ޭވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޕްރައިވެޓް ޖެޓެއް ޖައްސަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
06 ޖެނުއަރީ 2024 - 23:52
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާދަމާ ރާއްޖެއިން ބޭރަށް ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ އެވެ.
ވެލާނާ އެއާޕޯޓުން ކުރި ޕޯސްޓެއްގައި ބުނީ މާދަމާއަކީ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމުން، ދިގު ކިއުތަކާއި ޑިލޭތައް ކުރިމަތިވެދާނެ ކަމަށެވެ. އެހެންވެ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ޕަސިންޖަރުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކުރާ ކަމަށް އެ އެއާޕޯޓުން ބުންޏެވެ.
އާ އަހަރާ ދިމާކޮށް އެއާޕޯޓަށް ވަރަށް ބޮޑަށް ވަނީ ބާރު ބޮޑުވެފައި ވާއިރު ވެލާނާ އެއާޕޯޓުން ބުނިގޮތުގައި މިދިޔަ އަންގާރަ ދުވަހަކީ އެ އެއާޕޯޓުގައި ސީޕްލޭންގެ އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރިކޯޑެއް ވެސް މުގުރާލި ދުވަހެކެވެ. އެ ދުވަހު 649 ސީޕްލޭން މޫވްމަންޓް ރިކޯޑް ކުރެވިފައިވެ އެވެ.
މިދިޔަ އަހަރު އެ އަދަދު ހުރީ 635 ގަ އެވެެ.
A new record at VIA!
— Velana Airport (@VelanaAirport) January 6, 2024
Velana Airport hits a milestone with 649 Seaplane ATMs, symbolizing the countless passengers we’ve connected over our stunning blues. Surpassing last year’s 635 ATMs, we’re on a mission to share the Sunny Side of life with even more passengers! #VIA pic.twitter.com/QneeIiYTpR
މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އަންނަ ދުވަސްވަރު ކަމަށް ވާތީ މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ ރެކޯޑް އަދަދަކަށް އިތުރުކޮށްފަ އެވެ. ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޖެޓްތައް ރާއްޖެ އަންނާނެތީ އެކަމަށް ތައްޔާރުވުމަށް 68 ޖެޓް ޕާކުކުރެވޭނެ ޖާގަ ހެދިއިރު ކުރިން އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ހުރީ 39 ޖާގަ އެވެ.
ފިނި މޫސުމުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރާ އެކު ވައިގެ ދަތުރުތައް އަބަދުވެސް އިތުރުވެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 1.8 މިލިއަން ޓޫރިސްޓުން ވެސް ޒިޔާރަތްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރަދުއިބްރާހީމް
07 January 2024
2 . ދިވެހި ފަސިންޖަރުންގެ ލަގޭޖް އެކްސްރޭ ކުރެވި އެއާޕޯޓުގެ ވެހިކަލްތަކުގަ އެއާޕޯޓަށް ގެންދާގޮތަށް ހެދިދާނެ . 3 . "އަރލީ ލަގެޖް ސަރވިސް" ތަޢާރަފްކޮށް ފަސިންޖަރު އައުމުމުގެ ދިހަ ގަޑިއިރު ނޫނީ ފަސްގަޑިއިރު ކުރިން ލަގޭޖް ސްކޭންކޮށް ޓެގް އެޅުވުމުގެ ޚިދުމަތްވެސް ތަޢާރަފްކުރެވިދާނެއެވެ.
ކަރަދުއިބްރާހީމް
07 January 2024
މޫސުމީ ބާރު ބޮޑުވުންތަކެއް އެއާޕޯޓަށް އެބައާދޭ ބައެއް ޚިޔާލް 1 . ހުޅުމާލޭގެ ފާލަންތައް ހުޅުލެޔޭ ގުޅޭ ކޮންމެ ދެ ފާލަމެއް ގުޅޭ ދިމާ މެދުގަ އެކްސްރޭ މެޝިންތަކެއް ބަހައްޓާ ގެސްޓުންގެ ލަގޭޖް އެކްސްރޭ ކުރެވިގެން ޗެކިން ކައުންޓަރަށް ކިޔޫގައި ނުޖެހި ވަދެވޭގޮތް އަޅެ ހަދަމާތޯ ، އެތެރޭގެ ތޮއްޖެހުން ކުޑަވާނެހެންހީވޭ 2 . މާލޭން ފުރާމީހުންގެ ލަގޭޖްތައް ( ދަރުބާރުގޭ އިރުން އޮންނަ ޕާކިން ތަނުގަ ބޮޑުޓެންޓެއް ޖަހާ އެތަނުގަ އެކްސްރޭ 1 ނޫނީ 2 މެޝިން ދިވެހިންނަށް
އޮނަރަބްލް އަފީފު ދީދީ
07 January 2024
މުޤައްދަސްރަށްކޮޅުގެ އެއަރޕޯޓްގައިބީހިލާފައި އެރަށުމީހާގެޖީބަށް ފައިސާވައްދާފައިމެނުވީ އެތެރޭގެއެއްވެސް އެއަރޕޯޓަކުން އެހެންއެއަރޕޯޓަކަށް ދެވޭނެގޮތް އޮތީ ބަންދުކޮށްފަ. # ހަނިމާދުއާއި GAN International Airport ގައި ސަރުކާރުން "ބައިނަލްއަޤުވާމީ ނަންބޯޑްއަޅުވާފައި އޮތްކަމަށްވިޔަސް" ސިއްރިޔާތުގައި އެއަށްވުރެންމާވަރުގަދަ "މަރުގެ ތަޅު" އަޅުވާފައިވާތީ ކ.މާލޭ އެއަރޕޯޓްނޫން އެއަރޕޯޓެއްއޮންނަކަންވެސް އެއަރލައިން ތަކަށްނޭގޭ. ރެކޯޑްހަދަން ލަދެއްނުގަނޭތަ!
