ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވަނީ: ތުރުކީ އާއި ދުބާއީއަށް ރައީސް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/ރައީސް އޮފީސް
14 ޑިސެމްބަރ 2023 - 15:24
ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިއީ ރާއްޖޭގައި ވެރިކަން ކުރައްވާ ބޭފެއްގެ ރަސްމީ ދަތުރުފުޅުތަކުގެ ތަފުސީލު އަމިއްލަ އަށް ފެނިވަޑައިގެން ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެނބުރި ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު ދުބާއީ އަށް ވެސް އެ މަނިކުފާނާއި ސަރުކާރުގެ އިސް ވަފުދެއް ވަޑައިގަތެވެ.
ރައީސް އޮފީހުން ހާމަކުރި އެ ދަތުރުފުޅުތަކުގެ ތަފުސީލުގައިވާ ގޮތުން ދައުލަތުން ހަރަދުކުރީ 3.4 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުވީ ޓިކެޓަށެވެ. ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައި ދިނަސް، ދުބާއީ ދަތުރުފުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން އެ އިންތިޒާމު ހަމަޖައްސައިދިނީ 10 ބޭފުޅަކަށެވެ. އެހެންވެ، ދުބާއީ ދަތުރުފުޅުގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅާއި އެތެރޭގެ ދަތުރުތަކަށް 775،000ރ. ދައުލަތުން ހަރަދުކުރި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުއިއްޒު ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް ހާމަކުރެއްވުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ. މިއީ އެ ވައުދުގެ ދަށުން ހާމަކުރެއްވި ފުރަތަމަ ތަފުސީލުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޭ
15 December 2023
ދައްކަން އުޅެނީ އެހެން އެއްޗެއް.. ރައްޔިތުންނަށް ފެންނަނީ ހަމަ އެކައްޗެއް.. ފެންނަ ފެނުމަށް މި ސަރުކާރުން އެހެން ސަރުކާރުތަކުން ހަދާފަ އޮތް ރެކޯޑް ބޮޑުތަނުން މުގުރާނެ.. ޕޯޑިއަމްތަކުގައި ދެއްކި ވާހަކަތައް އަނބުރާ އަނގަޔަށް...
ވަރަށް ތާއީދު މި ރައީސްއަށް
15 December 2023
މިގޮތަށް ހާމަ ކުރަން ސޯލިހު، އަންނި މެނަކަށް ނުކެރުނު. ކީއްވެތޯ؟ ރައީސްއެއްގެ ޙަރަދު މަތިވާނެ. ކައިރީގައި ދާ ވަފުދުވެސް ބޮޑުވާނެ. އިކޮނޮމީ ކުލާހުގަ ގޮސް އެއަރ ބީއެންބީގައި އެކަމަޑޭޝަންގަ ނުހުރެވޭނެ. 3.4 އެއީ ކިތައްމީހުނާ ކިތައްދުވަސް ތޯ ބަލާބަލަ. ދެން އެކަމުވެސް ކަމާއި ނުބެހޭ މީހުން ކަހަލަ އަލީ އާރިފް، ނަސީރު، ޚަލީލް މެން ފަދަ މީހުން ގެންދިޔަ. ރަނގަޅުކޮށްލާ އަދި ކުޑަކުރެވޭނެ.
ބޭބެ
15 December 2023
ރައީސް ވިޔަސް މިނިސްޓަރުން ވިޔަސް މިކަހަލަ ދަތުރުތައް ބޮޑުތަނުން މަދުކުރަން ޖެހޭ. މިހާ ދަރަނި ބޮޑު ޤައުމެއްގާ އަރަނި ބޮޑުނުކޮށް ޚަރަދު ބޮޑުކުރީމާ ދަރަންޏެއް ނުދެއްކޭނެ. ޤައުމުގެ ޚަރަދު ކުޑަކުރާނީވެސް ހަމަ ރައީސް. މީ ލައްކަ ވާހަކަ.
މުޢައްޒު
15 December 2023
ވެރިކަން ހަވާލުކުރަންވީ މައުމޫނު ޢަބްދުލް ޤައްޔޫމް އާ. އެވަރު ވެރި؛ޔަކު ނެތް. ދެން ތިބި މީހުން ވެރިކަމުގެ ބޭނުމުގައި ދެއްކީ ދަަޅަ.
