މީގެ ކުރީގެ ފިތުރު ޢީދު ދުވަހެއްގައި މާލޭގައި އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކޮށް، ފައިމަގުގައި އުޅުމަށް ކަނޑައެޅި ވަގުތުކޮޅުގައި ކުދިބޮޑު ގިނަ ބަޔަކު މަގުމަތީގައި--. ފޮޓޯ: ނިޝާން އަލީ/މިހާރު
28 މާޗް 2024 - 12:36
ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
އެ ގޮތަށް ނިންމީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި، ދިވެހި ބަހާއި ތާރީހާ ބެހޭ މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް ވަނީ މަޝްވަރާ ކުރުމަށް ފަހު އެވެ. އެ މިނިސްޓްރީން އެދުނީ އީދު ދުވަސް ފާހަގަކުރަން އެކި ހަރަކާތްތައް ބާއްވާތީ އެ ދުވަހުގެ ހަވީރު ހަމައެކަނި ފައިމަގުގައި އުޅެވޭ ގޮތަށް ހަމަޖައްސައި ދިނުމަށެވެ.
އެހެންވެ، މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ އީދު ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 8 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނުވަތަ ފައިމަގުގައި އުޅޭ ގޮތަށެވެ. އެކަމަށް ތާއީދުކުރެއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފު ފާތިހެވެ.
ނަމަވެސް 11 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުން އެ ހުށަހެޅުމަށް އަޣުލަބިއްޔަތެއް ނުލިބުނެވެ.
އެހެންވެ، އެންމެ ފަހުން ހުށަހެޅުއްވީ ސަގާފަތާ ބެހޭ މިނިސްޓްރީން އެދުނު ގޮތަށް ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ. އެ ގޮތަށް ފާސްކުރީ ހަތް ވޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއިއްބެ
28 March 2024
ބަންދުމިކޮށްލީ އެންމެ ބޮޑު ސިޓީ. އާއިލާ ކައިރިޔަށްވެސް ނުދެވުނީ މި ☹️
ޖާދުއްލާ
28 March 2024
ކޮންމެ ހުކުރު ދުވަހަކު މާލޭގައި އިންޖީނުލީއެއްޗެހި ދުންވުން މަނާކޮއްދީބަލަ
ކިމް
28 March 2024
ބޭރުމަގު ކަހަލަ ބައެއް މަގު މަނާކޮށްބަލަ އަޅެ
ޢީދްމުބާރަކް
28 March 2024
އީދުމުބާރިކް