މާލޭގެ މަގެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
31 ޑިސެމްބަރ 2023 - 15:34
ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ އޮރެންޖު އެލާޓެއް ނެރެފި އެވެ.
މެޓުން އެ އެ އެލާޓު ނެރުނީ މިއަދުގެ ހަވީރު 5:30 އާ ހަމައަށެވެ. އެ ވަގުތާ ހަމައަށް ކ. އަތޮޅުން އދ. އަތޮޅުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް، ހަވީރު 5:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ޔެލޯ އެލާޓު ވެސް ނެރެފަ އެވެ.
އޮރެންޖު އެލާޓް ނެރެފައި ވާއިރު، ރެއިން ފެށިގެން ބޯކޮށް ވެހެމުންދާ ވާރޭގައި މާލެ އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ ބޯ ވާރެއާ ގުޅިގެން ބައެއް ކަންކަމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތަކަށް ވެސް ހުރަސް އެޅި ފްލައިޓްތައް ޖެއްސުމުގައި ބޮޑު ލަސްވުމެއް އެބައުޅެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު މެންދުރު ބުނީ، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވީ ކ. ގުރައިދު އަށް ކަމަށެވެ. އެ ރަށުގައި ފެންބޮޑުވެ 20 ގެ އަކަށް ފެންވަދެފައި ވާއިރު ހަތް ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.
ވާރޭގައި މީގެ ކުރިން ވެސް ގުރައިދޫގެ ބޮޑު މަގުގައި ފެން ބޮޑުވެ އެވެ. އެކަމަކު މުޅި ރަށުގައި އެ ގޮތަށް، މި ފަހުގެ ތާރީހެއްގައި ފެން ބޮޑުވެފައިނުވާ ކަމަށް ގުރައިދޫ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުކަމް
31 December 2023
ބިމަށް ވެހެމުންދާ ވާރޭ ފެނަަށް ސައެންޓިފިކަލީ ކިޔާ ނަމަކީ ޕްރެސިޕިޓޭޝަން ވާރޭފެން ބިމަށް އެޅުމުން ބިމުގެ އަޑިއަށް ބައެއް ފެން ހިނދި ބިމުގެ ފެންފަށަލަ މުއްސަނދިކޮށްދެއޭ މިއަށް ކިޔާ ސައެންޓިފިކް ނަމަކީ އެއީ ޕާރކޮލޭޝަން އެއީ ބިމުގެ އަޑިއަށް ހިނދޭ ފެނަށް ކިޔާނަމޭ މީ ދުނިޔޭގެ ވާރޭވެހޭ ނިޒާމް މަސައްކަތް ކުރުމަށްޓަކައި ލައްވަވާފައިވާ ހުސްވުމެއް ނެތް ގުދުރަތީ ނިޒާމޭ ބޭނުންކުރަނީ ހަމައެކަނި ޓެމްޕްރޭޗަރ މަސައްކަތް ކުރާ ޓޫލްސް އަށް މީ ފިޒިކްސް ގެ އިލްމޭ
ޖިނާ.
01 January 2024
އޭއި ކަލޭ ހާދަ މޮޅޭ.
ޑޮކްޓާރ. ބަނާނާ
31 December 2023
ވޭތުވެ ދިޔަ 20 އަހަރު މާލޭގެ މަގުތަކުގައި ފެންބޮޑުވުން ހައްލުކޮށް ރަގަޅު ފެންވްރަކަަށް މަގުތަައް ހެދުމަށް ހޭދަކުރި އެތައް މިލިއަން ރުފިޔާގެ ނަތީޖާ ސުމެއް!
މިރުޒާގު.
01 January 2024
ބަނާނަ ތަކިޔަންކާއު ތެކޭނީ. ބަލަ މަގަ ހެދުން ސުމަކަށް ވިޔަސް އެވެރިން ކެރާއް ހިގާ ކަންތައް ތެބެކެރަތާ ނުނީ. އެވެރިން ވޭތުވެގެން ގޭ 50 އަހަރަ ކެޑެ މަސައްކަތަކީ ކުލީ އަޅުން އެރަށަށް ޖަމައުކެޑުން އެކަން ކާމިޔާބު ނުނީ.
