އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު،"މިހާރު" އަށް އިންޓަވިއު ދެއްވަނީ: މިނިސްޓްރީން ބުނީ ސިލަބަސް ކަވަތު ކުރުމަށް އިތުރު ގަޑީގައި ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށް..-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 ޖެނުއަރީ 2024 - 15:15
ސިލަބަސް ކަވަރުކުރަން، އެކަޑަމިކް ކަލަންޑަރުގައިވާ ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމުން ބައެއް ސްކޫލުގައި އިތުރު ގަޑި ނަގައިގެން މިހާރު އަންނަނީ ކިޔަވައިދެމުންނެވެ. އެ ސްކޫލުތަކުގައި ރަސްމީ ދުވަސްތަކުގެ އިތުރުން ހޮނިހިރު ދުވަހު ވެސް އިތުރު ގަޑި ނަގައިދޭ ކަމަށް ބައެއް ސްކޫލުތަކުގެ ޓީޗަރުން ވަނީ ބުނެފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައި އެކަނި ކަމަށެވެ.
"އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއް. ހޮނިހިރު ދުވަހު އާންމުކޮށް ކިޔަވައިދޭން މިނިސްޓްރީން އަންގައިފައެއް ނުވާނެ. އަދި އެގޮތަށް ހުއްދައެއް ދީފައެއް ވެސް ނުވާނެ،" މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށް ގެންދާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ބުނަނީ ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމާ ގުޅިގެން، ސިލަބަސް ކަވަރުކުރާ ނަމަ ސްކޫލުގެ ރަސްމީ ވަގުތުގެ އިތުރުން ވެސް ގަޑިތައް ނަގައިދީ، ހޮނިހިރު ދުވަހު ވެސް ކިޔަވައިދޭންޖެހޭ ކަމަށެވެ.
އެކަމަކު، އެގޮތަށް ވަގުތު އިތުރު ނުކޮށް ވެސް ސިލަބަސް ކަވަރުކުރެވޭނެ ކަމަށް މިނިސްޓްރީން ދެކެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
MySuperGreenDOTcom
30 January 2024
މިރާއްޖޭގައި މަދުކަމެއްނޫނީ އަދިވެސް ހަމަ އެންމެކުރީގެގޮތައް، މިސާލަކަށް ދަރިންގެ ހަޟާނަތު މައްސަލައިގާ އަމަލުކުރާގޮތް، މަސްވެރިން އެންހިފާގޮތާ މަސްބާނާގޮތް، ދޯނިތައްބޮޑުވެ އޭސީ ހަރުކުރިޔަސް އަދިވެސް މަސްވެރިކަންކުރަނީ ޖާނުންފިދާވެގެން، ކިޔެވުންވެސް މިއޮންނަނީ އުމުރުން ދުވަސްތަކެއް ބޭކާރުވާ ގޮތައް، އަހަރަކު ގުރޭޑެއްބަދަލުކުރުމުގެ ބަދަލުގައި ކޮންމެ ހަމަހަކުން ދަށްގުރޭޑުތައް ބަދަލުކުރަންވީ! ބެލެހިވެރިންގެވެސް މުޅިއުމުރު ސުކޫލުދޮށަށް ދުއްވަދުއްވާ
މެއްކު
29 January 2024
10 މަސް ދުވަހުން ނުނިމިގެން އުޅޭ ސިލަބަހެއް 8 މަސްދުވަހުން ނިންމަން ބުނެފައި، ގަޑި އިތުރު ކޮށްނުދީ މި ނިންމާނެ ގޮތެއ އެެއްގޮތަކަށްވެސް ނޭގުނު. ދެން ޓީޗަރުން ވީ ކްލާސް ގަޑީގައި ހުރިހާ އެއްޗެއް ކިޔާލާފައި ކުދިންނާށް ދަސްވެއްޖެކަމަށް ނިންމާލަންތޯ.. ދަރިވަރުންނަށް އެއްޗެއ އެގުނަސް ނޭގުނަސް ހެޔޮދޯ.. މޮޅެތި ކަންތައްތައް ނިންމާއިރު މިއީ އަސްލުވެސް ކުރެވިދާނެ ކަމެއްތޯ ބަލާލާނަމަވެސް ރަގަޅުތާ.. އިންޑިޔާ މަތިންދާބޯޓު ބޭނުންނުކުރުމެކޭ މިއެކޭ ނެތް ތަފާތެއް
ކަންނެތް ޓީޗަރު
29 January 2024
ފޯމުގައި "ފުލީ އެޗީވްޑު"ޖަހާލީމަ ނިމުނީ، ޕޭރަންޓުން ހެޕީ! އެނގުނުތޯ ނޭނގޭތޯ ބަލާނެ ކަމެއް ނެތް
ކިތާބު
29 January 2024
ބަންދު ދުވަސް ތަކުގައި ކުދިން ސްކޫަލަށް ގެންދިޔުން ހުއްޓުވަން ޖެހޭ. ސްކޫލްގެ ހަރަކާތްތަށް، ކިޔެވުން ވެސް އޮންނަން ޖެހޭނީ ހަމަ ސެޝަން ގަޑީގައި. ދުވާލު ދެ އިރަށް ދަރިވަރުން ސްކޫލަށް ދާން ޖެހުން ހުއްޓުވައިދީ...
