މީދޫގެ ޖަލްސާގައި ރައީސް ވާހަަކަފުޅު ދައްކަވަނީ: ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު އިގުތިސޯދަށް ވާން ފަށާފައިވާ ކަމަށް ވިދާޅުވި
05 މާޗް 2024 - 23:40
ފައިސާ ޗާޕްކުރުން ހުއްޓާލުމުން އޭގެ ރަނގަޅު އަސަރެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ނުވަތަ ބްލެކް މާކެޓް ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދ. މީދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އެކިއެކި ކުންފުނިތަކަށް ދައުލަތުން ދައްކަން ޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އެހެންވެ އެ ދަރަނިތަކާއި ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތަށް ވަރަަށް އިސްކަމެއް ދީގެން ސަރުކާރުން ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ހިލާފަށް ފައިސާ ޗާޕްކޮށްގެން ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް ޓަކައި، ފައިސާ ޗާޕް ކުރުމުގެ ގޯސް ނިންމުން ވާނީ ހުއްޓާލައިފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ އަޅުގަނޑުމެންގެ ގައުމު ބަގުރޫޓްވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ ވިހި ރުފިޔާ އަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެ ނިންމުމަކީ ފައިސާ ޗާޕްކުރަން ނިންމި ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ 9 ބިލިއަން ރުފިޔާ އަށް ވާ ވަރަށް ފައިސާ ޗާޕްކޮށްލި ނަމަ އެކަން އެ ނިންމުނީ ނޫންތޯ؟ އެކަމަކު އެކަން ނުކުރީ ހަމަ ދިވެހި ރައްޔިތުންނަށްޓަކައި."
ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު މިހާރު ވެސް ފެންނަމުން އަންނަ ކަމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ދަށްވެ، އިގުތިސާދު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
"މިހާރު އޭގެ އަސަރު ފެނޭ އެބަ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މީދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިގުތިސާދު ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް މަސައްކަތް ކުރަނީ ވެސް އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދު ދެން އިތުރަށް ފުޅާކުރެވޭނީ ވެސް ވެލާނާ އެއާޕޯޓް އަވަހަށް ނިންމައި ހުޅުވާލެވުނުހާ އަވަހަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަދި އެއާ އެކު، އިތުރު ރިސޯޓްތައް ހެދުމުގެ ފުރުސަތު ވެސް މި ދެނީ. ހަދަން ފަށާފައި ނުނިމި ހުރި ރިސޯޓްތައް ނިންމަން ވެސް އެކި ކަހަލަ ފުރުސަތުތައް ދިނުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އޭރަށް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވެގެން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
"އިގުތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން ޓޫރިޒަމް ދާއިރާ އަށް ވެސް އިންވެސްޓް ކުރާނެ މީހުން ވާނެ. ކޮންފިޑެންސް ލިބޭ ވަރަކުން އިންވެސްޓް ކުރަމުން ދާނެ."
ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ އަޅުގަނޑުމެންގެ ގައުމު ބަގުރޫޓްވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ ވިހި ރުފިޔާ އަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ،"---ރައީސް
ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ވެސް އޮތީ އެއްކޮށް އިނދަޖެހިފައި ކަމަށާއި މި ސަރުކާރާ ހަވާލުވިއިރު 240 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. އެ ފައިސާ އާއި އޭގެ އިތުރަށް ވެސް މިހާރު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާނެ ކަމަށާއި ބާކީ ހުރި ފައިސާ ވެސް ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މިފްކޯ އަށް މަސްވެރިން ކިރުވާ މަހުގެ އަގަށް ވާ ފައިސާ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، މިފްކޯ ވެސް އޮތް ހާލަތުން އަރައިގަތުމުގެ މަސައްކަތަށް މިހާރު ވަރަށް ބޮޑު އިސްކަމެއް މި ސަރުކާރުން ދޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ވާނީ އިސްރާފު ކުޑަކުރަން ވެސް ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އެހެންވެ ،ސަރުކާރުން މިހާރު ބޮޑެތި އިވެންޓްތައް ބޭއްވުން ވެސް ހުއްޓައިލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެތައް މިލިއަން ހަރަދު ކޮށްގެން އިވެންޓްތައް ބޭއްވުމާއި ދަތުރުތައް ކުރުން ވެސް ހުއްޓާލާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
06 March 2024
އެޑްވައިޒަރަކަށް ހުރި ބޭފުޅާ ބުނާ އެއްޗެއް ބަލާނުލާ އަރާ ބުނީމަ ކޮންމެ ގޮތެއްވެސް ވެދާނެ، މިފަހަރު ތި ޖެހުނީ ލަދު ގަންނަން.
