މާފުށީ ޖަލުން ފުލުހުން ހޯދި ތަކެތި.
10 މާޗް 2024 - 16:24
ފުލުހުންނަށް ހުށަހަޅާފައިވާ ބައި މިލިއަން ރުފިޔާގެ ސްކޭމްއަކާ ގުޅިގެން މާފުށީ ޖަލު ބަލައި ފާސްކޮށް 22 މޯބައިލް ފޯނާއި އިތުރު ސާމާނު ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެއީ މަކަރާއި ހީލަތުން 500،000ރ. އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑާއި ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މި މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން 200،000ރ. ނެގި މައްސަލައެއް މިދިޔަ މަހު ފުލުހުންނަށް ރިޕޯޓްކުރި އެވެ. އަދި އެހެން މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ބަޔަކު ފޭރިގަތް މައްސަލައެއް ވެސް މިދިޔަ މަހު ފުލުހުންނަށް ހުށަހެޅި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫކޮށްލާ
11 March 2024
ހެޔޮ ނުވާނެ ތިތާ ތިވެރިން ކުއްކުރަން ނުބައިތިއްބާ އާންމުންނާ ހަވާލުކުރޭ. އޭރުންވެސް ކޮންމެވެސް ގޮތަކުން ތިވެރިން މައިތިރި ކޮށްފާނެ.
އާޕސް
11 March 2024
ބަންޑާރަ ކޮއްތުކާގެން އަރާމުގަ ނިދާފަ މިލިއަނުން ރުފިޔާ....ޒިންމާނަގަން ޖެހޭނީ ކަރެކްސަންގެ ވެރިމީހާ. އިސްތިއުފާދީ
ީެުެުުެޮއލޒނޒ
11 March 2024
ހެކި ހޯދާފަޔޯލައެވެ. ތިޒާތުގެ ކަންކަން ކޮޅެއްގަ ނުޖެހި 10 12 އަހަރު ދިގުދެމިގެން ދާނެކަން ބުއްބޯކުދިންނަށް ވެސް އިނގޭނެ..
ޢަލީ ބަޝީރު
11 March 2024
މިހާރުވެސް ސޯޝަލްވމީޑިޔާ އެޕްތަކާއި ޑޭޓިންގ ސައިޓުތައް ބޭނުންކޮށްގެން މީހުން މަޅީގައި ޖައްސާ ގެސްޓު ހައުސްތަކަށް އަދި ފަޅުގެތަކަށް ގެންގޮސް ކޮމްޕްރަމައިޒް ވީޑިޔޯ ނަގާ އެ ލީކުކޮށްލާނެ ކަމަށް ބިރުދައްކާ ކަރުގައި ވަޅިޖައްސައިގެން ބޭންކު އެޕްތައް ހުޅުވާ އެތައް މިލިއަނެއް ފޭރެމުން އެބަދޭ... ހަމަ ދަންނަވާލީ
ހޔޅބ
10 March 2024
ތި ޖަލު ކަނޑު އަޑީގައި ހަދަން ވެއްޖެނުން. ޖަލަށް ލިޔަަސް ތިބަޔަކުގެ ކިބައިން ސަލާމަތެއް ނެތް. "ރައީސްގެ ހެޔޮފުޅުކަމުންވިޔަސް" ވައްކަން ކުރާ މީހާގެ އަތާފަޔާ ކަނޑާބަލަ.
އާދަނު33
10 March 2024
ޖަލަށް ފޯނު ވައްދަނީ ކިހިނެތް؟ ޖަލުބަލައްޓާމީހުނާ ގުޅިގެން؟
ސާބަހޭސާބަހޭ
10 March 2024
ޒިންމާނަގާނެމީހަކުނުވާނެ. ތިކަންކުރިބަޔަކުނުވާނެ. ފަލަސުރުޚީ ލިބިއްޖެ. ދެނެގަތްމީހުނަށް ޕުރޮމޯޝަން. ޑުރަގާއި ތިފަދަތަކެތި ތިތާތެރެއަށް ވެއްދުމަށްކުރަންޖެހޭ ޚަރަދުގާއި ޑުރަގުގެއަގު މައްޗަށް. ތިކަންރާވައިހިންގާބަޔަކަށް ފައިދާ. ހުރިހައިގެއްލުމެއް ރައްޔިތުންނަށް. ތިތަންތަން ބަހަލައްޓައި ކޮންޓުރޯލުކުރަންތިބޭ ޒިންމާދާރުވެރިންނަށާއި މުވައްޒިފުން ކަނޑާލެވޭކަށް ނުއޮންނާނެ. ތީންއެކަކަށް އެއްކަމެއްކުރާކަށް ނުކެރޭނެ. ކުރިމަތީއޮތީ ގަދަވޯޓެއް. މިއޮތީވާ .......
ކޮރަލް
10 March 2024
ފުރަތަމަ ހައިސެކިއުރިޓީ ޖަލަކަށް 22 ފޯން ވެއްދި ބަޔަކު ހޯދަން ވީ އެވެ. ފޯނެއް 10 ހާސް ރުފިޔާ އަށް އެތެރެ ކޮށްދީފަ ވެސް އޮވެދާނެ އެވެ. ބައި އަޅާ ވަރަކަށް ސަލާމަތް ވާނެ އެވެ.
ޙ. ޙުސަިއން
10 March 2024
ބައެއްކަންކަމަކީ ރާއްޖޭގައި ހައްލެއް ނުހޯދޭނެ ކަންކަން. އޭގެތެރެއިން އެއްކަންތަށް އެއީ މަކަރާއި ހިލަތުން ފޭރޭ ފޭރުން. ކުރާނެ ކަމެއް ނެތް، ތަންފީޒީ އިދާރާތަށް މިނަށްވުރެ ދޯހަޅިވީމާ ރައްޔިތުންނަށް ލިބޭނޭ ރައްކައުތެރި ކަމެއްނެތް.
ކާތިބު
10 March 2024
މޯބައިލް ފޯނު ޖޭމަރު މާފުށީ ޖަލު ސަރަހައްދުގައި ހަރުކުރަން ނުކެރިގެން އުޅެނީ ކީއްވެތަ؟
ޟމމމމމމމމ
10 March 2024
މާފުށި ޓުއަރިސްޓުންނަށް އުނދަގޫ ވާނެތީ
ކަތީބް
11 March 2024
ޓޫރިސްޓުންނަށާއި އާންމުންނަށް އެއިގެ އުދަގޫ ފޯރާނެތީކަމަށްވަނީ! ޛަލުގެ ސަރަހައްދުގަ ޑިއުޓީ އަދާކުރާ މުވައްޒަފުންނަށްވެސް އަސަރުކުރާނެޔޯ!
ިެޖސނސމމސކެ
11 March 2024
ޖަލުގަ ތިބީ ސޯލިހު އަޅުވެރިން ކަމަށްވީމާ