ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް.---ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
18 ފެބުރުއަރީ 2017 - 15:16
ހުޅުމާލޭގައި އަލަށް ތަރައްގީ ކުރަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލުން އެކި ދާއިރާތަކުން 500 އަށް ވުރެ ގިނަ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއް ހިމެނޭ ކުންފުންޏަކުން ތަރައްގީކުރާ 159 އެނދުގެ ހޮސްޕިޓަލުން، ކްލިނިކަލް އަދި ނޮން ކްލިނިކަލް 500 އަށް ވުރެ ގިނަ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލީ މިއަދު ހުޅުމާލޭގައި ފެށި ޔޫތު ކެރިއާ އެކްސްޕޯ 2017 ގަ އެވެ.
ޓްރީޓޮޕްގެ އޮފިޝަލަކު ވިދާޅުވީ އެކްސްޕޯގައި ހުޅުވާފައިވާ ސްޓޯލަށް 100 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް، އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަންތައް ބެލުމަށް ފަހު، އެ މީހުންނާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް މި އަހަރުގެ މެދެއްހާ ތަނުގައި ހުޅުވާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ހުޅުމާލޭގައި ހަ ބުރިއަށް ހަދާ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިންގްގެ އޮނިގަނޑުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރަނީ އެ އިމާރާތުގެ އެތެރޭގެ މަސައްކަތްތަކެވެ. ހޮސްޕިޓަލް ބިލްޑިންގްގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ބަލި މީހުންގެ އާއިލާގެ މީހުން ތިބޭނެ އެކޮމޮޑޭޝަން އަދި ރެސްޓޯރަންޓަކާއި ފިހާރައެއް ހިމެނޭ 10،000 އަކަފޫޓުގެ އަަށް ބުރީގެ އިމާރާތެއް ވެސް އަންނަނީ ހަދަމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ތެރޭގައި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑައިލިސިސް އާއި ހިތުގެ ބަލިތަކަށް ހާއްސަ ކެތު ލެބަކާއި ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމާއި އީއެންޓީ، އެކްސިޑެންޓް އަދި އިމަޖެންސީ، އާއްމު ބަލިތަކަށް ފަރުވާ ދިނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސީޓީ ސްކޭނާއި އެމްއާރުއައި، އެކްސްރޭ، ފްލުއޮސްކޮޕީ، މެމޯ ގްރަފީ، އެމްޑީ ޑެންސިޓޯމީޓަރާއި އަލްޓްރާ ސައުންޑްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީ އަކާއި ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ ސެންޓްރަލް ފާމަސީއެއް ވެސް އެތަނުގައި ހުންނާނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ރޫމް ހުރެ އެވެ. އެގޮތުން ބަލި ދެ މީހަކަށް 30 ކޮޓަރިއާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރިއާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ވެސް އެތަނުގައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
19 February 2017
ސާބަހޭ މާލޭ ސަރުކާރުން މީހުން ގެނައުމަށް އިތުރުވި ބޮޅެއް....އަހަންނަކަށް ނުފެނޭ އައިޖީއެމް އެޗާއި އޭޑީކޭ އަދި އެތައް ޕްރައިވެޓް ހޮސްޕިޓަލް ހުރި ސަރަހައްދަށް މިހޮސްޕިޓަލްގެ މާބޮޑު ބޭނުމެއް....ތީތި އަތޮޅުތެރޭ އާބާދީއޮތް ރަށެއްގަ އަޅާދިންނަމަ މާ ސަޅިވީސް....އައްޑޫމީހުން އަދިވެސް އެތިބީ އެމީހުންގެ ހޮސްޕިޓަލްގެ އިންތިޒާރުގަ، އާންމު ބަލީގެ މީހުން ބަލާ ކްލިނިކެއް ހޮސްޕިޓަލެއްގެ ނަމުގަ ހުރީ....މާލޭ ސަރުކާރުން މާލެ ތޮށްޖައްސަން ކުރާ މަސައްކަތް މިފެންނަނީ...
