ނިލަންދޫ ބީޗް: އެ ތަން ހިއްކައި އެއާޕޯޓު އަޅެމަށް ބޭނުންވާ އީއައިއޭ ހަދަން އެމްޓީސީސީއާ ހަވާލުކުރީ 120 ދުވަސްތެރޭ ނިންމުމަށް.-- ފޮޓޯ: މިހާރު
04 ޖެނުއަރީ 2024 - 14:03
ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓް އެޅުމުގެ ކުރިން ބޭނުންވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ނިލަންދޫގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.
ނިލަންދޫ އަދި މަގޫދޫ ހުންނަ ދުރުމިން.
އެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައި ވަނީ 120 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 378،000،000ރ. އަށެވެ.
"މިއަދު މި ސޮއި ކުރެވިގެން ދަނީ އެ ކަންކަމަށް ބޭނުންވާ ސާވޭތަކާއި އީއައިއޭ ހެދުން. އަމަލީ މަސައްކަތް ފެށޭނީ އީއައިއޭ ފާސްވެގެން. ފާސްވާން ވާއިރަށް، ތަނަށް ބޭނުން ވާނީ ކިހާ ވަރެއްގެ ވެއްޔެއްތޯ، ކިހާ ވަރެއްގެ ޝޯ ޕްރޮޓަކްޝަނެއްތޯ އެނގޭނީ ދިރާސާތައް ނިމިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު، އެ ރަށުގައި އޮތީ އެއާޕޯޓް އަޅަން ނިންމައި ބަޖެޓް ވެސް ކަނޑައަޅައިފަ އެވެ. އޭރު އީއައިއޭގެ މަސައްކަތް ނިންމުމަށްފަހު، އެ ސަރަހައްދުގައި ހުރި ރުއް ގަސްތަކަށް ބަދަލު ދޭނެ އަގު ވެސް ކަނޑައެޅި އެވެ.
މިދިޔަ ސަރުކާރުގެ ކުރީކޮޅު ވެސް ނިލަންދޫ އެއާޕޯޓަށް ބަޖެޓް ކަނޑައެޅި އެވެ. އެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީން 2022 ވަނަ އަހަރު އެމްޓީސީސީއާއެކު އޭރު ވެސް ސޮއިކުރި އެވެ. އެ ދެ މަޝްރޫއަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ހަމަޖެއްސި އެވެ.
ނަމަވެސް، އޭރުގެ ސަރުކާރުގެ ވިސްނުން ބަދަލުވެ، އެ މަޝްރޫއު ބަދަލުކުރީ އެ ރަށުން، ލަކުޑި ފެރީއެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ މަގޫދުއަށެވެ. ނިލަންދޫގައި އަނެއްކާ އެއާޕޯޓު އަޅަން ހަވާލުކުރިއިރު ވެސް، މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފަ އެވެ. ރީޖަނަލް އެއާޕޯޓް ކުންފުނިން އަންނަނީ ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ އެއާޕޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަފުށީ އެއާޕޯޓު
06 January 2024
އެންމެފަހުން ރާއްޖޭގަި ތިގޮތަށްއެޅީ ހޯރަފުށީ އެއާޕޯޓު. އެތަން ރާޅުއަރާ ފެންބޮޑުވޭ ކޮންމް ފަހަރުކު. މިއަށްވުރެ ރަނގަޅަށް ިރާސާކުރެވިގެން މިކަން ކުރެވެންވާނެ. މުއްތަލިބް މިކަން ކޮށްބަލަ
ބިލެއްދޫ ބޮޑުން
06 January 2024
އަތޮޅު ރައްޔިތުންނަށް ފައިދާވާނީ އަތޮޅުވެރިކަން ކުރާ 2500 މީހުން ދިރިއުޅޭ ނިލަންދޫގައި އެއަރޕޯޓް އޮވެގެން. 600 މީހުން ދިރިއުޅޭ މަގޫދޫގައި އެއަރޕޯޓް އަޅަން އެމްޑީޕީ ސަރުކާރުން ނިންމީ، އެޕާޓީއަށް ނިލަންދޫގައި ތާއީދު ނެތުމުން. މަގޫދޫގައި ބޮޑު ތާއިދެއް އޮތުމުން. އަތޮޅު ރައްޔިތުންނަށް ފައިދާ ކުރުމަށް ވުރެ ބޮޑަށް ރައީސް އިބޫ ވިސްނީ ޕާޓީ ކުދިން ބުނާގޮތް ހަދަން. އެހެންވީމާ، މަގޫދޫގަ ހަދަންފެށީ ސިޔާސީޕޯޓެއް.