މިމީހާ
06 March 2024
އެވިދާޅުވީ ތެދުފުޅެއް. އަސްލަމްޓޭ ހަމަ ލަދެއްވެސް ނުގަނޭތަ. ހިތަދޫ އަށް އައިސް ގައުމުގެ ނިޝާން ޖެހިކާރުގައި އައިސް މަގު ބަންދު ކޮށްގެން ރައްޔަތުންނަށް ނުހޮރުއްޕާން ކުރަން. އަސްލަން ޓޭ ނުހޮވުނިއްޔާ އެންމެ އުފާވާނީ މި އައްޑޫމީހުން.
ޢެޑްމުންޑޯ
06 March 2024
ކުރިން 18.20 ރ ލިބުނު ޑޮލަރ މިހާރު ލިބޭ 17 ރ އަށް ، ހަޖަމް ނުވިއަސް މިއީ ހަގީގަތެއް ، މަޑުމަޑުން ދަށައްދާކަން ޑޮލަރ ގަންނަ މީހުންނަށް އެގޭނެ
ނާޑުވާ
08 March 2024
ހަމަ ކޮމެންޓެއް ކޮށްލާއިރަށް ހަޤީޤަތަކަށް ވޭތަ. ކުރިންވެސް މިހާރުވެސް ރޭޓު ހުރީ. 17.60 17.80 ގައި. ހައްޖު އުމްރާ ޗުއްޓީ ދުވަސްވަރު 18 އިން މަތީގަ.
އައްޔަ
06 March 2024
ޑޮލަރުގެ އަގުދައްވާކަމައް ތިޔަފެނިވަޑައިގަތީ ހުވަފެން ފުޅެއްކަމުގަ ވެދާނެ. އިންޑިއާ އިންޑޮނޭސިއާ ފަދަގައުމުތަކުގަ ޑޮލަރުގެ ރޭޓު ހުރީކިހާވަރެއްގަތޯ އެގައުމުތައް ވަނީ ބަނގުރޫޓު ވެފަތޯ.
ދޮގު މުއިޒު
06 March 2024
ތިރިވި ޑޮލަރ ލިބެނީ ކޮންތަނަކުންތޯ. އެއެއް ބުނެލަދިންނަމަ. ޑޮލަރގެ އަގު ދައްވިކަން އެގޭ ދިވެއްސެއްނެތް. ދޮގު ނޫން އެއްޗެއް ދުލުން ބޭރުނުވާތީ ހިތާމަ ކުރަން
ބުހުތާނު ރަސްގެފާނު
06 March 2024
ބަލާނެ ކޮންމެ ގޮތަކުންވެސް މޮޅުދޮގެއް ހަދާލެވޭތޯ. ޑޮލަރު މަތިވާނީ ޑިމާންޑް ބޮޑުވާވަގުތުގަ. ޑިމާންޑް ބޮޑުވާނީ، ޗުއްޓީ ފެށޭއިރު. ހައްޖުފެށޭއިރު. ރޯދައައް ވިޔަފާރިވެެރިން އޯޑަރު ހަދާއިރު. މިފަހަރު މިކަން ދިމާވީ ފުލް ސީޒަންގައި އެހެންވީމަ ޑޮލަރު އަގު މައްޗައް ނުދިޔައީ. ފަހަރެއްގަވެސް ކަލޭމެންގެ މޮޅުކަމަކުންނޫން.