އުމަރު
19 February 2017
އަޅުގަނޑު ހީކުރީ ޓްރީޓޮޕް ހޮސްޕިޓަލް ނިމެންވާއިރަށް އެތަނަށް ބޭނުންވާ މުއައްޒަފުންތިބޭނީ ތަމްރީންކުރެވި ތައްޔާރުވެފައިކަމަށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ބަޖެޓުން ކީއްވެގެންތޯ އެތަނަށް ބޭނުންވާ މީހުން ބިނާނުކުރީ، ދެން ފެންނާނީ އޭޑީކޭއިން އައިޖީއެމްއެޗުން މީހުން ގެންދާތަން، އެއިރުން ޓްރީޓޮޕްގައިގައި ހިދުމަތްދޭތަން ފެންނާނީ އެފެންވަރުގައި، ދިވެހި ރާއްޖޭގައި މައްސަލައަކީ ބޭރުގެ މިފަދަ ބޮޑެތި ކުންފުނިތަށް އައިސް އިންވެސްޓްކޮށް ބޮޑެތި ނަންނަމުގައި ހިންގާއިރު ދިވެހިން އެތަންތަނަށް ބިނާކުރަން އެތަންތަނުގެ ބަޖެޓުން ހަރަދުނުކުރާތީ، ސުވާލަކީ ދިވެހި ބެންކުތަކުން 80 މިލިއަން ޑޮލަރުނަގައިގެން އިންވެސްޓްކުރި ޓްރީޓޮޕްގެ 80 މިލިއަންގެ ބަޖެޓުން ދިވެހިން ބިނާކުރުމަށް ހޭދަކުރީ ކިހާވަރެއްތޯ؟ ކޮންކުރީޓް ބޮޑު އިމާރާތެއް ހެދިޔަސް އެތަނުގައި ރަނގަޅު ހިދުމަތްދޭން ބަޔަކު ނެތިއްޔާ ތިޔަތަނަކީ އައިޖީއެމްޗަކީ ތަފާތެއް ނުވާނެ
4321
19 February 2017
ކެކެކެކެ. ވާނުވާ! ކެކެކެކެ.
ރީތިރަށް ރިސޯޓް
19 February 2017
މުޅިންވެސް މަކަރު...
ހަސަންބެ
18 February 2017
މިއޮތީ ހަސަންބެ ބުނިތަންއައިސަ މާލޭގަ އަޅާ 25ބުރީގެ 145މިލިއަން ޑޮލަރުގެ ހުސް ހޮސްޕިޓަލަކާއި ހުޅުމާލޭގައި ހަދާ 6ބުރީގެ (އެެކަމަކު އެތަނުގެ އޭރިއާ 25ބުރީގެ އިމާރާތަށްވުރެކުޑަނޫން)ހުރިހާ ފަރުނީޗަރަކާއި މެޝިނަރީ އާއި އެކު92 މިލިއަން ޑޮލަރަށް ، މި އަޅެ ކިހާބޮޑު އަރަތެއް
މެންޓަލިސްޓް
18 February 2017
ސުވާލަކީ ތިޔަތަނަށް ވަދެފައި ނުކުންނަ މީހެއްގެ ޖީބުގައި ވޮލެޓް ސަލާމަތުން އޮންނާބާއޭ ؟ ބޭންކްއެކައުންޓް ޒީރޯއަށް ވާނެތޯ ؟ އޭޑީކޭއަކީވެސް އަގުބޮޑުތަނެށް ،، އަދި އެއައްވުރެން އަގުބޮޑުވާނެކަމަށް މިބަލަނީ ތިޔަހޮސްޕިޓަލް ،، ތިޔަތަނުގެ ބަލިމީހުންގެ އެހީތެރީންނަށް ހަދާ ރޫމްތަށް ވިއްކާނީ ކުރެއްދޫ ރިސޯޓްގައި ރޫމްއެއް ގެސްޓަކަށް ވިއްކާ އަގުގައިބާވައޭ ހިތައްއަރައި ،،، ؟؟ އަދި ސެންޓްރަލް ޕާރމަސީގެ އިތުރުން އަމިއްލަ އެހެންބައެއްގެ ފާމަސީއެއް ހުރޭތޯ ؟؟ ތިޔަހޮސްޕިޓަލްއިން ލިއެދޭ ބޭސް އެހެން ޑިސްޕެންސަރީތަކުގައި ހުންނާނެތޯ ؟؟ އާސަންދަ ކަވަރކުރާނީ ކިހާވަރަކަށްތޯ ؟؟ ދެން ދިވެހިން ލަންކާ އިންޑީޔާއަށް ބޭހަށް ނުގޮސް ފަތުޖެހޭނެތޯ ؟؟ މިހުރިހާ ސުވާލްތަކެއްގެ ޖަވާބު މިހާރުނޫހުގެ ރިޕޯޓަރުން ހޯދުމަށް ފަހު ފުރިހަމަ ރިޕޯޓެއް ކިއުންތެރިންނާއި ހަމަޔަށް ގެނެސްދޭނެކަމުގެ އުއްމީދުކުރަން ،،،، ވަރަށްވެދުން
ޙަސަން އަޙްމަދު
19 February 2017
ނޫސްވެރިންނާ ތިޔަ ހަވާލު ކުރި އެސައިންމެންޓްގެ އިންތިޒާރު ގަ މަވެސް މީނީ.
