ޚަބަރު / ސްޓެލްކޯ

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި، މަރުވެެއްޖެ

ސްޓެލްކޯގެ ޓްރާސްފޯމަރުތަކަށް ގެއްލުން ދީފައި.

24 މާޗް 2024 - 05:34

79 comments
24 މާޗް 09:47

ފުލުހުން ދެންމެ ބުނީ އެ ޒުވާނާ ކަރަންޓުގައި ޖެހިފައި އޮއްވައި ފެނުނީ ހުޅުމާލެ 2 ގެ ހިޔާ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ރޭގެ ފަތިހު 4:07 ހާއިރު ކަމަށް. އެޗް 3 ޓަވަރުގެ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރެއަށް ވެއްޓިފައި އޮތް ޝިފާއު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނި. ޓްރާންސްފޯމަރުތެރެއަށް އޭނާ ވެއްޓިފައި އޮތީ އަނިޔާތަކަކާ އެކު ކަމަށް ވެސް ފުލުހުން ބުނި.

24 މާޗް 06:23

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނީ ހއ. ހޯރަފުށީގެ ޒުވާނެއް ކަމަށްވާ ހުސައިން ޝިފާއު. ސްޓެލްކޯ އިން ދެންމެ ބުނީ، ހުޅުމާލެ 2 ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު އުމުރުން 27 އަހަރުގެ މީހާ މަރުވެފައިވާ ކަމަށް. ޝިފާއު މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި. އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ސްޓެލްކޯ އިން ބުނީ އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް.

ހުޅުމާލެ 2 ގައި ބަހައްޓާފައި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިއްޖެ އެެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް" ގައި ވިދާޅުވީ، އެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެކަމަކު އެ ކަމާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ސްޓެލްކޯ އިން އާންމުންގެ ސަމާލުކަމަށް ގެނައީ މީގެ ދެ ދުވަސް ކުރިންނެވެ.

އެ ކުންފުނީގެ އެމްޑީ ފަހުމީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާންމުންނަށް ދޫކޮށްލެއްވި މެސެޖެއްގައި ވިދާޅުވީ، ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެންނެވެ.

ފަހުމީ ވިދާޅުވީ، ހުޅުމާލެ 2 ގެ ހަސަން އާދަމް މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރަމުން ދަނިކޮށް، އެ މިސްކިތުން ވެސް ކަރަންޓު ކެނޑުނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކު ކޮށްލައިގެން ބަޔަކު ވަދެ، އޭގެ ބައިތައް ވަގަށް ނަގަން އުޅުމުން ކަމަށެވެ.

79 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 28%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހްސަަސް

24 March 2024

އީޒީޕިޒީކޮށް ތިތަނަށް ވަދެވެންހުންނާތީ ވަގުން އެއުޅެނި އަވަދިނެތި.

The name is already taken The name is available. Register?

MySuperGreenDOTcom

24 March 2024

ވަގުބަދުނާމު އެޅުވިއިރު ކޮބާ ވައްކަންކުރަން ވަތްކަމުގެ ހެއްކަކީ؟ ވަދެފާނެ ބަޔަކަށް ފިލަންވެސް، ނުވަތަ ބަޔަކު އޭނަމަރާލާފަ އެތަނަށްލާފައޮވެސްދާނެ، ޕުރޫފުހުރެގެންދޯ ވަނީ ވައްކަންކުރަންށޭކިޔަންވާނީ؟ ފުރޫފުހުރިއްޔާ ޕުރޫފުދަށްކަންވެސްޖެހޭނެ! ނުދަށްކާ ވަނީ ވައްކަންކުރާށޭކިޔުމަކީ ކޮށްގެންވާނެކަމެއްނޫން! ޕުރޫފުނުދަށްކާ ވަނީވައްކަންކުރާށޭ ކިޔުމަކީ "މަހާނަމައްޗަށްމަޑިޔަށްޖެހުން" ފަދަކަމެއް، މީ މައްޔިތާއަށް އިހާނެތިކޮށްހިތުން، މެނާސް ފޮލޯކުރަންދަސްކުރޭ

The name is already taken The name is available. Register?

ކަރަނފޫ

24 March 2024

ކަލެއަށް މާބޮޑަށް އިނގެނީ.. މީހަކު ބޮޑު ކަމުދާކަށް ކަރަންޓް ޓުރާންފޯމަރެއް ނުހޯދާނެ.

The name is already taken The name is available. Register?

