މީހަކު ވޭޕްކުރަނީ: އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވޭޕު ގެންދާ މައްސަލަ ބޮޑުވުމުން އެކަން ނުކުރަން ވަނީ އިލްތިމާސްކޮށްފައި.-- ފޮޓޯ: މިހާރު
22 ފެބުރުއަރީ 2024 - 14:09
އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވޭޕު އަދި އީ-ސިނގެރޭޓް ގެންދާ މައްސަލަ ބޮޑުވުމުން އެކަން ނުކުރަން މިއަދު އިލްތިމާސްކޮށްފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ ގަވާއިދުގެ ދަށުން އީ-ސިނގެރޭޓް އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއް އިންޑިއާއަށް އެތެރެކުރުމާއި ބޭރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ޕޯސްޓުކުރީ އިންޑިއާ އަށް ދަތުރުކުރާ ބައެއް ފަސިންޖަރުން އީ-ސިނގެރޭޓް އަދި ވޭޕް ގެންދާ މައްސަލަ އާންމުވެފައި ވާތީ ފަސިންޖަރުންގެ ސަމާލުކަމާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
"ހޭންޑް ލަގެޖަށް ނުލައި ދޫކޮށްލާ ލަގެޖަށް ލައިގެން އީ-ސިނގެރޭޓް ނުވަތަ ވޭފް ގެންދިޔަސް ރަނގަޅުވާނެ ކަމަށް ހީކޮށް ވެސް ބައެއް ފަސިންޖަރުން މި އެއްޗެހި ގެންދެވިފައި އެބަހުރި. އެހެންވެ މިކަމަށް ސަމާލުވުމަށް މި އިލްތިމާސްކުރީ،" އޭނާ ވިދާޅުވި އެވެ.
Attention all travelers to India. pic.twitter.com/7W7BwP3eyt
— MaldivianAero (@MaldivianAero) February 22, 2024
ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމު ކަމަށްވާ އިންޑިއާ އަށް ވައިގެމަގުން އީ-ސިނގެރޭޓާއި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމާއި ބޭރުކުރުން މަނާކުރީ 2020 ވަނަ އަހަރު އެވެ. އަދި އިންޑިއާ ސަރުކާރުން އެ ގައުމުގައި އީ-ސިނގެރޭޓް އަދި ވޭޕް ބޭނުންކުރުން މަނާކުރީ 2019 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުމްރީ
23 February 2024
ދިވެހިންނަކީ ކަމެއް ފަށައިފިއްޔާ ދެވި ހިފާ ބައެއް ބީހަލާކު
އަލީ1010
22 February 2024
އަމީތާބަކީ އެކި ވައްތަރުގެ ދުންބޯ މީހެއް. އިންޑިއާގައި ހުރިހާ ވައްތަރެއްގެ ދުމެއް ލިބެން ހުންނަ އިރު ދިވެހިންވެސް ވެއްޖެ އެތަނަށް ވޭޕް އެތެރެކުރަން. ބޯހަލާކު
މިފަހަރު
22 February 2024
އިންޑިއާ - 1 ރާއްޖެ - 0 ވޭޕު މަނާކުރަންޖެހޭ. މިކަމުގައި އިންޑިއާ ކުރި ހޯދައިފި
ކައުންސެލަރު..
23 February 2024
އިންޑިޔާއަކަސް މިފަހަރު ތިޔަކުރީ ރަނގަޅުކަމެއް.
ދެރަ
22 February 2024
ދިވެހިރާއްޖޭގައި މަނާ އެއްކަމެއްވެސް ނޯންނާނެ
ޙިނި
22 February 2024
މި ޥޭޕްކުރުން ރާއްޖޭގައި މަނާނުކުރެވޭ ސަބަބަކީ ކޮބައިބާ؟
ސޭބޫ
22 February 2024
އަމީނުގެ ވެރިކަން ވައްޓާލިހެން ވެރިންކަން ވައްޓާލާފާނެތީ. އަމީނުފަދަ ކެރޭމީހަކު މިތާ ނެތީ.
