މިރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އާ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
22 ޖެނުއަރީ 2024 - 23:43
މި ސަރުކާރާ ރައްޔިތުން ހަވާލުކުރީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެހެންވެ، އެ ޒިންމާއާ "ސިޔާސީ ކުޅިސަމާސާ" ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާކުރައްވަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
"މިއީ ވަރަށް ބޮޑު އަމާނާތެއް އަޅުގަނޑު [މިރޭގެ ވާހަކަ] ފަށަމުން ދެންނެވި ގޮތަށް. އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް. ޒިންމާއެއް، މަސްއޫލިއްޔަތެއް. މި އަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ ރައްޔިތުން މަގުމަތި ވާނެ ކަމެއް. އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން،" އިދިކޮޅު އެމްޑީޕީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ދަރުބާރުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރީ އެ މީހުންނަށް އުފާފާގަތިކަން ގެނެސްދޭން ކަމަށާއި ހުންނެވީ އެ ޒިންމާ އަދާކުރެއްވުންމަތީގައި ކަމަށެވެ. އެ ކަން ފުރިހަމަ ކޮށްދިނުމަށްޓަކައި ކައުންސިލަރުންނާއި ރައްޔިތުންގެ މަންދޫބުންނާ އެކު ރެ އާއި ދުވާލު ކުރައްވަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މި ކަމުގައި އެންމެ ތަންކޮޅެއް ވެސް އިރާދަކުރެއްވިއްޔާ ފަރުވާކުޑައެއް ނުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނާ އެކީގައި ކައުންސިލަރުން މަސައްކަތް ކުރަން ތިބިއްޔާ ކައުންސިލަރުންނާ އެކީގައި ރެއާއި ދުވާލު މަސައްކަތް ކުރަން ތައްޔާރަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ދަރުބާރުގައި ރައީސް، ޑރ. މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ރައީސް ވިދާޅުވީ، ވެހިކަލްތައް ޕާކް ކުރުމަށް މާލޭގައި ހަދާ އިމާރާތްތަކުގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހު ފަށާނެ ކަމަށާއި އެ ދެމެދަށް ސިޔާސީ ކަންކަން ނުވައްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ބިން ހަވާލުކުރުން ލަސްކުރުން. މިވެނި ކުރެހުމެއް ފާސްކުރުން ލަސްކުރުން މި ހުންނަނީ އަޅުގަނޑު ކުރިން ދެންނެވިހެން ސިޔާސީ ކުޅިސަމާސާގެ ތެރޭގައި ރައްޔިތުން ތާށި ކުރެވޭނެ ކަމެއް ނޫން. އެ ފުރުސަތެއް ނުލިބޭނެ،" ވަރަށް ޖޯޝާ އެކު ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގެދޮރުގެ މައްސަލަ ނަގާފައި ދެން މާލެ އަށް އެންމެ ބޮޑުވެފައި ވަނީ މަގުތަކުގެ ފެންވަރު ދަށް މައްސަލަ އެވެ. ރައީސް މުއިއްޒު 2021 ގައި މޭޔަރުކަމުގެ މަގާމުގެ ހުވާކުރެއްވިއިރު، އޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދުވަސްވަރު މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއެއް ފަށާފައި އޮތް ކަމަށާއި އެކަމަކު އެ މަނިކުފާނުގެ މޭޔަރުކަމުގައި އެ މަސައްކަތް ކުރުމުގެ ފުރުސަތު އޭރުގެ ސަރުކާރުން ނުދިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ބޭނުންވަނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް އެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.
ބިން ހަވާލުކުރުން ލަސްކުރުން. މިވެނި ކުރެހުމެއް ފާސްކުރުން ލަސްކުރުން މި ހުންނަނީ އަޅުގަނޑު ކުރިން ދެންނެވިހެން ސިޔާސީ ކުޅިސަމާސާގެ ތެރޭގައި ރައްޔިތުން ތާށި ކުރެވޭނެ ކަމެއް ނޫން. އެ ފުރުސަތެއް ނުލިބޭނެ،"--- ރައީސް ޑރ. މުއިއްޒު
އެހެންވެ، ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ނިންމަވާފައި ވަނީ އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުން ހަމަޖެހުނު 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން އެންމެ ބޮޑު އިސްކަމެއް މާލޭގެ މަގުތައް ހެދުމަށް ދިނުމަށެވެ.