ރަމަ
06 March 2024
ކޮންތާކުތޯ ކޮން ޤައުމަކުތޯ ޑޮލަރުގެރޭޓް ތިރިވެގެންއުޅެނީ ބަލަ ތިހުރިހާ ވާހަކައެއްވެސް މިދުވަސްވަރު ދައްކާނެ މަޖްލިސް އިންތިޚާބު ނިމުމުން ދެން ޤައުމުދާނީ ގާދޫކޮޅުން ބޭރުވެގެން! ކަމަކަށް އެންމެ ތެދެއްވެސް މިސަރުކާރަކުން އަދިނަހަދާ!
ހަމަދު
06 March 2024
ކޮންމެ ފަހަރަކު އަސްލު ރޯދަމަހައް ތަކެތި އަގު ބޮޑުވޭ އެތެރެކުރާ އެއްޗެހި ގިނަވީމަ އަދި ޑޮލަރުގެ ތާށިކަން ބޮޑުކަމުން ދެން ބަޔަކު އޮޅުވާލަން އުޅުނަސް މިއީ ހަގީގަތް ދެން މިވަގުތު އެންމެ ގިނަ ދަތުރުތައް ކުރާނީ ވެސް މުދަލާ މީހުން އުފުލަން މަޑުޖެހިލާނީ ރޯދަމަސް ފެށުނީމަ. އިބޫ ވަނީ އިންޑިޔާ ސިފައިންނެތޭ ކިޔާފަ ދޮގުހަދާފަ މަސްވެރިންނައް ހަމައަގު ދޭނަމޭކިޔާ ކުޑައަގުދީފަ ޗައިނާގެ ދަރަނި ދަންތޫރައިގަ ޖައްސަނިއްޔޭކިޔާ އިންޑިޔާގެ ދަރަނި ދަންތޫރައިގަ ޖައްސާފަ
ހާސަރު
06 March 2024
ޑޮލަރގެ ރޭޓް ދަށްވާނީ ޑޮލަރގެ ތާށިކަން ކުޑަވެގެންތާ ، އެހެންވިއްޔާ އަވަހަށް ޑޮލަރ ލިމިޓް އުވާލާދީ. ވިޔަފާރިތަކަށް ބޭންކުމް ލިބޭ ޑޮލަރ އިތުރު ކޮށްދީ. މިއިން އެއްވެސް ކަމެއް ނުވާނަމަ މިހާރު ކުޑަކޮށް މިދަށްވި ދަށްވުމަކީ އާރޓިފިޝަލް ދަށްވުމެއް. ފަހަރެއްގާ ކެމްޕެއިނަށް ރަގަޅުއަދަދެއްގެ ޑޮލަރ މާރުކުރަނީކަމަށްވެދާނެ.
