ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ކާފަ ދަރިފުޅާ ބެހުނު ކަމަށް ތުހުމަތުވާ މީހަކު ދޫކޮށްލުމުން ފާޑުކިޔުން ވަނީ އަމާޒުވެފައި - ފޮޓޯ: މިހާރު
22 މާޗް 2024 - 15:06
ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު ހައްޔަރުކުރި، 69 އަހަރުގެ އެ މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު، ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދެ އެވެ.
އަނިޔާގެ ޝިކާރައަކަށް ވީ އުމުރުން 13 އަހަރުގެ އަންހެންކުއްޖާ ވެސް ދިރިއުޅޭ ރަށަށް، އެ މީހާ ދޫކޮށްލުމުން އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ދަނީ ފާޅުކުރަމުންނެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން "މިހާރު" އަށް ބުނީ، އެ މީހާ ބަންދުން ދޫކޮށްލި މައްސަލަ ވީ އެންމެ އަވަހަކަށް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު މައްސަލަ އެ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މި މައްސަލާގައި އެ މީހާއާ ދެކޮޅަށް ދީފައިވާ ބައެއް ތަހުގީގީ ބަޔާންތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ކާފަ ކިޔާ ދަރި އަށް ތިން ފަހަރެއްގެ މަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.
ކޮންމެވެސް ވަރަކަށް ނުކުޅެދުންތެރިކަން ހުންނަ ކާފަ ދަރިފުޅަށް އެ މީހާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ އޭނާ އާއި އެ ކުއްޖާ ދިރިއުޅޭ ގޭގެ ތެރޭގަ އެވެ. އެ ކުއްޖާ އެކަން އެންމެ ފުރަތަމަ ހިއްސާކުރީ ޓީޗަރަކަށެވެ.
އޭގެ ފަހުން އެ ކުއްޖާ ވަނީ ޖިންސީ ގޯނާކުރި ކަމުގެ ތިން ހާދިސާއެއް ކުއްޖާގެ މަންމަ އަށް ވެސް ކިޔައިދީފަ އެވެ. މައްސަލަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް ހުށަހަޅާފައި ވަނީ ވެސް ކުއްޖާގެ މަންމަގެ ފަރާތުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ކުޑަކުދިންނާ ގުޅޭ 1،500 އަށް ވުރެ ގިނަ މައްސަލަ އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާއިރު 144 މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލަތަކެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަށް ފިޔަވަޅު އަޅައި، އެކަމުގައި ތުހުމަތުވާ މީހުންނަށް ހަރުކަށި އަދަބުދީ، އަނިޔާގެ ޝިކާރައަކަށް ވާ ކުދިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ޖިންސީ ކުށުގެ ހާއްސަ ގާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނެއް ވެސް އޮވެ އެވެ.
ނަމަވެސް، މިފަދަ ތުހުމަތުތައް ކުރެވޭ މީހުން ކޯޓުތަކުން ދޫވާ މައްސަލާގައި ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ރަދުން
23 March 2024
މިކަން ކުރީ ކާފަތަ؟ ނޫނީ މާފަ ތަ؟ އެކަން އިގޭނެ ގޮތެއް ހަމަ ދިވެހި ބަހުގައި ނޭތީބާ؟
ކަތްދައްތަ
22 March 2024
ބަލަ ކޯޓުން ދޫކޮށްލީމާދޯ ގޯސްވީ. ވޯޓަށް ދޫކުރިހާ ކުށްވެރިންކޮބާ؟
ޢިންސާފު ނުކިބުނު މުހައްމަދު
22 March 2024
ޢަޅުގަނޑުގެ 14 އަހަރުގެ އަންހެން ދަރީގެ ގަޔަށް އަތްލާ މަގުމަތިން ޖިންސީގޯނާކުރިއިރު އެކަން ޕޮލިހަކުންވެސް ޖެންޑަރ އަކުންވެސް ނުބެލި
ދާންވީ ދާން
22 March 2024
މިއޮތީ ވާ ގައުމެއް، މިއަށްވުރެ ރަނގަޅުވާނެ މެކްސިކޯ ކޮލޮމްބިޔާ ތަންތަންވެސް.
އަލަދަނޑި މަގު
22 March 2024
މި އޮތީ ވާ ސަރުކާރެއް ހޮވާފަ
ބަރުބާދު
22 March 2024
ތިވަރުވާއިރުވެސް ތިޔަމެޖިސްޓްރޭޓައް ފިޔަވަޅެއްނޭޅޭނަމަ އިންސާފޭ އިންސާފޭ ގޮވާ ސަރުކާރުގެ ވެރިން ހަޅޭއްލެވުމުވެ ބޭނުމެއް އެބައޮތްބާ؟.
ޔޭސް11
22 March 2024
އާދެ. އެބައޮތް.