ޗައިނާގެ އެ ހިލޭ އެހީގެ ދެ ވަނަ މަޝްރޫއަކީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދު ވީމާ މި ސަރަހައްދަށް މީގެ އިމްޕެކްޓް އެންމެ ބޮޑަށް ބޭނުންވާނީ. އެހެންވީމާ މި ގޮތަށް ލިބުނު ހިލޭ އެހީ އަޅުގަނޑުމެން މި އިސްކުރީ އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާ ގޮަތަކަށް ކަންކަން ކުރަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އޭގެ އިތުރަށް އެކި ރަށްތަކުގައި ލެބޯރެޓަރީތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ބައެއް ރަށްތަކުގައި ބައެއް އެހެން ކަހަލަ، އެންވަޔަރުމެންޓަލް ރިލޭޓެޑް ބައެއް މަސައްކަތް ކުރުން ވެސް އޭގައި ހިމެނޭ."
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކު، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އޭރުން މަގުތަކުގައި ފެން ބޮޑުވުމާއި ޑިވޯޓަރިންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
23 January 2024
ތިޔަކުޅެނީ ސިޔާސީ ކުޅި މީގެ އެތައްސަތޭކަ އަހަރެއް ކުރިންފެށިގެން މީހުން ދިރިއުޅޭ ބޮޑެތި އާބާދީތައް އެތިބީ ވަޒިފާ ނެތިފަ ޓޫރިޒަމް ނެތިފަ ހދ އަތޮޅައް ބަލާލުމުން އެކަން އެބަފެނޭ ފަލަސްތީނު ރައްޔިތުންނާ ތަފާތެއް ނެތް ސިޔާސީ ކުޅިޔާހެދި ވާގޮތްމީ
ގޯތި
23 January 2024
ސާބަސް ރައީސް ދެން އަވަހައް ރަޖިސްޓްރީ ލިބިފަހިކިފަހުރި ގޯތިތައްވެސް ހަވާލުކޮށްދެއްވާ ގޯތިހަވާލުވި މީހުނަށް ވަށާފާރުރާނާލެވޭވަރު މަޖްލިސްއިންތިހާބުކުރިން މަގުފަހިކޮށްދެއްވާ
ކޮސް
23 January 2024
ބައްލަވާ މާލޭ ސަހަރާގެ ކަންތައް. މަނިކުފާނުގެ މޭޔަރުކަމުގައި ކާކު ކުޅިސަމާކުޅެގެންތޯ އެކަން ވީ. ސިޓީކައުންސިލްގައި ކުޅިސަމާ އޮތްވަރުން ދެއްތޯ ވެރިކަމަށް ވަޑައިގެންނެވުނީ. ކޮބައިތޯ ޔާމީނުގެ ގޮނޑި . ...
ޝަހުދީ
23 January 2024
މާލެ ސިޓީ ރައްޔިތުން މިހާރުވެސް މި ހެދީ މިސްޓޭކެއް މުއިއްޒު ބުނާގޮތައް. ރައްޔިތުން އެބަޖެހޭ މިކަހަލަ ކަންކަމަށް ވިސްނަން. އާޒިމް އަކީ ރަސްމާލެ ޕުރޮޖެކްޓް ހުއްޓުވަން އުޅުނު މީހާއެއްނުން
ސުހައިލު
23 January 2024
އާދަމް އާޒިމް ބޭނުންހާ ސަކަރާތެއް ނުޖެހޭނެ. ރައްޔިތުންނާ ގުޅުންހުރި އެއްވެސް މަޝްރޫއެއް ހުއްޓުވަން އުޅެފިއްޔާ އޭނަ އަތުން ހުރިހާ ބާރެއް ނަގަން ޖެހޭނެ
އައިޑީ
23 January 2024
މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާ އެކު އެމަނިކުފާނުގެ ޓާގެޓަކަށްވީ މޭޔަރުކަމުން ދިވެހިރާއްޖޭގެ ރައީސްކަމަށް ބަދަލުވުން. އާޒިމްގެ އެހާ ގަޓު އެބަހުރިތަ؟ ހެހެހެ
ކަނބިލި
23 January 2024
މުއިއްޒަކީ ވިޝަނަރީ ލީޑަރެއް. ރާއްޖެއަށް މިއަދު ބޭނުންވަނީ މިފަދަ ހަރުދަނާ ކެރޭ ލީޑަރުން. ރައްޔިތުން ގުނބޯ ހައްދައިގެން މަގުތަކުގައި ދަންބެރު ޖަހާ މީހުން ބޭނުމެއް ނޫން
އުމަރު ޒާހިރު
23 January 2024
މުއިއްޒު މޮޅުވާހަކަ ދައްކަނީ. ސިޔާސީ އޭ ކިޔައިގެން. މަނިކުފާނު ސިޓީކައުންސިލް ހިންގަމުން ދިޔައީ ސިޔާސީ ހާއްޔަކަށް އެތަން ހަދައިގެން. ކުރިހާ ބޭކާރު ހަރަދުތައް އެނގިދާނެތީ އެކަމާ ބިރުން ތެޅި ފޮޅެނީ!
