ޚަބަރު / އެމްއެފްޑީއޭ

އަސާސީ ބޭސް ލިސްޓު ބޮޑުކޮށް، ނުހިމެނޭ ބޭހަށް އަމިއްލައަށް ހަރަދު ކުރަންޖެހޭ!

ރޯޝަނީ ބިލްޑިންގައި ހިންގާ އެމްއެފްޑީއޭ އޮފީހުގެ ނަން ބޯޑު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަސާސީ ބޭސް ލިސްޓު އަލުން އެކުލަވައިލުމަށް ފަހު، އެ ލިސްޓުގައި ނުހިމެނޭ ބޭސް އެ މީހަކު އަމިއްލަ އަށް ގަންނަން ޖެހޭ ގޮތަށް، ކޯ-ޕޭމަންޓް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާސަންދަ ލިބޭ ބޭސް ސިޓީއެއް ނަމަ އެ ބޭސް ސިޓީގައި ހުންނަ ހުރިހާ ބޭހެއް ކަހަލަ ގޮތަކަށް ދައުލަތުގެ އިންޝުއަރެންސް ނިޒާމުގެ ދަށުން މިހާރު ވެސް 100 ޕަސެންޓް ކަވަރުކުރެ އެވެ. އެކަމަކު، އެމްއެފްޑީއޭ އިން މިދިޔަ އާދިއްތަ ދުވަހު އިފުތިތާހުކުރި "ނޭޝަނަލް މެޑިސިން ޕޮލިސީ"ގައިވާ ގޮތުން، އަސާސީ ބޭސް ލިސްޓުގައި ނުހިމެނޭ ބޭހެއް ބޭނުންވާ ނަމަ އެ ގަންނަން ވަކި ނިޒާމެއް ގާއިމްކުރާނެ އެވެ.

އެކަމާ ގުޅޭގޮތުން، އެމްއެފްޑީއޭގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އަސާސީ ބޭސް ލިސްޓުގައި މިހާރު ހިމެނެނީ 400 ބޭސް ކަމަށެވެ. ނަމަވެސް، އެ ލިސްޓު އަލުން އެކުލަވައިލާއިރު ވަރަށް ގިނަ ބޭސްތައް ހިމެނޭނެ ކަމަށާއި އޭގައި ނުހިމެނެނޭނީ އޮފިޝަލް ވިދާޅުވި ގޮތުގައި، ވަރަށް މަދު ބޭހެކެވެ.

"އެ ލިސްޓުގައި ނުހިމެނޭ ބޭހަށް އަމިއްލަ އަށް ފައިސާ ދައްކަން ޖެހޭނީ. އެކަމަކު އެއީ ފުލްކޮށް ނޫން. އާސަންދަ އިން ކޮންމެ ވެސް ވަރަކަށް ކަވަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޕޮލިސީގެ ދަށުން ހަދަންޖެހޭ ގައިޑްލައިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ބޭސް ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި ސްޓެންޑާޑް ޓްރީޓްމަންޓް ގައިޑްލައިން ހިމެނެ އެވެ.

އެއާ އެކު، ރާއްޖެ އަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެސްޓީއޯ އިން ވެސް ދެން ސަމާލުކަން ދޭނީ އެ ލިސްޓަށް ކަމަށް ޕޮލިސީގައި ފާހަގަކޮށްފައި ވެ އެވެ. އެކަމަކު، އޭގައި ނުހިމެނޭ ބޭސްތައް ރާއްޖެ ގެންނާނެ މެކޭނިޒަމާއި ރައްކާކުރާނެ އަދި ބަލި މީހުންނަށް ދިނުމަށް ވަކި މެކޭނިޒަމެއް ގާއިމްކުރާނެ ކަމަށް ވެސް ޕޮލިސީގައި ވެ އެވެ.

އެމްއެފްޑީއޭގެ އޮފިޝަލް ވިދާޅުވީ، އެ ބަދަލުތައް ގެނައުމުން ކޮންމެހެން ބޭނުން ނުވާ ބޭހަށް ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ.