ކޮމެންޓޭ1
22 February 2024
މިހާރު ވޭޕްގެ ގޮތުގަ މަސްތުވާތަކެތީގެ ތެރެއިން ކެނަބިސް ވެސް އެބަ ބޭނުންކުރޭ . ވޭޕް އަށް ދެވިހިފާފަ ތިބި ސްކޫލް ފުރައިގެ ކުދިން އެޔާދިމާލައް ދިއުން ވަރަށް ގާތް. ދައުލަތުން ވޭޕް އެތެރެ ކުރުން ހުއްޓުވަންޖެހޭ. ޑިމޮކްރަޓިކް ވެގެން ހުރިހާކަމެއް ހުއްދަކޮއްގެން ވާކަށް ނެތް
ބުޅާގޯނި
22 February 2024
މަވެސްދުންފަތާ ދެކޮޅު އެކަމުބުނަން އިންޑިޔާގަވެސް މަދެއްނޫން ތިކަންތައްކުރާމިހުނެތް އެމީހުން އުފައްދާ ބިޑިނުގަންނާތީ އެކަމާ ޖޭވެގެން ދިވެހިން ނަކީވަރައް ސްމާޓް ބައެކެވެ އިންޑިޔާ ބިޑިއެއް ދިވެހިން ނުބޯނެ އެކަމާ ޖޭވަނީ އިންޑިޔާ އިންޑިޔާގެ ގާނޫނުނަށް އިހުތިރާމް ކުރަންވާނެ ހުރިހާދިވެހިންވެސް
ރަދީފު ބިން ރަފައިދާ
22 February 2024
ދިވެހިންހާ ގޮތްކުޑަ ނުލަފާ ބޯހަރު ބަޔަކު މިދުނިޔޭގާ އުޅޭނެބާ؟
ވެންގަބޯ
22 February 2024
ނުލަފާ ބޯހަރު ބަޔަކު މިދުނިޔޭގާ އުޅޭނެބާ ނޭގޭތަ އުލޭކަމެއް ޔަހޫދީން އެއީ ބޯހަރު ނުލަފާ ޖައްބާރުން އިގިއްޖެތަ ރަދީފު ބިން
ރިތިކު ރޯޝަން
23 February 2024
ދިވެހިންނަ ވުރެ ޖާހިލު ބަޔަކު ނޫޅޭނެ. ޔަހޫދީން ހުރިހާ ގޮތަކުން ދިވެހިންނަވުރެ ރަގަޅުވާނެ. ދިވެހިންގެ ތެރޭ އުޅޭތައް ނޯބަލް ޕުރައިޒް ލިބިފަހުރި އެކަކުވެސް؟
މިޖީލު
22 February 2024
އާޖީލުގެ މިހާރުގެ ޒުވާން ގިނަ ދިވެހިންނަކީ ހުރިހާ ޖާހިލު ކަމަކުން އެމީހުންގެ ގަޓް (ބޯދިގުކޮއްފަ ތިމާނުރުހިއްޖެނަމަ ގަޔަށް ބޮލައްއަރާ އައުގްރާނަ ގޮވާ ) އެހެން މީހުންނަށް ތިމާގެ ގަޓް ދައްކާ ނުލެވިއްޖެޔާ ނުވެސް ނިދޭ ޖީލެއް- ނަފްސާނީ ޖާހިލު ބަލިމަޑުކަމެއް އާޢްމުވެފަ ބޮޑުވެފަ ވާ ޖީލެއް
ފެންނަވަރު
22 February 2024
މިބާވަތުގެ ތަކެތި މަނާ ކުރިޔަސް ނުހުއްޓުވެނީ ޤައުމުގައި ތިބި ބޮޑު ބޮޑެތިން މިތަކެތި ހިއްޕަވާތީ.ި މިހާރު ހުނެނެވި ޓއރޒމ މނސޓރ ފެންނަ އިރަށް ހީވަނީ ސިނގިރެޓް ފޮޢްޓެއް އެއްފަހަރާ ހިއްޕަވާ ބޭފުޅެއްހެން.
ޓއރޒމ މނސޓރ
22 February 2024
ޕލ ނކރ