ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 މާޗް 2024 - 12:07
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލައެއް ބޮޑުވެފައިވަނިކޮށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުތަކުން ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނަރަލަށް ދަންނަވާފައިވާ ކަމަށެވެ.
"ކުޑަކުދިިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީގައި މިދަނީ ދަންނަވަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެފަދަ ނުބައި ފަރާތްތަކުގެ ވަކިތަކުން ރާއްޖެ ސަލާމަތްކުރުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރެއްވުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.
ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ…
— Dr Mohamed Muizzu (@MMuizzu) March 23, 2024
ވަކި މައްސަލައަކަށް އިޝާރާތް ނުކުރައްވާ ރައީސް އެގޮތަށް ވިދާޅުވިއިރު ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އޭނާ ދޫކޮށްލިއިރު އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް ވެސް ދިޔައީ ކޯޓުގައި ހިނގަމުންނެވެ.
އެ މައްސަލާގައި ޕީޖީ އޮފީހުން ކުރިން، "މިހާރު" އަށް ބުނީ މީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން މާދަމާ ހުށަހަޅާނެ ކަމަށެވެ.
ރަށުގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފަ އެެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ދިރިއުޅޭ ގޭގެ ތެރޭގަ އެވެ. ފުރަތަމަ ޓީޗަރަކާ އެކަން ހިއްސާކޮށް، ފަޅާއެރުމުން، ތަކުރާރުކޮށް ކާފަ ޖިންސީގޯނާކުރި ކަން މަންމައަށް ވެސް ކިޔައިދީފައިވާ ކަމަށް ވެ އެވެ. ފުލުހަށް އެ މައްސަލަ ރިޕޯޓުކުރީ މަންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްބަތު އަޒީޒް
24 March 2024
މަގޭ ނަޒަރުން މުއިއްްޒް ގެ ނިންމުން މިއީ ތާރީހީ ނިންމުމެއް. ދެވަނަ ދައުރެއް ދޭވަރުގެ ނިންމުމެއް.
ނިޢުމަތް
24 March 2024
ހަގީގަތަކީ ރައީސް އަކަށް މާފް ދެވޭނީ ކޯޓުން ހުކުމް ކުރާ މީހަކަށް. މި ދޭތެރެއިން ދޫވީ ހުކުމް ނުކޮށް ހުރި މީހެއް.
ޝައްވީން
24 March 2024
މަގޭ ތާއިދު މަނިކުފާނު ތި ހޯއްދެވީ.
އިފާދު
24 March 2024
އިންތިހާބު ބޯމަތި ވެފަ އޮއްވާ މިވަރުގެ ނިންމުމެއް ނެރޭނީ ތިމާ އިހްލާސްތެރި ވީމަ. މަ ގަބޫލްކުރާގޮތް
އީޒާން
24 March 2024
ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ވޯޓް ދެވުނީތީ ފަހުރުވެރިވަން.
ރުސާން
24 March 2024
ކުރިން އެހެން ވެރިން އިންތިހާބު ތަކަށް މިކަހަލަ މީހުން ދޫކުރި. ރައީސް މުއިއްްޒް މާ ރަނގަޅު.
ގެދާނޯމޮސް
23 March 2024
ތިވާނީ ކަރޯކޭއިން ގޯހެއް ހިންގައިގެން ރުޅިގަދަވީ ކަމަށެވެ! މީގެ ކުރިން ސިންގަޕޫރުގަވެސް ތިޔަޒާތުގެ ކަންތައްގަނޑެއްގައި ފޮތޯތަކަކާއެކު ؛ ފޯނެއްވެސް އުދުއްސައިގެން ދިޔައެވެ.
އަޖައިބުވެ
23 March 2024
ބަލަ ތިޔަރައީސް ނޫންތޯވިދާޅުވީ ކެމްޕޭނުގައި އެފަހަރު ކުޑަކުއްޖަކާބެހޭމީހާ އަށް މާފުދޭނަމޭ ، އެއްފަހަރު ޒިނޭކުރާމީހާއަށް މާފުދޭނަމޭ، އެއްފަހަރު ވައްކަންކުރާމީހާއަށް މާއާފުދޭނަމޭ ، އެއްފަހަރު އަންހެނުންނަށް އަނިޔާކޮށްގޯނާކުރާ މީހުންނަށް މައާފު ކޮށްދެއްވާނަމޭ. މިހާރު ކީކޭތިޔަކިޔަނީ. އަނެއްކާ ކާކާބެހިގެންތޯ ތި ހިޔާލު ބަދަލުކޮށްލެއްވީ. އަހަރުމެން އެދުވަހުއެވާހަކަދެއްކީމަ ކަންބޮޑުވުންފާޅުކުރިން.
މީހެއްނޫނޭދޯ
23 March 2024
މުއިއްޒު ބުނުމުން ޖިންސީ ގޯނާ ނުކުރާ މީހަކު ކޯޓަކަށް ނުހިފެހެއްޓޭނެއޭ މުއިއްޒު އަކީ އެއީ އިތުބާރު ގެއްލިފައިވާ މީހެކޭ އޭނާ ވެރިކަމަށް އައުމުގެ ކުރިން ބުނި ރައީސް ޔާމީން އޭނާ ހުވާ ކުރާ ދުވަހު އަފްއާމްގެ ދަށުން ދޫކޮށްލާނަމޭ އެކަމެއް ނުކޮށް އޭނާ ބަލަނީ އޭނާ ގެންގުޅޭ ބަނޑުއަކިރިންނަށް މަޖްލީހުގެ މެމްބަރު ކަން ދެވޭތޯއޭ ޕްރައިމަރީން ހޮވުނު މީހުން އަތުން ޓިކެޓް ފޭރިގަނެގެން އެމްޑީޕީ މެމްބަރުންނަށް ޓިކެޓް ދޭ މީހަކީ އެއީ އެއްވެސް އުސޫލަކަށް ތާބާވާނެ
ގެދާނޯމޮސް
23 March 2024
އިޚްތިޔާރުން ބޭރުން ކުދިންނަށް ކިޔޭ އެއްޗެއްގެ ސަބަބުން މުޅިއާއިލާ ވެއްޔާލާ މޮޑެލާގޮތަށް ތުހުމަތޭ ކިޔައިގެން ތިފަށައިގަތީ އެވެ. އެކަމެއްގެ ހަގީގަތް ހޯދަން ސިއްޙީ ފަރުވާއެއް ހޯދުމުގެ ބަދަލުގަ ކޭސްވާކަރުންގެ ޕްރޮފެޝަނަލް ކަން ދައްކާލަން ކުދިން ބްލެކްމެއިލް ކޮށްގެން ދެބަޔަކު ތަޅުވާކަން އެނގިލައްވާތޯއެވެ . ސާބިތުވެ ދޫކޮށްލާ މީހުން ނީ ސިޔާސީ މީހުންނެވެ. ތުހުމަތު ކުރެވޭ ކަމުގަ ތަޅުވަނީ ޖ ނަފްސާނީ ގޮތުން ގެއްލުންދީގެން ނިކަމެތިން ނޫންތޯޢެވެ.