ޟަރީނާ

24 March 2024

ބަލަ ތަޅު ހަލާކު ކޮށްފަ އެތަނަށް ވަންނަނީ ނަމާދު ކުރަންތަ؟ މީ ރޯދަ މަހު ހަމަ ރުޅިއަރުވަން ދޯ ތިއުޅެނީ

The name is already taken The name is available. Register?

MySuperGreenDOTcom

24 March 2024

@ކަރަނފޫ. @ޟަރީނާ: އާޓިކަލްގައިވާ ހާދިސާއާގުޅޭ ޝިފާއު ޓުރާންސްފޯމަރުގެ ތަޅުހަލާކުކޮށްގެން އެޔަށްވަދެހުރިވާހަކަ ބުނެފައެއްނެތް! ވަނީ ވައްކަންކުރަންކަމެއްވެސް ނުވަތަ ބަޔަކު އޭނާ އެތަނަށް އެއްލާނީ ނޫންކަމެއްވެސް އާޓިކަލްއިން ސާފެއްނުވޭ! ހުސައިން ފަހުމީ X ގައި ކުރިކޮމެންޓަކީ ވައްކަންކުރަންވަތްކަން ސާބިތުވާނެއެއްޗެއްނޫން، @ކަރަނފޫ. @ޟަރީނާ ތިބޭފުޅުންގެ އާއިލާމީހަކު މަރުވީމާ އެއްވެސް ހެއްކެއްނުދަށްކާ ވަގުބަދުނާމު އަޅުވަން ސަޕޯޓުކުރަންތޯ؟

The name is already taken The name is available. Register?

ދޮން ހަސީނާ

24 March 2024

ވައްކަން ކުރަން އުޅުނުކަމަށް ބުނަން އަދި މާއަވަސް. އެއްވެސް ހެއްކެއް ދެއްކިފަ ނެތް. ބަޔަކު އަނިޔާކޮށް އެއްލާލި މީހަކަށްވެސް ވެދާނެ.

The name is already taken The name is available. Register?

ކަޅި ކަސަނު

24 March 2024

ބައެއްގެ ބޮލުގައި އަޅުވަން ނޫޅޭ.

The name is already taken The name is available. Register?

އަފްރާސިޔާބު

25 March 2024

ރަސްކަން ކުރަން އޭނާ ތަޚްތަށް އެރީ ކަމަށް ވެދާނެ. އެތާ ކަރަންޓްފޯމަރު ނުބެހެއްޓިނަމަ މީހަކު ރަސްކަށް އަރަން އެތަނަށް ނުވަނީސްތާ!

The name is already taken The name is available. Register?

ފެންނަގޮތް

24 March 2024

މިރައްޖޭގަ އަބަދުވެސް ހައްޤު އޮންނާނީ ކުއްވެރީންގެ.. އަމިއްލައަށް އުނދުން ރޯކޮށްފަ އެހައް އަތްލައިގެން އަތް ފިހުނީމަވެސް ގޯސްވާނީ، އުދުން ހެދިމީހުން

The name is already taken The name is available. Register?

ދައިތަ

24 March 2024

ސަމާލު ކަމަށް ގެނާމަ ނިމްނީ ދޯ އެތަން ތަން ރަގަޅަށް ބަންދު ކޮށްބަލަ އެ ހުންނަނި އޯފަން ކޮށް ހައިވޯޓް ކަރަށްޓް.

The name is already taken The name is available. Register?

ބައިދަ

24 March 2024

ބަންދުކޮށް ބޮޑު ތަޅުއަޅުވާފައި ހުއްޓައި ހަކާލުކޮށްގެން ވަދެ ވައްކަން ކޮށްފި. އެހެން އެކަން ނުކުރަން ކަމާބެހޭ ފަރާތްތަކުން ބުނި އިއްޔެވެސް. ވިހަތަކެތި ކައިބޮއި ހަދާ މީހުންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ.

The name is already taken The name is available. Register?

ޒާހިދާ

24 March 2024

ޓުރާސް ފޯމަރުތައް ފީ ސަބީލިންލާލި ގޮތަށް ހުންނަށް ޖެހޭ އެއްޗެއްތަ އެއީ.

The name is already taken The name is available. Register?

ހޯރަބޭ

24 March 2024

ތިކަމުގެ އިހުމާލު ކަމާބެހޭ މުއަށްސަސާތަކުގަ އެބައޮތް. މަސްތުވާތަކެތި ބޭނުން ކުރާކުދިން އެކިއެކި ވަށްކަން ކުރާކަށް އެގޭއިރު ކީއްވެ އެ އެއްޗެއްސައް ފަސޭހައިން ވަދެވޭގޮތަށް ހުންނަނި. ޓުވިޓްއެއް ކޮށްލުމުން ނިމޭވަރަށް ވުރެ އިހުމާލު ބޮނޑް ކަމެއް މީ.

