ގުޅިފަޅުން ފުރަތަމަ ގޯތި ލިބުނު އަހްމަދު ޝާކިރަށް ކުރީގެ ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ) ގޯތީގެ ރަޖިސްޓްރީ ކުރަނީ: -- ފޮޓޯ: ނިޝާން އަލީ / މިހާރު
25 ފެބުރުއަރީ 2024 - 09:19
ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަނަށް 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގޯތި ދޫކުރީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ.
އެ މަސައްކަތުގެ ދަށުން މިހާތަނަށް ކުރިއަށް ގޮސްފައިވާ މަސައްކަތުގެ ތަފުސީލު މީޑިއާއާ ހިއްސާކޮށް، ހައުސިން މިނިސްޓްރީން ބުނީ 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާއިރު ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ 118 މީހަކާ ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހަކު ވެސް އުޅެ އެވެ. އަދި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާތީ ސޮއެއް ނުކުރެވެ އެވެ. ބިން ލިބުނު ފަހުން 12 މީހަކު މަރުވި އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެ އެވެ. އެކަަމަކު، އެއީ ކޮން ސަބަބުތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު 212 މީހަކާ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނިގޮތުގައި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ދެ ވަނަ ފުރުސަތެއް ވެސް ދީފަ އެވެ.
އެ ސްކީމުގެ ދަށުން ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރެވި ވާ މީހުންނަށް، އެ ހަވާލު ކުރުމަށް ކުރުމަށް ގުޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިން ކަމަށް ވެސް ބުންޏެވެ.
ކުރީގެ ސަރުކާރުން ހިންގި އެ މަޝްރޫއުއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ޝަކުވާ އޭސީސީ އަށް ކޮށްފައިވާތީ އެކަން އެ ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު މި މަޝްރޫއު މިހާތަނަށް ނުހުއްޓުވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮނިކް
25 February 2024
މާލޭގަދަރުވެރިންނަށް ލިބުނީމާ އޯކޭވާނެ. ނިކަމެތި ކޫލީއަޅުންނަށް ލިބިއްޖެނަމަ ހަލާލުނުވާނެ. ދިހަބަކަރި ކައްކާފަ މާލޭގެ މުއްސަދިންނަށް ދިނަސް ބަލާނެ ކޮންމެވެސް ބަޔަކު ބާނައިގެންވިޔަސް ކަޓުވައިލެވޭތޯ. މާލެއިން ބޯހިޔާވަހިކަމެއް ރާއްޖެތެރޭމީހަކަށްލިބޭނީ ސަރުކާރުގެ ވަށައިގެން އެބުރޭ ނަގޫރޯޅިވައިގައުޅެގެން. އެހެންނޫނީ ލިބުނަސް ދަމައިގަންނާނެ. ތަޖުރިބާ ކޮށްފަ މަގޯތީވެސް އެގުރިމެންޓްގައި ސޮއިކުރަން ގުޅަނީ ގުޅަނީގަ 21 އަހަރުމިވީ. އަދިވެސް ވީނުވީއެއްނޭގޭ
ބަބޫ
25 February 2024
ކޮބާހޭ ފްލެޓު؟ އަޅެ އެއީ ނިކަމެތިންގެ ހައްގެކޭ. ހައްގަކަށް އަރައިފަ ދާންއޮޔްތަން ވަރަށް ހިތިވާނެ. ބޮޑެތި ވިޔަފާރިވެރިންނާ މާލޭގެ ގެދޮރުވެރިން އިތުރަށް މުއްސަނދި ކުރަން ބަހާ ބިންތަކެއްތީ. ތީގެ ފައިދާ ދެސަރުކާރުންވެސް ނެގީ. ސިޔާސީ ހުރިހާ ޕާޓީއެއް ގުޅިގެން ރައްޔިތުންގެ ހަރުމުދާ ނަހަމަ ގޮތުގަ ބޭނުން ކުރަނީ. އިންޑިޔާ އެކޭ ރާއްޖެ އެކޭ ހަމަހަމަ މިހާރު
މަގޭއަޑު
25 February 2024
ނަޝީދު ފުލެޓް އަޅަން ފެށުމުން މަލާމާތްކޮށް ފުލެޓުދޮންބެގެ ނަމުންނަންދިނީ ޔާމީން. އެފުލެޓުތައްބެހުމާއި އަލުންގިނަފުލެޓުތަކެއް އަޅައި ޔާމީންގެސަރުކާރުން ބޭނުންވި ގޮތަކަށްބޭނުންވި ބަޔަކަށްއޮތީ ބަހާފައި.ޞާލިޙުވެސް ފުލެޓުއަޅައި ކަޑަޖަހައި ބޭނުންވި ބަޔަކަށްބެހީ. އެއީވެސްހަމަދިވެހިރައްޔިތުން. ދެން އެއަތުލާ ވާހަކަބާއްވާފަ، އެލިސްޓަށް ފުލެޓާއި ގޯތި ދީބަލަ. އެއީވެސް ހައްގުވެރިންނޭ. ދެން މަނިކުފާނުވެސް ފުލެޓު އަޅައި ކަޑަޖަހައި މަނުކުފާނުގެ ލިސްޓަށް ބަހާލާ.
