ހުޅުމާލެ ސެންޓްރަލް ޕާކް: ކުޑަކުދިންގެ ފެސްޓިވަލް މި ތަނުގައި ބާއްވަން ނިންމިޔަސް މޫސުން ގޯސްވުމުން ވަނީ އެ ހަރަކާތް މިއަދު ކެންސަލް ކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
31 ޑިސެމްބަރ 2023 - 09:51
އާ އަހަރު ފެށުން ފާހަގަކުރަން މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަން ސަރުކާރުން ނިންމި ކުޑަކުދިންގެ ފެސްޓިވަލް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ކެންސަލްކޮށްފި އެވެ،
އެކަން އިންތިޒާމުކުރި ޔޫތު މިނިސްޓްރީން ބުނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވަން އުޅުނު "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ހަރަކާތްތައް މޫސުމާ ގޯސްވުމުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އާ އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ބާއްވަން އުޅުނު ހަރަކާތްތައް ވެސް ވަނީ މޫސުން ގޯސްވުމުން ފަސްކޮށްފަ އެވެ. އެއީ މިއުޒިކް ޝޯ އާއި ލޭޒާ ޝޯ އަދި ހަވާއެރުވުމުގެ ހަރަކާތްތަކެވެ. އެ ހަރަކާތްތައް ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެ އަށް އިރުވައި މޫސުން ފެށުމާ ގުޅިގެން މިހާރު ކުރަން ފަށާފައިވާ ވިއްސާރައާ ގުޅިގެން މިއަދުގެ މެންދުރު 1:30 އާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ މުޅި ރާއްޖެ އަށް ވައިޓް އެލާޓެއް ނެރެފަ އެވެ. މާލެ އާއި ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ގެތަކަށް ފެން ވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށް ވެ އެވެ. މާލޭގެ ގިނަ މަގުތަކުގައި ފެން ބޮޑުވެ، ބައެއް ގޭގެ އަށް ވަދެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިތްތި
01 January 2024
ކުޑަ އީދަށް ބަދަލު ކޮށްލާ. ސަޅިވާނެ. އެއީ އަހަރެމެންގެ ދުވަހެއް ފާހަގަ ކުރަން.
މުޢިއްޒު ސަރުކާރަށް މޫސުން ވެސް ތަންނުދޭ
31 December 2023
މުޢިއްޒުގެ ސަރުކާރަށް އައު އަހަރު މަރުޙަބާކީ ވަރަށް ބަނަކޮށެވެ. މިއީވެސް ވަރަށްބޮޑު ޢިބްރަތެކެވެ!