އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް މީގެ ކުރިން އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
07 ޖެނުއަރީ 2024 - 21:29
ދިރާސީ އަހަރަށް ބަދަލު ގެނައި ނަމަވެސް މިހާރު ގްރޭޑް 9 އިން ފެށިގެން މަތީގެ ދަރިވަރުން ކިޔަވާ ދުވަސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކޮށް، 2026 ވަނަ އަހަރުން ފެށިގެން ތައުލީމީ އާ އަހަރު ފަށާނީ ޖެނުއަރީ މަހު ކަމަށެވެ. އެކަމަކު، އޯ ލެވެލް އަދި އޭ ލެވެލްއަށް ތައްޔާރުވާ ދަރިވަރުންނަށް އެއްވެސް ކަމެއް ބަދަލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން، މިހާރު ގްރޭޑު 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އިމްތިހާނު އަންނަ މެއި/ޖޫން މަހު އަދި މިހާރު ގްރޭޑު 9 ގައި ކިޔަވާ ދަރިވަރުން ވެސް، މިހާރު ވެސް ރާވާފައިވާ ގޮތަށް އަންނަ އަހަރުގެ މެއި/ޖޫން މަހު އިމްތިހާނު ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭ ލެވެލްގެ އިމްތިހާނުތައް ވެސް، މިހާރު ހަދަމުން އަންނަ ދުވަސްވަރު ހަދާނެ ކަމަށާއި އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ދުވަސްވަރަށް ބަދަލެއް އަންނާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރުން ފެށިގެންނެވެ.
ތައުލީމީ ކަލަންޑަރަށް ގެންނަ ބަދަލުތަކުގެ ތަފްސީލް ފަހުން ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާނިން ޓައިމް ގެއްލިގެން ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފަސް ސެމިސްޓަރަށް ބަހާލައިގެން ތައުލީމީ ކަލަންޑަރަށް ގެންނަ ބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަހަރާއި ތައުލީމީ އަހަރު އެއްގޮތްކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކޫލު ހިންގުމުގެ ނިޒާމަށް އޭގެ މަންފާ ކުރާނެކ އެވެ.
ދިރާސީ އަހަރު ބަދަލުކުރަން ނިންމިކަން އިއުލާންކުރައްވައި، ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ 2026 ވަނަ އަހަރުގެ ޖެނުއަރީގައި ދިރާސީ އަހަރު ފަށަން ނިންމީ ކުއްލިއަކަށް އެ ބަދަލު ނުގެންނަން ކަމަށެވެ.
އޭގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް މަދުމަދުން ގެނެވޭ އިސްލާހުތަކަކާ އެކު، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކަމަށް ހައްލު ހޯދިގެން ދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވެސް ވިދާޅުވީ ޗުއްޓީތަކަށް ބަދަލު ގެންނައިރު، އަހަރުގެ މެދުތެރެއިން މިހާރު ލިބޭ ޗުއްޓީތައް، ރަށުން ބޭރުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ލިބޭ ވަރަށް ވުރެ މަދުވެގެން ނުދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
08 January 2024
މީ ފީކަޅާ ކަމެެއް. ކޮބާ ބޭނުމަަކީ މިހާރު ދިރާަސީ އަހަރު ފެށޭ ތާރީޚް މާރަނގަަޅު. މަތީ ތައުލީމަށް ޓްރާންސިޓުވުމަށް މާރަނގަޅު. ތިގޮތަަށް ބަދަލު ކުރާކަށް ބޭނުމެއް ނޫން
ސޭކުބެ
08 January 2024
އެއްބަޔަކު ކުރާކަމެއް އަނެއްބަޔަކަށް ކަމަކުނުދޭ!
ކީކޭކިޔާބަޔާނެއް
08 January 2024
ކޮން އިއަރިންގެކޭ ކިޔައިގެން ނެރެފައިއިން ނޫސްބަޔާނެއްތަ؟ ކާކުބުނީ 9، 10 ގެ ކުދިން ކިޔެވުމަށް ބުރުއަރައޭ. ކާކުބުނީ ރިސޯޓު މުވައްޒަފުންގެ ޗުއްޓީ މަދުވެއޭ. ހަމައެކަނި ބަޔަކަށް ހިސާބު ނިންމަން ނޭނގުންފިޔަވައި ދިރާސީ އަހަރު ބަދަލުކުރާ ސަބަބެއް ނުދެއްކުނު. ބޯހަރު ސަރުކާރުން ކިތަންމެ ވަރަކަށް މިވާހަކަދެއްކިޔަސް ބަދަލެއް ނުކުރާނެ. އަހަރެމެން އެކަމާއި ވިސްނަން.
