ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެމްޕެއިނަށް ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: ކެމްޕެއިނަށް ނެގި ޓިކެޓުތަކަށް އެމްޑީޕީން 5.6 މިލިއަން ނުދައްކައިގެން އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި.
02 އެޕްރީލް 2024 - 13:58
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މެދުވެރިކޮށް އެމްޑީޕީން ނެގި ޓިކެޓާއި ޗާޓަރު ފްލައިޓުތަކަށް ލިބެން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ ޕާޓީއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ކެމްޕެއިން ދަތުރުތަކަށް އެމްޑީޕީން ދޭން ޖެހޭ ފައިސާ ނުލިބިގެން އިއްޔެ ކޯޓަށް މައްސަލަ ހުށަހެޅީ، އެ ޕާޓީ އަށް އެތައް ފަހަރެއްގެ މަތިން މުއްދަތު ދީގެން ވެސް ފައިސާ ނުދައްކައިގެން ކަމަށެވެ.
"އެމްޑީޕީން ދެ ވަނަ ބުރަށް ކުރި ކެމްޕެއިން ދަތުރުތަކަށް ފައިސާ ނުދައްކައިގެން އަޅުގަނޑުމެންނަށް އެއްވެސް ގޮތެއް ނެތިގެން އިއްޔެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިން،" އިޔާސް ވިދާޅުވި އެވެ.
އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމައަށް އެމްޑީޕީން ނެގި ޓިކެޓާ ޗާޓަރު ދަތުރުތަކަށް ހޭދަވި ފައިސާ އެވެ.
އިޔާސް ވިދާޅުވިގޮތުގައި، އޭރު ވެރިކަންކުރި އެމްޑީޕީގެ އަތުން އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން ސިޓީ ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެކި ތާރީހުތައް ދިން ނަމަވެސް މުއްދަތަށް ފައިސާ ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ކަންކަން ސާފުކޮށްދޭން އެދިފައިވޭ [އެމްޑީޕީން]. އަދި އެކަން ސާފުކޮށްދީފައި އަޅުގަނޑުމެން މުއްދަތެއް އަނެއްކާ ވެސް ދިނީ. އެކަމަކު އެ މުއްދަތަށް ވެސް އެ ބޭފުޅުންނަށް ފައިސާ ނުދެއްކި،" އޭނާ ވިދާޅުވި އެވެ.
އިޔާސް ވިދާޅުވީ އޭރު އެމްޑީޕީން އެއްބަސްވެފައި އޮތީ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
އިޔާސް ވިދާޅުވީ އާންމުކޮށް އެ ކުންފުނިން ދަރަންޏަށް ދޫކުރަނީ ހަރުދަނާ އެއްބަސްވުންތަކެއްގެ ދަށުން ނަމަވެސް ކުރީގެ މެނޭޖްމަންޓުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
ކުރިން ޑީއާރުޕީން ވެރިކަންކުރި ޒަމާނުގައި ވެސް އެ ޕާޓީން ރިޔާސީ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ފައިސާ ނުދައްކައިގެން މިފަދަ މައްސަލަތަކެއް ކުރިމަތިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހަނދާން
03 April 2024
މިތާނގައި އެމްޑިޕީއޭ ކިޔައިގެން އޭތިމީތި މިކިޔާ އަސުރުމާ ކުދިންކޮޅުގެ ހަނދާން ބަލިނަމަވެސް އެމީހުން ވެރިކަމުން އޭރު ފޭބިއިރު މޯލްޑިވިއަންއަށް ދައްކަންއޮތީ 20 މިލިޔަން އަރަނިތަ!
އަޒްމީލް 1
03 April 2024
ޤާނޫނެއް ހަދަންވީ ދައުރުގެ ފަހު އަހަރު ބޮޑުތަކުން ހަރަދުކޮށްފައި ބަޗައިގެން ނުދެވޭގޮތަށް. ނުދަރާ އެންމެ ތަނެއްވެސް އޮތީއެއް ނޫނޭ. ދަައުލަތް ދާރާ ހުލިކޮށްފައި، ދައުލަތު ފަންޑުތަކަށް ރައްކާކުރި ލާރި ތަޅާ ހުސްކޮށފައ. އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ލައްވާ މަސައްކަތް ކުރުވާފައި އަގު ނުލިބި އެތަންތަން ދަރާވިކިފައި އަދި ނުވިތާކަށް ޕާޓީން މޯލްޑިވިއަން 5.6 މިލިޔަނުން ދަރުވާފަ އެނުދައްކާ ތިބެ އެބަކިޔާނު ފަޅޮލޭ. ..2
ގާހަކަ
03 April 2024
ނުހަދާނެ. މަގޭ ސަލާމްތް ވާނެ މަގު މަށެއް ބަންދެއް ނުކުރާނަމެއްނު.