1234
18 February 2017
ހުޅުމާލޭގައި މިހާރުވެސް ހުރި ހޮސްޕިޓަލް އާސަންދަ ކޮންޕެނީއާ ހަވާލުކޮށްގެން އެއުޅެނީ ނުހިންގިގެން. ދެން ކިހިނެއް ޓްރީޓޮޕް ހިންގާނީ؟
ޑްރީމް
18 February 2017
މަމެން އަބަދުވެސް ދެކޭ ހުވަފެނެއް އެއީ ރާއްޖޭން ބޭރަށް ކޮންމެ އަހަރަކު 70 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއް ލަންކާ އަށް ދިވެހިން ބޭސް ފަރުވާ އަށް ޚަރަދު ކޮށް އަދި އިންޑިއާ އަށް 100 މިިލިއަން ޑޮލަރާއި ގާތް ކުރާ އަދަދަށް ހޭދަ ކުރާތީވެ. އަދި މިހާރަކަށް އައިސް ކޮންމެ ތިން މަހުން އެެއް މަހު އެޑޮކްޓަރުން ގާތަށް ދާން އެގައުމު ތަކުގެ ހޮސްޕިޓާ ތަކުން ބުނެ ދިވެހިން ފެލަމުން ދާތީވެ އެކަމަށް ނިމުމެއް އަންނާނެ ދުވަހެއް އެއީ މަމެން ވަރަށް ދެކެން ބޭނުންވާ ދުވަހެކޭ.. އެކަމަށް މިނިމުން ގެންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލޭ ދެން ހުރިހާ ކުދިން ވެސް އަންނާށޭ ރަށްފުށުގެ ޚިޔާލު ދޫކޮށްލުމަށް ފަހު އެތަނަށް ވަޒީފާ އަށް. އެއިރުން ހުޅުމާލޭގައި އެމްޓީސީސީ މެދުވެރިކޮށް މަމެން މިއަޅާ ކޮންޑަމީނިއަމް ގައި ތިކުދިންނަށް ހެޕީ ލައިފްއެއް ވޭތުކުރެވިދާނެ ނޫންތޭ. ސަމްތިންގް އިޒް ރިއަލީ ވެރީ ގުޑް އިން ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް.. އައި ހޭވް އަ ޑްރީމް އޮފް ދިސް ފެންޓަސީ... އައި ހޭވް އަ ޑްރީމް، އައި ހޭވް އަ ޑްރީމް، އައި ހޭވް އަ ޑްރީމް..
ޗައްޕަޑު
18 February 2017
ބައްޔެއްނު. ކޮންޑިމީނިއަމްގައި ހެޕީލައިވޭ. އަޅޭ ފަހެ ތިޔަ ހުރީ ..... ހެޕީލައިފް އޮތީ ރަށުގައި، މޫދު ފެންނަ ހިސާބުގައި. ގަސްތަުކުގެ ތެރޭގައި. ގޭ ފުޅައްބުޑުގައި އޮތް. ފެންޑާގައި ހުރި އުނދޯލީގައި. މަގުމަތީ ފުޓްވޯޅަ ކުޅުމުގައި. އެ މަޖާކަމުގައި. ތިޔަ ކޮށްޓަކަށް ވަންނާކަށް ނުދާނަމޭ މި ބުނީ ނުދާނަމޭ. ފައިބާ!
