މާޒިޔާގެ އިސް ބޭފުޅުން: ސްޕޯޓްސް ކޮމިޝަނާ އެދުނު ފައިސާގެ ތަފުސީލު ކަނޑައެޅި ވަގުތުގައި ފޮނުވީ މާޒިޔާއިން އެކަނި --- ފޮޓޯ: ފައިލް ނިޝާން އަލީ | މިހާރު
05 ފެބުރުއަރީ 2024 - 11:47
އެފްއޭއެމުން ކްލަބްތަކަށް، މިދިޔަ ހަތަރު އަހަރު ދިން ފައިސާގެ ތަފުސީލު ހޯދުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައުލޫމާތު ކަނޑައެޅި ވަގުތުގައި ފޮނުވީ މާޒިޔާއިން އެކަނިކަން އެނގިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ސްޕޯޓްސް ކޮމިޝަނާ އޮފީހުން ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ ހަތަރު އަހަރު ފީފާ ނުވަތަ އޭއެފްސީން ފަރާތުން އެފްއޭއެމުން މެދުވެރިވެގެން ދިން ފައިސާ ހަރދުކުރި ގޮތުގެ ތަފުސީލު އިއްޔެގެ ދޭއް ޖެހުމުގެ ކުރިން ފޮނުވައި ދިނުމަށެވެ.
"މިހާރު" އިން ބެލި ބެލުމުން އެ މުއްދަތުގައި، ތަފުސީލުތައް ފޮނުވީ މާޒިޔާއިން އެކަންޏެވެ.
ކޮންމެ ކްލަބަކަށް ވަކިވަކިން، ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ފީފާ ނުވަތަ އޭއެފްސީގެ ފަރާތުން އެފްއޭއެމް މެދުވެރިކޮށް ކްލަބްތަކަށް ފައިސާގެ އެހީއެއް ލިބެމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެ ފައިސާ ހަރަދުކުރާ ގޮތުގެ ތަފުސީލު ވެސް ފީފާ ނުވަތަ އޭއެފްސީގެ ޕޯޓަލް އަށް އަޕްލޯޑްކޮށް އަދި އެ ތަފުސީލުތައް އެފްއޭއެމަށް ވެސް ކްލަބްތަކުން ހިއްސާ ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް، ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
އެ ތަފްސީލުތައް ހޯދަން ސްޕޯޓްސް ކޮމިޝަނާ އެންގުމުން، ހަތަރު ކްލަބަކަުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އަދި ބުރު ސްޕޯޓްސްގެ ފަރާތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަން ޕްރެސް ކޮންފަރެންސެއް ބާއްވާފަ އެވެ.
މިދިޔަ ބުދަ ދުވަހު މެންހަޓަން ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކްލަބްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އީގަލްސްގެ ޖެނަރަލް ސެކްރެޓަރީ ޖެނަރަލް ސެކެރެޓަރީ ސައީދު އަލީ ބުނި ގޮތުގައި މާޗް 31 ގެ ކުރިން އަހަރީ ރިޕޯޓް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މާލީ ބައި އެކަނި އަންނަ އާދިއްތަ ދުވަހު ދޭއް ޖެހުމުގެ ކުރިން ފޮނުވަން އެންގުމަކީ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ރަނގަޅު ނިޔަތެއްގައި ކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މި ސިޓީއަކީ، މިހާރު ކުރިއަށްގެންދަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބަށް ސްޕޯޓްސް ކޮމިޝަނާ ނުފޫޒު ފޯރުވުމުގެ ގޮތުން ފޮނުއްވާފައި އޮތް ލެޓާއެއް،" ޕްރެސް ކޮންފަރެންސްގައި ސައީދު ބުންޏެވެ.
އެ ހަތަރު ކްލަބަކީ، މިދިޔަ ބުރާސްފަތި ދުވަހު ބާއްވަން ކުރިން ހަމަޖައްސާފައި އޮތް އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި މުފާވިޒު ހާޝިމަށް ތާއީދު ކުރި ކްލަބްތަކުގެ ތެރެއިން ހަތަރު ކްލަބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
06 February 2024
ފަސްޓް ޑިވިޝަނުގައި މާޒިޔާ ފިޔަވައި ދެން ހުރީ ގޭންގްތަކެއް. ކްލަބްތަކޭ ކިޔާފަ ސިޓީ ފޮނުވިޔަސް އެމީހުން ނުދެނޭ ޖަވާބެއް. އެމީހުންގެ ހައިސިްއޔަތަކީ ގޭންގް. ސިޓީ ފޮނުވި ބަޔަކަށް މިކަން ނޭނގުނީތީ ދެރަ.
އިއްޕަޓޭ
05 February 2024
ފައިސާ ޚަރަދުކުރިގޮތުގެ ތަފްސީލް ފޮނުވަންޖެހުމުން ތެޅިފޮޅޭތަން ފެނިގެންމިދަނީ. ކީތްކުރާނީދޯ؟ ބައްސާމުމެންނާއެކު ނުލާހިކު އަރާމުގަ ލަގްޒަރީ އެޕާޓްމަންޓްތައް ގަނެ އަމިއްލަ ވިޔަފާރިތައް ފަށާ ސިޔާސީ ކެމްޕޭނުތަކަށް ފަންޑްކޮށް އުޅެނިކޮށް މިޖެހެނީ މިކަންތައްތައް ހާމަކޮށް އަމިއްލައަށް ބޭޒާރުވާން. ކުޅުންތެރިންނަށް ލިބެންޖެހޭ އުޖޫރަނުދީ ހިލޭސާބަހަށް އަޅުމަސައްކަތްކޮށް ގެންގުޅުނު ކުލަބުތަކެއް މިއީ. ވެރިންއުޅުނީ އަރާމާއި އިއްޒަތުގަ.
ޙީނާ
05 February 2024
މާޒިޔާ ނޫން ބަޔަކު މިގައުމުގަ ފުޓްބޯޅަ ކުރިއަރުވާކައް ނޫޅޭ ހުސް އަމިއްލަފައިދާ އައް އުޅޭ މީހުން އުޅެނީ
ކޮކީ11
06 February 2024
ބައްސާމް މާޒިޔާޔަށް އެހީތެރިކަން ދިނީމަ ތާ އެކުލަބު އެހެން ކްލަބްތަކާ ތަފާތުވީ.. އެފްއޭއޭމް ތެރޭންވެސް ކަންކަން މާޒިޔާއަށް މަގުފަހިވަންޔާ އެކުލަބްނޫން ތޯ ކުރިއަރާނީ. ދިވެހި ފުޓްބޯޅައިގެ ދިގު ތާރީޙެއް އޮތް ވިކްޓްރީ، ނިއުރޭޑިއަން، ވެލެންސިއާ މި ކަލްބަތަކަށް ދިވެހި ފުޓްބޯޅަ އިދާރާއިން އެއްބާރުލުމެއް ނުދީ އެކްލަބް ތަކުގެ ދުވަސް ދުއްވާލީ...