ކައުންސިލަރު
06 January 2024
ޔާމީން ސަރުކާރުހައި ޖެހިޖެހިގެން 3 އަހަރު ނިލަންދޫގައި އެއަރޕޯޓް އަޅަން ބަޖެޓްކުރިޔަސް އަމަލީ އެއްވެސް މަސައްކަތެއް ނުކުރޭ. އީއައިއޭ އެއްވެސް ނަހަދާ ރުއްގަހުގެ ހިސާބެއްވެސް ނުހަދާ. މިހާރު ނޫހުން ކޮންތާކުން ހޯދި މައުލޫމާތެއް
ބިލެއްދޫ ޒުވާނާ
05 January 2024
މަގޫދޫގައި އެއާޕޯޓެއް އަޅަން ފެށީ ސިޔާސީ ބޭނުމަށް، ރައީސް އިބޫގެ ބަފައިބެގެ އޯޑަރަށް. އެއީ ނިލަންދޫގައި އެއަރޕޯޓް އަޅަން 3 އަހަރު ބަޖެޓް ކޮށްފައި އޮއްވާ... އަތޮޅު ރައްޔިތުންނަށް ފައިދާވާނީ ތަރައްގީ އެއްފަސްވެގެން. މިސާލަކަށް ފ.އަތޮޅު ހޮސްޕިޓަލްގައި އޮންނަ ބަލިމީހާ އެމަރޖެންސީގައި އުފުލަންޖެހޭ ހާލަތުގައި އަނެއްކާ ކަނޑު ހުރަސްކޮށް މަގޫދޫއަށް ގެންދިއުމަކީ ދެވޭ އަނިޔާ. އަތޮޅު ރައްޔިތުން އެދެނީ ތަރައްގީ އެއްފަސްވާން. އެއީ ރައްޔިތުންގެ ފައިދާއަށް.
ޒައިކީލް
04 January 2024
ޑރ މުއިއްޒަށް ކުރި އުންމީދާއި އިތުބާރު ގެއްލުވާލި ނިންމުމެއް.. ޤައުމަށް މަންފާއެއް ނެތް ސިޔާސީ ޗަރުކޭހެއް.. މިއިން ސާފުވީ ޤައުމީ ސިޔާސީ ލީޑަރެއް އަދިވެެސް ނެތް ކަންް އަމިިއްލަ އެދުމާއި ސިޔާސީ ގޭސް ޤައަށްވުރެއް އިސްކުރާ މީހުން މުޅިންވެސް.. 5 ހާސް ކިރިޔާ ހަމަވާ އަތޮޅެއްގަ ކޮން 2 އެއަރ ޕޯޓެއް
މުއިޒް
04 January 2024
ބުރިޖެއް ނާލާތަ؟
އަބްކަލީ
04 January 2024
ހުޅުމާލޭގަވެސް އެޔަރުޕޯޓެއް އަޅަން އެބަޖެހޭ! މިހާރު ހުޅުލޭ އެޔަރުޕޯޓުން ހުޅުމާލެއަށް ދާން މާގިނައިރު ނަގަނީ!
ލަކުޑު
04 January 2024
އަނެއްކާ އަނެއް ލާރި ގަނޑު! އެކަމަކު މިފަހަރުވެސް އެތަކެއް ބަޔަކު މާލޭ ސަރަހައްދަށް ފޯމު ލި !!
ރީތި ރުގިއްކޮ
04 January 2024
އަތޮޅުވެރިކަމާއި ސްކޫލު ދެބުރި އިމާރާތް ފޭރިގަތް ބަޔަކަށް އެއާޕޯޓު އަތުލުމަކީ ފެން މެޓައެއްނު
މިނާ ފަރޭ
05 January 2024
ފޭރިގަތް އެއާޕޯޓް
އަބޫބަކުރުބެ
04 January 2024
އެހެންވީމާ ދެން މަގޫދޫއިން ފުރައިގެން ނިލަންދުއަށް ދެވޭނެތާ 30 ސިކުންތުތެތޭގާ.