އެމްއޭސީއެލްގެ ޑީއެމްޑީ ކަމަށް އައްޔަނުކުރި ލަމްއާން (ކ) އަދި މުޖުތަބާ.
06 ފެބުރުއަރީ 2024 - 11:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަދުވަސްކޮޅަކަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ލަމްއާނާއި އެމްއޭސީއެލްގައި އިސްކޮށް ކުރިން މަސައްކަތް ކުރެއްވި މުޖުތަބާ ލަތީފެވެ. ލަމްއާން އެ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ 1 ފަ އެވެ. މުޖުތަބާ އަށް މަގާމު ދެއްވީ އިއްޔެ އެވެ.
މުޖުތަބާ އަކީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ، ކޮމާޝަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން 2020 ވަނަ އަހަރުގެ ތެރޭގައި ވަކިކުރީ އެމްއޭސީއެލް އަށް އާ ސީޕްލޭން ޓާމިނަލް ހިންގޭނެ ކަމަށް ވިދާޅުވާތީ އާއި ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ޓީއެމްއޭއަށް އެ ތަން ދޭން ދެކޮޅު ހެއްދެވުމުންނެވެ.
މުޖުތަބާއަކީ ޔާމީންގެ ވެރިކަމުގައި، އޭރު އެމްއޭސީއެލް ބެލެހެއްޓުމުގެ ޒިންމާއާ ސަރުކާރު ތެރެއިން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ޖެހުނު މައްސަލައެއްގައި، ވަޒީފާ ގެއްލުނު ބޭފުޅެކެވެ. އެކަމަކު އާ ސަރުކާރާ އެކު އޭނާ އަށް އަލުން ވަޒީފާ ދިނެވެ. އެމްއޭސީއެލްގެ ބައެއް ވެރިން ވިދާޅުވެފައިވާ ގޮތުގައި، އަލުން ކޮމާޝަލް ހެޑްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި މުޖުތަބާ ވަރަށް ބޮޑެތި ޕްލޭންތަކެއް ހެއްދެވި އެވެ. އޭގެ ތެރެއިިން އެއް ޕްލޭނަކީ އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ އޮނިގަނޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާނު
07 February 2024
މުޖްތަބާ ތިންފަށްނުވާނެ. ބޮޑުމީހަކަށްވީމަ ސިޔާސީ ވިސްނުންވެސް ހުންނާނެ. މިފަހަރު ހުރިހާކަމެއްދާނީ ހުއްބުލްވަތަންއެދޭގޮތައް.
އޮޅުންސުވާލި
06 February 2024
ހެޔޮނުވާނެ މުޅިގައުމު ހިންގާ ކުންފުނި ސިޔާސީ ނުކޮށްބަލަ ސަރުކާރުތަކުން.
ޒާމް
06 February 2024
މިމުޖުތަބާ ނުލާ އެމް ޢޭ ސީ އެލް ނުހިންގޭނެ.މުޖުތަބާ ޙެޓު ރިކު އެހެދީ.. މިދެން ކާކު..
ޢީސަ
06 February 2024
މިކަހަލަ ސިޔާސީ ކަންކަން ކުރަންއުޅޭތީބެ ތޯއްޗެއް އެމްޔޫ މަނިކް އިސްތިއުފާ ދެއްވީ. މުއިއްޒު އަކީ ގޮތްދޫނުކުރާ ވެރިކަން ކުރަން ނޭގޭ މީހެއް.
އޮނިގަޑު
06 February 2024
އޮނިގަނޑާއި ނުކުޅެވޭނެ.
ވާފިރު ސަމަދު
06 February 2024
މުޖުތަބާޔަކީ ކެރޭ އަދި ހިންގުން ތެރި މީހެއް.
ސަނައްޓޭ
06 February 2024
ކޮންމެ ސަރުކާރަކުންވެސް ބޮޑު މަގާމު ހޯދާ މީހެއް މި ލަމާން އަކީ. ދެން ފެންނާނީ އަނބި ގޮއްޔެ ގޮވައިގެން ދުނިޔެ ވަށް ބުރުޖަހާތަން. ފިސާރިކަމެއް މިއޮތީވާ
ޛިހަދު
06 February 2024
ކޮބާ ދެމަފިރިން ހަދައިގެން އުޅޭ ކޮމްޕެނީ
ޢަހީތު
06 February 2024
މީނާ މީ ކޯޕަރޭޓްގަވަނެންސް ޢިން މަތީ ތައުލީމް ހާސިލްކުރި މީހެކޯ ކިއާތީ އަޑުއެހިން
ސަމީރު
06 February 2024
އިއްޔެ ބުނި އެތި ކެންސަލް ، " ސިޔާސީ މަގާމްތަކަށް މީޙުން އައްޔަން ކުރުން "
ބަލާހޯދާ
06 February 2024
ލަމްއާން މީ ކޮންތާކުން ކިޔަވާވިދާޅުވި ބޭފުޅެއްތޯ؟
ކެޔޮޅުގެ ދަރި
06 February 2024
ޚިޔެވި އެއްވެސް ތަނެއް ނެތް. މަޖީދިއްޔާ އިން އޯލެވެލް ހެދި. ފާހެއް ނުވޭ.
ލަތީ
06 February 2024
ސިޔާސީ އެކުޓްވިސްޓުން. އެކަމް އިއްޔަ ވެސްބުނި ސިޔާސީމަގާމް ނިމްނީއޭ
ޢަހު
06 February 2024
ކުރިން ނިންމާފަ ހުންނަ ކަންތަށް ނޙައް އަރުވާނީ ލަހުން ލަމްޢާން ފެބް 1ގަ ވަޒީފާ ހަމަ ޖެއްސީ