ތުރުކީގައި އައިސިސް އިން ހަމަލާއެއް ދިން ތަނެއްގައި ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ: ތުރުކީން ވަނީ އައިސިސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ގިނަ ބަޔަކު ހައްޔަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
27 މާޗް 2024 - 08:05
ތުރުކީގައި ހިންގި އޮޕަރޭޝަނެއްގައި، އިސްލާމިކް ސްޓޭޓް (އައިސިސް) އާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި 147 މީހަކު ހައްޔަރުކޮށްފި އެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔަރްލީކަޔާ ވިދާޅުވީ މި މީހުން ހައްޔަރުކުރީ 30 ސިޓީއެއްގައި ހިންގަ އެކި އޮޕަރޭޝަންތަކުގައި ކަމަށެވެ.
މި މީހުން ހައްޔަރުކޮށްފައި މި ވަނީ ރަޝިޔާގައި 139 މީހަކު މަރާލި ހަމަލާ ދިނުމުގައި ބައިވެރިވި ދެ މީހަކު ތުރުކީ މަގުން ރަޝިޔާއަށް ގޮސްފައިވާކަން އެނގިފައި ވަނިކޮށެވެ.
ހަމަލާގައި ބައިވެރިވި ތަޖިކިސްތާނުގެ ދެ މީހަކު ރަޝިޔާ އާއި ތުރުކީއާ ދެމެދު ދަތުރުތައް ކޮށްފައިވާކަން އެނގިފައި ވާއިރު ތުރުކީގެ އޮފިޝަލުން ވިދާޅުވީ އެކަން އެހެން ވެފައި ވަނީ އެ މީހުންނާ ދެކޮޅަށް، ހައްޔަރު އަމުރެއް ނެތުމުން ކަމަށެވެ.
މި ދެ މީހުން ހަމަލާގެ ކުރިން ވެސް ގޮސް ތިބީ ތުރުކީގަ އެވެ. އަދި ހަމަލާ ދިނުމަށް ތުރުކީ އަށް ގޮސްފައި ވަނީ ވެސް އެއް ފްލައިޓެއްގަ އެވެ.
ރަޝިޔާގައި ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައި ވާއިރު އެ އެންމެންނަކީ ވެސް ތަޖިކިސްތާނު މީހުންނެވެ. ހަމަލާގެ ޒިންމާ އައިސިސް އިން އުފުލާފައި ވާއިރު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެފައި ވަނީ ހައްޔަރުކުރި އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނަށް ވިޔަސް މައްސަލަ އިތުރަށް ތަހުގީގުކުރާނެ ކަމަށާއި މިކަމާ "ރަޝިޔާއާ ހަނގުރާމަކުރާ މީހުން" ނާ ވެސް ގުޅުން އޮވެދާނެ ކަމަށެވެ. އެއީ ޔުކްރެއިންގެ ވާހަކަ އެވެ.
ޕުޓިން ތުހުމަތުކުރެއްވި ގޮތުގައި ހަމަލާ ދިން މީހުންނާ ޔުކްރެއިންގައި ތިބި ބަޔަކާ ގުޅުން އޮތެވެ. އަދި އެ މީހުން ފިލައިގެން ޔުކްރެއިނަށް ދާން މަސައްކަތްކުރާނެ ސަބަބެއް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައުފަރު
27 March 2024
އަނެއްކާ ތިބައިމީހުން މިތަނަށް ނުގެންނަށްޗޭ
އިނސްތާ
27 March 2024
ރައީސް ޕުޓިން ބުނާކަށް މީގަ އަޑީގަ އޮތީ ޒަޔަނިސްޓް ބައިޑަން އާއި އޭނަގަ ނޯކަރު ޒެލެންސްކޯ.. އަދި މަ ހިތް ބުނޭ ޒަޔަނިސްޓް ނަތަންޔާހޫ މީގަ ހެމެނޭނެ އޭ.
ޔަހުޔާ.
27 March 2024
އައިސިސް ޓުރޭނުކުރީ ތުރުކީގަ. އެމީހުން ސޫރިއާއަށް އަރައިގަތީ ތުރުކީގެ ބޯޑަރުން ނިކުމެ. ފަންޑުކުރީ ސައުދީ ބަހުރެއިން ގަތަރު އެމެރިކާ އާއި އެމީހުންގެ ބައިވެރިން. މިހާރު ތިއަފިލަވަނީ ކެހިކަނޑުލުގެ ހިތި.
ހިބިރިންބެއްޔާގެ ކުޑަސޮރު
27 March 2024
ތިޔަމީހުންގެ ކަންތައް ނިންމާލާ. ތީ މުސްލިމުންނަށް ޖެހިފާއޮތް މުސީބާތެއް.