާރަކުރުން އޮތީ އިންތިހާގަ އެވެ.

އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓުވުމަށާއި ސިޔާސަތު ކަނޑައެޅުމުގައި ހިއްސާ އިތުރުކޮށް، ސިޔާސީ ގޮތުން ކުރިއަރައިދާން ހުރި ހުރަސްތައް ނައްތާލަން ކުއްލި މައްސަލަ ހުށަހަޅައިގެން ބަހުސްކުރުމުން ނުކުންނަ ނަތީޖާ، މުޅި މުޖުތަމަ އާއި ގައުމަށް ފައިދާ ކުރާނެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުގައި ހުށަހެޅި މައްސަލައެއް ނަމަ، ގާނޫނީ ގޮތުން ހައްލު ހޯދުން އޮތީ ފުރައްސާރަކޮށްގެން ނޫނެވެ.

65 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 3%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤާފިލާ

27 January 2024

ދެން ކީއްކުރަން ސާޖިދާ ވަޒިފާގަ ހުންނަން ގަދަ ދައްކަނީ..................... އެހެންމީހުން ނުބައިކުރަންތަ؟

The name is already taken The name is available. Register?

އޭނަ

16 December 2023

ފަސްޓްލޭޑީ މެޑަމް ސާޖިދާ އަކީ އޮފީސް މާހައުލުގައިވެސް ވަރަށް ނުފޫޒުގަދަ، އޭނަބޭނުންވާ ގޮތަށް ކަންކަން ކުރާ، ހަރުކަށި ބޭކަބަލެއްކަން އެކުގައި މަސައްކަތްކުރާ މީހުންގެ ފަރާތުން އެގިފައިވޭ. މިހާރުވެސް މި ފެންނަނީ އެކަހަލަ ކަމެއް.

The name is already taken The name is available. Register?

ސސަރވަންޓް މެޑަމް

15 December 2023

ބުރޯމެން އޮޅިގެން އުޅުނަސް މިއީ ޕޮލިޓިކްސްކަން ހަނދާން ނައްތާލުމަކީ ގޯހެއް އިއްޔެ ކަލޭމެން ބުހުތާން ދޮގުހަދައިގެން އިންޑިއާއޭ ކަނޑޭ ޔާމީނޭ ކިޔައިގެން ވެރިކަމަށް ތިއައީ. އެހެންމީހުންވެސް ކުޅިއަކަށް ކުޅިއެއް ކުޅޭނެ. ފަސްޓް ލޭޑީއެއް ސިވިލް ސާވަންޓެއް ނޯންނާނެ.

The name is already taken The name is available. Register?

ނުޖެހޭ

16 December 2023

ނުޖެހޭ ކުޅި ކުޅޭކަށް. ސަބަބަކީ ތިމީހުން ބުނާ ގޮތުގަ މޑޕ އަކީ އިސްލާހު ކުރާ ޕާޓީ ވިއްޔާ.

The name is already taken The name is available. Register?

LaamuonlineDOTcom

15 December 2023

ރައްޔިތުންމަޖިލީހުގެ %99 މެންބަރުންނަކީ ތަޢުލީމީފެންވަރު ވަރަށްދަށް ގޮތެއްފޮތެއްނެތްމީހުން، އަމިއްލައަށް އިއްޒަތްތެރި ކަމުގެ ލަގަބުކިޔަސް ތިޔަތަނުގައި އިއްޒަތްތެރި މިލަފުޒު ހައްގުވާފެންވަރުގެ އެކަކުވެސްނެތް! އެބައެއްގެ ކިބައިން ފެނިހާމަވާނީ އެބައެއްގެ ފެންވަރުތާދޯ! އިޒަތްތެރި ކިޔަކަސް ނެތްފެންވަރެއްނުދެއްކޭނުން

The name is already taken The name is available. Register?

ޞިގް

15 December 2023

އެމްޑީޕީ ދެން ހަމަ ދާނީ އަތައްގޮވަމުން

The name is already taken The name is available. Register?

އާދަނުބޭ

15 December 2023

ކުއްލި މައްސަލައެއް. ފުރައްސާރަ ކުރުމެއްނޫން. ރާއްޖޭގެ ސިވިލް ސާވިސްގަ މަސައްކަތް ކުރާ އެންމެނާ ގުޅިފަވާ ވަރަށް ބޮޑު މައްސަލައެއް. ރައީސްގެ އަނބިކަނބަލުން ވިޔަސް ވަކި ގޮތެއް ހެދިގެންނުވާނެ.

The name is already taken The name is available. Register?

‫އަންބަރީ

15 December 2023

‫މަށަށް ފެންނަނީ ހުރިހާ މިނިސްޓްރީ އަކަށްވެސް ކޮންސަލްޓެންސީ ދޭން ގަޑީ އުޖޫރަ ކަނޑައަޅާފަ މީނަ ބަހައްޓަން. އޭރުން ހުރިހާ މިނިސްޓަރުންވެސް ކޮންސަލްޓެންޓު ދަށުވެ މުއައްޒަފުންތައް ވެސް ސައިޒުވާނެ. މިއީ އަސްލުވެސް އަޖައިބެއް ކަހަލަ އަންހެނެއް.

The name is already taken The name is available. Register?

ހުމެއިދާ

14 December 2023

މެޑަމް ސާޖިދާ ތިކުރާ ހިތްވަރަށް ސާބަސްދެން. ތީ ފިސާރިި ކަނބަލެއް

The name is already taken The name is available. Register?

އަލްޔާ

14 December 2023

އެމަޑީޕީ މެންބަރުންނެކޭ ޅަ ތުއްތު ކުދިންނޭ އެއްވަރު. ލަދުން ބޯހަލާކު

The name is already taken The name is available. Register?

ހައިޝަމްް

14 December 2023

މެޑަމްގެ ހިތްތިރި ސާދާ މިޒާޖު ވަރަށް ކަމުދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454