ވިޔަފާރި / މޯލްޑިވްސް އިންޑަސްޓްރިއަލް ޑިލޮޕްމަންޓް ފްރީ ޒޯން

ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ހާއްސަކުރަނީ

ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

05 ޖެނުއަރީ 2024 - 07:36

27 comments

ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރީއެކްސްޕޯޓު ވިޔަފާރި އަށް ހާއްސަ ކޮށްގެން އުފައްދަން ނިންމާފައިވާ ކުންފުނީގެ މަސައްކަތްތަކަށް 100 ހެކްޓަރުގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއް ހާއްސަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރި އަށް ހާއްސަކޮށް 100 ޕަސެންޓު ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފެއްދުމަށް ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ އަށް ފުޅާކޮށް، އެ މަޝްރޫއު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ތިލަފުށްޓާއި އެ ސަރަހައްދުން ހިއްކާ އެހެން ބައެއް ބިންތަކުގައި ރީއެކްސްޕޯޓު ކުރުމަށް ހާއްސަ ޒޯނެއް ކަނޑަޅަން ނިންމާފައިވާ ކަމަށެވެ.

ރޭގެ ހަފުލާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީއެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑްގެ ޒޯނަކަށް އެތަން ހެދިގެން ދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަލަށް އުފައްދާ ފްރީޒޯން ކުންފުންޏަށް ތިލަފުށި ސަރަހައްދުން ހިއްކާ ބިމުން 100 ހެކްޓަރު، ރީއެކްސްޕޯޓު ކުރުމުގެ މަސައްކަތަށް އެސްއީޒެޑެއްގެ ގޮތުގައި ހާއްސަ ކުރާނެ އެވެ.

އެ ތަނުގައި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ރޯ މެޓީރިއަލްސް އާއި ރާއްޖޭގައި ހެދޭ ކާބޯތަކެތި ވެސް އެ ކުންފުނިން އުފައްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަލަށް އުފައްދާ ފްރީޒޯން ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުދާ އިތުރުކޮށް، އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓު ކޮށްގެން އާމްދަނީ އިތުރުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ކުންފުނި އުފައްދަނީ ފަސް ކުންފުންޏެއްގެ ބައިވެރިވުން އޮވެގެންނެވެ. އޭގެ ތެރޭގައި އެސްޓީއޯ އާއި އާބަންކޯ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް ހިމެނެ އެވެ.

އެ ކުންފުނި އުފެއްދުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވީ މިއީ ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ އިގުތިސޯދުގައި ތިން ވަނަ ހަރަކާތެއް އުފެއްދުމުގެ ފެށުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ކުންފުނި އުފެއްދުމަށްޓަކައި ބިމާއި މުވައްޒަފުންނާއި ކެޕިޓަލް އަދި ވަސީލަތްތައް ހަމަޖައްސާނެ ކަމަށެވެ.

27 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 8%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަފް

07 January 2024

ބޭރު މީހުންނަށް ރާއްޖޭގެ ބިމުން އިންޗިއެއްވެސް ނުދޭނަމޭ ކިޔާފަ އައި މީހުން މިއުޅެނީ މޮޅެތި ނަންނަމުގަ ބޭރުގެ މަހުޖަނުންނަށް ރާއްޖޭގެ ތަންތަންދޭން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

06 January 2024

އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މަނިކު އާއި ތިޔަ ކުންފުނި ހަވާލުކުރޭ! އޭނާ އެސްޓީއޯގައި ހުރި ދުވަސްވަރު ރާއްޖެއިން ތެޔޮ ރިއެކްސްޕޯޓް ކުރަން ވަރަށް ވާހަކަ ދެއްކި! މަހީހީ ހަލާކު

The name is already taken The name is available. Register?

ނަސީމު.

06 January 2024

މިހާރު ތިވީ ކިހިނެއް ؟ ރަގީމްބެގެ ދަރިފުޅުކަީ މާސްޓަރ ހަދާފައި ހުރި ކުއްޖެއް. އޭނާ ޓްއަރިޒަމް މިނިްސޓްރީއަށް ލީމާ ކަމުނުގޮސްގެން އުލޭ މީހުން ތިގޮވަނީ ގުރޭޑް 7 ފެންވަރުގެ މީހަކާއި ކުންފުންޏެއް ހަވާލު ކުރަން.

The name is already taken The name is available. Register?

އަލިބެ.