"އެސެންޝަލް މެޑިސިން ލިސްޓުގައި މިހާރު 400 ބޭސް ހުއްޓަސް އެ ލިސްޓު ބޮޑުވެގެންދާނެ ކޮންމެ ބައްޔަކަށް ސްޓެންޑާޑް ޓްރީޓްމަންޓް ގައިޑްލައިން ހެދުނީމާ. މިހާރު ވާ ގޮތަކީ، ކޮންމެ ތަނަކަށް ދިޔަސް އެ ޑޮކްޓަރު ބޭނުން ބޭސްތަކެއް ލިޔެލަނީ،" އޮފިޝަލް ވިދާޅުވި އެވެ.

"ފުރަތަމަ ޓެސްޓެއް ނުހަދާ ވެސް ބޮޑެތި އެންޓިބަޔޮޓިކާ އެއްޗެހި މި ދެނީ. އެކަމަކު، ސްޓެންޑާޑް ޓްރީޓްމަންޓް ގައިޑްލައިން ހެދުނީމާ އޭގައި ހުންނާނެ ސްޓެޕް ބައި ސްޓެޕް، މީހަކު އެންމެ ފުރަތަމަ ބަލިވެގެން ދިޔައީމާ ދޭނީ މިވެނި ހާލަތެއްގައި މިވެނި ބޭސްތަކޭ. އެ އަށް ލުއިކަމެއް ނުލިބިއްޖެއްޔާ ދެން ދާންޖެހޭނީ މިވެނި ބޭސްތަކަކޭ. އެހެންވީމަ، ޑޮކްޓަރަކު ބޭނުންވާ ބޭސްތަކެއް ނޫން ލިޔާނީ. އެ ގޮތަށް ގައިޑްލައިންތަކުގައި ހިމެނޭ ބޭސްތައް ހުންނާނީ އެސެންޝަލް ލިސްޓުގައި ހިމެނިފައޭ."

ކުރިއަށް އޮތް ހަ އަހަރު ދުވަހަށް އެމްއެފްޑީއޭ އިން ހެދި ޕޮލިސީ މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އާއްމުންނަށް ބޭނުންވާ ބޭސް، ތަފާތުކުރުމެއް ނެތި އަދި އެކަށީގެންވާ ވަގުތުގައި ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ހެދުމަށެވެ.

39 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 6%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިހާރު ތުއްތު

15 February 2024

އެހެންވީމާ ކްލިނިކް ތަކަށް ފައިދާ ވާނީ! ކޮންމެ ހަފްތާއަކުން ޑޮކްޓަރަށް ދައްކަންޏާ ކޮންމެ ފަހަރަކު 450

The name is already taken The name is available. Register?

ދީމުގުރާތުސް

15 February 2024

ރަނގަޅު ޕްރޮގްރެސްއެއް. މިފަދަ ސޯޝަލް ނިޒާމުތައް ފުރިހަމައަށް ސްޓްރަކްޗާކޮށް، އެކަށޭނޭގޮތަކަށް ބައްޓަންކުރެވެންޖެހޭ.

The name is already taken The name is available. Register?

SIGN IN

15 February 2024

ބޭސްސިޓީ އަށް ސަލާން ޖެހުމުގެ ސަގާފަތް އާލާ ކުރަން ޑރ މުއީޒު ކުރައްވާ މިންނެތް މަސައްކަތަ ހިތުގެ އަޑިން އަށްސަރި ބަހާ ސާބަސް.

The name is already taken The name is available. Register?

ދަންމާނު

15 February 2024

އެހެންވީމާ ކޮންމެހެން ފުރަތަމަ މަރުހަލާގައި ޑރ އަކަށް ދެއްކުމުގެ ބޭނުމެއްނެތްތާ، މިވެނި ކަހަލަ ކަމެއް ދިމާވެގެނޭ މިއައީ ބުނީމާ ފާމަސީގަ އިންނަކުއްޖާ ޕޯރޓަލްއިން ބަލާފަ އެކަމަކަށް އޮންނަ ބޭހެއް ދޭނެތާ! ވަރަށް ރަގަޅު ބަދަލެއް! ޑރ ދައްކަންކަން ކިޔޫގައި ދެގަޑި ތިންގަޑިއިރު ހޭދަކުރަންޖެހުމަށް ނިމުމެއް ގެނައިތީ. ކުލިނިކަށް ގޮސްސިއްޔާ އެ އެބަނަގާ 3-4 ސަތޭކަ ރުފިޔާވެސް. ވަގުތަށާއި ޖީބަށް ތިގެނެސްދީން ލުޔަށް ޝުކުރިއްޔާ!؟

The name is already taken The name is available. Register?

