ޕީޖީ ޝަމީމް: ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލައާ ހެދި އެ ކޯޓު ހުއްޓުމަކަށް އައިސްފައިވާތީ އެކަމާ މެދު ޕީޖީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި --- ފޮޓޯ/މިހާރު
03 ޖެނުއަރީ 2024 - 15:38
ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތުގެ މައްސަލަތަކާ ހެދި އެ ކޯޓުގެ ޝަރީއަތްތައް މަޑުޖެހި އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތަކަށް ވެސް ބުރޫ އަރާފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ މުދަލާއި ތަކެތި ރައްކާތެރި ކުރުމަށްޓަކައި އެ ކޯޓުގެ ޝަރީއަތްތައް ވަނީ މަޑުޖައްސާލައިފަ އެވެ. އޭގެ ސަބަބުން، ކްރިިމިނަލް ކޯޓު މެދުވެރިކޮށް މެޖިސްޓްރޭޓް ކޯޓުތަކުން ހިންގަންޖެހޭ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަން ވަނީ ހުރަސް އެޅިފަ އެވެ.
އޭގެ ކުރިން ވެސް ކްރިމިނަލް ކޯޓު ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ކުރިއަށް ގެންދަނީ މަދުންނެވެ.
އެކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލައާ މެދު އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެކަން ހައްލުކުރަން ކުރެވެން ހުރި މަސައްކަތްތައް ކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިމާރާތުގެ މައްސަލަ ހައްލުކޮށްދެވެން ކުރެވެން ހުރިހާ ކަމެއްކޮށް ދޭން ވަރަށް ބޮޑަށް އެދެން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މަޑުޖެހުނަސް، މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތައް އެއްކޮށް ހުއްޓާލުން ރަނގަޅު ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އެހީތެރިކަން ނެތި، ހިންގެން ހުރި މައްސަލަތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް ބޭނުންކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ ހުއްޓާލައިފަ އެވެ. އަދި އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިޔަސް، އެ މަސައްކަތް އަދިވެސް ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޓޫ
04 January 2024
ކަންބޮޑުވެ. ދޮގު ސްޓަންޓް ނުހަދާ އިސްތިއުފާ ދީ ސަމީމް ފެއިލް ވެއްޖެ.
ޔޫޓޫ
04 January 2024
ސަމީމު ލަދުވެތިވާންޖެހެ ތިޔަޒާތު ވާހަކަ ފަތުރަން. 3 އަހަރު 4 އަހަރު 2 އަހަރު ސަރީއަތް ނިމެންދެން ހައްޔަރު ކުރަނީ ސީދާ ސަމީމު އެދިގެން ސަރީއަތް 6 މަސް 3މަސް ވާއިރު ސަރީއަތެއް ނުބާއްވާކަން ސަމީމަށް އިގޭނެ. ޜާއްޖެ މީހުނާ ބޭރުމީހުން ހާހުން އެބަތިބިި ވާނުވާގަ ޖަލުގަ. ސްޕްރިމް ކޯޓާއި ހައިކޯޓު ނޫން ކޯޓު ތަކުގެ ވެރިން ޕީޖީ ދެކެ ބިރުގަނެ.
އަރީޖް
03 January 2024
ޝަމީމް ވަރަށް ސްމާޓް
މޫސާދީދީ
03 January 2024
ޖަރީމާ ހިންގަން މީނަ އަދިވެސް ޕީޖީގައި ބަހައްޓަނީތަ!
ގަދަމީހާ
03 January 2024
މޮޅެތި ވާހަކަ ދައްކާ. ކޮބާ ޖުޑީޝަރީ ހިންގަން އައި ބެސްޓް ފުރެންޑް