ކ. ހިންމަފުށީގައި ފެންބޮޑުވެފައި.-- ފޮޓޯ: ކައުންސިލް
14 ޑިސެމްބަރ 2023 - 13:08
ކ. ހިންމަފުއްޓަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ގޭގެޔަށް ފެން ވަދެ ގެއްލުން ވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން 13 ގެޔަކަށް ފެން ވަދެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވީ ކައުންސިލް އިދާރާ އާއި ޕްރީ ސްކޫލަށް ވެސް ފެން ވަދެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ.
ހިންމަފުށީ ކައުންސިލް އިދާރާގައި ފެންބޮޑުވެފައި.-- ފޮޓޯ: ކައުންސިލް
"އެ ސަރަހައްދުތަކުގައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ. އާންމުންނާއި ކައުންސިލްގެ އިތުރުން މި ރަށު ފުލުހުންނާއި އައްސޭރި ޖަލުގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަނީ، ފެން ހިންދުމަށް،" އޭނާ ވިދާޅުވި އެވެ.
ހިންމަފުށީ ކައުންސިލް އިދާރާއަށް ފެން ވަނަނުދިނުމަށް ވެލި ބަސްތާ ޖަހާފައި.-- ފޮޓޯ: ކައުންސިލް
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ވާނެ އެވެ. ކ. އަތޮޅުން ތ. އަތޮޅާ ހަމަޔަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގުގުރާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
17 December 2023
ނުބައި މީހަކުތާ ވެރިއަކަށް މި އިންތިޚާބު ކުރެވުނީ. އަފީފު ދީދީގެ ވިސްނުން ހަމަ މާ "މޮޅީ"އޭ.
އޮނަރަބްލް އަފީފު ދީދީ
14 December 2023
ވެރިކަމަށްވަޑައިގަތުމަށްޓަކާ ރައީސް ވައުދުވެވަޑައިގަތްފަދަ ތަރައްޤީގެ "ދުރުރާސްތާ ސިޔާސަތެއްގެ ދަށުން" ކ.އަތޮޅުމާލެ، ހުޅުމާލެ ފިޔަވާ ރާއްޖޭގައި ދެންމީހުންދިރިއުޅޭނީ ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ، އައްޑޫސިޓީ އަދި އުތުރުން އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫގައި ކަމަށް ކަޑައަޅާބަލަ.
އޮނަރަބްލް އަފީފު ދީދީ
14 December 2023
މަތީގައި ދެންނެވި 23 ރަށް އެއްފަހަރާ ތަރައްޤީ ކުރަން ދަތުވެދާނެތީ ފަށައިގަތުމަށްޓަކާ މަހިކާދުއާއި ލ.ގުޅިފަވާ ރަށްތައް އަދި އައްޑޫސިޓީ ހިއްކެންއޮތް އެންމެބޮޑަށް ހިއްކުމަށްފަހު އެސަރަޙައްދު ތަކުގައި އާބާދީގައި 2000 ހަމަނުވާ ހުރިހާ ރަށެއްގައި މިވަގުތު ގޯއްޗެއް އޮތް ކޮންމެ މީހަކަށް މިދެންނެވި ރަށްރަށުން އެ ސައިޒުގެ ގޯއްޗެއް ދީފައި އެތަނުގައި އިމާރާތް ކޮށް އާއިލާތައް އެއްކޮށް ބަދަލުކޮށް ކަރަންޓާއި ފެނުގެ ވަކިވަރެއްގެ އެލަވަންސް ދިނުން ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
14 December 2023
ކިތަންމެވަރަކަށް ކ.އަތޮޅު މާލެސަރަޙައްދުގެ ކަނޑު ފަޅު ހިއްކާ ދައުލަތުގެ ޙަޒާނާ ހުސްކޮށް ފުލެޓް އެޅިކަމުގައިވިޔަސް މަތީގައި ދެންނެވިފަދަ ދެމެހެއްޓެނިވި ތަރައްޤީގެ ރޭވުންތެެެެރި ކަމެއްގެތެރެއިން ނޫނީ ރާއްޖޭގައި ހުރި އިޖްތިމާއީ، އިޤްތިސޯދީ އަދި ސިއްޙީ މައްސަލަތަކަށް ހައްލު ލިބި ޤައުމުގައި އިޖްތިމާއީ އަދާލަތު ޤާއިމް ކުރެވޭނެ މޮޅު އެއްވެސް ގޮތެއް އީޖާދު ކުރެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން.