އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ. --ފައިލް ފޮޓޯ: މިހާރު
27 މާޗް 2024 - 19:09
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ކޭޝްފްލޯ އާ ގުޅޭގޮތުން އެމްއެމްއޭގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާ އިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މީގެ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25 ޕަސަންޓަށް ޑޮލަރު ދޫކުރާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މި ފަހުން އެ އަދަދު ދަށްކޮށްފައިވަނީ ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ހިފެހެއްޓުމުންތޯ ޝަރީފް އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާާގެ އަދަދު ނޫނީ އެމްއެމްއޭގެ އިންޓަވެންޝަން މަދުކޮށްފައި ނުވާނެ ކަމަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިޔުޓީ ގަވަރުނަރު އިމާދު އަދި އެސިސްޓެންޓް ގަވަރުނަރު އިދްހާމް މައުލޫމާތު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
"އިތުރު ބަދަލުތަކެއް ނުގެނެވޭ. އެކަމަކު އެ ބޭފުޅުން [ބީއެމްއެލް]ގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެވިގެން އުޅޭ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވެނީ. ނަމަވެސް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ އަދަދު 2023 ވަނަ އަހަރަށް ވުރެ 2024 ވަނަ އަހަރު ދޫކުރާ އަދަދު އިތުރު ވާނެ،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅުވައި އެހެން މެމްބަރަކު ސުވާލު ކުރެއްވުމުން އެސިސްޓެންޓް ގަވަރުނަރު އިދްހާމް ހުސެއިން ވިދާޅުވީ މިދިޔަ އަހަރު ގާތްގަނޑަކަށް 260 މިލިއަން ޑޮލަރު ބޭންކުތަކަށް ދޫކޮށްފައިވާ އިރު، މި އަހަރު އެ އަދަދު 314 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށެވެ.
ބޭރު ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބީއެމްއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން، ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓު ބޮޑުކޮށްދޭން ސަރުކާރުން ނިންމިޔަސް، އެކަން ކުރެވެން ނެތް ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަވަވީ
28 March 2024
ދޮގު މައްޗަށް ދޮގު. މަތި މައްޗަށް ދޮގު
ފޫނު
29 March 2024
ދޮގު މައްޗައް ދޮގު ހަދާ އިބޫ ވަނީ ސަރުކާރު އިދަޖައްސާލާފަ އެހެންވެ ޑޮލަރައް ދަތިކަން ފުރަތަ އައީވެސް
ރަދީފްއޮފިޝަލް
28 March 2024
ބޭންކަށް ދޫކުރާ ޑޮލަރު އިތުރު ކުރިޔަސް އިތުރަށް ރާއްޖެ އެތެރެވި ބަންގާޅީން އެއީ ޑޮލަރަށް ޑިމާންޑް ބޮޑުވާނެކަމެއް. ތިކަމަކުން ރައްޔިތުންނަށް ވާނެ ފައިދާއެއްނެތް. ތި ޑޮލަރުކޮޅުވެސް ގަންނާނީ ބަންގާޅީން. ވ. ވެދުން.
ހިތަދޫ ހުސެން
28 March 2024
ބޭކާރު ވަޒީފާ ބަހާ ދިވެހިން ވަޒީފާގެ ބާޒާރުން މަދުކުރީމަ ދެން ޖެހޭނި ބޭރުން މީހުން ގެންނަން. 25000ރ ނަގައިގެން ކެންޕޭނުގަ. ދައުލަތުގެ ކުންފުނިތަށް ބަނގުރޫޓު ދަރަނީގަ އެއް ލޯނުން އަނެއް ލޯނަށް.
ކިހިނެއް
29 March 2024
އެމްޑީޕީ ސަރުޖާރުގަ ވަނީ މަސްވެރިކަން ކުރަން ވެސް ބޭރު މީހުނައް ހުއްދަދީފަ.އަދި ރިޔާސީ އިންތިހާބުގަ ވޯޓްދޭމަތިން ރިޝަވަތު ވަޒީފާ ކޮންމެ ރަށަކުން 20 30 ވަޒީފާ ދީފަވަނީ ހަމަ އެކަނި ފިންގާ ޖަހާ ގޮތައް
އަތްޖަހާ
28 March 2024
އިންޑިއާ ބެންކަށް އެއްވެސް އެއްޗެއް ދޫކުރާނެ ކަމެއްނެތް. އެތަނުން ދިވެއްސަކަށް ދުވަހަކުވެސް ޑޮލަރެއް ލިބުނުބާ
ކޮރަލް
27 March 2024
350 ޑޮލަރު ގަ ވޯކް ޕާމިޓް އޮންނަ ބިދޭސީ މީހާ ގެ އެކައުންޓް އެތައް ހާސް ޑޮލަރާއި އެތައް ހާސް ރުފިޔާއިން ކޮންމެ މަހަކު ރޯލް އެބަ ކުރެ އެވެ. މިކަން އެމްއެމްއޭ އާއި ބޭންކް އިން ހުއްޓު ވަން ވީ އެވެ. ބިދޭސީން ފައިސާ ހަރަދު ކޮށްގެން ލޯކަލް މާރުކޭޓް ގަ އެތައް އަހަރެއް ވަންދެއް ހުރި ދިވެހީންތައް ވެސް ބޭރު ކޮށްލައިފި އެވެ. ލިބޭ ހާ ފައިސާ އެއް ޑޮލަރަށް ހަދާފަ ބޭރު ކުރަނީ އެވެ.