ނާނާ
07 January 2024
އޮނަރަބްލް އަފީީފް.ތިބޭފުޅާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް އާ ޙަވާލުވާންވީނޫންތޯ. އޭރުން މާ ރަނގަޅައް ހިންގޭނެނޫންތޯ.
ނާނާ
07 January 2024
ކުރީގަ ވެރިކަން ކުރެއްވި ބޭފުޅުންނައް ވަގުތު ދެއްވި ގޮތައް މޖ ވެރިކަމައްވެސް ވަގުތުކޮޅެއް ދެއްވާ.
ސދފގ
07 January 2024
އަދި އަވަސް.
3 މަސް މިކަމުގަ
07 January 2024
މިހާރުވެސް މިއުޅެނީ 18،000 ގެ ބަޖެޓަކަށް ވަންނަން ކަމުދާވަރުގެ ތަންކޮޅެއް ނުލިބިގެން. 2 މަސް ޑިޕޮޒިޓް ދޭންޖެހޭ. އެހާ ބޮޑު އަގު ކިޔާއިރު ހުންނަނީ ބާ ފާހާނަޔަކާ، ސިޑިންއަރަންޖެހޭ 5 ވަނަބުރީގެ ކުޑަ ގޮޅި
އައްބެ
07 January 2024
ތިވަރުން މާލޭގައި އުޅެން މަޖުބޫރުކުރީ ކާކުތޯ. މަވެސް ރާއްޖެތެރޭ ރަށެއްގައި މިއުޅެނީ މާލޭގައި އުޅޭނެފަދަ ތަނަވަސްކަން ނެތީމައި. ބޭބެ އަވަހަށް ރާއްޖެތެރޭ ރަށަކަށް ބަދަލުވޭ. ރަނގަޅު ގެއެއް ކުއްޔަށް ލިބޭނެ ހައެއްކަ ހާސްރުފިޔާއަށް.
އުސްމާނު ޖާދުއްﷲ.
07 January 2024
އައްބެ އަށްވެސް ތިވިސްނެނީ ކ.އަތޮޅު މާލޭ މީހާއަށާއި އެރަށުގައި އޮންނަ ސަރުކާރު ހިންގަން ތިބޭ މީހުންނަށް ވިސްނޭ ފަދަ ޖާހިލު ގޮތަކަށް. 3 މަސް މިކަމުގަ އެކިޔަނީ ރަނގަޅު ވާހަކައެއް. އޭނާ އެބުނާ ކުއްޔަކީ ސިންގަޕޫރުންވެސް އެޕާޓްމެންޓް ލިބޭނެ އަގެއް. ސަރުކާރުން މާލޭގެ ނިކަމެތިން މާލޭގައި ގެންގުލެން އުލޭތީ މިމައްސަލަ ދިމާވަނީ. މާލޭގެ ނިކަމެތި މީހާއަށް އެހެން ރަށެއްގައި ފުލެޓް އަލާފަ އެރަށަ ފޮނުވަބަލަ.
ބަކަފުލް
07 January 2024
ރެކޯޑްމައްޗަށް ރެކޯޑް އަދަދަށް ފަތުރުވެރިން އަޔަސް ޑޮލަރުގެ އަގުތިރިޔެއްނުވޭ.
ޙައްޤުމިންވަރުތޯ
07 January 2024
ފަތުރުވެރިން ހޭދަކުރާ ޑޮލަރުތައް ވަންނަނީ ބޭރު ބޭންކު އެކައުންޓްތަކަށް، ރާއްޖޭގައި ހުރި އެއްވެސް ބޭންކަކަށް އެންމެ ފައިސާ ފޮއްޗެއްވެސް ނުވަދޭ. އެހެންވީމަ ކިތަންމެ ގިނަ ފަތުރުވެރިން އަޔަސް ޤައުމުގެ އިޤްތިސާދަށް މަންފާއެއް ނުކުރޭ. ދިވެހިންނަށް ޙައްޤު މިންވަރަކީ ޓެކްސް ގޮތުގައި ދައްކާ މަދު ފައިސާކޮޅު.
އޮނަރަބްލް އަފީފު ދީދީ
07 January 2024
ދިވެހިމީހާއަށް ގަންނާން ޑޮލަރެއްނުލިބުނު ކަމަށްވިޔަސް ދުނިޔޭގެ އެންމެއަގުބޮޑު ޓްއަރިޒަމްއޮތް ރާއްޖޭގެ ރިސޯޓްތަކުން ދުނިޔޭގައިލެއްވި ހުރިހާޒާތެއްްގެ އެވާރޑްނަގަމުންދާއިރު މުޤައްދަސް ރަށްކޮޅުގެ އެއަރޕޯޓަކީ ރާއްޖެއަންނަ ބޯޓްތަކަށް ބޮޑު ބޮލުރިހުމަކަށް ވެއްޖެ. # މިމީހުނަކަށްނޭގޭ ފްލައިޓްލަސްކޮށް ޑިލޭކޮށްހަދާއިރު އާއި ތަނާއިނުކުޅަދާނަ މިންވަރަށް ބޯޓްގެންނާތީ ޖާގަނުލިބިގެން މަތީގައި ބުރުޖަހާލަޖަހާލާ އޮތުމަކީ ކިހާބޮޑު ގެއްލުމެއްކަންވެސް ނޭގޭ.