02 އެޕްރީލް 2024 - 12:41
މި އަހަރުގެ މިހާތަނަށް ދައުލަތް ހިންގުމުގެ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވި ނަމަވެސް ކެޕިޓަލް ހަރަދުތައް 1.5 ބިލިއަން ރުފިޔާ ދަށްވެފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޖުމްލަ ހަރަދުގެ ގޮތުގައި 8.94 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 1.45 ބިލިއަން ރުފިޔާގެ މަދުވުމެކެވެ.
އެކަމަކު ޖުމްލަ ހަރަދުން މި އަދަދު މަދުވެފައިވަނީ ކެޕިޓަލް ހަރަދު ވަރަށް ބޮޑަށް ކުޑަވެފައިވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދަށް 3.64 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މި އަހަރު އެ އަދަދު ވަނީ 2.06 ބިލިއަން ރުފިޔާ އަށް ވެއްޓިފައި އެވެ.
މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމެނޭ ޕީއެސްއައިޕީ އަށް ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ އަށް 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.13 ބިލިއަން ރުފިޔާ އެވެ.
ކެޕިޓަލް ހަރަދު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިން ދަށްވެފައި ވިޔަސް، މިދިޔަ އަހަރާ އަޅާބަލާއިރު ރިކަރަންޓް ހަރަދުވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ރިކަރަންޓް ހަރަދު 6.75 ބިލިއަން ރުފިޔާގައި ހުރިއިރު، އެ އަދަދު މި އަހަރު ވަނީ 6.88 ބިލިއަން ރުފިޔާއަށް އިތުރުވެފައި އެވެ.
މި މުއްދަތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރަށް ވުރެ އާމްދަނީ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 7.75 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު ވަނީ 7.88 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެ ފަރަގުގެ ބޮޑު ބައެއް ހިއްސާކުރަނީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޓެކްސް އާމްދަނީ ގާތްގަނޑަކަށް 500 މިލިއަނެއްހާ ރުފިޔާގެ އިތުރުވުމަށެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 49.86 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
02 April 2024
މިއީ ދިވެހިން ދެކެން ބޭނުންވާ މަންޒަރަކީ....ދައުލަތް ފައިނޭންޝަލީ ވަރުގަދަވެ ފުދުންތެރިވާތަން...ދަރަނި ކުޑަވާތަން
ދުމަށި
02 April 2024
ޔާމީނުމިވާހަކަދެއްކީމާ- ސަރުކަރުންޔާމީނަށްބެވީ- ޔާމީނުއެދައްކަވަނީފެކްޓަށްބަލައިގެން
އަދުހަމް ސަޢީދު
02 April 2024
މީގެން އިނގެނީ އެއްކަމެއް. ކަންކަން ކުރަން މިސަރުކާރުން ކުރާ މަސައްކަތް އެބަ ފެނޭ. މަގޭ ފިރީގެ މުސާރަ ވެސް އެތައް ދުވަހެއްގެ ފަހުން ސަރުކާރުން ބޮޑުކޮށް ދީފި. ސިފައިންގެ
މުސްނަދު
02 April 2024
މި ރަށުގެ ވެސް ބަނދަރު ހަދަން ފަށައިފި. ތަރައްގީ ބާރަށް ކުރިޔަށް އެވަ ގެންދޭ. ކަންކަން ދަނީ ރަނގަޅަށް ކަން ފާހަގަވަނީ.
އާމީން މުހައްމަދު
02 April 2024
ދައުލަތުގެ ފައިނޭންޝިއަލް ހާލަތު މިދިޔަ 5 އަހަރު ވައްޓާފަ އޮތް ދެރަ ހާލަތުގައި އޮއްވާވެސް ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގައިފި.ނުވަތަ ދަނީ ހިންގަމުން ކަން މިހެން މި އިނގޭނީ. ރަނގަޅު
ޑޮގުބެ
03 April 2024
ޢެހެންވެދޯ ހަރަދު ކުރިވަރު މަދުވީ، ފަޅޮލޯ ކިޔާ ދެން
ލުޖައިން އަލީ
02 April 2024
ބަލާނެ ނަމެއް ނެތް. ތާރީހުގައިވެސް ޕްރޮޖެކްޓް އެއްމެ ހިންގާނީ މި ސަރުކާރުން. ނަތީޖާ ވެސް ނެރޭނެ. ނިންމަންވެސް ނިންމާނެ
އީމާން މުސްތޮފާ
02 April 2024
ކުރީ ސަރުކާރުން ގައުމު ދަރުވާލިމަ ހުރިހާ ބުރައެއް މިއައީ. އެ ހުރިހާ ކަމަކާއި އަދި ލޯންތައް ދައްކާފަ ވެސް ނަތީޖާ ހަމަ ބަރާބަރު
އަފާފް އަބްދުލް މަޖީދު
02 April 2024
ވަރަށް ބަލައިފިން. މި ސަރުކާރުން ކަން ކުރަމުންދަނީ އުސޫލުން. މާލީ ނިޒާމް ގެ އަސްލު ހިފަހައްޓައިގެން. އެކަން ފާހަގަވޭ
އަފްނާން ރަޝީދު
02 April 2024
މިދިޔަ ސަރުކާރުގަ ތި މެޕިޓަލް ހަރަދު ބޮޑުވީ ޖެހި ކަޑަތަކަށް. ނިމުނު ޕްރޮޖެކްޓް އެއް ނެތް. މި ސަރުކާރުން ކަން ކުރަމުންދަނީ އުސޫލުން
ސަނީމް މުހައްމަދު
02 April 2024
ތިހެން ވެދާނެ. ފުލުހުންނާއި ސިފައިންގެ މުސާރަ މިހާރުވެސް ބޮޑުކޮށްފި. ސަރުކާރު ހަމަ ބަރާބަރު