ސަލީމްބައި
15 December 2023
ރައީސް ޑރ މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކޮޕް28 އިން އެއްމެ ކާމިޔާބް ކަމަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ގައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް މުއްސަންދި ގައުމުތަކުން އެހީވުމަށް ކަޑައެޅި 420 މިލިޔަން ޑޮލަރުން ކޮއްމެވެސް ވަރެއް ރާއްޖެއަށް ހޯދަން ކުރިމައްސައްކަތް. އަދި މުއިއްޒު ވަނީ މިހާރު ބޭނުންކުރާ ފޮސިލްފިއުލް މަދުކުރުމަށްޓަކައި ރާއްޖޭގައި ސޯލާ އެނަރޖީ 33 އަށް މަތކުރަން ނިއްމާފައި.
ޢޭސީސީ ޝާމިލް
15 December 2023
އޭސީސީގެ 5 މެންބަރުން މިހާރު އެމެރިކާއަށް ކުރާ ބޭކާރު ދަތުރުގެ އަގު ތިޔަށްވުރެ ބޮޑުވާނެ! ޢެވެސް އެންމެ މީހަކަށް ދައުވަތު އައުމުން އެންމެން އެންޖޯއިކޮށްލަން 3 ދުވަހުން ނިމެން އޮތްކަމެއް 10 ދުވަހަށް ދަންމައިގެން ސަރުކާރަށް ޕްރެޝަރކޮށްގެން ދިޔައީ! ދެން އެއްވެސް ދަތުރެއްގެ އަގާ ގުޅޭ މައްސަލަ އެތަނުން ބަލާނެތަ؟ ކޮބާ އިހްލާސްތެރިކަން، ކޮބާ ކޮންޓްރޯލްސްތައް؟ ކޮބާ ނަޒާހަތްތެރިކަން!
ރަދީފްއޮފިޝަލް
15 December 2023
މިސަރުކާރުން ކޮރަޕްޝަންގެ އެއްވެސް ކަމެއް އޭ ސީ ސީ އަކަށް ނުފެންނާނެ. އޭ ސީ ސީ ގަނެލައިފި.
ފަލަކީ ހިސާބު
15 December 2023
ބަލަގަ އަޑުއިވޭ ހުރިހާ ޚަރަދެއް ބެލެހެއްޓީ އެޤައުމުތަކުންނޭ ދެން މީ ޕޮކެޓްމަނީތޯ
ދޭހަނުވޭ ދޯ
15 December 2023
ކިޔާހާ އެއްޗެއް އަޑު އެހި އަކަށް ނުވާނެ
ކޮސްބޮލާ
15 December 2023
ތިޔައީ މަދު އަދަދެއްވީއްޔާއެެވެ. ޑޮލަރުން ބަލާނަމަ ތިޔައީ ދެލައްކައަށް ވުރެންގިނަ ޑޮލަރެވެ.
ނޫން
15 December 2023
މިއީ 3 ރަށެއްގައި ކުޑަކުދިންގެ ޕާކު އަޅަން ދާނެ ފައިސާ. ވަފުދު ބޮޑު ވީމާ ވީ ގޮތް.
އަހުމަދޭ
15 December 2023
ރާއްޖޭގެ އެއިރެއްގަ ހުންނަ ރައީސްއަކު ދަތުރު ކުރުމަށް ޕްރައިވެޓް ޖެޓެއް ހޯދުން މުހިންމު ކަމުގައި ދެކެން. ހަމަ އެކަނި ޓިކެޓައް 2.4 މިލިއަން ރުފިޔާ ހަރަދުވުން އެއީ ބޮޑުވަރު. އަމިއްލަ ފްލައިޓެއް އޮންނަނަމަ ހަރަދު ދާނީ ހަމައެކަނި އޭވިއޭޝަން ފިއުލް އަށް. އެވަރުން ވެސް 2.4 މިލިއަން އެއް ހަރަދެއް ނުވާނެ. އަދި އެއްފަހަރާ ގިނަ މީހުންނަށް ދަތުރު ކުރެވޭނެ.
މަޒް
15 December 2023
ކޮބާ އޭގައި ތިބޭ މުއައްޒިފުން؟ ކޮބާ މެއިންޓަނަންސް؟ ކޮބާ ގޮސް ބޭރު ގައުމެއްގައި ޕާކްކޮއްފައި ބާއްވަން ދާ ހަރަދު؟ މީހުން އަމިއްލަ ޖެޓުގައި އުޅޭތީ ފެންނާތީ ލައްކައެކޭ ހިތަށް އަރާ ދޯ؟
އަލީ21
15 December 2023
ޕްރައިވެޓް ޖެޓެއް އެއަރޕޯޓެއްގައި ޕާކްރަންވެސް އެހާބޮޑު ފީއެއް ނަގާނެ ކަން ބޭފުޅާއަށް އެނގޭތޯ؟