ނާއިޝް: އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ވަނީ ބޮޑު ސަރަހައްދެއް ބަލާފައި --
24 ޑިސެމްބަރ 2023 - 09:33
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު 18 އަހަރުގެ މުހަންމަދު ނައީޝް ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމާއި ނަމަވެސް، އޭނާގެ ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ.
ނަމަވެސް، ނާއީޝްގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނާއިޝް ހޯދުމުގެ ސާޗް އޮޕަރޭޝަން އެމްއެންޑީއެފް އިން ހުއްޓާނުލާ މިއަދު ވެސް ކުރިއަށް ގެންދެ އެވެ.
މި އޮޕަރޭޝަންގައި ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ.
އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ނާއިޝް ގެއްލުނީ ސ. ގަމުގެ ފުއްޓަރު ފަރާތަށް މޫދަށް ތިން ރައްޓެހިންނާ އެކު ގޮސްގެން އުޅެނިކޮށެވެ. އެ ސަރަހައްދަކީ ކަކޫތާ ފެނުގައި އޮންނަ އެކަމަކު، ވަޅުގަނޑުގަނޑު ގިނަ ސަރަހައްދެއް ކަމާއި އެހެންވެ، އެއިން ވަޅުގަނޑަކަށް ގެނބުނަސް، ސަލާމަތްވާން ދެން ވަރަށް އުނދަގޫވާނެ ކަމަށް އެ ރަށު މީހުން ބުނެ އެވެ.
ނާއިޝްގެ ބައްފަ ނަސްރުއްނައީމް "މިހާރު" އަށް ކިޔައިދން ގޮތުގައި، 9:30 ހާއިރު "ތިމަންނާ ގެނބެނީއޭ ސަލާމަތް ކުރާށޭ" ކިޔައިފައި ނާއިޝް ގޮވަމުންދިޔަ ކަމަށް އޭނާއާ އެކު މޫދަދިޔަ ދައްތަގެ ދަރިފުޅު ބުންޏެވެ. އަދި ސަލާމަތް ކުރަން އަތް ވެސް ދިއްކޮށްލި ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު ދައްތަގެ ދަރިފުޅު ބުނީ އަތާ އަތް ކިރިޔަ ކިރިޔާ ޖެހޭ ނުޖެހޭ ވަރުގައި އޮއްވައި އޮޔާ ދަމައިގެންފިއޭ. ދެން އެ މީހުން އަވަހަށް އެއްގަމަށް އަރައިފައި ޕޮލިހަށް ރިޕޯޓް ކުރީ. ދެން އަވަހަށް އެންމެން ނުކުމެ ހޯދަން ފެށީ. ގެއްލުނު އިރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ނާއިޝްގެ އަތުގައި އޮތް ޓޯޗު ވެސް އޮތީ ދިއްލައިފައި،" ނަސްރު ބުންޏެވެ.
ނާއިޝް ގެއްލުނު ސަރަހައްދަކީ މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވާ ތަނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޓޭ
24 December 2023
އިންޑިޔާގެ ބޯޓް ބޭނުންނުކޮށް ތިހާބޮޑު ސަރަހައްދެއް ބަލައިލެވުނީ ގައްސާނުގެ މޮޅުކަމުން. މުއިއްޒަށް ޝުކުރިއްޔާ.
ސވލ
24 December 2023
ދަތުރުކޮށްފައިވާގޮތް ކުރީގައިވަނީ ފެނިފަ. މިފަހަރު އެގޮތަށް ނުފެނޭ!؟
ސާޗް
24 December 2023
ބަނޑަށް ކުޅުޖަހައިގެން ކުރެވޭ ނެ ސާޗް އެންޑް ރެސްކިއު އެއް ނު އޮންނާނެ. ސުވާލަކީ ބޮޑުން ގެ ދަރި އަކަށް މިހެން ވިނަމަ ހަމަ ކޮމްމެ ގޮތެއް ވަރިހަމަ ވެގެން ތިބެދާނެ ތޯއޭ؟
ނާޑުވާ
24 December 2023
މީހެއްގެ ޅަ ދަރިއެއް ގެއްލިގެން ހޯދަމުން ދާއިރު މީގެ ކުރީގަވެސް ކާމިޔާބު ކަމާއެކު ގިނަ މިޝަންތަކުގަ އުޅުނު ހެލިކޮޕޓަރާ ޑޯނިޔާ ސިޔާސީ ސަބަބުތަކާ ހުރެ ބޭނުން ނުކުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް.
އަލީމު
24 December 2023
"މި އޮޕަރޭޝަންގައި ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެ" ސުވާލަކީ، ކީއްވެގެންހޭ ކަމައްއެންމެ އެކަށީގެންވާ އުޅަދުހުއްޓާ އެބޭނުންނުކުރީ؟ މީހެއްގެ ފުރާނަސަލާމަތް ކުރުންތަ ނޫނީ ސިޔާސީ "ގޭމް" ކުޅުންތަ މުއިއްޒައް މުހިންމީ؟؟؟
ޢަޒުލް
24 December 2023
ގަދަފފައި ވިއްދާފައެއްނޫން އެތިބީ،،
ބޮއްކުރައެއްގައިތަ
24 December 2023
ބޮއްކުރައެއްގައި މުޅިދުނިޔެ ބެލިޔަސް ނުފެނިދާނެ.