އަހުމަދު 110
29 January 2024
ފުރަތަމަ ޓެކްސްޓް ފޮތް ތައް އިސްލާހުކޮށްބަލަ. ދެން ގޮވާ ދިރާސީ ކަލަންޑަރުން ބޭރުން ކިޔަވައެއް ނުދެވޭނެއޭ. ފުރަތަމަ އިސްލާމް ފޮތަ މުރާޖާ ކުރޭ. ދިވެހި ބަހަށް. މިހާރު މިއުޅެނީ ކުދިންނަށް ދިވެހި ބަސްވެސް ފަހުމް ނުވެގެން އުޅޭއިރު އަދި އިސްލާމް ފޮތުގައި އެހެން ބަހަކުން އަދި ދިވެހި ރަދީފުގައ ނުހުންނަ ބަސް ތަކެއް ލައިގެން ކިހިނެތް ކިޔަވައި ދެނީ
ކައްކަ ނުކައްކަ
29 January 2024
މަނާ އެކަމަކު އޯކޭ
ކުދިންގެ ހުރިހާ ވަގުތެއް
29 January 2024
ސްކޫލް ގަޑިއަށްފަހު އަލުން ސްކޫލަށް ދާންޖެހުން ހުއްޓުވުން މުހިންމު.
ދޮން އަމާ
28 January 2024
މާލެއަށް ރާއްޖޭގެ ހުރިހާ އެންމެންނާއި ބަންގާޅު އެންމެން ޖަމާކުރަން އުޅުން ކަހަލަ ކަމެއް... ވާއެއްޗެއް ބަލަން ތިބެމާ.
ކިޔަވައިދިނުން ސިޔާސީ ސަކަރާތަކަށް
28 January 2024
މިނިސްޓްރީން ދެކެނީތާއެވެ. ކަންކުރާން ތިބީ ޓީޗަރުންނެވެ. އެމީހުންނަށް މަަސައްކަތުގެ މައިދާނުގައި އެކަން ކުރެވޭނެ ގޮތަށް އެކަންކުރަނީއެވެ. މިކަހަލަ އަންރިއަލިސްޓިކް ޑެޑްލައިން ދީފައި ކަންކުރީމައި ވާނެ އެތިވަނީއެވެ.
އަނދާން
28 January 2024
ކޮހާބޮޑު ކަމެއްތަ؟ ކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ. ދެން މާދަމާ ޕްރިންސިޕަލުން ބުނާނެ މިއީ ސިލަބަސް ނިންމާ ގަޑިއެއްނޫނޭ މިއީ އެންރިޗްމަންޓޭ. ދެން ޓީޗަރުން ވީ އަނބިދަރިންދޫކޮށް ހޮނިހިރުދުވަހުވެސް ހަތަރުދަމު ސްކޫލުގަ އުޅެން. ތިހާ ކެރޭނަމަ ސާފުކޮށް އަންގަބަލަ އެއްވެސް ސްކޫލެއްގައި އެއްވެސް ގޮތަކަށް ހުކުރު ހޮނިހިރު ދުވަހު ކުލާސްތަކެއް ނުގެންދެވޭނެޔޭ. ކީއްވެ އެހެން ނުބުނަނީ. ކަލޭމެން ބުނާތީ ޕްރިންސިޕަލުން ޓީޗަރުންނަށް އެވަރަށް މުސީބާތް ޖައްސަނީ.
ޓެރޭސް
28 January 2024
ޕާރިސަލްއަކަށް އަޅާފައިދީ.. އެއިރުން ކަވަރުވާނެ.