ނަގިއްޔާ
31 December 2023
މިމީހުން އަތަކުނެތޭ މިއޮތް ކުޑަކުޑަ މޭލޭގެ މަގުމަތީހެދޭ ފެންކޮޅު ހިންދާލާނެ ރަގަޅު ޕަންޕުގަޑެއް. ކީކޭބުނާނީ. ފާޑެއްގެ ކުޑަ ކުޑަ މަދިރިއެއްވަރުވާ އެއްޗެއް ޖައްސައިގެން ކޮންކަމެއް ވާނީ. ތީގެ ހަންދަރެއް ޖެއްސަސް މިވެހޭ ވަރެއަކަށް ނުކަތާނެ. ފެންއަރައަރައިގެން މައްޗައް އެދަނީ ތަންދައްކާށޭ ކިއާ، ސައިކަލް ހުއްޓުނު އަދަދެއްވެސްނޭގެ. އެންމެފަހުން ދެން ފަތަންކަންނޭގެ ޖެހޭނީ.
ވަކުންޖު
31 December 2023
އަހަންނަކަށް ނޭގޭ އެހެންގައުމުތަކުގައި މިކަހަަލަކަމެއް ވަންޏާ ޓީވީންފެނޭ އެކަމާ ގުޅޭ އެކިއެކި އިދާރާތުން އުޅޭނީ އަވަދިނެތި ރައްޔަތުންގެ މުދަލާ ދިރިއުޅުން ރައްކާކުރުމުގައި ތަންތަނުގައި ވެލިބަސްތާޖެހުމާއި ފެންވަންނަތަނަށް ފެންވަނަ ނުދޭން ހޭލެމޭލައަށް ވަރަށް ބުރަކޮށް. އެކަމަކު މިގައުމުން ފެންނަނީ އެމީހަކާ އެމީހެއް ގިނިކަންޏާ ތެޅިފޮޅޭތަން. އިރުއިރުކޮޅާ އެލާޓުނެރެ ނިންމާލާއިގެން ތިބެނީ. ޓީވީސްޓޭޝަންތައްވެސް ވެން މާލޮނު މަޑީ
އަހްމަދ
31 December 2023
މީ ބޭކާރު ތަނެއް. ފެންބޮޑުވެ އަޑިޔަށް ދިޔާމަ ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވެނީވެސް. މިނޫންވަރެއް ވާތަނެއް އަދި ނުފެނެ.
ޕްރެސިޕިޓޭޝަން
31 December 2023
ދުނިޔޭގެ ކަނޑުގެ ލޮނުގަނޑުން ފެން ވޭޕަރ އަށް ބަދަލުގެ އެޓްމޮސްޕިއަރ އާއި ހަމައަށް ދަތުރުކޮށް ނިމުމުން އެވޭޕަރތަކުގެ ހޫނުމިންދަށްވެ ފެންތިކި ތަކަށް ބަދަލުވެ އެއް ފެންތިކި އަނެއް ފެންތިކި އާއި ގުޅި ވިލާ ތައް އުފެދޭ ދެން އެވިލާ ތަކުގައި ހުރި ފެނުގެ ފިނި މިން އާދައާއި ޚިލާފަށް ދަށްވުމުން އެޓްމޮސްޕިއަރ ތެރޭގައި ހުންނަ ވަޔަށް ބަރުވިލާ ތައް ނުހިފެހެއްޓެއޭ ނަތީޖާ އަކީ އެފެން ވިލާގަނޑުން ބިމަށް ފައިބަނީ އެއީ ވާރޭފެނަކީ މީ ޕްރެސިޕިޓޭޝަން އަކީ ވާރޭވެހެނީއޭ
ކޮންޑެންޒޭޝަން
31 December 2023