06 January 2024

އެސް.އީ.ޒެޑް ކިޔަސް ޔިކަމަކީ މާލޭގެ އަގުބޮޑުބިން ނަހަމަ ގޮތުގައި ބަޔަކަށް ދޭން ކުރާކަމެއް. އާއްމުކޮށް އިއުލާން ކޮށްގެން ވިޔަފާރީގެ އުސޫލުން ނުކުރާނެ. އަމިއްލަ އަށް ލަންކާ ދެމީހެއްގެ ނަމުގައި ޕްރޮޕޯސަލް ގެނެސްގެން ކުރާ ކަންކަމުން މުސްރަގުބަލުގައި ފައިދާއެއް ނުކުރާނެ.

The name is already taken The name is available. Register?

މަތީންްް

06 January 2024

މިހެންވެ ކިޔަވައިގެންތިބި ގާބިލު މީހުން ވެރިންނަށް ހޮވަންވީ. މިކަހަލަ ތަފާތު އިންގިލާބީ ބަދަލުތައް ރާއްޖެއަށް މިވެރިކަމުގައި އަންނާނެކަން ޔަގީން. ސާބަހޭ ރައީސް ޑރ.މުއިއްްޒު.

The name is already taken The name is available. Register?

ޖާވިދުުު

06 January 2024

މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު އިންގިލާބެއް ލިބިގެންދާނެކަން ޔަގީން. މީ ހިންގުންތެރި ވެރިއެއް.

The name is already taken The name is available. Register?

ޝާއިރުުު

06 January 2024

މުއިއްޒުގެ ވިސްނުން ވަރަށް ވެސް ތަފާތު. މީ ރާއްޖޭގެ އިކޮނޮމީ ބޫސްޓް ވެގެންދާނެ ނިންްމުމެއްް.

The name is already taken The name is available. Register?

ޔައުގޫބްް

06 January 2024

ރާއްޖެއަށް ލިބޭ އާމްދަނީ އިތުުރު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެއް މީ. ވަރަށް ސަޅި ވިސްނުމެއްް.

The name is already taken The name is available. Register?

ނާޝިދުުުު

06 January 2024

ތީ ރާއްޖޭގެ އިގްތިސާދު ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިގެންދިޔަ ވަރަށް ރަނގަޅު ކަމެއް.

The name is already taken The name is available. Register?

ސަރަނގު

05 January 2024

މިކަހަލަ ކަންކަމާއި މެދު ސިޔާސީ ވިސްނުން ދޫކޮށް ޤައުމާއި އަދި ޤައުމުގެ އިޤްތިސާދީ ނާޒްކުކަމާއި، މިވަގުތުވެސް ދުނިޔޭގެ އެތަން މިތަނުގައި ހިނގާ ހަނގުރާމައާއި މިހުރިހާ ކަމަކާއި މެދު ވިސްނާނަމަ، މިކަހަލަ ކަންތަށް ކޮށް ނިންމާފައި ނޫނީ އަނގައިންވެސް ނުބުނާނެއެވެ. ނަމަވެސް ބައެއްގެ ވިސްނުން ކޮށިވެ، ސިޔާސީ ހަސަދަ ބޮޑުވެ، ތިމާނޫން އެނޫން މީހުންނަކީ ދިވެހިންކަމުގައިވެސް ދެކެން ބޭނުން ނުވާނަމަ ހެދޭނީ ހުސް ގޯހެވެ.

The name is already taken The name is available. Register?

ސަލީމު

05 January 2024

ތިޔަކަހަލަ އިންވެސްޓްމަންޓް ނުވަތަ ޤައުމީ އިޤްތިސާދީ ވިސްނުންވާނީ ދައުލަތުގެ ސިއްރަށެވެ. ނަމަވެސް މިތަބަ ބޯގޯސް ސިޔާސީވެރިން ކޮންމެ ކަމެއް މީޑިއާ ސްޓަންޓަކަށް ހަދައިގެން އެބައުޅެއެވެ. ހުޅިވުފައިވާ ދުނީޔޭގަައި ޤައުމީ މިފަދަ ކަންކަން ސިޔާސީ ސިއްރެއްގެ ގޮތުގައި ބާއްވަވައެވެ. ޖުމުހޫރީ މައިދާނުގައި ހުރި ބޮޑު ދިދައައިސް މިމީހުންނަށް ވިސްނުން ލައިދޭނެކަމަށް ކުރާކަމަކީތޯއެވެ؟؟ ހުސް މިކަހަލަ ކޮސްކަންތަކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454