ލިބޭނެތަ

15 February 2024

ޑރ އަށް ނުދައްކާ ސީދާ ފާމަސީއިން ބޭސް ލިބޭނެތަ؟

The name is already taken The name is available. Register?

ޑައެބެޓިކް

15 February 2024

ޢިންސިއުލިން ބޭނުންވާފަރާތްތަކަށް މިހާރު ދެމުންގެންދާ ޑިސްޕޯސަބްލް ޕެން ދިނުން ބަދަލުކުރިޔަސް މިލިއަނުން ސަލާމަތްކުރެވޭނެ. ހާދަ ބޮޑު އިސްރާފެކޭ އެކުރަނީ.

The name is already taken The name is available. Register?

ކޮރަލް

15 February 2024

އާސަންދަ މިލިއަނަރުންނަށް ދޭނެ ކަމެއްނެތެވެ .ސިޔާސީ ބޮޑެތި މީހުން ވެސް ދެތަނުން އިންޝޫރެންސް އެބަ ނަގަ އެވެ . އާސަންދަ ދޭން ވީ އާދއިގެ އަދި މެދި ފަންތީގެ މީހުންނަށެވެ.

The name is already taken The name is available. Register?

ހަހަ

17 February 2024

މެދުފަންތީގެ މީހުން އެކަނި ދޯ ޓެކްސް ދައްކަނީ

The name is already taken The name is available. Register?

ދެދޮރު

15 February 2024

ގޮތް ގޮތް ހަދަމުންގޮސް މިކަން ނިމޭއިރު ހުރިހާ ބޭހެއްވެސް ޖެހޭނީ އަމިއްލަ އަށް ފައިސާ ދައްކާފަ ފުރިހަމަ އަގުގަ ގަންނަން! މިއީ އާސަންދައިގެ ނިމުމުގެ ފެށުން...

The name is already taken The name is available. Register?

MySuperGreenDOTcom

15 February 2024

އާސަންދަ ލިމިޓުކުރާށޭ..! އޭރުން ފަރުދީޒިންމާނަގަން ހަނދާންވާނެ، ތިޔަހެން ނޯލިމިޓުކޮށް އޮތީމާ ކެއްސާލިޔަސްގޮސް ބޭސްފުންޏެއްނަގާފައި އުކާލަނީ، އަދި ކުލިނިކުތަކާ އޭޑީކޭއާ އިންޑިޔާގެ ހޮސްޕިޓަލްތަކުން ބަލިމީހާލަށްވާ ބޭކާރުޓެސްޓުތައްހަދުވާ ކާންނުޖެހޭބޭސްތައް ލިޔެދީ އާސަންދައިން ކުރަނީ ވައްކަން! ލިމިޓުކުރިޔަސް ހާއްސަހުއްދައެއްގެ ދަށުން ބޮޑެތިބަލިތަކަށާއި ދާއިމީބަލިތަކަށް އާސަންދަައިގެ ލިމިޓު އިތުރުކޮށްދެވޭނެ!

The name is already taken The name is available. Register?

ކީކޭ

15 February 2024

ކީކޭ؟ ޑޮކްޓަރުބޭނުން ބޭހެއް ނުލިޔެވޭނެޔޭ؟ ދެން ތިތާ އެޑްމިން ކުއްޖަކަށް ދޯ ދައްކަންވީ ބަލިވީމަ

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

15 February 2024

ޢާސަންދާ އަކީ ރާއްޖޭ އަދި ރާޢްޖޭން ބޭރު ހޮސްޕިޓަލް ތަކުގައި ހިންގާ ކޮރަޕްޝަންގެ ބޮޑު ހާއްޔެއް! ޢެބަތިބި ނޫންތޯ ކޮވިޑް ތެރޭ މަހުޖަނުން ނަށް ވެ ރިސޯޓް ގަނެގެން އުޅޭ ސިއްހީ ދާއިރާގެ ބޭބޭ ފުޅުން.. ހަމައެކަނި ބޭސް ސިޓީ އެއްނޫން މުޅި އާަަސަންދަ ފުށުން ޖަހާ އޯވާރހައުލް ކޮށް އަޑީ ތެޔޮ ބަދަލުކުރަންޖެހޭ!!!! މިކަން ވާނޭބާ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454