ވޯޓަރ ސައިކަލް ގައި ހިމެނޭ ދެވަނަ ގިންތި އަކީ އެއީ ކަނޑުގައިވާ ލޮނުފެން އިރުގެ ދޯދީގެ ހަކަތައިގެ ސަބަބުން ލުނު ހޫނުވެ އެވޭޕަރ އަށް ބަދަލުވެ މައްޗަށް އަރާ ހައިޑްރޯސްޕިއަރ އަށް ވުރެން މަތީގައިވާ އެޓްމޮސްޕިއަރ އަށް ދަތުރުކުރޭ އޭގެ ފަހުގައި އިވަޕޮރޭޓްވި ވޭޕަރގެ ޓެމްޕްރޭޗަރ ދަށްވެ ކުދި ކުދި ފެންތިކި ތަކަށް ބަދަލުވެއޭ ދެން އެކުދި ފެންތިކި ތައް އެއްތިކި އަނެއްތިކި އާއި އެކުވުމުން އޭގެ ޒާތުގައި ވިލާތައް އުފެދެއޭ އުޑުގައި މިއަށް ކިޔަނީ ކޮންޑެންޒޭޝަންއޭ
ދަވޭއިޓްއިޒް
31 December 2023
ވޯޓަރ ސައިކަލް އެއީ ހައިޑްރޮލޮޖިކް ސައިކަލް އެއީ އަބަދުވެސް މެދުކެނޑުމެއް ނެތި 5 ގިންތި ތަކެއްގެ ދަށުން މަސައްކަތް ކުރާ ނިޒާމެކޭ އެއީ 1. އިވަޕޮރޭޝަން 2. ކޮންޑެންޒޭޝަން 3. ޕްރެސިޕިޓޭޝަން 4. ރަންއޮފް 5. ޕާރކޮލޭޝަން. ވޯޓަރ ސައިކަލް ފެށެނީ އެކެއް އިވަޕޮރޭޝަން އިންނޭ އެއީ އިރުގެއަލީގެ ދޯދި އާއި ހަކަތައިގެ ސަބަބުން މޫދުގައި ހުންނަ ލޮނުހޫނުވެ މައްޗަށްއަރާ ދުނިޔޭގެ ހައިޑްރޮސްޕިއަރއަށް ވުރެން މައްޗަށްއަރާ އެޓްމޮސްޕިއަރ އާއި ހަމައަށް ވާސިލް ވުމޭ..
ދަވޭއޭ
31 December 2023
ސޯ ވަޓް؟
ސަބީނާ
31 December 2023
ތި ސައިންސް ފިލާވަޅު މާމަޔަށް ކިޔާދީބަލަ. މިހާރުގެ ކުޑަކުދިންނަށްވެސް ތިވަރު އެގޭނެ.
ގުރައިދޫ
31 December 2023
ކޮންއިރަކުތޯ ދޫކޮއްލީ؟. ހަމަ މުޅިންރަނގަޅުވެ މުއްދަތު ހަމަވެގެންތޯ ދޫކޮއްލީ؟.
ކޯރޑިނޭޓަރު
31 December 2023
ޔުނިވާސިޓީ ފިލާވަޅެއްތަ؟
ދިސްވޭ
31 December 2023
މަގޭ ސައިކަލް ތިހެނެއްނުވޭ އަބަދު މިއުޅެނީ ފެންބޮޑުކަމުން ހުއްޓޭތީ.
ދިސްވޭއިން
31 December 2023
ފެނަކީ އަސާސީ ޚިދްމަތެކޭ ގުދުރަތުން މިދުނިޔެއަށް ދެއްވާފައިވާ ފެން ކަވަރުކުރަނީ ދުނިޔޭގެ %70 ސާރފޭސް އެކަމަކު އެއީ ދުނިޔޭގެ ޖުމްލަ ބަރުދަނުގެ %0.05 އަދި ދުނިޔޭގައިވާ ހުރިހާ ފެން އެއްކޮށްލުމުން އޭގެ އަދަދަކީ 1.386 ބިލިއަން ކިއުބިކް ކިލޯމީޓަރު މިއަދަދުގެ %97.5 އެއީ ލޮނުފެން އަދި %2.5 އެއީ ތާޒާ ފެން ދެން ހަމައެކަނި ފެނުގެ %0.03 އެއީ ބިމުގެ އަޑީގައިވާ ފެނުގެ ގޮތުގައި ހުރި އަދަދަކީ މީގެ ސަބަބުން ދުނިޔެ އަށް ދިރުން ލިބިގެން ދަނީ ވޯޓަރ ސައިކަލް
އަލީލާން
31 December 2023
ކީކޭޭ ބުނަން ތިއުޅެނީ!
އޮޅުންސުވާލި
31 December 2023
އަދިވެސް ލަފާތަކުރަނީ. މިހާރު ޔަގީންކަމާއެކު ފެނުއަޑީގަ މިތިބީ މައްޗަށް ބޯވެސް ހިއްލާނުލެވޭ.