ކިހިނެއްދޭނީ
06 March 2024
ޑޮލަރު އަގު ރޯދަމަސް ފެށެން އޮއްވަ އަދި ތިރިވި ފުރަތަމަ ފަހަރުމީ އެހެންނޫނީ މުޅިން ވެސް ރޯދަމަހައް މަތިވާނީ ގަންނަ އެއްޗެހި ގިނަވެފަ ދަތުރުފަތުރު ގިނަވީމާ. ޑޮލަރުގެ އަގަކީ ކުއްލިޔަކައް ދައްވާ އެއްޗެއް ނޫން މަޑުމަޑުން އިގްތިޝާދު ރަނގަޅުވާ ވަރަކައްދާނީ. ދެން އެއްކޮއްދައް ވިޔަސް ބުނާނޭ ޑޮލަރުމާރު ކުރަނިއްޔޭ. ނިމިދިޔަ ސަރުކާރުގަ ނެތް މާރުކުރާނެ ޑޮލަރު ގަނޑެއް ވެސް ދެންކީއްކުރާނީ
ރާއެްއްޖެ މަންޖެ
06 March 2024
ބިދޭސީނައް ޑޮލަރުން ފައިސާ ދިނުން ހުއްޓާލަން ގޮވާލަން، ޙާއްސަކޮން ރިސޯޓް މުވައްޖަފުން
ބިދޭސީމީހާ
06 March 2024
އަސްލުވެސް ގާނޫނެއްގެ ދަށުން ވިޔަސް ހުރިހާ ބިދޭސީން ވާންޖެހޭނީ ހަމަހަމަ
ސަރީފުއަލީ
06 March 2024
ރިޒޯޓްތަކުން ޑޮލަރުން މުސާރަދޭތީ މިހާރުވެސް ޑޮލަރު ކޮންމެވެސްވަރަކަށް ލިބެނީ! ރިޒޯޓްތަށްލިބޭ ޑޮލަރު ބަހައްޓާފައި ހުންނަނީ ދިވެހިރާއްޖެ އަކުނޫން ..ބޭރުގެ ބެންކު ތަކުގައި ހަމައެކަނި މުސާރަދޭން ޖަމާކުރާ އެއްޗެއް ބޭންކުއޮފްމޯލްޑިވްސް އަށް ޖަމާކުރަނީ! މިކަން ހައްލުވާނީ ބޭރުގެ ބޮޑެތިކުންފުނިތަކުން ހިންގާރިޒޯޓްތަކަށްލިބޭ ޑޮލަރުގެ މަދުވެގެން 50 ޕަސެންޓް ދިވެހިން ހިންސާއޮތްނަ ބޭންކުތަކުގައި ބަހައްޓަން ޖެހޭ ގޮތަށް ގާނޫނެއް ހަދައިގެން. !
ކުރުސީނު
06 March 2024
ރައީސް ވިދާޅުވީ، މި ސަރުކާރުން ވާނީ އިސްރާފު ކުޑަކުރަން ވެސް ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އެހެންވެ ،ސަރުކާރުން މިހާރު ބޮޑެތި އިވެންޓްތައް ބޭއްވުން ވެސް ހުއްޓައިލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެންމެ ފުރަތަމަ ހުއްޓާލީ ހުވާކުރުމުގެ ރަސްމިއްޔާތައް 23 މިލިޔަން ރުފިޔާ ދުއްވާލުމެވެ. އޭގެފަހުން މުޅި ސަރުކާރު ރާއްޖޭން ބޭރަށް ގޮސްގެން ބާއްވާ އިވެންޓްތައްވެސް މިދަނީ ހުއްޓާލަމުންނެވެ. އަދި މހރ މިކުރާ ދަތުރުތައްވެސް ހުއްޓާލާނަމެވެ.
ފޫނު
06 March 2024
އިބޫ ވަނީ ހުވާކުރަން ގަލޮޅު ދަނޑުގަ މޯދީ ގެނެސް ބޮޑު އިވެންޓެއް ބާއްވާފަ 29 މިލިއަނައް. މިސަރުކާރުން ބޭއްވީ މާކުޑަ ތަނެއްގަ ޖުމްހޫރީ މައިދާނުގަ 10 މިލިއަން ވެސް ހަރަދުނުވޭ އަދި މުއީޒުވަނީ 150 މިލިއަން ޑޮލަރުގެ ހިލޭ އެހީ ތިބުނާ ޗައިނާ ދަތުރުން ގެނެސްފައި. މުއީޒު ކުރާ ބޭރު ދަތުރު ތަކުގެ ފައިދާ ފެންނާތީ ބަޔަކު ހަޖަމު ނުވެގެން އުޅެނީ އެޔާ އެމްބުއުލޭސް ހެދީމަވެސް ބުނީ ކުލަކޮޅެއް ޖައްސާލިއްޔޭ އެމްޑީޕީ ވެރިކަމުގަ ނުކެރުނު ކުލަކޮޅެއް ވެސް ލާކައް