މޭޔަރު ކަމަށް ހޮވުނު އާދަމް އާޒިމް. -- ފޮޓޯ: ފިޔާޒް މޫސާ/ މިހާރު
13 ޖެނުއަރީ 2024 - 22:14
މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކުރެއްވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
ބޮޑު ތަފާތަކުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް މޭޔަރުކަމަށް ހޮވުމުން އޭނާއަށް މަރުހަބާ ދަންނަވައި ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލާއި މޭޔަރަށް ދެއްވާނެ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގަތް އާދަމް ޢާޒިމްއަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މަރްޙަބާ ކިޔުއްވައިފި.
— The President's Office (@presidencymv) January 13, 2024
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެކަމަށް ވިދާޅުވި. pic.twitter.com/M9uuDnNDVx
ރައީސް އެގޮތަށް ވިދާޅުވިއިރު އެމަނިކުފާނު ކުރިން މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނަށް ތަފާތު ދަތިތައް ކުރި ކަމަށް ވިދާޅުވެފައިވެ އެވެ.
އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރުގެ ކެމްޕޭނުގައި ވެސް ރައީސް ވަނީ ސަރުކާރަށް ނިސްބަތްނުވާ ކެންޑިޑޭޓަކު ހޮވައިގެން މާލެ ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ޕްލޭނަށް ހުރަސްއެޅޭ ގޮތަށް "ރިސްކެއް" ނުނެގުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މި އިންތިހާބުގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 55 ވޯޓު ފޮށި ބެހެއްޓި އެވެ. މިހާތަނަށް ގުނިފައިވާ 41 ފޮށީގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އާޒިމެވެ. އާޒިމަށް ވަނީ 5،303 ވޯޓު ލިބިފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ލިބިފައި ވަނީ 3،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު ސައިފް ފާތިހަށް ލިބިފައި ވަނީ 1،634 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، ވޯޓުލާން ނުކުމެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސަންޓު މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާމާ މުހައްމަދު
15 January 2024
އުއްމީދު ކުރަން އާޒިމް ސަރުކާރަށް ޖެއްސުން ނުކުރާނެ ކަމަށް. ސަބަބަކީ ތާރީހުގައިވެސް އެއްމެ ގިނަ ކަންކަން ކުރާނެ ސަރުކާރަށް މިސަރުކާރު ވާނެ.
ހާމިދު ޝާހިދު
14 January 2024
ބޮޑަށް ބެލެވެނީ، ސަރުކާރުން އާރުސީސީ އަށް ދޭ ދެތިން ބިއަ ޕްރޮޖެޓްކާއެކު، އާދަމް އާޒިމް ޕީއެންސީއަށް ސޮއިކުރާނެހެން. ނޫންނަމަ، ނަމެއްގައި އެމްޑީޕީގައި ހުރެވެސް އޭނާ ތަންފީޒު ކުރާނީ މުއިއްޒުގެ މެނިފެސްޓޯ ތޯއެއްޗެއް!
ޔެލޯ ޕޭންތާ
14 January 2024
މިހާރު ދެން އެމްޑީޕީ މެނިފެސްޓޯ އޮޅާލާ. އެއީ ނަޝީދުގެ ކޮސް ޚިޔާލުތަކަށް ހަދާފައި އޮތް އުފެދުމުގައި ވެސް ބާތިލު އެއްޗެއް. އަމުދުން އެޖެންޑާ-19 އެކިޔާއެތި.
ރަސްމާލެ
14 January 2024
މުއިއްޒު އެއްބާރުލުން ދިނަސް ނުދިނަސް ރަސްމާލެއާ ނުބެހޭތި. އެއީ ކަލޭމެންގެ ޕާޓީ އެމްޑީޕީން ޑިސްކްރިމިނޭޓް ކުރި މީހުންގެ އުންމީދު. އެކަމާ މާބޮޑަށް ބެހެން ފަށައިފިއްޔާ ވޯޓުލާން އަލުން ނުކުންނަޖެހިދާނެ. އޭރުން ބަލިވާނީ ވޯޓުން. މިފަހަރު ވަކަރަށް މި ޖަހާލީ. ހަދާގޮތެއް ބަލަން މިތިބީ. މިހިސާބުން ވޯޓުން އަދި ނިމުނީއެއް ނޫން.
ޢެމެރިކާ
14 January 2024
އެމްޑީޕީ އިސް ބައެއްމީހުން އުޅެނީ ރާއްޖެ ހަރާބު ކުރަން
ސައިޚް
14 January 2024
ބަލަންތިބޭ ސަރުކާރުން ކުރާ ޖެއްސުން ، މުއިއްޒަކީ ފާޑެއްގެ މީހެއް.
ތިބިޔާން މުހައްމަދު
14 January 2024
ރަނގަޅު. އަބަދުވެސް ޖެހޭނެ ރީތި ގޮތް ދައްކަން.
ސުއާދު ސައީދު
14 January 2024
ރައީސް މުއިއްޒް މިވަނީ ޑިމޮކްރެސީގެ ގޮތުން ނަމޫނާ ދައްކާފަ. ޝުކުރިއްޔާ ރައީސް.
ދޮންކަމަނަަ
14 January 2024
އާޒިމާއަކީ މީހުން ބަލައިގަންނަ މީހެއް ނޫން. ސިޔާސީ މަތީފަޑިތަކުގައި ސިޔާސީ މީހުންގެ މެދުގައި މިކަމަނާގެ ނަން ހިނގިކަމުގައިވީނަމަވެސް އާންމުން އެމީހަކާއި ދޭތެރޭ އެހާ ހިތްހަމަޖެހޭ ބޭފުޅެއްނޫން. ގިނަ މީހުން ރުޅިއަންނާނީ. އާންމުނާއި ގުޅުން ބާއްވައި އާންމުގެ ލޯބި ހޯދުމަށް މަސަައްކަތްކުރެއްވި ކަމެއް އެނގިފައެއްނެތް. އެފަދަ މީހަކު ކެންޑިޑޭޓަކަށް ހެދީމަ ވާނީ މިހެން.
ޔޫޓޫ
14 January 2024
މުއިޒް ޢެކަން ކުރައްވާނެ ތިޔަކަމުގަ ފެއިލްވާނީ އެމް ޑީޕީ އާޒިމް މަރުހަބާ ޥިސްނާތި
ތޮރީގް
14 January 2024
ރައިސް ޑރ. މުއީޒު ވަރަށް ރަގަޅު... މޭޔަރު އާޒިމް އަކީ ތަޖުރިބާ ހުރި ފަރާތެއް... އެމްޑީޕީ އިން ހެސް ކިޔާފަ ކެމްޕޭން ކުރި... އާޒިމާ ޝުކޫރު ކުރިހާ ވެސް ކަމަކީ ޕޯސްޓަރު ބެހެއްޓުން... އެންމެ ފަހު ވަގުތު ދެތިން ޖަލްސާ އެއް ބޭއްވި.... ތަޖުރިބާ ނެތް ބޭފުޅުންނަށް ކެންޑިޑޭޓްކަން ދޭކަށް ނުވާނެ!!...