ހުޅުމާލޭގެ ކޮމާޝަލް ހަތް ބިލްޑިންއެއް ހެދުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: މިހާރު
09 ޖެނުއަރީ 2024 - 12:00
ހުޅުމާލޭގެ އާބަން އައިލްގައި ހަދާ "ސްޕައިން" އޭރިއާގެ ވިޔަފާރި ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަފުދުގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މި ޕްރޮޖެކްޓަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ.
ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ކުރިން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.
"ކޮމާޝަލް ސްޕައިން" ޕްރޮޖެކްޓްގެ ދަށުން ހަދަނީ ހަތް އިމާރާތެއް ގުޅުވައިގެންނެވެ. އެއީ ކޮމާޝަލް ހަތް އިމާރާތާއި ސަޕޯޓިން ހިދުމަތްތައް ދޭން ހަދާ އިމާރާތެކެވެ. އެތަންތަނުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް ހިދުމަތްތަކާއި އެންޓަޓެއިންމެންޓް ހިދުމަތްތަކާއި ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ.
ގާތްގަނޑަކަށް 290،000 އަކަފޫޓުގެ އެ ސަރަހައްދުގެ އިމާރާތްތައް ހަދަނީ 4-3 ފްލޯއަށެވެ. އާބަންކޯއިން ބުނީ، ގުޅުވާލައިގެން ހަދާ މި ހަތް އިމާރާތް ވާނީ އެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށް ކަމަށެެވެ. އެ ބިލްޑިންގަށް "ސްޕައިން" ކިޔާފައިވަނީ އެ އިމާރާތްތައް ގުޅާލާފައިވާތީ އެވެ.
މި ސަރަހައްދު ހެދުމުން ވާނީ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝަލް ޒޯނަށެވެ. ލެޝާ އަދި އެންޓަޓެއިންމަންޓް ހަރަކާތްތައް ހިމެނޭ އެ ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒަމް ފުޅާވާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އެ ސަރަހައްްދުގެ އިމާރާތްތައް ނިމުމުން އާބަންކޯއިން ވިޔަފާރިތަކަށް ބިލްޑިންތައް ކުއްޔަށް ދޫކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
10 January 2024
ދިވެހިރާއްޖޭގަ އިތުބާރުއޮތް ހަައެކަނި ކުންފުންޏަކީ ރެއިންބޯ. ދެންނެތް ކަމުދާބަޔަކު. ދެންތިބިއެންމެން އެއުޅެނީ ބުނާމުއްދަތަށް ތަނެއް ނުނިމިގެން. ބަލާބަޔަކަށް ފެންނާނެ. ފައިސާވެރިން ތިބީ މީހަކަށް އެއްޗެއް ދޭގޮތަކަށްނޫން. ދަރަންޏެއްނެގިޔަސް އިބޫހެދިހެން ނަހަދަންޏާ ރަނގަޅު. ދެންމިހާރު މިކަން ކުރެވޭންއޮތްގޮތަށް އެ ކުރަނީ. މަސައްކަތްކޮށް ނިންމީމަ ފައިސާ ދޭނީ އެތަންތަނަށް ވަންނަމީހުންގެއަތުން އަތުލާފަ. އެކަންވާނެތީ ކުރަންއެއުޅެނީ.
ޟިށާ
09 January 2024
ބޭކާރު ހަރަދު ކުރުން ހުއްޓާލަންޖެހޭ.. ރައްޔިތުންގެ ވޯޓެއްނުލިބޭނެ
ތުއްތޫގެ އިބުރާ
09 January 2024
އޯއި! ބަލަ މިޔަގެ އެއްވެސް ވިސްނުމެއް ނެތޭ ރާއްޖެތެރެ އަށް ކަމެއްކޮށްދޭ ކަށެއް
މިމްޔާުތު
09 January 2024
ތީ ޝޯ ޕީސް ޢިމާރާތެއް. ގައުމަށް ވަންނާނެ ބޭރު ފައިސާއެއް ކިޔާ ދީބަލަ ކޮންމެވެސް ކުއްޖަކު.
ކަރީނާ
09 January 2024
ތިތަނުން މާލޭ ނިކަމެތިންނަށް ގޯތި ލިބޭނެ ގޮތެއް ހަދާދީބަލަ
އޭނަ
09 January 2024
ދެން ހުޅުމާލޭގެ ބާކީ ބިންކޮޅު މާލޭ މީހުނަށް ހިބައިން ދިނީމަ ނިމުނީ.؟ އެ ބިންތަކުގަ އެކި ވަރުވަރުގެ ތަންތަން އަޅާފަ ހުންނާނީ ދޯ؟ ހުޅުމާލޭގަ އެތަނަށް ކަތާވަރަށް އެޕާޓްމަން ބިލްޑިންގ ތަކާއި ސާވިސް ބިލްޑިންގތައް ހަދާބަލަ. އެހެންނޫނީ ވާނީ މާލެހެން އަނެއް ގޮނޑަށް.
އެދުރު1
09 January 2024
ހުޅުމާލޭގައި އަލަށް ހަދާ އެއްވެސް އިމާރާރެއް 12 ފްލޯރއަށްވުރެ ކުޑަކޮށް ހެދުމަކީ ބުއްދިވެރިކަމެއްނޫން ބަޔަކު ކަމެއްކޮއްދޭން ހުރިއްޔާ އެކަމެއްވީ އެންމެ ފައިދާހުރި ގޮތަށް ވިސްނާފައި ކުރުމުން ފަހުން ރަގަޅުވާނީ
ތިމާވެށި
09 January 2024
ރިޓާން ލިބޭނަމަ މައްސަލަ އެއް ނެތެވެ.
ކޮރަލް
09 January 2024
މިވެސް ފާހަގަ ކޮށްލަން . ސަރުކާރުން އަމިއްލަ މީހުންގެގެ ތަކުން ކުއްޔަށް ހިފާފަ ހުރިތަންތަނާ އެތަންތަނަސް ސަރުކާރުން އަހަރަކު ހަރަދު ކުރާ ވަރު ނުސްވެރީންގެ ރިޕޯޓް އެއްގަ ހާމަ ކޮށްލަ ބަލާށެވެ. އަމިއްލަ އިމާރާތް ތައް ކުޔަށް ހިފަނީ ބޮޑޫ އަގުގަ އެވެ. ޑޮކްޓަރުންނާ ނަރުހުން ފަދަ ޕްރޮފެޝަނަލަް ކެޓަގަރީގެ މީހުން ކުއްޔަށް ތަންތަން ނަގާ ބަހައްޓަނީ ވަކި ބައެއް ގެ އިމާރާތް ތަކެއްގަ އެވެ. ސަރުކާރު ހަރަދު ކުޑަކުރަން ސަރުކާރުގެ އިމާރާތް ތައް ގިނަ ކުރަން ވީއެވެ.
ނަފީސާ އުމަރު
09 January 2024
އެޗްޑީސީ އިން ވަނީ މާލޭ ރައްޔިތުންގެ ބިންތައް ފޭރިގެންފަ ތިތަން އުވާލަންޖެހޭ.