އިއްލި
28 March 2024
ރާއްޖެއައުން ކޮންޓްރޯލް ކޮއްފައޮތް ބަންގާޅީންނަށް މިސަރުކާރު ދޮރުހުޅުވާލީ އެކަމުން ބަޔަކު ފައިދާތަކެއް ނަގަން ނޫންބާ؟
ޖެއްސު
29 March 2024
އެއީ އެމްޑީޕީ ސަރުކާރުން ހަމަ އެކަނި ބަންގްލަދޭށުން މީހުން ނާދެވޭ ގޮތް ހަދާފަ އިންޑިޔާއިން ގެނައީ މީހުން ޕްރޮޖެކްޓް ތަކަށާ ކުންފުނިތަކައް އަދި އެމީހުން ރަށުން މެޑިކަލް ހައްދައިގެން އަންނަގޮތައް އެހެންވެ ޕޯލިޔޯ މިފަހުން ރާއްޖޭގަ ފެތުރުނީވެސް
Draw
27 March 2024
މިދިޔަ އަހަރު ކުދިވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް ޓީޓީ އަށްދިނީ %10-15. އާއްމުކޮށް %10. ނަމަވެސް މިއަހަރު ޖެނުއަރީގައި އެއްވެސް % އެއްނުދޭ. މިހާރުދެނީ %5. އެކަމަކު ޝަރީފް އެބުނަނީ އޭނަގެ ވިޔަފާރިއަށް %25 ދޭ ވާހަކަ. ބޭންކުން ކުދި ވިޔަފާރިތަަކަށް ހަދަނީ ބޭނުންގޮތެއް. އެއްވެސް ހަމައެއް ލަމައެއް ނެތް.
ހަސަން ރަހާ
28 March 2024
ވިޔަފާރިވެރިން ބީއެމްއެލް ނޫން ގޮތެއް ހޯދަންޖެހޭ! އެމްއައިބީ ވެސް ރަނގަޅު ކަމަށް ކިޔާ އަޑު އިވޭ. މޮޅު އިތުތުރު ވެގެން ވަނީ ރާއްޖޭގެ ބޭންކު ތަކާ ނުލަ އުޅެވޭނެ ގޮތެއް ހޯދުން. މިއަދުގެ އިންޓަނެޓު ދުނިޔޭގަ މިއީ މާ އުނދަގޫ ކަމެއް ނޫން ކަމަށް ގަބޫލު ކުރެވޭ.
ވިޔަފާރި ވެރިއެއް
29 March 2024
ދޮގުނުހަދާ ޝަރީފޭ ކިޔައިގެން އަދި % ކިޔަގެން އޭރުދޭނެ ޑޮލަރުގަޑެއް ވެސް ނެތް ލޯނުނަގަމުން ދިޔައިރު ވެސް. އެންމެ ބޮޑައް އިނގޭނީ ވިޔަފާރި ވެރިންނައް
ލަތީފާ
27 March 2024
ޑޮލަރުގެ މައްސަލަކީ އެމްއެމްއޭގެ ނާގާބިލް ކަމާއި ގަވަރުނަރުގެ ފިނޑިކަމުން އޮތް މައްސަލައެއް. އޭގެ ފައިދާ ނަގަމުން ދަނީ ބޮޑެތި މަހުޖަނުން އަދި އެމީހުން ގެ އެޖެންޓުން. އެފައިސާގެ ފައިދާ ސިޔާސީ ކަންކަމަށް މުންޑުލީ ސޭޓަކާއި އެނޫންވެސް މަހުޖަނުން އެޖެންޓުން ބޭނުން ކޮށް ފައިދާ ނަގާ. މިހާތަނަށް އައި ކޮންމެ ރައީސްއެއްވެސް މަހުޖަނުންގެ ޖީބަށް ފައިބާފައިވާލެއް ބޮޑުކަމުން މި ކަމުގައި ގާނޫނީ އަދި އަމަލީ ހައްލެއް ހޯދަން ފަސްޖެހޭ.
ލަލީތާ
28 March 2024
100%
މޮއިޒު
27 March 2024
މުއިްޒު ވެރިކަމުގައި މިވީ ކުޑަ ދުވަސް ކޮޅު ޑޮލަރު މައްސަލަ ހައްލުވެއްޖެޔޯ ރުފިޔާ ޗާޕު ކުރުން ހުއްޓާލީމާއި ހަމަ ޖަސްޓްލައިކްދެޓް ހެރީޕޮޓާ ސްޕެލްއެއްހެން ސޯ މުއިްޒު އިޒްދަމޭން
ބަރުބާދު
28 March 2024
މިއަދުވެސް ޑޮލަރ ހުރީ 17:45 . ހައްލުވީ ކޮންކަމެއްބާ؟. ބެންކުތަކުންވެސް އެމްއެމްއޭ އިން ދޭ ޑޮލަރުތައް ނެރެނީ ބްލެކްއައްބާ؟.
ޖެއްސު
29 March 2024
ޔާމީނު ސަރުކާރު ނިމުނު އިރު 15.42 ކައް ދަތި ކަމެއް ނެތި ލިބުނު އިބޫ ތިބުނާ ސްޕެލްއެއް ހެދިފަހުން 20 އައްވެސް އެރި އަދި މިފަހުން އާމުކޮއްހުރީ 19 މިހާރު ލިބޭ 17.30 ހައް. ދެން ހަޖަމު ކޮއްލާ