ހުޝާމު
08 January 2024
ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވަސިޓީތަކުގައި ކިޔެވުން ފެށެނީ ސެޕްޓެމްބަރމަހު ވީމާ އިބޫ ސަރުކާރުން ނިންމީ ވަގުތު ނުގެއްލި އޭލެވެލް ނިންމާ ކިޔެވުން ފެށޭނެގޮތަށް , މިހާރު އަނެއްކާ ބަދަލުކުރީ ވަރަށްދެރަ
ވޖސލ
08 January 2024
ދުނިޔޭގެ އެއްވެސް ޔުނިވާސިޓީއަކީ އެންމެ ސެމިސްޓައަކުން މުޅި އަހަރު ނިންމާ ތަންތަނެއް ނޫން. ކޮންމެ އަހަރަކުވެސް 3 ސެމިސްޓަރ އޮންނާނެ. މީގެން ކޮންމެ ސެމިސްޓަރއަކަށްވެސް ޖޮއިންކުރެވޭނެ. މަޖުބޫރެއް ނޫން ކޮންމެހެން ސެޕްޓެންބަރުގެ ސެމިސްޓަރއަށް ޖޮއިންކުރާކަށް. ކޮންމެ ކަމަކުންވެސް މައްސަލައެއް ހޯދޭނެގޮތެއް ހަމަ ބަލަންޖެހެނީތޯ؟
އަކަ
08 January 2024
ޓޫރިޒަމްގައި މަސައްކަތް ކުރާމީހުނަށް ޗުއްޓީއަށް ލިބޭ ދުވަސްތަކަށްވުރެ އަހަރުމެދު ސްކޫލް ޗުއްޓީ ދުވަސް މަދެއްނުވާނެޔޭ ތިބުނަނީ ކޮންބަޔަކަށް އޮޅުވާލަން؟ ރިސޯޓް މުއައްޒަފުންނަށް ހަމައެކަނި ލިބެނީ އޮފްޑޭ ކަމަށްތޯ ތިހީކުރަނީ. ނޫނީ ހުރިހާ މުއައްާފުންނަށް އެއްފަހަރާ ޗުއްޓީ ނެގޭކަމަށް ތޯ ތިހީކުރަނީ؟
ބަލާބަލަ
08 January 2024
ބަލަ ތި ރިސޯތަކާއިހެދި ނެތެއްނު ކަމެއްވާކަށް. ކަލޭމެން އެކަނިތަ މިރާއްޖޭގައި އުޅެނީ . މޑޕ މީހުން ވޯޓު ހޯދަން ދައްކާހާ ވާހަކތަކުގެ އަވާގައިޖެހި ގަނެގެން ތިއުޅެނީ.
އަލީދފ
08 January 2024
ޓޫރިޒަމްގައި މަސައްކަތް ކުރާމީހުންނަށް ވުރެން ރާއްޖޭގެ ސުކޫލުގައި ކިޔާވާ ދަރިވަރުން ގިނަވާނެ، ކޯޗެކޭ ކިޔާކަށް.
މޮޅެތިވާހަކަ
07 January 2024
މޮޅެތި ވާހަކަ ނުދައްކާ! ކޮންދިރާސާއެއްކޮށްފައި ތިގޮތަށް ނިންމީ. އަނބިމީހާ ބުނާގޮތަށް ނިންމާނީ ގޭގެ ކަންތައްތައް. ރައްޔިތުންގެ ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް.
ސަނީސައިޑްބޮންޑް
07 January 2024
މިނިސްޓަރުވިޔަސް އަދިރޯނުއެދުރެއްނަމަވިޔަސް މަށަށްކިޔައިދީބަލަ މިގެންނަން އުޅޭބަދަލުން މިހާރުމިއޮތްގޮތާއަޅާ ބަލާއިރު ކުދިންގެ ތަޢުލީމަށް ވަކިލިބޭނެ ކުރިއެރުމެއް! ނުބުނެދެވޭހާހިނދަކު ބުނެވޭނީ މީކުރީސަރުކާރުން ކުރިކަމެއް ވީމާ އެކަންބަދަލްކުރަން ކުރާކަމެކޭ.
އޮނަރަބްލް އަފީފު ދީދީ
07 January 2024
ކަންކަމާއިމެދު ފިކުރުކޮށް ވިސްނާނަހަދާ ބަޔަކު ނުވަތަ "އަހަރުމެން ތިބިހިސާބާއި އަހަރުމެން ދާންޖެހޭހިސާބު" ނޭގޭ ނުވަތަ އެކަމާއިމެދު ނުވިސްނާބަޔަކު ދައުލަތް ނުވަތަ ދައުލަތުގެއިދާރީކަންކަން ހިންގުމާއިޙަވާލުވެއްޖެނަމަ މިފަދަ އެތައްކަމެއް ބޯމައްޗަށްވެއްޓޭނެ. # އިބްރާހިމްގެ ސަރުކާރުންކުރި ރަނގަޅު މަދުކަންކަމުގެތެރޭގައި ހިމެނޭކަމެއް ދިރާސީއަހަރުގެތާވަލަށް ގެނައިބަދަލަކީ. އެކަމަކު ކުރީސަރުކާރުންކުރި ހުރިހާކަމެއްގޯސްކުރަން ތިހެންހެދުން ރަނގަޅެއްނޫންއިގޭތޯ.