ނަށީދު
03 April 2024
ނެދެއްކޭނެއެއްނު. އެހަރަދުކުރަނީ އެ މަޖިލީހަށް.
ޙައްގުބަސް.
02 April 2024
މިވަރުބައެއް އެމްޑީޕީ އަކީ. މުޅި ރާއްޖޭގެ ކުންފުނިތައް ދަވާލައިގެން ވެރުކަން ކުރީ
ނާޑުވާ
02 April 2024
ކުރިން ކުރީ ވަރަށް ހަރުދަނާ ކޮށޯ އެހެންވެ ޑީއާރޕީގެ ލާރިގަނޑު އެހާ އަވަހަށް އެ ލިބުނީ.
ކެޔޮނިރު
02 April 2024
ކެޔޮކައިފަ ހުރިވަރު ފެންނާނީ ބިތުފަންގި ނެގީމަ،އަދި ތަންތަނުގެ ތަހްގީގު ކުރިއަށް ދާތީ އިތުރު ވާހަކަ ދަށްކަން އުނދަގޫ،އެއްބަޔަކު ނޫންކަމަށް ހެދިގެން އުޅުނަކަސް ކެޔޮފާތަކުގަ ހުރީ ހުސް މޫގަނޑުތަށް،އެއީ މުއިއްޒުއަށް ކަމަށްވަނީ،
ކުރީ ސަރުކާކު؟
02 April 2024
އެމްޑީޕީ ސަރުކާރު އެމްޑީ - މިހާދު ސީއޯއޯ - އިޔާސް ސީއެފްއޯ - ހާމިދު ޕީއެންސީ ސަރުކާރު ޗެއަރމަން - މިހާދު އެމްޑި - އިޔާސް ސީއެފްއޯ - ހާމިދު
ސަންފަގެއަބުދު
02 April 2024
މިމީހުން އެހެންމީހުންގެ ވަހަކަދައްކަން ކަރަފުސަނޭކިޔަން އަގަހުޅިވާލަކަން ހަމަ ހައިރާންވޭ
އަލީ ޑޯޑީ
02 April 2024
މިގަނޑު ގަނެފަ އެހެރީ ވައިކުޑައިގައި ފުންމާލައިގެން އައިސް ކުންފުނީގެ ޗެއާމަން ކަމުގައި. ތިހާ ބައިވަރު ކްރެޑިޓް ދިނީ ކޮން އުސޫލަކުންތޯ.
ކަރަންކާ ވިލާ
02 April 2024
މިކަހަލަ ކަންތައްތައް ވެރިކަމުގައި ތިބިއިރު ކުރެވެފައި ހުރީމަ ، ތިމަންނަމެންނަށް މަޖިލީސް މެޖޯރިޓީދޭށޭ ކިޔާފަ ރަށުތެރޭގަ ހަޅޭފަޅޭ ޖަހަމުން މިދަނީ.
އަހުމަދު ޖޯންސް
02 April 2024
މީ ހަމަ ކޮންމެ ސަރުކާރެއް ނިމޭއިރު ހާލެވެ. ރައިސް މައުމޫނު ޑީއާރުޕީ ޒަމާނުއްސުރެ ހަމަ ކޮންމެ ސަރުކާރެއް ނިމިގެން ދާއިރު ދަތުރުތަށް ކޮއްލާފައި ލާރިނުދީ ފައިބައިގެން ދާނީއެވެ. ދެން އެންމެ ފަގީރު ރައްޔިތު މީހާ ނަގާ ޓިކެޓުތަކަށް މިބައި ލާން މިޖެހެނީ... ތި މޯލްޑިވިއަން އެބަޖެހޭ ޕްރައިވަޓައިޒް ކުރަން