The name is already taken The name is available. Register?

ސްސް

24 March 2024

މަސްތުވާ ތަކެތި ބޭނުން ކުރަން ޖެހޭތަ؟

The name is already taken The name is available. Register?

ލަދުހަޔާތް

25 March 2024

"މަސްތުވާތަކެތި ބޭނުން ކުރާކުދިންނޭ"؟؟؟؟ ނާ ހަމަ ތެދެއް ތޯ؟

The name is already taken The name is available. Register?

ފޯމަރު

24 March 2024

ސްޓެލްކޯގެ ހުރިހާ ސަބްސްޓޭޝަންތަކުގަ ކެމެރާ ހުންނާނެ. އެތަނަށް ވަދެ އެ ހުރިހާ ކަމެއް ކުރާއިރު ނުފެންނަގޮތަށް ބޮޑު ހަރަދު ކޮއްފަ ސަވެލިއެންސް ޕްރޮޖެކްޓް ހިންގާނެ ކަމެއް ނެތެންނު. ރަނގަޅަށް ކެމެރާ ބަލަންތިބެފަ މީހަކު ވަންނަތަން ފެނުނީމަ އެމީހާ އަށް އަޑު އިވޭގޮތަށް މިތިބީ ބަލަންށޭ ގޮވަލެވޭގޮތަށް ސްޕީކާ އެއް ހަރުކޮށްބަލަ.

The name is already taken The name is available. Register?

ފޫނު

24 March 2024

ތިޔަބުނާ ކެމެރާތައް މަސައްކަތެއް ނުކުރޭ ކަމެއްވީމަ އާމުކޮއް ރަނގަޅު ކުރަން އުޅޭނީ

The name is already taken The name is available. Register?

ޓެރޭސް

24 March 2024

މަސްތުވާނެ ޖެހޭތަ؟ ވައްކަން ކުރަން ޖެހޭތަ؟

The name is already taken The name is available. Register?

ކުށްވެރި ޓްރާންސްފޯމަރު

24 March 2024

އެންމެ ފަހުން މި މައްސަލަ ބަލައި ނިމޭއިރު ވައްކަން ކުރަން ވަން މީހާ ކުށްވެރިއެއް ނުވާނެ. ކުށްވެރިވާނީ ޓްރާންސްފޯމަރު އެތަނުގައި ބެހެއްޓި މީހުން. އެ މީހުން ވަގަކަށް ވަދެވޭގޮތަށް ޓްރާންސްފޯމަރު ބަހައްޓައިގެން އެތަނަށް ވަގަކު ވަދެ މަރުވީމާ އެކަމުގެ ޒިންމާވެސް އުފުލަންވާނީ ބެހެއްޓި މީހުން. ސޭކުސްތާނުގެ ރައްޔިތުން ގަބޫލުކުރާނީ މިގޮތަށްް. ހުރިހާ ހޮޓާހޮޓަލަކާއި ކަންމަތީގައި ތިބެގެން ބަހުލޫލުން ބާރަށް މިހެން ކިޔާނެ. ދޮޅުރޯނާއިން އެއީ ތެދެކޭވެސް ގޮވާނެ.

The name is already taken The name is available. Register?

123ޖަމްސާޖް

24 March 2024

ދެން ތި ޒުވާނާ މަރުވުމަކީ ހިތާމަހުރިކަމެކެވެ. އެކަމަކު ވައްކަންކުރުން ހައްދު ފަހަނާއަޅާގޮސް ފަހަނަ އަޅާ ނުދަނީ ކޮންކަމެއްތޯ ބަލައިލަބަލާށެވެ. މިގައުމަކީ ކުއްވެރިންގެ ސުވަރުގެ ބަންގާޅުމީހުނަށްވެސް އެގަމުަށްވުރެ މިގައުމު މާ މިނިވަން ބޭނުން ކުށަކަށް އަރައިގަނެ އެކަމަކު ވާކަމެއް ހަރާމް...މިއީ ގައުމެއްތޯ ސުވާލު އުފެދޭ އެތަށް ދަނޑިވަޅެއްދޭ މިއީކީ އިންސާނުން ދިރިއުޅެންކަމުދާ ތަނެއް ނޫން މިހާރު...

The name is already taken The name is available. Register?

އަފްރާސިޔާބު

25 March 2024

ވައްކަން ކުރާމީހުންނަށް ދީނުގައި އޮންނަނީ އަތްބުރި ކުރުން. އަތްބުރިކުރުމުގައި ރަހުމެއް އޮވެގެންނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454