ފިނޭންސް މިނިސްޓްރީ. ކިޔަވާ ކުދިންގެ ކާޑު ލިމިޓު ބޮޑު ކުރުމަށް ދަތިތައް އެބަހުރި ކަމަށް އެމިނިސްޓްރީން މިރޭ ބުނެފައިވޭ -- ފޮޓޯ: މިހާރު
01 ފެބުރުއަރީ 2024 - 01:05
ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ބޮޑުކޮށްދޭން ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ލިމިޓު އިތުުރު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން މިހާރު ކޮންމެ މަހަކު 750 ޑޮލަރު ނެގޭ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެ އަދަދު މިއަދުން ފެށިގެން 1،200 ޑޮލަރަށް ބޮޑުކުރަން މިދިޔަ ޑިސެމްބަރު މަހު ކެބިނެޓުން ނިންމި ނިންމުމަށް އެކި ސަބަބުތަކާ ހެދި އަމަލު ނުކުރެވުމުންނެވެ.
އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ވެސް ބުނެފައިވަނީ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ބީއެމްއެލް އާއި އެމްއެމްއޭއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ބީއެމްއެލް އިން ނެގޭ ޑޮލަރުގެ އަދަދު މަތިކުރަން މި ސަރުކާރުން ނިންމި ތާރީހަށް އެކަން ނުވުމުން ނެރުނު ނޫސްބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑު އޮތް ގޮތާއި ހުރި ހުރަސްތައް ވެސް ދެނެގަންނަމުން އަންނަ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ޑޮލަރު ލިމިޓް އިތުރު ކުރުމުގެ ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް ބީއެމްއެލް އާއި އެމްއެމްއޭ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި ބުނީ އެ ސިޔާސަތު ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރަން ވެސް އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
"މި ސިޔާސަތު މި ވަގުތު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ، ދިވެހިރާއްޖޭގައި މި ވަގުތު ޑޮލަރު ޑިމާންޑް އަދި ހުރަސްތައް މިދަނީ ދެނެގަންނަމުންނެވެ. އަދި ކާޑު ލިމިޓް އިތުރު ކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭކަން ޔަގީން ކުރުމަށްޓަކައި، ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރަމުން ގެންދާ ކަމުގައި ވެސް ދަންނަވަމެވެ،" ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވު އިތުރު ކުރުމަށާއި ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރު ކުރުމަށްޓަކައި މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ބޭންކުތަކުން ގުޅިގެން ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮސްލާފަ
01 February 2024
ޙައްލުއޮތީ ކުރިމަތީގަ ފެންނަން އެކަމަކު ރާއްޖޭގަވެރިންގެ ނެއްއެހާ ހިއްވަރެއް، ރިސޯޓްއޯނަރުންގެ ޖީބުގަތިބޭބައެއް، ރާއްޖޭގެ ހުރިހާ ރިސޯޓެއްގެއިންކަމްގެ 35%މިތާ ބޭންކިންގ ނިޒާމުގެ ތެރޭގަ ބަހައްޓަން ޤާނޫނު ބަދަލުކޮއްލާ، ކިރޭނެ؟ދެންއެތެރޭގެ ހުރިހާ ޓުރާންސެކްސަންތަށް ދިވެހިރުފިޔާއިން ކުރާގޮތަށް ބަދަލުކުރޭ، އަހަރެމެން ބޭރު ޤައުމަކަށްގޮސް އަތުގައެތާ ރުފިޔާނެތިގެން ޑޮލަރެއް ދިނަސް ކެފޭ ޓެކްސީ ފިހާރަތަކުން ޤަބޫލެއްނުކުރޭ މާރުކޮއްގެން އެތާލާރި ދޭންޖެހެނީ
ހަސަން މުހައްމަދު.
01 February 2024
މިކަން ކުރެވޭނީ އިގްތިސާދުގަ ބުންވަރު ޖެހިގެން. އެކަން ކުރަން އަދުގެ ސަރުކާރުން އަޅާ ފިޔަވަޅުތައް ވަރަށް ރަނގަޅު.
އަފްރާސިޔާބު
01 February 2024
އެ ފިޔަވަޅަކީ މިނިސްޓްރީ އަކަށް 70 އިން ޕޮލިޓިކަލް މީހުން ވެއްދުންތަ؟ އެޅި ފިޔަވަޅެެއް އެޅީވެސް ރާއްޖެ ބަނގުރޫޓްވުމާ ދިމާއަށް.
އަހްމަދު ފަޒުހާދު
01 February 2024
މިކަމަށް ހައްލު ގެންނާނީ ސީދާ ރައީސް މުއިއްޒް. އިންޝާﷲ
އަހްމަދުﷲ
01 February 2024
މިކަން ނުޖެހޭނެ ނެތް އެއްޗަކުން ކުރަން. އިގްތިސާދަށް ބަލާފަ/އަންނަ ލޮޅުން ތަކަށް ބަލާފަ މިކަން ކުރަންޖެހޭނީ.
އާބިދު ސައީދު
01 February 2024
މިސަރުކާރުން ނޫން މީގެ ޒިންމާ ނަގަންޖެހޭނީ. ސީދާ ކުރީ ސަރުކާރުން.
ރީނާޒް މުހައްމަދު
01 February 2024
މިއީ ހަގީގަތް. އިނގޭތީ މިބުނަނީ.
އެނދިމަރިޔަނބު
01 February 2024
ދައްޗަކީ ކޮބައިތޯ؟ މިގައުމަށް މަހާ ފަތުރުވެރިކަން ވިއްކައިގެން އަދި އެމްއޭސީއެލްއަށް މަހަކު އެތައް މިލިއަން ޑޮލަރެއް ލިބޭ. ލިބޭ ޑޮލަރު އެމްއެމްއެއަކަށް ނުވަދޭ. އެމްއޭސީއެލުން މުސާރަ ދެނީ ޑޮލަރުން. ބައްސާމަށްވެސް އެފްއޭއެމަށް ލިބެ ޑޮލަރު މާރުކޮއްލެވޭ. އާންމު ރައްޔިތަކަށް ލިބޭނެ ޑޮލަރެއް އޮންނާނެތަ މިހެންވީމަ؟ ރިށޮޓުތަކުންވެސް ދައުލަތަށް ޑޮލަރުދެނަމަ ޑޮލަރު ހުންނާނެ. ކަންކަން ބޮއްސުންލާ ހަމައެއްލަމައެއް ނެތުނީމާ ވާނީ ތިޔަހެން.
މިހާދު
01 February 2024
ދެން ކީއްކުރަންތަ ހަމަ ތިބެލާފަ ހޮޅި ނިންމުން ނިންމަނީ.
އުދުހޭ
01 February 2024
ކުރެވޭނެތޯވެސް ނުބަލާ ކަންކަން ފާސްކުރާ ކެބިނެޓެއްތަ؟
އަސީލު
01 February 2024
އިބޫ ސަރުކާރުން ފޭބި ގައުމުގެ ރިޒާވު ދަވާލާފަ، ދެން ކޮން ޑޮލަރެއް ހުންނާނީ ގައުމުގަ