ހޖކ
18 February 2017
ބިން އޮތް ރާއްޖެތެރޭ ބޮޑު ރަށެއްގައި ޓާޜޝަރީ ހޮސްޕިޓަލް ނޭޅިގެން މިއުޅެނީ މިހެންވެ! އިންޑިއާ ސައުދީ ޗައިނާއަށް ބިން ވިއްކަން ގޯޗާ ރަށްފަޅުކޮށްފައި މީދާތަކެއްހެން ހުޅުމާލޭ ކޮށްޓަށް ވާންނަން ނާންނާނެތީ. އެފެންނަނީ މީދާ ކޮށީގައި ބަހައްޓައިގެން އުޅޭ ކާށިކޮޅު. ރާޢްޖެތެރެ ވީރާނާ ކުރުމަކީ ގައުމު ވީރާނާ ކުރުމުގެ ފެށުން. ހައްލަކީ އަތޮޅުން ވަޒީފާ، ސިއްހަތު ތަޢުލީމު! ރާއްޖެތެރެއަށް މި 3 ކަންތައް ގެނެވޭނެ ގެންނަން ބޭނުންވާ މީހުން ހޮވާނީ ރައްޔިތުން!
ތޔޔ
18 February 2017
ރާއްޖެތެރޭގައި ޓާރޝަރީ ހޮސްޕިޓަލް ނުހެދީ މިހެންވެ ދޯ. މަމެން ގޯތި ދޫކޮށްލާފައި މިތަނަށް ކޮށްޓަން ވަންނަން ނާންނާނެތީ! މިހާރު ވަޒީފާ ދައްކަފައި ގެނެވޭނެތާ. ގެެނެސް ގޯތި ފަޅުކޮށްފައި ރަށް ފަޅުކޮށް ސައުދީ ނޫނީ ޗައިނާއަށް ވިއްކާލެވިދާނެތާ! ރާއްޖެތެރޭ މީހުން ވޯޓުހޯދަން ވީމަ ފުޓުސަލް އަޅައިގެން އޮޅުވައެއް ނުލެވޭނެ. ބޭނުމީ އަތޮޅުން ވަޒީފާ. ސިއްހަތު ތައުލީމު! އެކަން ނުކުރެވެންޏާ ފައިބާ!
މަޑުންތިބޭތި
18 February 2017
އޭއި އަނގަނުތަޅާ ގެއަށް ވަންނަން އުޅޭ އިނގޭ. ވަދޭ ވަދޭ ވަދޭ. އަހާން ވަންނަހަރޭ. އެނިމުނީ އެއް ނޫން ދޯ.
ކޯޕްރަލް.
18 February 2017
"މަޑުންތިބޭތި" ހަމަ ތަ؟ ހަޖަމުތަ؟ ޕްރެޝަރުތަ؟ ކޯއްޗެއް. ނުވަންނާނަން. ގައުމު ހޯދާފައި ނޫނީ ނުވަންނާނަން. މި ބުނީ ނުވަންނާނަމޭ! އެނގިއްޖެ؟ މީ މަވެސް ކަލޭގެވެސް ގައުމު. ދިވެހި ލޭހިނގާ ދިވެހި ދަރިން މީ. ތިލަދުންމަތިން ފެށިގެން އައްޑޫއަށް މިބުނީ ނުވަންނާނަމޭ! ގައުމު ހޯދާފައި ނޫނީ. ވަރަށް ވެދުން.
މަންމަން
19 February 2017
ކުރިނ އުޅުނު ރައީސަކު ދެ މީހުން ތިބި ރަށަކަސް ހުރިހާ ކަމެއް ކޮށްދޭނަމޭ ކިޔާފަ މީހުންގެ ބޯކާލައިގެން.އެއްވެސް ކަމެއް ނުކޮށްދީ ފިލީ. ހަގީގަތާ ކުރިމަތިލާން ޖެހޭނީ. ބޮޑެތި އާބާދީތަކަށް ގިނަ ފެސިލިޓީސް ދާނެ.މީ ދުނިޔޭގަ ކަންކަން ހިނގާގޮތް. ދެމީހުން ތިބޭ ރަށަކަށް ހުރިހާ ކަމެއްނުވާނެ. އެމީހުން ޖެހޭނީ ރަށްދޫކޮށް ބޮޑެތި އާބާދީ ތަކަށް ހިޖުރަ ކުރަން ނޫނީ، ތިބި ގޮތަށް ތިބެން. ޗޮއިސް އިޒް ޔުއަރސް.