އަފްރާސިޔާބު
25 February 2024
ފްކެޓް ދޮންބޭގެ ފްލެޓޭ ޔާމީނު ވެސް އެޅީ. އިބޫ ވެސް އެޅީ މުއިއްޒުވެސް އަޅާނީ. މިހާރު ކިޔަންވީ މުއިއްޒަށް ފްލެޓް ދޮންބެގެ ލަގަބު ބަދަލު ކޮށްގެން.
ޏަނާ
25 February 2024
ތި ކަމަކީ އޭސީސީން ތަޙްޤީޤް ކުރިއަށް ގެންދާ ކަމެއް! ފްލެޓް ކަންތަކުގައި ތަހްޤީގް ކުރިއަށް ގެންދާތީ ފްލެޓް ހަވާލު ނުކުރި ގޮތަށް ތިޔަ ކަންތައްވެސް ހުއްޓުވަން ޖެހޭ!
އިބްރާ1
25 February 2024
ތި 8250 މީހުނަކީ ޕީއެންސީގެ މެމްބަރުންދޯ. ނިކަން ލިސްޓް ނެރެލަބަލަ.
82 ބިލިއަން ރުފިޔާ
25 February 2024
82 ބިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭ.
މުޒައްފަރު
25 February 2024
ބަލަގަ ބިމެއްގެ އަގު އުފުލުމަކީ އެބިމެއްގެ އަހުލުވެރިންނަށް އެބިމުން ގޯތި ލިބުމުން އިސްތިސްނާވާން ޖެހޭ ކަމެއްނޫނޭ.....
ނުއުމާން
25 February 2024
ހަފްތާ 14 ގަ . ކުރަން ބުނިކަން މިއޮށްކޮށް ނިންމާލަނީ. ރައީސް މުއިއްޒުއަކީ ވައުދުވެ ވައުދު ފުއްދާ ވެރިއެއް.
ޕުއްޕުބެ
25 February 2024
މިއީ ބިންވެރިޔާގެ ފުރަތަމަ ނޫނީ ދެވަނަ ފިޔަވަހިން/ބުރުން ގޯތި ލިބުނު މީހުންތަ؟ ކޮންމެވެސް ކުއްޖަކު ބުނެދީބަ.
ލޮއްލަ
25 February 2024
މީ ފުރަތަމަ ފިޔަވަހި. 2 ވަނަ ފިޔަވަހި ދާއިމީ ލިސްޓު އަދި ނުހަދާ
ވަހުދީ
25 February 2024
ފުށިދިއްގަރުވެސް ގުޅީފަޅުންވެސް ހުޅުމާލެއިންވެސް ގޯތި ލިބޭނެ މުއިއްޒު ވެރިކަމުގަ. އިބުރާހިމްގެ ވެރިކަމުގަ އެއްމިއެއް ނުބަލާ ގޯތި ދީފަ ދިޔައީ، އެވެސް ހުޅުމާލެއިން
މިސްބާން
25 February 2024
މުއިއްޒު ވެރިކަމުގަ ގޯތި ނުލިބޭ އެންމެ ދިވެހި ރައްޔިތެއް ނުހުންނާނެކަން ޔަގީން. ގޯތިން އުފާވެރިކަން