ޝާޒިން މުހައްމަދު
23 January 2024
ސާބަހޭ ރައީސް. ތަރައްގީއަށް ހުރަސް އަޅިޔަ ނުދޭތި.
MySuperGreenDOTcom
23 January 2024
ހުރިހާކަމެއް މާބޮޑަށް މާލެ ސަރަހައްދަށް ކޮންސެންޓުރޭޓުކުރެވޭކަމަށް ފެނޭ! ރާއްޖޭގެ ފިއުޗަރއަކީ ލ.ގަން ފަދަބޮޑެތިރައްތައްކަމާމެދު ދެބަސްވެވޭކަށްނޯންނާނެ، މާލެސަރަހައްދު އެކަނިތަރައްގީކުރިޔަސް މުއިޒުތިޔަދެކޭ ގެދޮރުގެދަތިކަން ހައްލުކުރުމުގެ ހުވަފެނުން %1 ވެސް ކާމިޔާބުވާނެކަމަކަށްނުފެނޭ، ސަބަބަކީ މާލެސަރަހައްދުގައި ފުލަޓުތައް އެޅީމާ ކުލިވާނީދަށް، އިޖުރަކުރާމީހުންވާނީގިނަ، މިހާރުވެސް އަސްލުމައްސަލައަކީ އެކިބޭނުންތަކާހުރެ ހިޖުރަކުރާމީހުން ގިނަވުން
އަލްް
23 January 2024
ކުލި ދައްވެ ހިޖުރަ ކުރާ މީހުނަށް ލުއިކޮށް އުޅެވުމެއްނު މުހިންމީ. އަދި ބޭނުމަކީ ވެސް. ކޮސް ވާހަކަ ދައްކަނީ ބުރޯ. ރަގަޅު މާލެ ނޫން ބިން ބޮޑު ތަނެއްވެސް ތަރައްގީ ކޮށް އާބާދު ކުރުން ރަގަޅު. ލުއިގޮތަކަށް ބޯހިޔާވަހިކަން ލިބި އެއްތަނަކުން ހިދުމަތްތައް ލިބި އުފާވެރި ކަން މަތީ ދިވެހި އެންމެ ރައްޔިތުން ތިބުން އެއީ މުހިއްމު ކަމަކީ. އެއްފަސް ކުރުން އެ ކޮންމެ ސަރަހައްދެއްގައި ވިޔަސް އެމުހިންމު ކަމެއް.
MySuperGreenDOTcom
23 January 2024
@އަލްް: ކޮސްވާހަކަދައްކަނީ އަޅުގަނޑުތޯ، އަލްތޯ؟ މާލެސަރަހައްދުގައި ކިތަންމެ ފުލެޓެއްއެޅިޔަސް ކުލިދަށްވެ ހިޖުރަކުރާމީހުނަށް ލުއިކޮށްއުޅެވޭގޮތްވުމުގެ ފުރުސަތެއްނެތް، ކުލިދަށްވާނީ ދުވަސްކޮޅަކަށް، ސަބަބަކީ ހިޖުރަކުރާމީހުންގެ ޑިމާންޑާ އެއްވަރަށް މާލެސަރަހައްދުގައި ފުލެޓު ނޭޅޭނެތީ، އެކަންކުރަން އިތުރުބިމެއް ފަޅެއް މާލެކައިރީގަނެތް! ލ.ގަން ސަރަހައްދުގައި މާލެވަރުގެ 100 މާލެ ހިއްކާނެ ފަޅު އެބައޮތް އަދި ލ.ގަން އެކަނިވެސް އެކީ 6 އެއްކަ މާލެވަރުގެ ބިމެކެވެ.