ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ބާރަށުން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
25 ފެބުރުއަރީ 2024 - 18:47
ރައްޔިތުން ބޭނުންވާ ގޮތަށް ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
މި ޔަގީންކަން ރައީސް ދެއްވީ އެ މަނިކުފާނު ބޮޑުތިލަދުއްމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ކެލާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ކެލާއިން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ކެލާގެ ރައްޔިތުންގެ ބޭނުންވާ ގޮތަށް އަދި އެ ރަށާއި އެ ރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރެވޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
"އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ދަންނަވާލަން. އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޓޫރިޒަމް ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ އިކޮނޮމިކް ކައުންސިލްގައި އެ މަސައްކަތާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ބާރަށުން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކެލާގައި އެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތައް ވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ވެސް ކެލާ އަކީ ވަރަށް މުހިންމު ރަށަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އެ ޖަލްސާއަށް ފަހު މިއަދު ހަވީރު ރައީސް ހއ. ބާރަށަށް ވަޑައިގެންނެވި އެވެ.
ބާރަށުގައި ހަވީރު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިންޓަނޭޝަނަލް ބިޑިންއަކަށް ހުޅުވާލައިގެން، މި ރަށުގެ ކުރިއެރުމަށްޓަކާ އަދި ދުރު ރާސްތާގެ ކުރިމަގަށް ވެސް ފައިދާވާނެ ވަރަށް މި ރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގުމަކީ އެ މަނިކުފާނު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ކެލާއިން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
އެ ވައުދު ފުއްދަން މަސައްކަތް ފަށްޓަވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ރައީސް ދެއްވި އެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑަށް ހަލާކުވެފައިވާ ބާރަށުގެ ޖެޓީ މަރާމާތުކޮށް އަދި މަސްވެރިކަމަށް ހާއްސަ ޖެޓީއެއް ވެސް މި ރަށުގައި ހަދައިދޭނެ އެވެ.
މި ދެ ރަށުން ވެސް ވަނީ ރައީސަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނުކުމެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އފުޅު
27 February 2024
ފަޅު ހިއްކައިގެން ސްޕޭސް ސްޓޭޝަން އެއް އަޅާ ވަރަށް ޖާގަ އޮތް ކެލާ ފަޅުގައި ވެސް ކޯޑް-އެފް ރަންވޭ އަކާއެކު އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާނެ ނޫންތޯ؟ އަދި ސީޕްލޭން ބޭސް އެއްވެސް ބޭނުން އިނގޭތޯ!
ތިލަދުންމަތި
26 February 2024
ކެލާ ފަޅުހިއްކައިގެން ރިޒޯޓުހެދުމުގެ ކުރިން ވިސްނާލުމަށް! މާލެ އާ އެންމެ 10 މިނެޓް ދުރުގާއޮތް ކްރޯސް ރޯޑްސްގެ ހެދީ ފަޅުހިއްކައިގެންނެވެ. މިހާރު ވެސް އެތަނުން ހިއްކި 5 ރަށް ނުހެދި މާކެޓްގައި ވިއްކަން އެބައޮތެވެ. ހިއްކުމުގެ ސަބަބުން އެންމެ ރަނގަޅު ޑައިވް ސައިޓް ވަނީ ހަލާކުވެފައެވެ. އެތަނުގައި އޮޕަރޭޓްކުރާ 3 ރިޒޯޓްގެ ރޭޓުތަކަކީ ސިޓީ ހޮޓާތަކުގެ ރޭޓެވެ. އެވަރުންވެސް ފިލްނުކުރެވިގެން އެތަންތަން ހިންގަނީ ލޯކަލްސް ޕެކޭޖުން. ގުދުރަތީ ރީތި އަބަދުވެސް ރީތި؟
ކެލާ ކަތީބު
26 February 2024
ކެލާ ފަޅުގައި ރިސޯޓު ހެދުމަށް ނިންމިއިރު ރައްޔިތުންނަށް ޖަވާބުލިބެންޖެހޭ ސުވާލުތައް: ކެލާ ތުނޑި ނުނިމޭ ސަބަބަކީކޮބާތޯ؟ ގެސްޓްހައުސް ބިންތަކުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު ކޮބާތޯ؟ ކެލާ ކެލައަށްވަނީ ކީއްވެތޯ؟ އެންމަޑިފަދަ ތަކެތި ނެތި ޓޫރިސްޓުން އަންނާނެތޯ؟ ރާއްޖޭގެ ޓޫރިސްޓް ޑެސްޓިނޭޝަން ވާދަވެރިކަމުގަ، ބާ އަތޮޅު، މާލެ އަތޮޅު ފަދަ ތަންތަނާ ވާދަކުރަން ބޭނުންވާ އެންމެ މުހިންމު ސިފައަކީ ރީތި ބީޗާއި، ކެލާ ފަޅު. ފަޅުހިންކައިގެން މިކަން ހާސިލްވާނެތޯ؟
ދަބަރޭ
26 February 2024
ބަލަ ތިކަން އެނގޭނީ ޓޫރިޒަމް އެގޭމީހަކައް
ރުވޭދާ ރަމީޒް
26 February 2024
އަޅުގަނޑުމެންގެ ރަށް. ނިކަން އުފާވެއްޖެ
އާދަމް އަލީ
26 February 2024
ހީވޭ ކަމެއްހެން. އެމްޑީޕީ އަށް ނުވި ގިނަ ކަންކަން މިގެނެސްލަނީ.
އާނިމް މުހައްމަދު
26 February 2024
މުއިއްޒް ގެ މި ޕްލޭންގެ ދަށުން މި އަތޮޅު ތަރައްގީވެ ކުރިއެެރުން ބޮޑު ތަނުން ލިބޭނެ. ގިނަ ވަޒީފާ ގިނަ ވިޔަފާރީގެ ފުރުސަތު
އާދަމް އާޒިމް
26 February 2024
ތަރައްގީ ގެނައުން މެކުހަށް ޖަހާފަ މިއޮތީ. ސާބަހޭ
ތިިހާމް މުހައްމަދު
26 February 2024
އުފާވެރި ހަބަރެއް. ރައީސް މުއިއްޒް ވަރެއް ނެތް.
މަލަސާކަލޯ
26 February 2024
މިހާރު ތީ ކެލާ ފަޅުގަ އަޅާ 3 ވަނަ ރިސޯޓު .. ހަމަ ކަރާފަޅަނީ އެންމެންވެސް ، ތި ވާހަކަތައް ގަބޫލް ކުރާނީ ކާކު؟ އަމުދުން ކެލާގަ އޮތް ހަމައެކަނި އެއްޗަކީ ތި ރީތި މޫދު އެ ފަޅު ހަލާކުކޮއްލަން ކެލާ ރައްޔިތުން ބޭނުމެއްވެސް ނުވާނެ. ރައްޔިތުންގެ ވޯޓެއް ވެސް ނަގަން ޖެހޭނެ ތިކަމުގަ . ހަމަ ގައިމު ވެސް މަ ގަބޫލެއް ނޫން ..
ކެލާ ބޮޑު މީހާ
26 February 2024
ކެލާގަ ރިޒޯޓު ހަދާތާ 10 އަހަރުވީ މިހާރު